ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންނާއި އެކުގައި އުޅެ މީހުންނަށް ފާޑުކިޔުމަކީ ބަލައިގަނެވޭނެ ހަމައެއް ނޫން ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ރޭޕް ކޭސް އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ޝަހީމް ވިދާޅުވީ ރޭޕްގެ އެ މައްސަލައިގައި ހިމެނޭ ކަންކަމާއި މެދު ކަންބޮޑުވެލައްވާކަމަށާ، އަންހެނުންނަށް ކުރާ އެކިި ޒާތުގެ އަނިޔާއާއި އޭނާ ދެކޮޅު ކަމަށެވެ. އެހެންނަމަވެސް ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާގެ ހައްގު ހޯދަން އެހެން އަންހެނަކަށް އަނިޔާ ދިނުން އެއީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި އެއަށްވުރެ ތަހުޒީބުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މީހަކު ކުރާ ގޯސްކަމެއްގެ އަދަބު އެނާ އާއި އެކުގައި އުޅޭ މީހަކަށް ލިބެން ޖެހޭ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންނަށް މި ފެނިގެން ދަނީ ސޯޝަލް މީޑިއާ ވަރަށް ވަރުގަދަވެ އެއަށް ގިނަ ބަޔަކު ބަލާ މަންޒަރު އަޅުގަނޑުމެންނަށް މި ފެންނަނީ. މިއަދު އަޅުގަނޑުމެން އަންހެނަކަށް އަނިޔާކު ވާހަކަ، އެ އަނިޔާގެ ވާހަކަ ދައްކަމުން ގޮސް އިތުރު އަންހެނަކަށް އަނިޔާއެއް ދޭން ނުކުތުން އެއީ އަޅުގަނޑަކަށް ގަބޫކުރެވޭނެ ކަމެއް ނޫން އިއްޒަތްތެރި ރައީސް." ޝަހީމް ވިދާޅުވިއެވެ.

ޝަހީމްގެ އިތުރުން، މިކަމާއި ގުޅިގެން މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"އަޅުގަނޑު އުންމީދަކީ އަދި މިކަމުގައި އިންސާފާއިހަމައަށް ވާސިލްވުން. އެކަމު އަޅުގަނޑު ހަމަ ސުވާލުކޮށްލަން ބޭނުންވަނީ ދިވެހި ރައްޔިތުންނާއިވެސް. އަދި ދިވެހި ހުރިހާ އަންހެނުންނާވެސް. އަދި ބޮޑެތި މީހުންނާވެސް. ސިޔާސީ ޕާޓީތަކާވެސް. މިހާރު އެ ބޭފުޅެއްގެ ފިރިމީހަކު އެކަމެއް ކުރީމާ އޭނައަށް މިދާ ދުވަސްތަކުގައި މިދިޔަ ދެތިން ދުވަހެއް ތެރޭގައި ކިޔާބޮޑު އަނިޔާއެއްތޯއޭ ތިބޭފުޅުން ތިޔަ ދެނީ. ކިހާބޮޑު ނަފްސާނީ އަނިޔާއެއްތޯއޭ." ރާއީ ވިދާޅުވިއެވެ.

ރާއީ އާއި ޝަހީމް މިހެން ވިދާޅުވި ނަމަވެސް އެ ދެބޭފުޅުން އެއްވެސް މީހެއްގެ ނަމެއް ހާމައެއް ނުކުރައްވައެވެ. ހުޅުމާލެ ސަފާރީގައި ކެންޔާ އަންހެނަކު ރޭޕް ކުރިކަމުގެ ތުހުމަތު ކުރެވޭ ދެ މީހުންގެ ތެރެއިން އެކަކީ މަޖިލީސް މެމްބަރެއްގެ ފިރިކަލުންނެވެ. އެ މައްސަލަ ފެންމަތިވުމުން އެ މެމްބަރަށް ހަޑި ހުތުރުބަހުން މުއާމަލާތު ކުރުމާއި މީސްމީޑިއާގައި ބޮޑެތި ގަނާ ކުރުންތައް ދަނީ ކުރިމަތި ކުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ަމާމީ

    މީ އެއްވަރުގެ 2 ޖާހިލުން

    71
    1
  2. ތާކިހާ

    ބަލަ އިންސާފެއްނެތި ކުރާކޮންމެކަމަކުންވެސް ކޮންމެވެސް އަންހެނަކަށް އަނިޔާލިބެމުންދޭ. ނަހައްޤުން ވަޒީފާއިންވަކިކުރުމާއި ކޮވިޑްއެލަވަންސް ނަހައްގުންދިނުމާއި ލަސްވުމާއި މިކަމުގައި އޮޅުވާލުންތައްހުރުމާއި މިކަންކަމުންވެސް އަނިޔާ ކޮންމެވެސް އަންހެނަކަށް ލިބެމުންދަނީ އިނދޭތޯ ރާއީ ..... ކޮބައިތޯ ތިޔަބޭފުޅާގެ ދޫ ދޫނުހެލެނީތޯ

    36
  3. Anonymous

    މުޑުދާރު 2 ގުރި ރޯނުން

    40
  4. ކާފަ22

    އަނބިން ފިރިންނަށް ހިދުމަތް ނުކޮށް ގައުމަށް ހިދުމަތް ކުރާށޭ ކިޔާފަ ތެޅެންފެށީމަ ވާނެ ހައެތި މިވަނީ

    45
    2
  5. ކަޅުބެ

    މި ދެޖާހިލުންގެ ސަޕޯޓު ތުހުމަތުކުރެވޭ ދެމީހުންގެ އަނބިންނަށް ތިވަރަށް ސަޕޯޓުދެންޏާ އަންނަމަހު ސަޕޯޓު އެލަވަންސެއް ލިބިލައްވާނެ ???

    34
  6. ރަދީފް ހުސެން

    ދަސް ކޮއްދިން ގޮތް، އާލާ ކު ރުވި ސަގާފަތް. ރަނ ރީދޫ މުޅިގައުމުގަ ފެތު ރީ ތިސަގާފަތުގެ މައްޗައް އަދި ތިގޮނޑި ހޯދީވެސް އެފަލްސަފާގެތެ ރޭން. އެދުވަހު މަކަހަލަ އެތައްބަޔެއްގެ ހިތައްތަދުވި ލަދުގަތް އެކަމު އެދުވަހު ކަލޭމެންތިބީ އެކަންކު ރެވޭލެއް ސަޅިވެފަ ގަޓުހު ރި ބަޔަކައްވެ ހީލަހީލާ. ﷲގެ ނިންމެވުން ނިކަންދެކެބަލަ.

    35
  7. ސަންތިމަރިޔަބު

    ހުރިހާކަމަކަށް ހައްލު އޮތީ ކީރިތި ގުރުއާނާއި ރަސޫލް‎(ޞޢވ) ގެ ސުންނަތުގާއި އަމިއްލަނަމުގެ ކުރިޔަށް އަމިއްލަ އަށް އިއްޒަތްތެރި ލައްވާއި ގެން އުޅުއްވާ މެންބަރުން މިގައުމުގާއި އިސްލާމީ ޝަރިއްޔާ ހިންގުމަށް ފާސްކުރަށްވާ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ އިންޝާ ﷲ

    29
  8. އެކުވެރިޔާ

    ދެން ކީއްވެތޯ 200 އެތައްބަޔަކު ކު ރިކަމެއްގެ އަދަބު ރައީސް ޔާމީނަށް ލިބެންވީ؟

    45
    2
  9. ޅަތީފާ

    ދެން އެމީހުނައް ސަނާތޯ ކިޔަންވީ

    38
  10. ގ

    އެހެނެއް ނޫން ތި މެމްބަރު ވެސް އަދި އެ އަންހެން މެމްބަރު ވެސް ޖިންސީ ގޯނާ ކުރި މީހާ އެކުރި ކުށަށް އަދަބް ދޭކަށް ނުގޮވާ... ޖިންސީ ގޯނާ ކުރުމަކީ ކުށެއް... ފިރިމީހާ އެހެން އަންހެނަކަށް ޖިންސީ ގޯނާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.... ނޯ ސިމްޕަތީ.... ހަމަ އެކަން ކުރާއިރަށް އެކަމާ ދެކޮޅު ވާން ޖެހޭނެ... އަދި ތިއުޅެނީ ސިމްޕަތީ ހޯދަން....

    17
    1
  11. ޝިފާން

    ދައްކާ ވާހަކަ ދިމަލެއް ނުވޭ. ރައީސް ޔާމީންގެ ބޮލުގަ ދޮގު ތުހުމަތު އަޅުވާ އެތައް ބައެއްގެ މަރުގެ ތުހުމަތު މެއިޑޭ މުޒާހަރާގަ އެމްޑީޕީ އާއި އިމްރާންވެސް އަޅުވިއިރު ހަނދާނެއް ނެތްބާ އެމަނިކުފާނުގެ އަންބަކާ ދަރިއަކު ހުރި ކަމެއް. އެމީހުންނަށް ދިން އަނިޔާގެ ދިފާއުގަ ކީއްވެތަ އޭރު ނުތެދުވީ. މިއަދު ހަމަ ތި އެމްޑީޕީން އެކުލަވާލި މަރުކޮމިޓީން ނިންމީ ޔާމީނަކާ އެމައްސަލަތަކާ ގުޅުމެއް ނެތްކަން. ކޮބާ އެމީހުންގެ ގެއްލުނު ހައްގު. ކީއްވެ ތިބޭފުޅުން އެވާހަކަ ނުދައްކާ ޕާޓީ މީހުންގެ ދިފާއުގަ އެކަނި ތިނުކުންނަނީ. ބަލައެއް ނިގަނެވޭ ތިދައްކާވާހަކަ ހެޔޮހިތުން ދައްކާވާހަކަ އެއް ކަމަކަށް.

    12
  12. ރޔ

    ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާގެ ހައްގު ހޯދަން އެހެން އަންހެނަކަށް އަނިޔާ ދިނުން އެއީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި އެއަށްވުރެ ތަހުޒީބުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް. އެމްޑީޕީ "އަދީބް ވައްކަން ކުރީމް ރޔ ޖަލައް ސަޅި"

  13. ޑައެލޯގް

    މައްސަލަޖެހެނީ ރޭޕްކުރިމީހާގެ އަންހެނުން ފިރިމީހާ ސަލާމަތްކުރަން ނުފޫޒުގެ ބާރުބޭނުންކުރާތީ އެގިއްޖެތަ!

  14. ޢަލީ

    މައްސަލަޖެހެނީ ރޭޕްކުރިމީހާގެ އަންހެނުން ފިރިމީހާ ސަލާމަތްކުރަން ނުފޫޒުގެ ބާރުބޭނުންކުރާތީ އެގިއްޖެތަ!

  15. ދަވާލި19

    ކަލޭމެން ބަލައި ނުގައްތޮއްޔާ ރައްޔިތުންނައް ކޮން މުސީބާތެއް ކަލޭމެން ނިކަން ރައްޔިތުން ބަލައިގަންނަކަހަލަ ވާހަކަޔާ ކަމާ ކޮއްބަލަ ބޮލުރޮދި ކެނޑޭކަހަލަ ވާހަކަ ނުކިޔާ

  16. މިލްނާ

    އިދިކޮޅު މީހުން ކުރާ ކޮންމެ ކަމަކަށް ތިޖީހާން އެއްޗެތި ކިޔަންޏާ އެމީހުންވެސް ކިޔާނެ. އެއީ އިންސާނީ ޠަބީޢަތް.