ހުޅުމާލޭގެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އިންސާފުވެރިކަމާއި ހާމަކަމާ އެކީގައި ބަލަން ވާނީ އަނިޔާ ލިބުނު މީހާގެ ވާހަކަ ގަބޫލުކޮށްގެން ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައިގައި މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އަންހެނުންނަށް ރައްކާތެރިކަން ނެތުމާއި އަދުލު އިންސާފުގެ ނިޒާމުގައި އަންހެނުންނަށް ހިމާޔަތާއި ރައްކާތެރިކަން ނެތުން ކަމަށެވެ. އަދި ރާއްޖޭގައި އޮތް ދެވަނަ މައްސަލައަކީ ބާރުގަދަ މީހުން އިންސާފުގެ ކުރިމައްޗަށް ނުގެނެވި މައްސަލައިން ރެކިގަތުމުގެ ފުރުސަތު ލިބުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި މަޖިލިހުން ހަމަ ގައިމުވެސް އިންސާފަށާއި ކަން ހިނގައިދިޔަ ގޮތާއި ހަގީގަތް ހޯދުން ނޫން އެހެން ގޮތަކަށް އަޅުގަނޑުމެން ބޭނުން ނުވޭ،" ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ކަން ވެސް ކުރައްވާ އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވި ގޮތުގައި މަޖިލިހުގެ ބޭނުމަކަށް ވާނީ މިކަން އަނިޔާ ލިބުނު މީހާއަށް އިންސާފު ހޯދައި ދިނުމާއި ކަން ހިނގައި ދިޔަ ގޮތް ހޯދުމެވެ. މަޖިލިހުން މައްސަލަ ބަލަނީ މިއީ ބޮޑު ކަމަކަށްވީމަ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

"މި މައްސަލަ އިން އަޅުގަނޑުމެން ރެކެން ބޭނުން ނުވާތީ،" އީވާ ވިދާޅުވިއެވެ.

އީވާ ފާހަގަކުރެއްވި ގޮތުގައި ހެކި ބަސް ނެތޭ ކިއާފައި މިކަހަލަ ބޮޑެތި ކުށްތައް ކުރާ މީހުން ސަލާމަތް ކުރުމަކީ ގާނޫނުތައް ސިފަކޮށްފައި އޮތް ގޮތެއް ނޫނެވެ. އަނިޔާ ލިބޭ ފަރާތުން، އޭނާ އާށް އަނިޔާ ކުރި ކަމަށް ބުނާ ނަމަ، އެއީ ހެކީގެ ގޮތުގައި ގާނޫނު އޮންނާނެ ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އަންހެނުންނަށް ރައްކާތެރިކަން ހޯދައި ދިނުމަށް ތާއަބަދު ވާހަކަ ދައްކަން ޖެހޭ ކަމަށެވެ. ސިޔާސީ ޕާޓީތައް އައިސް، ވެރިކަންތައް ބަދަލުވިޔަސް، އަންހެނުންގެ ހާލަތަށް ބަދަލު ނާންނަ ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

އަންހެނުންނަށް ރައްކާތެރިކުރުމަށް ގާނޫނުތައް ބަދަލު ކުރަން ޖެހޭ ނަމަ އެކަން ކުރަން ޖެހޭ ކަމަށާއި ދައުލަތުގެ ބަޖެޓުގައި ފައިސާ ހިމަނަން ޖެހޭ ނަމަ، އެ ފައިސާ ވެސް ހިމަނަން ވާނެ ކަމަށް އީވާ ވިދާޅުވިއެވެ.

ހުޅުމާލޭގެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލަ ބަލަން ފަށަން ޖެހޭނީ އަނިޔާ ލިބުނު މީހާގެ ވާހަކަތައް ގަބޫލުކޮށްގެން ކަމަށް ވެސް އީވާ ވިދާޅުވިއެވެ.

"އެއީ ފުލުސް އޮފީހުން ކަމަށް ވިޔަސް، ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ކަމަށްވިޔަސް، ކޯޓުން ވިޔަސް، މަޖިލިހުން ވިޔަސް އަނިޔާގެ ޝިކާރައަކަށްވި އަންހެން މީހާގެ ވާހަކަ ގަބޫލުކޮށްގެން މައްސަލަ ބަލަން ފަށަން ޖެހޭނީ، އިންސާފު ލިބެންދެން، ހަގީގަތް އެނގެން ދެން،" އީވާ ވިދާޅުވިއެވެ.

ހުޅުމާލޭގެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އުމުރުން 39 އަހަރުގެ ދިވެހި ދެ ފިރިހެނަކު މިދިޔަ ހުކުރު ދުވަހުގެ ރޭ ފަތިހު ހައްޔަރު ކުރުމަށް ފަހު، އެ މީހުން ކޯޓަށް ނުގެންގޮސް ދޫކޮށްލި މައްސަލަ ހޫނުވެ، ފުލުހުންނަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރެއްގެ ފިރިމީހާއަށާއި އިތުރު ފިރިހެނަކަށް ތުހުމަތު ކުރެވޭއިރު އެ ދެ މީހުން ހައްޔަރު ނުކުރަނީ ސިޔާސީ ނުފޫޒު ފޯރުވައިގެން ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ. އެކަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުން ހުރި ކޮމިޓީތަކުން ވެސް ވަނީ ބަލަން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އިނާމު

    އީވާމެން އިންސާފޭބުނާނެ މިވަގުތު އެކަމަކު މީނާމީ މަޖިލީހުގައި ފަޔުން ތެޅިމައްސަލަ ނުބެލުމަށް ފައިވިއްދައިގެން ހުރި މުނާފިގެއް، ޝަރިއަތަށް ނުފޫޒު ފޯރުވަނީ މިމީހުން ގެ ބާރުބޭނުންކޮށްގެން

    41
    • ޒަކް

      ދެން އީވާ އެބުނާ ގޮތަށް ކޮން ޤާނޫނެއްގަ އޮތީ؟؟ އަންހެނަކު އަދި ބުނާ ކޮންމެ އެއްޗެއް ހެކި ބަހަކަށް ވޭތަ؟؟ ތީގަ ވެސް ދީނަށއ ފުރައްސާރައެއްކޮށްލެވޭތޯ ތިއުޅުނީ.. އަހަރެމެން ނުކިޔަން އަންހެންމީހާހެ ބަސް ދެތުކުރާސޭކޭ ނުކުރާށެކޭ މިކިޔަނީ ތުހުމަތުވާ މީހުން ހައްޔަރުކޮށް ތަހުޤީޤުކުރާށޭ.. މައްސަލަ ނިންމާނީ ކޯޓުން

      8
      2
  2. މުއްތު

    ތިކަންކޮއްފައިވަނީ އެއަންހެންމީހާގެ ޤަބޫލުގައި ކޮންވާހަކައެއްތަ ތިދައްކަނީ

    2
    38
  3. މާމީ

    ކަލޭމެންގެ އައުވާނުން ވީމަ ދޫކޮއްލާނެދޯ ރޭޕު ކުރި މީހުންދޫކޮއްލީ ހޯރަ އިއްބެ ދޫކޮއްލަން ބުނި މީހާ ބުނެގެން ކަމައް އަޑުފެތުރޭ ކަލޭމެން އިންސާނީ ހައްގޭ ކިއާ އަނގަ ނުހާވާ.

    39
  4. ބެއްޔާ

    ހޯރަ އިއްބެ މިސާލަކަށް ފުދޭ. ޤާނޫނު އޮތަސް ނެތަސް ބޭނުންގޮތަކަށް ކަންކުރަނީ. މޮޅު މީހާއަށް މޮޅުގޮތް. އީވާ އެހެންބުނީ މަޖްލިހުގައި ރައްޔިތުންނަށް ދައްކަން. ވޯޓްދޭނީ އިދިކޮޅަށް

    35
  5. އަޙްމަދު

    ކަލޭ ބޫނީމާ ހުންނާނީ އިންސާފް ލިބިފައި! ދެން އަވަހަށް އެނާރަށަށް ފުރުވާލާ!

    17
  6. ކޮމެންޓު

    އަންހެނަކު ހަމަ ބުނާއިރަށް ރޭޕްުގެ ހުކުން އިއްވަންވެއްޖެއްޔާ އެދެވެނީ ކޮންކަހަލަ ބާރެއްބާ. ތިޔަގޮތަށް ކަންކުރާ ގައުމުތަކުގަ އަންހެނުން ހިތް ހަމަ ނުޖެހޭ ކަމެއް ވާއިރަށް ރޭޕުގެ ތުހުމަުތު އަޅުވާ ފިރިހެނުންގެ މުޅި ހަޔާތް ބަރުބާދު ކޮށްލާފާ އެބެހުރި. އަދުލު އިންސާފުގެ އެއް ފަލްސަފާ އަކީ ކުއްވެރިއަކު ދޫވިއަސް ކުށެއް ނުކުރާ މީހަކަށް އަދަބެއް ނުލިބޭނެ ގޮތަށް ކަންތައް ކުރުން.

    10
    7
  7. މަދީހާ

    އެކަންކުރި ގޮތް އެއަންހެންމީހާ ގެ ދުލުން ބުނީމަ ނުފުދުނު ދޯ . މިހާރު އެއުޅެނީ އެކަން އޮއްބާލަން. އެއަންހެން މީހާ އަށް ވެފައި ހުރި ޖިސްމާނީ އަނިޔާތައް ބަލާކަށް ބޭނުމެއް ނުވި. އެޢާއިލާ މީހަކަށް ވުމުން. އެމީހާއަކަށް އިންސާފެއް ނުލިބުނު ތާކު ދޮގު އިލްޒާމް އަޅުވާލައި އެކަން އެއީ ނުވާކަމަކަށް ހަދަން އެއުޅެނީ. ތިކަހަލަ ހުރިހާ ކޭހެއއް ވެސ ްއެމްޑީޕީ އަކަށް މާބޮޑު ކަމަކަށް ނުވާނެ. ތިކަންވެސްފޮނުވާލާނީ ހޯރަ އިއްބެ ފޮނުވިމަގުން. އެއްކަމެއްވެސް ނުވާނެ. އަދި އިބޫ ގެ ޢާއިލާ މީހަކަށް ވުމުން ވެސް އެކަން ދާނީ އެގޮތަށް ކަން އެނގޭ.

  8. މަދީހާ

    އެކަންކުރި ގޮތް އެއަންހެންމީހާ ގެ ދުލުން ބުނީމަ ނުފުދުނު ދޯ . މިހާރު އެއުޅެނީ އެކަން އޮއްބާލަން. އެއަންހެން މީހާ އަށް ވެފައި ހުރި ޖިސްމާނީ އަނިޔާތައް ބަލާކަށް ބޭނުމެއް ނުވި. އެމީހާއަކަށް އިންސާފެއް ނުލިބުނު ތާކު ދޮގު އިލްޒާމް އަޅުވާލައި އެކަން އެއީ ނުވާކަމަކަށް ހަދަން އެއުޅެނީ. ތިކަހަލަ ހުރިހާ ކޭހެއއް ވެސ ްއެމްޑީޕީ އަކަށް މާބޮޑު ކަމަކަށް ނުވާނެ. ތިކަންވެސްފޮނުވާލާނީ ހޯރަ އިއްބެ ފޮނުވިމަގުން. އެއްކަމެއްވެސް ނުވާނެ. އަދި އިބޫ ގެ ޢާއިލާ މީހަކަށް ވުމުން ވެސް އެކަން ދާނީ އެގޮތަށް ކަން އެނގޭ.

  9. އެމަންޖެ

    މިހާރު ދެން އަތައް ގޮވީމަ ބަލާނެ ކޮންމެސް ފޮންޏެއް ކެނޑޭތޯ.