އެމްޑީޕީގެ ހަރަކާތްތަކުގައި ކުރިން އިސްކޮށް ހަރަކާތްތެރިވި، އަދި ނ.އަތޮޅު ހޮޅުދޫގައި އޮންނަ އެމްޑީޕީގެ ގޮތްޕެއްގެ ހަޒާންދާރުގެ މަގާމު ވެސް ފުރާފައިވާ އާދަމް ޝަރީފް އެރަށު ކޯޓުގެ އިސް މެޖިސްޓްރޭޓަކަށް އައްޔަން ކުރައްވައިފިއެވެ.

އާދަމް ޝަރީފް ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވީ އިއްޔެ އެވެ. ފަނޑިޔާރު ކަމުގެ ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ހާތިފް ހިލްމީއެވެ. އޭނާ ފަނޑިޔާރު ކަމުގެ ފަތްކޮޅު ހަވާލު ކުރެއްވީ ކޮމިޝަނުގެ ރައީސް ހިސާން ހުސެއިންއެވެ.

ހޮދުޅޫން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އާދަމް ޝަރީފް މީގެ ކުރިން އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު ކަމަށެވެ. "ޖަލްސާތަކުގައި ވާހަކަދައްކަވާ، ކެމްޕޭންތައް ހިންގުމުގައި އިސްކޮށް އުޅުނު. ބައެއް ކެމްޕޭންތައް ކުރިއަށް ދިޔައިރު ޑޯޓްޑޯ ގައި ވެސް ބައިވެރިވި." ހޮޅުދޫން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

ފަނޑިޔާރުންގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ޅ) ގެ (1) ގައި ބުނެފައި އޮންނަނީ ސިޔާސީ ޕާޓީއެއްގެ މެންބަރަކު ނުވަތަ ސިޔާސީކަމެއްގައި ހަރަކާތްތެރިވެފައިވާ މީހަކު ފަނޑިޔާރު ކަމަށް އައްޔަން ކޮށްގެން ނުވާނެ ކަމަށެވެ.

އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ޖޭއެސްސީ އިން އެމްޑީޕީގެ އެކްޓިވިސްޓަކު މެޖިސްޓްރޭޓް ކަމަށް އައްޔަން ކުރިއިރު ޖޭއެސްސީގެ ނިންމުންތަކުގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމަށް ބުނެ ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

އެމްޑީޕީގެ އެކްޓިވިސްޓަކު މެޖިސްޓްރޭޓެއްގެ މަގާމަށް އައްޔަން ކުރުމުން ގިނަ ބަޔަކު ގެންދަނީ މީސް މީޑިއާގައި އެކަމަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    އިންސާފު އަ ރަފޯދުނީ...މިދިޔަ ސަ ރުކާ ރަށް ތާއިިދުކު ރިމީހެކޭ ކިޔާ ކިތައް މީހުން ވަޒީފާއިން ވަކިކޮއްފި...މޑޕ ބޭނުންވާ އިންސާފު ލިބުނީ... މިވަ ރުންވެސް ވިސްނޭނެ ރައްޔިތުން ވަ ރަށް މަދުވާނެ...ހު ރިހާ ގޯހެއް ހެދުނީ ރައްޔިތުން އެމީހުންގެ ވާޖިބާ ޒިންމާއަދާ ނުކު ރުމުން....ޖީބަށްވިކި ވޯޓުދޭތީ..

    49
  2. ނ

    މިއީ ގާނޫނަކަށް ބަލާ ބައެއްނޫން ތިޔަ މައްސަލަ މަޖިލީހުގައި ބަހުސް ކުރަންޖެހޭ
    އަބަދުވެސް ޗާޓުން ބޭރުން ކިހާ ދެރަކަމެއް ކޮބައިތަ ސްޕުރިމް ކޯޓް ތުންޖީނާ ސަލަވާތް ކިޔެވުމުގައިދޯ

    41
  3. އަލި ރަސްގެފާނު

    ގިނަދިވެހިން ބޭނުންވި ތަފާތު އެބައި މީހުނަށް ދައްކަވާ މިބައިގަނޑު ވެރިކަމަށް ގެނެވުނުކަމަށްޓަކައި ހިތާމަކުރާ ބައެއްކަމުގައި އެބައިމީހުން ލައްވާންދޭ..

    34
  4. ބަނީ

    އަދުލްއިންސާފު މިޔޮތްގެން އުތުރި އަރަނީ..... ސްޕްރީމް ކޯޓުން ފެށިގެން އެންމެ ދަށުކޯޓް ތަކަށް ޕާޓީ ކުތިން ކޮޅު.... އަދުލުވެރި ،އިންސާފު ވެރި، އޯގާތެރިކަން ފެންނަނީ ......

    22
  5. ވަޒީރެއާލާ

    މެޖިސްޓްރޭޓުން ނާއި ފަނޑިޔާރުން މިއީ އެއްފެންވަރެއްގެ އެއްމަގާމެއްގެ ބައެއްބާ؟ ދެނަމަކުން ކިޔާ އެއްސެޓްފިކެޓެއް އޮންނަ ބައެއްބާ؟ މެޖިސްޓްރޭޓުން ނަކީވެސް ފަނޑިޔާރުންބާ؟މެޖިސްޓްރޭޓެއްގެ މަގާމަށް އިސްކުރީ. ހަވާލުކުރީ ފަނޑިޔާރުކަމުގެ ފަތްކޮޅު. ވާނުވާއެއްނޭގުނު.
    ފަނޑިޔާރުންގެ ގާނޫނުގެ 15ވަނަ މާއްދާގެ(ޅ) ގެ (1) ގައި ބުނެފާ އޮންނަނީ ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ނުވަތަ ސިޔާސީކަމެއްގައި ހަރަކާތްތެރި ވެފައިވާ މީހަކު ފަނޑިޔާރުކަމަށް އައްޔަން ކޮށްގެން ނުވާނެ ކަމަށެވެ. މި މާއްދާގައި ސިޔާސީ ޕާޓީއެއްގެ މީހަކު މެޖިސްޓްރޭޓް ކަމުގެ މަގާމަށް އައްޔަން ނުކުރެވޭނެކަމަށް ބުނެފައި ނުވާތީ ތިކަމުގައި ގާނޫނާ ޚިލާފުވެފައެއްނެތް.

    1
    7
  6. އެމަންޖެ

    މިއޭ މި ލާދީނީ މީހުންނައް ނުވެގެން އުޅޭ ކަމަކީ.

    13
  7. ސަންތިމަރިޔަބު

    ބަލަ ރާއްޖޭގެ އެންމެ މަތީކޯޓް ކަމަށް ބުނާ ކޯޓުގާއިވެސް ތިބުނާ ގުރޫޕް މީހުން އެބަތިބި މިސާލަކަށް “ ގާނޫނުގެ ދިގުއަތް އޮންނަކަމަށް ބުނިމީހާ”
    ހަމަހިނިއަންނަނީ

    14
  8. ފޯންބެ

    ތިޔަށްވުރެ އަދި ބޮޑު އަޖައިބެއް ލާދީނީ އެމްޑީއެން ސުޖޫން އޭނީ ދީނަށް ހަޖޫ ޖަހާފަ ސުޕްރީމް ކޯޓްގަ

    12
  9. ދިވެހި މީހާ

    ތީ ކަނޑައެޅިގެން ދޮގެއް. ޢޭނާއަކީ އިސްސަފުގަ ޑޯޓުޑޯ ޖައްސާ ކެމްޕެއިން ކުރަމުން ހިނގި ފަރާތެއް ނޫން. ކޮންމެކަމެއްވެސް ސިޔާސީ ކޮށް މީހުންގެ ޢަބުރު ކަތިލަން މަސަތްކަތް ނުކުރޭ

    4
    9
  10. ބޭރުމީހާ

    ތިޔައީ ވަރަށް ސާފުކޮށް އެގެން އޮތްކަމެކެވެ. ގައުމުގެ ހުރިހާ ބާރުތަކެއް އެމް ޑީޕީ އަށް ގެންދަނީއެވެ. އެމީހުންނާއި ދެކޮޅަށް ބަހެއްބުނާ ކޮންމެ މީހަކަށް އެމީހުންގެ ހުރި ނުލަފާކަން އެދައްކަނީއެވެ.

    4
    1
  11. އޭނާ

    ޤާނޫނުގަ އޮތް އެއްޗެއް އޮޅުވާލަިއގެން ރައްޔިތުންނަށް ދޮގު ހަބަރު ގެނެސްދިނުމަކީ ފިޔަވަޅު އެޅޭނެ ކަމެއް.. 15 ވަނަ މާއްދާގެ (ޅ) ގެ 1 ވަނަ ނަންބަރު ގަ ލިޔެފަ އޮތް އެއްޗެއް ރަނގަޅަށް ކިޔާފަ.. އަލުން ތިހަބަރު އިސްލާޙް ކޮއްލުން ކިހިނެއްވާނެ.. "ހަރަކާތްތެރިވެފައިވާ" އާއި "ހަރަކާތްތެރިވާ" މި ދެބަހުން މާނަ ތަފާތު ވާނެ.. ހަރަކާތްތެރިވެފަވިޔަސް އޭނައަށް އެމަގާމަށް ކުރިމަތި ލުމަކަށް ހުރަހެއް ނެތް.. އެހެންނަމަވެސް އެއްވެސް ޕާޓީއެއްގަ އޭނާގެ ނަން އޮވެގެން ނުވާނެ ކަން އިލެކްޝަން އިން ކަށަވަރު ކޮށް ލިޔުމެއް ޖޭއެސްސީ އަށް ހުށަހަޅަން ޖެހޭނެ.

    1
    3