ހުޅުމާލެ ފަޅު ތެެރޭގައި އޮތް ސަރާފީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކޮށްފައި ނެތީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ނުފޫޒުން ކަމަށް އެއްވެސް ރައްޔިތަކު ނުދެކުމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފިއެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އުމުރުން 39 އަހަރުގެ ދިވެހި ދެ ފިރިހެނަކު ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވެ އެ ދެ މީހުން ވަނީ ދޫކޮށްލައިފައެވެ. އެމީހުން ހައްޔަރު ކުރީ ކުށުގެ ވެށިން ކަމަށް ފުލުހުން ފުރަތަމަ ބުނި ކަމުގައިވިޔަސް، ފަހުން ބުނީ އެ މީހުން ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނުފެންނަ ކަމަށެވެ.
އެ މީހުން ކޯޓަށް ނުގެންގޮސް ދޫކޮށްލި މައްސަލަ ހޫނުވެ، ފުލުހުންނަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެމްޑީޕީގެ މަޖިލިސް މެމްބަރެއްގެ ފިރިމީހާއަށާއި އިތުރު ފިރިހެނަކަށް ތުހުމަތު ކުރެވޭއިރު އެ ދެ މީހުން ހައްޔަރު ނުކުރަނީ ސިޔާސީ ނުފޫޒު ފޯރުވައިގެން ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ. އެކަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުން ހުރި ކޮމިޓީތަކުން ވެސް ވަނީ ބަލަން ފަށައިފައެވެ.
ފާޑުކިޔުންތައް އަމާޒުވުމުން ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ވަނީ އެއްވެސް ނުފޫޒެއް ނެތި މައްސަލަ ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.
އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގެ މެދަކާ ހިސާބުން ނަޝީދު ވިދާޅުވީ ޖިންސީ ގޯނާގެ މި މައްސަލައިގެ ތެރޭގައި ސިޔާސީ އެތައް ބާވަތެއްގެ މައްްސަލައެއް އުޅޭ ކަމަށް ފާހަގަވާ ކަމަށެވެ.
މި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކަކީ މަޖިލީހުގެ އަންހެން މެންބަރެއްގެ ފިރިކަލަކަށް ވުމުން ކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެ ވާހަކަތައް ދައްކަވަމުން ވާދަވެރި ޕާޓީތަކުގެ މެންބަރުން ކަމަށެވެ. މެމްބަރެއްގެ ފިރިކަލަކަށްވާތީ އެމީހާ ދޫކޮށްލެވުނު ކަމަށް ބުނަނަނީ މެމްބަރު ހުންނެވި ޕާޓީ އާއި ވާދަވެރި ޕާޓީތަކުގެ މެމްބަރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ފުލުހުން މީގައި ބުނެފައި އޮތީ އޭނާގެ ތަހުގީގު އޭރަށް ކުރަން އޮތް މިންވަރަކަށް ކޮށްފައިއޭ އޭނާ ދޫކޮށްލީ. ދެން އޭނާ ހައްޔަރުގައި ނެތުން އެއީ މަޖިލިހުގެ މެމްބަރެއްގެ ބާރާއި ނުފޫޒުން ކަމަށް އެއްވެސް ރައްޔިތަކު ދެކިވަޑައިނުގަތުމަށް އަޅުގަނޑު ވަރަށް ބޮޑަށް ދަންނަވަން،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ދެން ވިދާޅުވީ މަޖިލީހުގެ އެއްވެސް މެންބަރަކު ފުލުހުންގެ ތަހުގީގުތަކަށް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށެވެ. އެފަދަ ކަންކަމަކީ މަޖިލީހުގެ ރިޔާސަތުން ބަލައިގަންނަނެ އަމަލުތަކެއް ވެސް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ހާއްސަކޮށް ޖިންސީ ގޯނާ އާއި ގެވެށި އަނިޔާ އާއި ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ތަހުގީގުތަކުގައި މަޖިލިހުގެ އެއްވެސް މެމްބަރަކު، އެއްވެސް މުއައްސަސާއެއްގެ ވެރިއަކަށް ވެސް ކަމަކާ ހަވާލުވެ ހުރި މީހަކަށް ވެސް، އިރުޝާދެއް ދިނުން ވެސް ލަފައެއް ދިނުން ވެސް، މައުލޫމާތެއް ހޯދުމަށް ވެސް، ފޯނުކޮށް ހަދައި ގުޅުއްވުމަކީ ރަނގަޅު ކަމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.
"އެއީ މަޖިލިހުން އެއްގޮތަކަށް ވެސް، ހަމަކަށަވަރުކޮށް ރިޔާސަތުން ބަލައިގަންނާނެ ކަމެއް ނޫން،"
ކިތަމްމެ ވަރަކައް ނުވާކަމަކައް ހަދަންއުޅުނަކަސް އެކަމެނުވާނެ ސަރުކާރުގެ ބޮޑުން އަޑީގަތިބެގެން ތިޔަކަހަލަ ކޮމްމެޖަރީމާއެއް މިގައުމުގާހިންގަމުން މިދަނީ މޯދީ ގެ ސިޓީއަކައް ހަދަން ތިޔަކުރާމަސަކައް މާގިނަދުވަހަކައް ދެމިގެން ނުދާނެ އިންށާﷲ
މަޖްލިސް މޮނިޓަރު ތިހެން ބުންޏަސް ނުބައިކަމަކަށް ނުބައިކަމެއްކަމަށް ނުދެކުމަކީ ނުބައިކަމަކަށް ވާނީ.
2014 ގެ ޤާނޫނުލް އުޤޫބާތުގެ 131 ވަނަ މާއްދާގެ (ށ) ބުނެފައިވަނީ ޖިންސީ ގުނަވަނެއްގައި އަތްލުމަކީ ޖިންސީ އަމަލެއްކަމަށް. މިއީ ޖުނުހުގެ 1 ވަނަ ދަރަޖައިގެ ކުށެއް. ޖުނުހުގެ 1 ވަނަ ދަރަޖައިގެ ކުށެއްގެ އަދަބަކީ، 1 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން.
ކޮބާތަ އިމްރާނު
އަދިވެސް އިސްތިއުފާދޭކަށް ނިވޭތަ؟
ލަދުހަޔާތުގެ ކަންފުޅެއްވެސް ހުރިނަމަ ތިމަގާމުގަ މިހާރަކު ނިހުންނާނެ.
އިމްރާނު މުޅިންވެސް ޖަލުގެ ކަންކަމުގެ ހޯމް މިނިސްޓަރެކޯ.. އޭނާއަކީ އަސްލު މި ސަރުކާރުން ގެންގުޅޭ އަސީރަކާއި ބޮޑައް ވައްތަރީ.. ޓެރަރިސްޓަކައް ހަދާފަ އިޒުރޭލާއި ހަވާލުކުރާނެ ކަމައް ބިރުދައްކާފަ ބުލެކްމެއިލް ކުރީކަމައްވެސް ވެދާނެ.
މަޖްލިސް ރައީސް! މެމްބަރުން، އަދި އެހެނިހެން ނުފޫޒު، މީ ވީ ގޮތް ، ވާގޮތް!
ޖެންޑަރ ކޮމިޓީގެ މުގައްރިރުގެ ނުފޫޒުންކަމަށް ނުދެކެން. ގަބޫލު މިކުރަނީ އޭނަގެ ބާރުގައި އޭނައާއި އިބޫގެ ބާރުންކަމަށް. ރިޔާސަތަކަށް ނޭނގޭނެ ރައްޔިތުން ގަބޫލުކުރަންހޭ ގޮތެއް. މިއީ ހެޔޮވެރިކަން އޯގަތެރިވެރިކަން އެމްޑީޕީގެ ފިކުރުގެ މީހެއްގެ މައްޗަށް ޤާނޫނެއް ނުހިނގާނެ.
އެ ކީއްވެތަ އެގޮތައް ނުދެކެންވީ. އެއީ އެމް.ޑީ.ޕީ މެމްބަރެއްގެ ފިރިމީހާ އަށްވީމަދޯ. އަދި ހިންނަވަރު މީހެއްގެ ދަރި އެއްގެ ފިރިއަކަށް ވީމަތަ.
ހިންނަވަރު ރައްވެއްސެއްނޫން، ހިންނަވަރުގަ ދިރިއުޅޭމީހެއްނޫން، ހުރިހާ މީޑިޔާތަކުގަ ހިންނަވަރު، ހިންނަވަރު،.. ހިންނަވަރު މަޝްހޫރުވީމަދޯ މާ ހިންނަވަރު ވެގެން ތިއުޅެނީ، ބުނަންނނނ.. އެކަމް ތީތި ކަޑަ، ހިންނަވަރު ތިވަރަށް ބިދުނާމް ކުރުމުގެ ޙައްގެއް މީޑިޔާ ތަކަކަށް ނޯންނާނެ..
ހަމަ ޖާހިލެއް!!!!!!!!!!!!!!!!!
ކެރަފާ އާއިލާ އަކީވެސް އެކަހަލ ކަންކަމަށް ހިއްވަރު ދޭ އާއިލާއަކަށް ދޯ މިވަނީ ހީ ނުކުރާށޭ ކަލޭ ތިޔަ ކަހަލަ ކިތައް ދޮގު ހީ ދިވެހި ރައްޔިތުންލައްވާ ކުރުވި މަރުތަކަގު މައްސަލަ ބޮލުގައި ބަޑި ޖެއްސި މައްސަލަ ޗާޓުން ބޭރުން ކަންކުރުން ދޮގުގެ އައްޕަ 1967 ގައި އޭރުގެ ސަރުކާރު ވައްޓާލަން ފިސްތޯލަ އެތެރެި ކުރި ބޮޑު ބާރަ މީހުންގެ ތެރޭގައި ކަލޯގެ އައްޕަ ހިމެނޭ އެ ބޮޑު ބާރަ މިތާލިޔެލާނަން
1. ސިއްކަަ އަހުމަދު އިސްމާޢީލް މަނިކު
2. ކެރަފާ އަބްދުއް ސައްތާރު
3. ހުސައިން ޚާލިދު
4. މިނާ ކުޑޭ
5. އަބްދުﷲ ލުތުފީ
6. އަބްދުލް ގައްޔޫމު
7. ކޮލި ހަސަން މަނިކު
8. އަބްދުލް ގުއްދޫސް
9. ހީރާ ރަޝީދު
10. ދުއްލިސާ ނައީމު
11. ކޮލިގޭ އިބްރާހިމު ޢީސާ ފުޅު
12. ޗަންޕާ މުހައްމަދު މޫސާ
ކަލޭ ބޭނުން ގޮތަކަށް ނޫން އަހަރުމެން ދެކޭނީ! އަހަރުމެން ދެކޭނީ ކަންހިނގާފައި ނުވަތާ ހިންގައިފައި އޮތްގޮތުގެ ޙަޤީގަތަށް! ޖުމެއިރާ ވިތަވެލި މީދުން ފެނުނުމިހުން ތިބީ މަޖްލީހުގެ ޖަލްސާގައި ކަމަށްދޯ ބަލަންވީ!
އަނިޔާވެރިކަމާ ޖާހިލިއްޔަތުގެ ސިފަތައް ދިވެހިރާއްޖޭގެ މަޖްލިހުގެ ތެރެއިން ފެންނަމުންދަނީ. މިއީ ބިރުވެރިކަމެއް. ﷲ ތަޢާލާގެ ކޯފާއެއް މިގައުމަށް އައިސް އެންމެން ހަލާކުވެނުދަނީސް މިނުލަފާ ގޮތްގަނޑު ދޫކޮށްލަންވެއްޖެ.
ޖުމޭރާގަ ދެން އެންމެންވެގެން ބޯލާ ކާލާ ދެންވެސް އެއްކޮއް ކުރެވެން އޮތް ކަމެއް ވިއްޔާ ކޮއްލާގެން އައިސް ރައްޔިތުންނައް ކަލޭ ނަސޭހަތްދެނީތޯ.. ވެރިކަމުން ބޭލުވި ދުވަހުވެސް މިކަލޭގެ އުޅުނު ތަނުން ފޮށިފޮށީގައި ރާފުޅިތައް ނެރުނު.
ތިޔައެއްބަސްވީދޯ އެކަންއެގޮތަށްހިނގީކަމަށް! ޝުކުރިއްޔާ
ޢެއްލަކިން ވެއްޓޭނެ ކަލޭ ޅަ އެއްޗިހި އަޅަ އަޅާ ހުރޭ ކަލޭ ...
މިޤައުމުގެ ހަލާކަކީ މަޖިލީހަށް ފާވެގެން މިއުޅޭ މަކުނު އެމަކުނު ފިލުވާލަނިކޮށް ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ މަކުނު މީ މިޤައުމުގެ ހަލާކު
ނަޝީދު ތިހެއް ތި ވިދާޅުވުމަކީ ނުފޫޒު ފޯރުވުން މަނިކުފާނު ނުކުރަނޭ ބުނެފިއްޔާ އެކަން ބަލަން ރައްޔަތުން ޖެހޭނީ ވަރަން ރަގަޅަން އެކަން ކުރިކަމަށް
ދެބަންދިހާރަ ހަމަ ބުނެލާ ގޮތަކައް ވިސްނުން ބަދަލުކޮއްފި.
ކަލޭ ބުނާގޮތެއް ހަދަން ތިބި ބައެއްނޫން ދިވެހިރައްޔިތުންނަކީ. އެމީހުން ދޫކޮސްލީ ހަމަ ނުފޫޒުން. ރޭޕްކުރަން އެންކަރޭޖް ތިކޮށްދެނީ.
ޕޮލިހައް ފޯނުކުރިމީހާ ހޯދާފަ އެމީހާގެ މައުލޫމާތު ހާމަކުރޭ!
މަނިއްޕުޅު ތިގޮތައް ގާބޫލުކުރަށް ވާއިގެން އިންނަވާ ގޮނޑި ހޫނުކުރަށްވާ އަޅުގަޑު ގަބޫލެއްނުކުރަން އަދި ގިނަދިވެހި ރައްޔިތުންވެސް ގަބޫލުކުރާނެކަމަށް ގަބޫލެއްނުކުރަން
ހަމަހިނިއަންނަނީ
ތިމައްސަލާގައި ތިޔައަންހެންމީހާޔަކަށް މިސަރުކާރަކުން ހައްގެއްނުލިބޭނެ ކުުއްވެރިވާނީއެއަންހެންމީހާ ، މިއީ ހަގީގަތް ، މިސަރުކާރާއި، މަޖިލީހުގެ މެމްބަރެއްގެނުފޫޒާއި ބާރު ބޭނުންކޮށްގެން އެދެމީހުން ފޮނުވާލުމަށް އެއަންހެންމީހާބުނަމުންދާއިރުވެސްމަޖިލީހުގެ ރައީސް ވިދާޅުވަނީ ރަށްޔަތުން ނުބުނާސޯމަޖިލީހު ގެމެމްބަރެއްގެ ނުފޫޒުންނޭ ދެންކީކޭތަކިޔަންވީދޯ ؟ ކިޔަންވީގޮތެއްނުބުނުބުނޭދޯ !
ހިނި ހަމަ އަންނަނީ އެއްވެސް ރއްޔިތަކު ގަބޫލު ނުކުރައްޗޭ! ހެހެހެ
ނަހަމަ ގޮތުގައި ފެންފޮދެއްވެސް އަރުތެރެއަށް ނުދިރުވާ މީހުން މިފަހަރު ކިހިނެއްބާ ހަދާނީ ނުހައްޤު އެއްޗެއް ހޯދިކަން ރައްޔަތުން ގޮވަން ފެށި އިރަށް އެއްޗެއް ދޫކޮށްލި ގޮތަށް......
ބުއްޅަބޭ އޮލުވަނުލާ. މީ ރޭޕިސްޓަކީ މެންބަރު ޖިހާންގެ ފިރިމީހާ. މެންބަރު ޖިހާނަކީ ހިންނަވަރު ބުއްޅަހުއްތު ގެ ކަޒިން އެއް. ޕޮލިސް ސީޕީ ހަމީދު އަކީ ހިންނަވަރު ބުއްޅަހުއްތު ގެ އަންހެނުންގެ ކޮއްކޮގެ ފިރިމީހާ. ދެން މި ވަރުން ފުދޭނެ.
ކުރިކަމެއްނުކުރާކަމަކަށްނުވާނެ މިގައުމު ސަދޫމު އައްނުވަނީސް މިގައުމު ސަލާމަތް ކުރާނެ ބަޔަކު މާތްރަސްކަލާނގެ އިރާދަފުޅުން މިގައުމުންނެރެދެެއްވާށިއެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އާމީން
އެންމެފަހުން މިކަލޭގެއަށް މި އިނގެނީ އަހަރެމެން ވިސްނަންވީ ކިހިނެއްކަންވެސް. ހަމަ އެހެން އެކަން ވީ ކިތަންމެ އޮޅުވާލަން އުޅުނަސް
މިހާރު މިޤައުމުގައި ހިގާނީ އަންދާ ޤާނޫނު މިރާޖޭގައި ދިވެހިންބޭނުންވިގޮތް އިންސާފުހޯދަން އުޅޭނެކަމެއްނެތްއަންނި ބުނާކޮންމެބަހަކީޤާނޫނު
ލުތުފީ އެމްބަސީ ތެ ރޭގައި ފޮ ރުވައިގެން ގެންގުނީ ކާކުގެ
ސިޔާސީ މޮޅު އުކުޅަކުންހޭ؟ މުޅި ގައުމުގައި އަލިފާންޖަހައި
އަންދާލީ ކާކު އަޑީގައި ހިއްވަ ރ ރުދޭން ހު ރެގެންންހޭ؟
ތި ދެން ކަށަވަރު ވީ...ހަމަ ނުފޫޒުކަން އެއްވެސް ޝައްކެއްނެތް މިންވަރަށް ޔަޤީންވި ތި
ތިޔަ ބޭފުޅާ އަށް ހުރިހާ ކަމެއްވެސް އެއްމެ މޮޅަށް އިގޭތި ހުރިހަ ކަމެށް ގޯހުން ގޯހައް މިދަނީ
ހިންނަވަރު ރައްވެއްސެއްނޫން، ހިންނަވަރުގަ ދިރިއުޅޭމީހެއްނޫން، ހުރިހާ މީޑިޔާތަކުގަ ހިންނަވަރު، ހިންނަވަރު،.. ހިންނަވަރު މަޝްހޫރުވީމަދޯ މާ ހިންނަވަރު ވެގެން ތިއުޅެނީ، ބުނަންނނނ.. އެކަމް ތީތި ކަޑަ، ހިންނަވަރު ތިވަރަށް ބިދުނާމް ކުރުމުގެ ޙައްގެއް މީޑިޔާ ތަކަކަށް ނޯންނާނެ..
މެމްބަރުންގެ ނުފޫޒުން މިގައުމު ހަލާކުވެމިދިޔައީ ވައުދުފުއްދަން އެމްޑީޕީއަށް މެޖޯރިތީ ދިނުމުން ދައުލަތުގެ ބޮޑުންގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮއްގެން ކޮވިޑް ވައިރަސްވެސް މިގައުމަށް އެތެރެކުރީ ދެންކޮންވާހަކައެއްތިދައްކަނީ
ނަޝީދައްވެސް މިކަމުގެ އަސަރުއިހްސާސްކުރެވޭނީ އަންހެންދަރިފުޅަށް މިބާވަތުގެކަމެއްދިމާވީމަﷲގެހެޔޮރަހްމަތާއެކުމިބާވަތުގެކަމެއްމެދުވެރިނުކުރައްވާށި
ނަޝީދުގަބޫލުކުރެއްވިޔަސް އަދި ނުކުރެއްވިޔަސް މަޖިލިސްމެމްބަރުންގެނުފޫޒަކީ ހުރިހާދިމާއަކުންވެސް ކުރިމަތިވާ ވަރައްބޮޑު މައްސަލައެއް
އިސްލާމީ ޝަރީޢާއާ ތަހުޒީބު މުޖުތަމައުތަކުގައި، ދައުލަތުގެ ވެރިންނާޢިއެމީހުންގެ އާއިލާގެ މީހުންގެ ކުށުގެ އަމަލުާ ފޮރުވަން މަސައްކަތެއް ނުކުރާނެ. ޖިނާއީ މައްސަލަތަކުގައި، އަނިޔާލިބުނުމީހާގެ މަސްލަހަތަށްވުރެ ބޮޑަށް ބަލާނީ، މުޖުތަމައުގެ އަމަންއަމާންކަމާއި މަސްލަހަތު. ބަލާނީ، ތުހުމަތު ކުރިމީހާ ކުރިއަމަލު، ކުރިކަމަށް ބުނި ކުށަކީ ތުހުމަތު ކުރެވުނު މީހާ ކުރިކުށެއްތޯ ބަލާނީ. ވިކްޓިމްގެ ބަޔާން ނެގުމަކީ، ފުލުހުންގެ ކަމެއް. މީޑިޔާ އިންވެސްޓިގޭޝަނަށް ނުވަދޭ.
މެންބަރުންގެ ނުފޫޒަކުން ނޫނޭ ކަލޭގެ ސަބަބުންނޭ ކަމެއް ނުވެގެން މިއުޅެނީ (ކެނެރީގޭ ބުއްޅަބޭގެ ސަބަބުން).
ނަސީދޫ ކަލޭގެ ނުފޫޒުން އެމީހުން ހައްޔަރުގަ ނެތީ.
ކަލެއަކަށް ނުވާނެ މާބޮޑުކަމަކަށް.
ވާހަކަ ދެއްކުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މަޖިލީހުގެ ރައީސް ގޮންޖައްސަވައިފި..!
ޕޮލިސް އިންޗާޖަކަށްވިއަސް، އަދި އާދައިގެ އޮފިސަރަކަށްވިއަސް އެމީހުން ގޮތެއްނިންމާނީ އަމިއްލައަކަށްނޫން އެމީހުންނަށް މަތިން އަންގާ އޯޑަރަކާއެއްގޮތަށް މި މީހުން ތެދުވެރިއްޔާ އެރޭގެކަންކަން ރަނގަޅަށް ފަޅައިލާނެ ކުއްވެރިވާބައެއް އެނގޭނެދޯ