ހުޅުމާލޭ ސަފާރީގައި އަންހެނަކު ރޭޕް ކުރި ކަމަށް ތުހުމަތު ކުރާ މީހުން ދޫކޮށްލީ ނުފޫޒުންކަމަށް މީކާއިލް އަހުމަދު ނަސީމް މިއަދު ތުހުމަތު ކުރައްވައިފިއެވެ.

މިދިޔަ ހަފްތާގައި ކެންޔާ އަށް ނިސްބަތްވާ އަންހެނަކު، ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ރޭޕް ކުރި މައްސަލަ ނުފޫޒެއް ނެތި ބެލުމަކީ، އެ މައްސަލައިގައި އިންސާފު ލިބުން އެކަމެއްގެ މައްޗަށް ބިނާވާ ކަމެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެހެންނަމަވެސް މި މައްސަލަ ފެށުނީއްސުރެ ވެސް ނުފޫޒު ފޯރުވާފައިވާ ކަމަށާ، ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ދޫކޮށްލަން ޖެހުނީ ނުފޫޒުން ކަމށް އޭނާ ވިދާޅުވިއެވެ.

ރޭޕްގެ ޝިކާރައަކަށްވި ޒުވާނާގެ ނުގަބޫލުގައި އޭނާ އާއި މެދު އަމަލުތަކެއް ހިންގަން އުޅުނުކަން އެނގޭ ކަމަށާ އޭނާ ސަލާމަތްވާން ޑިންގީއަކުން މޫދަށް ފުންމާލިކަން އޭނާ ފުލުހުންނަށް ދިން ބަޔާނުން އެނގޭ ކަމަށް މީކާއިލް ވިދާޅުވިއެވެ.

އަދި ރޭޕްގެ ތުހުމަތު ކުރާ މީހުން ހައްޔަރު ކުރީ ކުށުގެ ވެށިން ކަމަށް ވެފައި، އޭރުވެސް ޝިކާރައަަކަށްވީ މީހާ ހުރީ ތެމިފައި ހުރި ހާލުގައި ކަމަށް ވާއިރު އެ މީހުން ދޫކޮށްލީ ކީއްވެގެންތޯ މީކާއިލް ސުވާލު އުފެއްދެވިއެވެ.

ައްޔަރު ކުރަން ކުރިން ފެނިފައި ދެން ހަމަ އިރުކޮޅެއް ފަހުން ފުލުސް އޮފީހަށް ގޮސް އެ ދެ މީހުން ދޫކޮށްލަން ފެންނަ ފެނުން މި ދެ މެދުގާ ވީ ކީއްތޯ އަޅުގަނޑުމެން ބަލަން އެބަ ޖެހޭ އިއްޒަތްތެރި ރައީސް. މިހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފުލުހުން އޭނާ ހައްޔަރު ކުރަން ނިންމި ނިންމުން މިފުށުން އެފުށަށް ޖެހުނީ ކޮން ގޮތަކުންކަން އަޅުގަނޑުމެން ބަލަން އެބަ ޖެހޭ. މިއީ މި ކޭސްގެ އެންމެ މުހިންމު އެއްކަމަކީ އިއްޒަތްތެރި ރައީސް." މީކާއިލް ވިދާޅުވިއެވެ.

ފުލުހުންނަށް އެ މައްްސަލައިގައި ތުހުމަތު ކުރެވޭ މީހުން ދޫކޮށްލީ ކޮންމެވެސް މީހެއްގެ ފޯނުކޯލެއް އައިސްގެން ކަމަށާ، ފުލުހުންގެ މުއައްސަސާއެއް ބޭރުން އެ މައްސަލަ އަށް ވަތްކަން ސާބިތުކަމާއި އެކު ބުނަން އެނގޭކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ކޮން ފަރާތެއްގެ ނުފޫޒުން ބަދަލުވި ބަދަލުވުމެއްތޯ އެއީ އަޅުގަނޑުމެން އެންމެ ބޮޑަށް ބަލަން ޖެހޭ އެއްކަމަކީ. ކޮން ފޯނުކޯލެއް އައިސްގެންތޯ. ކާކުތޯ ގުޅީ ފުލުހުންނަށް ނުފޫޒް ފޯރުވަން. ފުލުހުންގެ މުއައްސަސާއިން މި ރާއްޖޭގައި ގާއިމްކޮށްފައި ގާނޫނު އަސާސީއިން ބާރުތަކެއް ދީފައި އޮންނަނީ އެއްވެސް ސިޔާސީ މީހެއްގެ އެއްވެސް އެކްސްޓަރނަލް ނުފޫޒެއް ނެތި ތަހުގީގުތައް ހިންގާދޭން." މީކާއިން ވިދާޅުވިއެވެ.

ޖިންސީ ގޯނާގެ މައްސަލައަކީ ވަކި ވަގުތެއްްގެ ތެރޭގައި މައްސަލަތައް ބަލަން ޖެހޭ އިރު 1 ދުވަސް ނުވަތަ 2 ދުވަސް މައްސަލަ ނުބަލާ ހޭދަވުމުން މައްސަލަ އަށް ނުފޫޒު ފޯރާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މައްސަލައިގައި ޝިކާރައަކަށްވި މީހާ އަށް އަދިވެސް ވަކީލަކު ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ސިދާތާގެ ބެޑްސީޓް

    ތިތާ ތިއިންނެވީ ގުޅި މީހާ

    45
    3
    • ހ

      100% ތެދެއް....

  2. ހަމްބާން

    އެ ރޭޕިސްޓު ދެން ބޯޑަރު ހުޅުވުނީމަ ބޭރުގައުމަކައް ފޮނުވާލާނެ..ދެން އެތާގަ ދިވެހި ކޮންމެވެސް އެމްބަސީ ވަޒީފާއެއް ދީފަ ބޮޑު މުސާރާގަ ބައިތިއްބާނީ. އޭރުން ދެން އެގައުމުގެ ރައްޔިތުން ރޭޕް ކުރަން އެތާގަ ހުންނާނީ ދިވެހި ރައްޔިތުންގެ ޓެކުސް ފައިސާގައި ފިސާރި ރަނގަޅައް ޚަރަދު ބަރަދު ކޮއްލައިގެން. މިރާއްޖޭގައި މިޒާތައް ކަންތައް ހިނގާފައިވަނީ އެއްފަހަރަކު ނޫން.

    24
    2
  3. ޙުކުމް

    ރޯޔަލް ފެމިލީ އެކޯ ކޮންރޯޔަލް ފެމިލީއެއް

    31
    3
  4. ބިންގޯ

    ނުފޫޒުން ކަން މި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެގެޔޭ. ނުފޫޒުންނޫން ކަމަށް ހަދަން މަސައްކުރަނީ ތިޔަމަޖިލީހުގެ ރައީސް. ދޫކޮއްލަން އެންގި ކާކުކަމެއް ބުނާކަށް ނުކެރޭނެ.

    30
    2
  5. ޗައްކަރޭ

    ބަލަ އިސްލާމްދީނާއި ފުށު ނާރާނެ ގޮތަށް ތިބާވަތުގެ ޒިނޭގެ މައްސަލަތައް ތަހުގީގު ކުރުމަށް ގޮވާލަން. ތިމާމެންގެ ކޮށި ވިސްނުމުން ހިތުހުރި އެއްޗެއް ބުނުމަކުން ނުފުދޭ. އެއީ އަހަރެމެންނަކީ މުސްލިުންނަށްް ވީމަ އޯކޭ؟

    13
  6. ބިސް

    ކަލޯ ކަލޭގެ ބޮސް ވިދާޅުވަނީ ނުފޫޒުންނެއް ނޫނޯ ގައިމު.

  7. މާމީ

    ކޮބާ އެއްކަލަ މޮޅެތި ވާހަދައްކާ މީހުން ޒައިދު މެން އިޔާޒު މެން މިކަމައް ބުނާނެ އެއްޗެއް ނޭގި އަނގަ ހޭވިފަ ތިތިބީ ކީއްވެފަތަ.

  8. ާއަލީ

    މީކާއިލް މަނިކުފާނައް ސެލިއުޓު ކުރަން ހައްގު ބަސް ބުނުމުގަ ދެމިހުންނާތި.

    7
    2
  9. މޮހޮނު

    ތިޔަބުނާ ފޯނުކޯލްވެސް ކޮމެޓިން އަޑުއެހޭނެ ރެކޯޑިން ހޯދަންވާނެ، އޭރުން ދޮގުތެދު އެގޭނީ

  10. މަ

    ސާބަސް ފުރަތަމަ ތިމާމެންގެ ޤައުމުގެ ޅަދަރިންނާ ބެހޭ މީހުންނަށް ހައްޤު އަދަބު ދީބަލަ

  11. ބޯހަލާކު

    މި އޮތީ އޑޕ ގެ ބިރަކާނުލާ މަޖާކުރުން .... ހެސް ކިޔާފަ ކުރިއަށް ޖަހާ ފަނިވެފަ

  12. އަޙުމަދު

    މި ސަރުކާރުން ނިންމާ ކޮންމެކަމެއްވެސް ނިންމަނީ ޕާޓީމީހުންނަށް މޮޅުވާގޮތަށް. ރޯޔަލް ފެމެލީއެއްވިއްޔާ ރަނގަޅު ރާބުޔަސް، ފޭރުނަސް، ކޮޅުފައިން ތެޅިއަސް، މަޖިލީހުން އަނިޔާދިސްދޯ