ރާއްޖެ އިން އިތުރު 19 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ އާއްމު ކުރި މައުލޫމާތުތައް ދައްކާ ގޮތުގައި ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2324 އަށް އަރާފައެވެ.

މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރު ކޮވިޑް-19 އަށް ފައްސިވީ ހަތް ދިވެހިންނާއި، ބަންގްލަދޭޝްގެ ދިހަ މީހަކާއި އިންޑިއާގެ ދެމީހެކެވެ.

ރާއްޖެ އިން މިއަދު 36 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އެހެންކަމުން ރާއްޖޭގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 400 އަށް މަދުވެފައެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންގެ ކްލަސްޓާތަކާއި ބެހޭ މައުލޫމާތެއް އަދި ނުލިބެއެވެ. މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ނޫސްވެރިންގެ ބައްދަލުވުން ބާއްވާފައެއް ނުވެއެވެ. އެހެންކަމުން ފައްސިވި މީހުންނާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައަހުމަދު

    ސަރުކާރަުން ޤަވައިދާ ޚިލާފަށް ގެންގުޅޭ ބޮދޭސީ ބައިގަނޑު މިޤައުމުން ބޭރުނުކޮށް ތިކަމެއް އަވަހަކާނުވާނެ ، އެކަމެއް ސަރުކާރަކުން ނުކުރާނެ ކޮންމެވެސް ބަހަނައެއް ދައްކައިގެނ އެބައިގަނޑު މިޤައުމުގައި ބޭތިއްބެތޯ ބަލާނެ ، މިޤައުމަށް ޖެހިފައި ހުރި މުސީބާތެއްތީ . އެއުޅޭ ފައްޔާޒު ވެސް ފޮނިކަނޑާނެ .އެއްކަމެއްވެސް ވާމީހެއް ނޫން މިޤައުމުގެ ރައްޔިތުންނަށް ޖެއްސުން އޭނަކުރާނީ.

    • ޢަހޮމަދު

      ބަލަބޭފުޅާ ހަމަހަގަތޯ ތިހުންނެވީ. ޔާމީނުސަރު ކާރުގަ ފިނިފެންމާސައީދު ތިބުނާބަންގާޅީން އެހަކުވެސް ފޮނުވާލިތޯ.ތިބުނާބަންގާޅިން މިގައުމަށް ގިނައިން ވަގަށް އެތެރެ ކުރީ ފިނިފެންމާސައީދުވަގު. މިސަރުކ ކާރުން މިހާރުވެސް2500އަށްވުރެގިނަމީހުންވަނީ ފޮނުވާލާފަ .އަދި މިހާރުވެސް އެދަނީ ފޮނުވާލަމުން .