މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް ތިން މީހަކު ފުލުހަށް ހާޒިރު ނުކުރެވިގެން އެމީހުންނަށް ފުލުހަށް ހާޒިރުވުމަށް އަންގައި ފުލުހުން އާއްމު އިއުލާނެއް ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ތިން މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާކަމަށެވެ.

ހާޒިރުވާންވީ މީހުންގެ ފުރިހަމަ ނަމާއި އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:

1. މުޙައްމަދު އައުފް ރަޝީދު (20އ)، ފުނާޑު، ފޮއްގަސްގެ، ޏ. ފުވައްމުލައް. (A275693)

2. ނަޛީޙު އިބްރާހީމް (24އ)، ފުނާޑު، ޢަޒްމް، ޏ. ފުވައްމުލައް (A278520)

3. ޢަބްދުﷲ ރިފުޢާން މުޙައްމަދު (21އ)، ފުނާޑު، ފްލޯރާސް، ޏ. ފުވައްމުލައް. (A275848)

މި ތިން މީހުން ފުލުހަށް ހާޒިރު ކުރަނީ މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް މައްސަލައިގެ ތަފްސީލެއް ނުދެއެވެ.

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ހުޅުމާލެ ޕޮލިސް ސްޓޭޝަން، 2020 ޖުލައި 05 ވަނަ ދުވަހުގެ 14:00 އަށް

މީގެ ކުރިން ވެސް ފުލުހުން ވަނީ ބައެއް މައްސަލަތަކުގައި ފުލުހަށް ހާޒިރު ނުކުރެވޭ މީހުންގެ ވަނަވަރު ހާމަކޮށް ފުލުހަށް އެމީހުން ހާޒިރުވާން ޖެހޭ ގަޑި އާއްމުކޮށް އިއުލާން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙުސޭނު

    ކީއްވެ ފިޓް ފާޒިލްގެ މައްސަލަ ނުބަލަނީ؟؟؟

    17
    • ޝަރުމީލާ

      އެއީ މުހިންމު މީހެއް ނޫން ވީމަ.
      ކަލޭމެން އަމިއްލައަށް ދޯ އެކަހަލަ ގަމާރު ގިވްއަވޭތަކުގަ ބައިވެރިވަނީ

  2. އޮން

    އެއީ މާ ފިޓު މީހެއްވީމަ

    8
    2
  3. އަލީ ނާޒިމް

    އޭ!! މިކީއްވެ ޝައްކުވެގެން ފޮޓޯ ޖަހާފަ މިޔޮތީ؟؟ ރޯޔަލް ރޭޕް ކޭސްގެ މީހުންގެ ފޮޓޯ ނަގަން ފުލުހުން އަނގަނީ!!