އުމުރުން ހައެއްކަ އަހަރުގެ ކުޑަ ދެ ކުއްޖަކު ގައިގޯޅިވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

އެ ވީޑިއޯއިން ފެންނަނީ ކުޑަ އަންހެން ކުއްޖަކާއި ކުޑަ ފިރިހެން ކުއްޖަކު އެކަކު އަނެކަކު ތުންފަތަށް ބޮސްދޭ ތަނެވެ. އެ ވީޑިއޯއިން ފެންނަ ކުޑަ ދެ ކުދިންގެ އިތުރުން އިތުރު ކުއްޖެ ނުވަތަ ދެ ކުދިންގެ އަޑު އިވެއެވެ. އަދި ވީޑިއޯ ކުރަން ހުންނަނީ ވެސް ކުޑަ ކުއްޖެކެވެ.

ބެލެވޭގޮތުން އެ ކުދިންނަކީ އެއް އާއިލާއެއްގެ ކުދިން، ނުވަތަ ގާތްގުޅުމެއް އޮންނަ ކުދިންތަކެކެވެ.

ވީޑިއޯ ކުރުމަށް ފަހު އިތުރު މީހަކަށް އެ ވީޑިއޯ ފޮނުވާ ވާހަކަ އެ ކުޑަކުދިން ދައްކާ މަންޒަރު ވެސް އެ ވީޑިއޯއިން އިވެއެވެ.

ވީޑިއޯއާ ގުޅިގެން ޖެންޑަ މިނިސްޓްރީގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ ވީޑިއޯގެ މައުލޫމާތު ރަސްމީކޮށް ލިބިފައި ނުވާ ކަމަށެވެ. އެކަމަކު، ވީޑިއޯގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރަސްމީކޮށް ރިޕޯޓުކޮށްފައެއް ނުވޭ. ނަމަވެސް ރޭގެ ވަގުތެއްގައި މިނިސްޓްރީގެ މުވައްޒަފެއްގެ ސަމާލުކަމަށް އެ ވީޑިއޯ އައިސްގެން އެ މުއާމަލާތް ފުލުހުންނާ ކޮށްފައި ވަނީ. ފުލުހުންނަށް ވެސް މި މައްސަލަ ރަސްމީކޮށް ހުށަހެޅުނު ކަން ނޫން ކަމެއް ނޭނގެ،" އެކަމަކު މި މައްސަލައިގައި ޖެންޑަ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ދަނީ މަސައްކަތް ކުރަމުން،" އޮފިޝަލް ވިދާލުވިއެވެ.

ފުލުހުންނަށް މި ފަދަ މައްސަލައެއް ރިޕޯޓްކޮށްފައި ވާކަން ނުވަތަ ނޫންކަން އޮޅުން ފިލުވުމަށް ފުލުހުންނާއި ސުވާލު ކުރި ނަމަވެސް، މިހާތަަނަށް ފުލުހުން އެ މައުލޫމާތު ހާމަކުރައްވާފައެއް ނުވެއެވެ.

ކުޑަކުދިންގެ މިފަދަ ވީޑިއޯތައް މީސްމީޑިއާގައި ދައުރުކުރުމަކީ އެކަމުގެ ނެދެވޭ އަސަރު ކުޑަކުދިންނަށް ކުރާނެ ކަމަކަށް ވާތީ އެކަން ނުކުރުމަށް މީގެ ކުރިން ޖެންޑަރ މިނިސްޓްރީ އާއި ފުލުހުން ވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވައިފައވެެ.

އަދި ކުޑަކުދިން އެކަހެރިކޮށް ހޭދަކުރާ ވަގުތު އެކުދިން ކުޅޭ ގޭމްތަކާއި ކުރާ ކަންކަން ބަލާ، އެކުދިން ކުރަމުން ދަނީ އުމުރާއި އެކަށީގެންވާ ކަންކަންތޯ އާއި އެކުދިން ބަލާ ވީޑިއޯތަކާއި މަންޒަރުތަކާއި، ކިޔާ ވާހަކަ ފަދަ ތަކެއްޗަކީވެސް އުމުރާއި އެކަށީގެންވާ ފަދަ އެއްޗެހިކަން ޔަޤީން ކުރަން ބެލެނިވެރިންނަށް ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. ކީކޭ ބުނާނީ

    ޝިދާތާ އިސްތިއުފާ

    85
    18
    • ޙ

      ????

      21
    • އަހުމަދު

      ސިދާތާ ދުނިޔޭންތަ އިސްތިއުފާ ދޭންވީ

  2. ފެކްޓް

    ހަނގުރާމައާއި ބަޑިޖެހުމާއި މެރުންފަދަ ނުރގަޅު މެސެޖްދޭ ގޭމްތަކާއި އޮރިޔާން ވެބްސައިޓްތައް ދިވެހިރާއްޖެއަށް ލިބުން މަނާކުރާކަށް ނުޖެހޭތަ އަދިވެސް؟ ދިވެހި ޖީލުތައް މިދަނީ ފަނާވަމުން. މައިންބަފައިންވެސް ދަރިންނަށް ސަމާލު ނުވާކަން. އަވަދި ނެތި އަމިއްލް ދުނިޔޭގައި އުޅުމާއި ދަރިން ކުރިމަތީގައި އުޅޭ ގޮތްތަކަށް ސަމާލު ނުވުން ފަދަ އިހުމާލުތަކޖން ވާކަންްކަން. މިފަދަ ކަންކަމުގަ އިހުމާލުވާ އަައިލާތަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އަދިވެސް ދުވެވެނީ ވެކްސިން ނުދެއޭ ހޯމް ސުކޫލިން ދެނީ އޭ ހައްޤުތަކޭ ކިޔައިގެން މިފަދަ ކޫސަނި ކަންކަމުގަ. ސުވާލަކީ ތިބުނާ ސުކޫލުތަކަށާއި މީހުން ގާތަށް އެކުދިންނާ ބެހުވެން ކިޔަވަދޭށޭ ކިޔާ ފޮނުވީމަ އެކުދިންނަށް އެއްވެސް ރައްކާތެރިކަމެއް ޔަޤީން ވޭހޭ؟

    125
    8
    • ސަވީން

      އެތަކެތި ރާއްޖެގައި މި ސަރުކާރު އޮވެގެން ސެންސަރެއް ނުކުރާނެ.. އެމްޑީޕީ ސަރުކާރުތަކުގައި ބޭނުންވާނީ އެންމެހައި ލާދީނީ ވަސީލަތަކާއި ކަމެއް ރާއްޖޭގައި އަށަގަނުވާ އަދި އެކަންކަމައް ހިއްވަރު ދިނުން. އެއްޖިންސުން ކައިވެނި ކުރަންވެސް ހިތްވަރުދޭނެ. އިސްލާމީ ގައުމަކައް ލިބޭނެ އެންމެ ބޮޑު ދެރައަކީ ލާދީނީ އަލްމާނީ ވަގު ސަރުކާރެއް އޮތުން. މިކަމައް ހައްލެއް ނުލިބޭނެ ރައްޔިތުންގެ ބާރު ދެރަވެ ޚުދުމުޚްތާރުކަމާއި އަދި ބޭރުގެ ނުފޫޒު ރާއްޖެއައް ގަދަކޮއްދޭ ސަރުކާރެއް އޮތްހާ ހިނދަކު.

      85
      6
      • ރިޕްލައި

        އެއީ ހައްލެއް ނޫން. ޗައިލްޑް ލޮކް އަޅުވާފަ ވަސީލަތްތައް ހަމަ ދެވޭނެ. އެހެން ހެދުމަކީ މައިންބަފައިންގެ ކަމެއް. މައިންބަފައިންގެ ޒިންމާ!

        49
        2
      • Corona

        ކޮންމެ ކަމެއް ވިޔަސް ސަރުކާރުގެ ކަމެއް.... އެއިީީ މައިންބަފައިންގެ ޒިންމާއެއް. ކުދިން ކުރާ ކަންތައްތައް ރަނގަޅަށް ބަލަންޖެހޭ

        22
    • ހޫ

      އޮރިޔާން ސައިޓަކަށް ވުރެ ބޮޑަށް ޔޫޓިއުބް ނޫނީ ޓީވީ ފެންނަ މަންޒަރެއް ބަލައިގެން ހެން ހީވަނީ މި އުމުރުގެ ކުދިން މިހެން މިއުޅެނީ.

      81
      2
  3. ޣޯސް

    މިއީ ޓެކްނޮލޮޖީގެ ޒަމާން މި ޒަމާނުގައި އިންޓަރނެޓް ބޭނުންވާނެ. ކުދިން ވެސް އިންޓަރނެޓް ބޭނުންކުރާނެ. އެކަމަކު މީގެ ހައްލަކީ ހަނގުރަމައާއި އަނިޔާވެރި ގޭމްތަކާއި އެއްޖިއްސުން ގުޅުންހުންގާ މަންޒަރާއި އަދިވެސް ހަށިވިއްކަ މަންޒަރު ހިމެނޭ ސައިޓްތަށް ރާއްޖެއަށް ނުފެންނަގޮތް ހެދުން. މިކަން ނުކުރަންވީކީއްވެ

    97
    3
    • ކޮތަރުހާސަރު

      ނޫނޭ ތިކަހަލަ މައްސަލަ ހައްލުވާނެ އަދިވެސް މާލެ ތޮއްޖަސާ. ފްލެޓްތައްވެސް ވީހާވެސް ކުދިކޮށް މަންމަޔާ ބައްޕަޔާ ދަރިން އަދިވެސް އެއްކޮޓަރީގަ ނިދާ ގޮތަށް ބޯހިޔާވަހިކަން ދިނީމަ ހުންނާނީ ރަނގަޅަށް. މިހެންވެސް ބުނީމަ ބުނާނެ ކިތަންމެ ދަތިކޮށްވެސް އުޅެން ބޭނުންވާ ވާހަކަ. އުމުރުދުވަހު މަސައްކަތް ކޮށްގެން ހޯދާލާރި ދިރިއުޅުން ވިއްސިވިހާލި ކޮށްލަން މިހޭދަކުރަނީ...މި މުއިޒުމެން އެބުނާ ބޯހިޔާވަހި ކަމުގެ ފޮނިމީރުކަމަކީ....

      27
      24
  4. އައި

    ތި މައްސަލަ ރަސްމީކޮށް ހުށައަޅަން ކިހާ ދުވަހެއް ނަގާނެބާ

    71
    2
  5. ޔޫ

    ??? ?????????

    89
    6
  6. ނަޖީބު އައްބާސް

    ބުނައްތޯ ދީނޭކިޔައިގެން އުޅޭމީހުން ވިސްނަނީ ހަމައެކަނި މުއްލާއީން ބުނާއެތި! މިއުޒިކު ކުޅުމާ އަޑުއެހުމަކީ ވަގުތު ބޭކާރުކުރާ ސައިތޯނީ އަމަލަކައް ވާތި އެކަންކުރަނީ! ތިމާޔާ ތިގެދަރިން ގޭމު ކުޅުމައް ދެވިހިފާ، ސައްތައިންސައްތަ މުސްލިމުގައުގަ ފިޓަނުކޮއް ހުންނަ އިންޓަނެޓުތެރޭ މުޅި ދުނިއޭގަ ފީނާއިރު ތިކަހަލަ ވީޑިޔޯތައް ފެނި ބާލާ ތީގެވީޑިޔޯ އަމިއްލަޔައް އުފައްދާ ބޭނުން އެކަހަލަ ސައިޓަކައް އަފުލޯކުރުމުގެ ފުސަތު މިގައުގެ އިންނެޓު ބޭނުން ކުރާ ފަރާތްތަކައްވަނީ ފަސޭހަކަމާއެކު ފަހިވެފަ

    34
    3
  7. އެމްޑީޕީ ކަލޯ

    ޤައުމެއް ނެތް.

    57
    5
    • މޔ

      ވރށ ދރ ދ

      30
      2
  8. ރަސްމީރައީސް

    ނުރަސްމީ ރައީސް އަކީ އިބޫ ރަސްމީ ރައިސްއަކީ އަންނި ރަސްމީ ނުރަސްމީ އެއް ނުކިޔާ ތިޔަ ރާތަށި އަތުންވީއްލައިގެން ގައުމު ހިންގޭތޯ އުޅޭކަށްނުވޭތެ

    39
    9
  9. ކަހުރަބު

    އިސްލާމީ ޝަރީއަތް ގާއިމު ކުރަނިކޮށް ތިކަން ހުއްޓިދާނެ

    79
    7
    • ބޮޑުމީހާ

      އެންމެ ހަރުކަށި އަދަބު ދެނިކޮށް ނުކުރާނެ ނު ކުޑަކުއްޖަކާއެކު

      14
      2
  10. Anonymous

    ތީ އަބަދުވެސް ހިނގާ ކަންކަން މިހާރު މީސްމީޑިއާ ހުޅުވާލެވި ފައިއޮންނާތީ ޕަބްލިކަށް ފައްސެހައިން ފެންނަނީ. ޢަހަރެން ތިކަހަލަ ކަންތައްދެކެން ތުއްތު ކުދިންގެ ފަރާތުން ކުރިން ވަރައްގިނައިން ކީއްހޭ ތި ކުރަނީ ކިޔާ ހަޅޭލަވައިގަތީމަ ބުނާނެ ބައްޕަ ޔާމަންމަ ޔާކުރާ ހަޑިކަންތައް ކުރަނިއްޔޭ ކޮންމެސް ގޮތަކުން ފެންނާތީ ކުޑަކުދިން އެކަހަލަ ކަންތައްކުރަނީ ރުޅި އިސްކުރުމުގެ ބަދަލުގައިލޯތްބާއެކު ކުޑަކުދިންނަށް ވިސްނަދީގެއްލުންތަކުން އެކުދިން ސަލާމަތްކޮށްދީ ރަށް ރަށުގައިވެސް މަގުމަށްޗަށް ދޫކޮށްލެވިފައި ތިބޭ ކުދިންގެ ފަރާތުން ތިފަދަ ކަންތައްފެނޭ މާލޭގައިވެސް ގިނަ މީހުންތަކެއް ތޮއްޖެހިގެން ކުޑަކުދިންނާއެކު ދިރިއުޅެމުންދާ އާއިލާ ތަކުން ބައްޕަ ކުރާކަންތައް ކުޑަކުދިން ކުރަނިކޮން ފެނިފައިވޭ މިސާލަކަށް އެއްކޮން ކުޑަދެކުދިން ފާހާނަޔަށް ވަނުން ފަދަ ކަންކަން އަހާލީމަ ބުނާނެ ހަޑިކަންތައްކޮށްލަނީއޭ އަސްލު އެކުދިންނެއްނޫން ގޯހީ މައިން ބަފައިން މިފަހައްއައިސް އިންޓަނެޓް

    38
    3
  11. މީނާ

    މިއީ ވަރަށްް ދެރަކަމެއް ' މިއަދު އަހަރެމެންވީ އެކުދިން ނުބައި ކޮއްފަ ވާހަކަ ދަށްކާ ކަށެއްނޫން އަހަރެމެންވީ އިސްލާހުވާން މިއީ އަހަރެމެންގެ ކުށް އެކުދިންނަށް ވަގުތު ނުދީ ކުދިންކުރަނީ ކީއްތޯ ނުބަލަ އަމިއްލައުފަލަށް އިސްކަންދީގެން އުލުނީމަ ވާނީމިހެން " ސަލާމް "

    34
    3
  12. ސަމޭދާން

    އަސްތަޣްފިރުﷲ. ބެލެނިވެރިންނޭ..... ދަރިންނަށް ހައްދެއްމިންވަރެއްނެތި އިންޓަނެޓް ދޫކޮށްނުލާށޭ. ދަރިންކޮޅާއި ދީނާއި ދުނިޔެއާއި އާޚިރަތާއި ގެއްލިދަނީ ބެލެނިވެރިންގެ ފަރުވާކުޑަކަމުން.

    47
    2
  13. ބޮކި ސެންޓް

    އެހާ ތުއްތު ކުދިން ތަކަކަށް އިނގޭނެ ބާ، އެއީ ކޮންކަހަލަ ކަމެއްކަން؟ އެ ކުދިންނަށް މީޑިޔާނެޓްއިން ދައްކާ ކާޓޫންތަކުންވެސް އެފަދަ މަންޒަރުތައް ފެންނާނެ ދޯ، ކޮބައިތޯ އެ ވީޑިޔޯ ކުރި މީހާ ނުވަތަ އެކުއްޖާ؟ އެއީ ތަންދޮރު އިނގޭ، އާއިލާގެ ގާތް މީހެއްބާ؟ އެއީ ކަމަކާ ހަސަދަވެރި ވެގެން، މިހަކަށް ނުވަތަ މީހެއްގެ ދަރި އަކަށް ދިން ލަނޑެއްބާ؟ ކޮމެންޓް ކުރާއިރު ވިސްނާލަން ޖެހޭ އަމިއްލަ ދަރިއަކަށް ވެސް މިފަދަ ކަމެއް ދިމާވެދާނެ، މިއީ މިއަދު ކިތަންމެ ބަލައިގެން ދަރިން ތަރުބިއްޔަތު ކުރަން އުޅުނަސް ދިމާވެދާނެ ކަމެއް ނޫންތޯ؟

    31
    2
  14. ނަޖީބު އައްބާސް

    އަހުރަބުނަމުގަ ކޮމެއްޓުކުރި ފަރާތައް ދައްންނަވަން ތިއީ ކުއްހީޔެއްކަމައް! އިސްލާމީސަރިޔައް ގާއިމު ކޮއްފައޮތް ސައުދީގަ މިކަހަލަ ޖަރީމާތައް ހިންގަނީ އަދި މާހަޑި މުދާރުކޮއް ކަމައް! އެތާތި ފަދަ މުޑުދާރު ކަންތަކާ ދެކޮޅައް ވާހަދެވޭ މީހުނައް މަރުގެ އަދަބުދެނީ މަދެއްކޮށެއްނޫން! ބައްލަވާ ތުރުކީގަ ހުންނަ ސައުދީ އެންބަސީ ތެރޭ މީހަކު ކުދިކޮއް ކަށާލީމަ މަރުގެ އަދަބު އައިކޮންބަޔަކައް

    6
    16
    • ކުޑަ

      މޮޔަ ކުދިން ކުރާ ކަަންތަަަަަަަައް ދޯ؟ހެހެހެ ހެ ހެ

      5
      1
    • ސައުދީގައި

      ސައުދީގައި ނޯވޭ ފުރިހަމަ އިސްލާމީ ޝަރީއަތް ގާއިމްކޮށްފައި. ސައުދީގެ ޝަރީއަތަކީ ސައުދީ ރަސްކަލުން އެކުލަވައިފައިވާ ޝަރީއަތެއް. ރާއްޖޭގެ ވެރިންނާއި ވެރިންގެ ތިމާގެ މީހުން ކިތަންމެ ކުށެއް ކުރިޔަސް ސަލާމަތްވާފަދައިން ސައުދީގައިވެސް ރަސްކަލުން ސަލާމަތްވޭ. ރާބުޔަސް ޒިނޭކުރިޔަސް ވައްކަން ކުރިޔަސް ރަސްކަލުންގެ އާއިލީ ބޭފުޅުންނަށް ޝަރީއަތެއް ނުހިންގޭ. އިސްލާމީ ގިނަ ގައުމުތަކުގައި ކަންތައް އޮތީ މިހެން. ސޯ ޑޯންޓް ބްލޭމް އިސްލާމީ ޝަރީއަތް. ބްލޭމް ވެރިން.

      16
  15. ސުވާލަކީ

    ކާކަށްބާ އެވީޑިއޯ ފޮނުވަން އެކުދިން އެއުޅެނީ؟؟

    8
    3
  16. ކެނޮޓް

    ބޮޑު އަންހެނެއްގެ އަޑު އިވޭ ތި ވީޑިއޯއިން. މައިންބަފައިން ޖެހޭނެ މިކަމައް ޒިންމާވާން

    20
    1
  17. ހެޔޮނުވާނެ

    ބޮބު އަންހެނެއްގެ އަޑު އިވޭއިރު ކުޑަކުއްޖެކޭ ބުނެފަ ތިއޮތީ. ކުޑަކުދިން އެކަހަލަ އަމަލެއް ކުރާއިރު އެކަންވީޑިއޯ ކޮއްފަ މީސްމީޑިޔާއަށް ލުމަށް ވުރެ ރަނގަޅީ އެކަން ހުއްޓުވުން. އެކަމު އެވީޑިއޯކޮއްފައި އެ އޮތީ ވެސް ބޮޑު އަންހެނެއް. "ބްލޮކިންދަ ކޮންޓެންޓޭ ކިޔާ އިރު" މި ކުރެވެނީ ކިހާވަރެއްގެ ކަމެއްކަމާމެދު ވިސްނާލަން ޖެހޭ. ވަގުތު މީހުންނަށް ކުޑަކުއްޖެއްގެ އަޑު އިވުނީތީ ހަމަ ހައިރާންވަން. ދެން މި ވާހަކަ ދައްކައީ ވަގުތޭކިޔައިގެން ވިއްޔާއިގެން ވިއްޔާ.

  18. މިވެސް ދަރިއެއް

    މިވީޑިއޯ ހޯދައިގެން ބެލުމަށް ޝައުގެވެރިވާ ގޮތަށް ވަގުތުން މިފަދަ ހަބަރު ގެނެސްދިނުން މީ ވަރަށް ނޭދެވޭ ކަމެއް. މިއާޓިކަލް ނެގުމަށް އެދެން. މިކަމީ ބައެއްގެދިރއުޅުމާ ގުޅިފައިވާ ކަމަަކަށްވާތީ މިކަމެއް ހިނގާފައިވާ ގޮތެއް ނޭނގި ބަޔަކު ބަދުނާމުވާގޮތަށް ވާހަކަ ނުދެއްކުން އަޅުގަނޑު އެދެން

    8
    6
  19. މައި އޮޕީނިއަން

    އަހަންނަށް މިކަމުން ފެނުުނު މައްސަލަތައް:
    - ވީޑިއޯ ނެގި މީހާ އެކުދިން ހުއްޓުމުގެ ބަދަލުގައި ވީޑިއޯ ކުރުން އަދި ކުރިއަށް ގެންދިއުން.
    - ކުދިންގެ މައިންބަފައިންނަށް ރަނގަޅާ ނުބައި ކިޔާނުދެވުން
    - ވީޑިއޯ ލީކްކޮއް ފެތުރުން

    15
    2
  20. ޝަފީގު

    ނުކުރާނެ ތިކަމެއް.. ގާނޫން ހަދަން ތިބި މީހުންނާއި އަދި ސަރުކާރުގައި ގިނަ އަދަދަކައް ރާ ބޯ ޖުއާ ކުޅޭ އަދި ފާހިޝްއަމަލުތައް ހިންގާ ދީނުންބޭރުވެފަ ތިބި އެތަކެއް ބަޔަކު އެބަތިބި. އަލީވަހީދު ނަހުލާއަށް ކުރި ކޯލުގެ އޯޑިއޯ އަޑުއަހާލީމަވެސް އިނގޭނެ މި މީހުންގެ ފެންވަރު. އަދި އެމްޑީޕީގައި އެއްޖިންސުން ގުޅުން ހިންގުމަކީ ހައްގެއްކަމައް ދެކޭ މީހުންވެސް އުޅޭ.

    10
  21. ބޮކި ސެންޓް

    ރާއްޖޭގައި ކަމެއް ދިމާވާ އިރަށް ފަޟީހަތްކޮށްލަން ކޮންމެ ކަމެއްވެސް ކުރަން ތިބެނީ ތައްޔާރަށް ކަމަށާއި އެކަން ރަނގަޅުވާން ޖެހޭކަމަށް ޖެންޑަރު މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ވިދާޅުވެއްޖެއެވެ.

    4
    1
  22. ކުރުވާ ކަމެއް

    އޮރިޔާން ކާޑު ގިނަ ކުރޭ އޭރުން ހުއްޓޭނީ. ދިވެހި ބަހުންވެސް އޮރިޔާން ސައިޓުތައް ހެދުމަށް ސަރުކާރުން ބާރުއަޅަންވީ. ފޯނުތަކުން އޮރިޔަން ވީޑިއޯ ފެންނަލެއް ތަންފުކެއް މަދުވަނީ ހެން ހީވަނީ. އުރީދޫންވެސް ދިރާގުން ވެސް އަގު ހެޔިކޮށް އޮރިޔާން ވީޑިއޯ ބެލޭގޮތް ހަދަންވީ. އޭރުން އެއޮތީވެފައި. އެހެންޏާ ފަހެ ސައިޓެއް ބުކޮކް ނުކޮށްލެވުން.

    9
    1
  23. ތީކަމުގެ ހައްލު.

    ޝިދާތާ އަދި އައިޝަތު މުޙައްމަދު ދީދީ، އެކުދިން އެވީޑިއޯ ކުރުމުގެ ކުރިން ފޯނު އަތުލިނަމަ ހާދަ ރަނަގަޅޭ.

    މި ވިސްނުންމީ ޕޮލިޓިކްސްއާއި އެއްގޮތަށް!!!!

    ދެންވީ އައިޝަތު މުޙައްމަދު އިސްތިއުފާއަށް ގޮވަން. ކޮބާ؟ އެކުދިންގެ ބެލެނިވެރިންގެ އިހުމާލު.

  24. މަރިއްކޮ

    މިދަނޑިވަޅުގައި ތިބާވަތުގެ އެއްޗެތި ވަރަށް ގިނައިން ތިލަވާނެ. އެއީ ސަފާރީ ރޭޕްކޭސްގެ އަޑުކަނޑުވަން. އެއަށް ކިޔަނީ ދެބޯގެރި ދުއްވުން.

    12
    4
    • ނޫސްކިޔާމީހާ

      އެހެނުންވާނީ ދަރިންކުރިމަތީ މަންމަ އާއި ބައްފަ ހުރިހާ ކަމެއް ކުރޭ ދަރިން ތިކުރަނީ ކީއްހޭ އަހާލީމަ ބުނަނީ މަންމަ ޢާއި ބައްފަ ސަކަރާތް ޖަހާލީ އޭ . އެހެންވީމާ އެކުދިން ވިސްނާނީ އެވެސް ކުޅިވަރެއް ކަމަށް ތާ

      11
      • ބޮޑުމީހާ

        ބޮޑެތި މުސްކުޅި ފިރިހެނުން އެބަހުރި ކުޑަ ހޭނުޖެހޭ ކުދިންނާއެކު ތިއަށް ވުރެން ބޮޑެތި ކަންތައް ވެސް ކޮއްފަ

  25. Ñò òñè

    Ñòw śàý ťhàťś çàùśè òf pùbģ

    9
    3
    • ބޮޑު މޮޔާ

      Tv aa internet neh iru mikahala kameh kuda dhekudhin koffaane baa? Video eh kureema engijje thaa..Just delete it..that's all .?

      6
      1
  26. ރައްޔިތުން

    މަދުންނަމަވެސް ބައެއް ގޭގެއިން އެފަަދަ މަންޒަރުތައް ކުދީންނަށް ފެންނަފަށުގައި ކުރާކަމުގެ ވާހަކަތަކަކީ ވެސް ވަތު އަޑީން ދައްކާ ވާހަކަތަކެއް، އެކުދިން އެބާވަތު ކަންކަން ތަޖުރިބާ ކުރާކަން ތިފަދަ ކަންކަމުން ތިޔަ އެގެނީ. ވަރަށް ދެރަވުގެކަމެއް.

  27. މމމމމމމމ

    ބަލަ މިރާއްޖޭގެ ތިފަދަ މަންޒަރުތައް ފެންނަނީ އިންޓަނެޓް އިން އެކަންޏެއްނޫން....ގޭގެ ސިޓިންގ ރޫމުތަކުގައި ތިބޭއިރު އެފެންނަ މަންޒަރު ކޮބާ؟ ލަދުން ކޮބާ

    3
    2
  28. އަލީ އާމިރު

    ޔަހޫދީން ޖަހާ ކޮންމެ ނުބާއި މަޅިފަށްޗެއްގަ ދިވެހިން ޖެހި ތާށިވަމުން ދާ މަންޒަރު މި ފެންނަނީ، އޮރިޔާން ސައިޓް ތައް ބްލޮކް ކުރަން ކިޔަނީ، ބްލޮކް ކުރެވޭނެ ދުވަހެއް ނޭންގޭ، ކުޑަކުއްޖަކު ނުކައިގެން ރޯލިޔަސް ފޯނު ދީފައި ކާންދެވެނީ.. ކުދިންގެ އަތަށް ފޯނުދީގެން ފޯނުން އޮރިޔާން ސައިޓްތަކަށް ވަދޭ، ވަންނަކަން ބެލެނިެރިންނަށް ނޭންގެނީ.. މިހުރިހާ ނުބާކަންކަމަށް މަގުފަހި ކޮށްދީފައި، ކަންކަން ގޯހުން ގޯހަށް ދިޔާމަ ދެން އެވާހަކަ ނުދެއްކުން ރަނގަޅީ..