މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ޝާމިލުވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް އަނިޔާ ލިބުނު ފަރާތުގެ ހައްގުތައް ހޯދައި ދިނުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ގޮވާލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކަށް (27އ) ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން، އެސަރަހައްދުގައި އެމީހުން ތިއްބާ ފުލުހުން ގޮސް މަޢުލޫމާތު އޮޅުންފިލުވުމުން އެ އަންހެންމީހާގެ ފަރާތުން ފުލުހުންނަށް މަޢުލޫމާތު ދީފައިވަނީ އެރޭ ރައްޓެއްސެއްގެ ފަރާތުން ލިބުނު ދަޢުވަތަކަށް، މިމައްސަލާގައި ތުހުމަތުކުރެވޭ ދެ މީހުންނާއެކު ސަފާރީއަކަށް ގޮސް ވަގުތު ހޭދަކުރި ކަމަށާއި އަދި އެ މީހުން، ސަފާރީ ތެރޭގައި އޭނާގެ ނުރުހުމުގައި އޭނާގެ ގައިގައި ޖިންސީ ގޯނާކުރިކަމަށް އެ އަންހެން މީހާ ބުނި ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މައްސަލާގައި 39 އަހަރުގެ ދެ ފިރިހެނަކު ހައްޔަރުކުރި ކަމަށާއި ނަމަވެސް ފަހުން އެމީހުން ދޫކޮށްލި ކަމަށް ފުލުހުން ބުންޏެވެ.

ދެ މީހުން ބަންދުން ދޫކޮށްލާފައިވަނީ އެވަގުތާ ހަމައަށް ލިބިފައިހުރި މަޢުލޫމާތު ތަކަށް ބަލާއިރު ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ނުފެންނާތީ ކަމަށް ފުލުހުން ބުންޏެވެ. އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޖޭޕީން ނެރެފައިވާ ބަޔާނެއްގައި ބުނީ ސަފާރީ ބޯޓުގައި ހިނގާދިޔަ ލާއިންސާނީ އަމަލު ހިންގި ކަމަށް ބެލެވޭ ފަރަތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް އަނިޔާ ލިބުނު ފަރާތުގެ ހައްގުތައް ހޯދައި ދިނުމާއި ގާނޫނުގެ ހުކޫމާތު ނަގަހައްޓާ ދެމެހެއްޓުމަށް ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

މިފަހަކަށް އައިސް ރާއްޖޭގައި މިފަދަ ނާތަހުޒީބީ އަދި ލާއިންސާނީ ޖަރީމާ ހިންގުން އާއްމުވެފައިވާ މި ހިތްދަތި ދަނޑިވަޅުގައި ގާނޫނު ތަންފީޒު ކުރުމުގެ ޒިންމާއާ ވާޖިބު މަތި ކުރެވިފައިވާ ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ވަކި ބަޔަކަށް ބުރަނުވެ އަދުލު އިންސާފުގެ ހަމަހަމަ ކަމާއި އެކު މައްސަލަތައް ތަހުގީގުކޮށް ކުށްކުރި ބަޔަކަށް ހައްގު އަދަބު ދިނުމަށް ގޮވާލާ ކަމަށްވެސް ޖޭޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލައިގެ ތަފްސީލީ މައުލޫމާތުތައް ފުލުހުން އާއްމުކޮށްފައިވާއިރު، މި މައްސަލަ މިހާރު ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމެޓީއަކުން ބަލަން ވަނީ ނިންމާފައެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    މިގައުމުގާއި ހުރި އެންމެ ފަގީރު މަހުޖަނު މުވައްޒަފުންނަށް 2 މަހުގެ މުސާރަދޭވަރަށް ވެސް ފާއިސާނެތް އެކަމަކު އެގޭކަމަކީ ވެރިކަމެއް ވައްޓާލުމަށް ގޮވާލެވިއްޖެނަމަ ބިލިޔަނުން ހަރަދުކޮށްލާނެ ފާއިސާ ކޯދުލާ ފާއިބަންފަށާ

    4
    1
  2. ބޯހަލާކު

    ދުނިޔެމަތީ ކުރެވޭއެއްމެބޮޑުފާފަ ﷲއާއި ރަސޫލާއަށް އުރެދުން ފުރައްސާރްކުރުން އެއިންކަމަކައް ބަހެއްވެސްނުބުނެހުރެފަ ކުއްލިއަކައް ރޭޕްމައްސަލައަށް ފާޑުކިޔާލާ އިންތިހާބްގައިވާތީދެއްތޯ...މިވެސް ނިލަފާމީހެއް (މާތްކޯލީޝަން ބޭފުޅެއްވިއްޔަ.)

  3. އައްޔަ

    ގާސިމާ،ކަލޭމޮޔަފުޅުވީތޯ؟މިސަރުކާރުން
    ދަމަހައްޓާނީއިލާހީގާނޫނުގެހުކޫމަތު.

    4
    3
  4. ވަހުތާން

    ކޮންމެވެސް އެއްޗެއް މަދުވެއްޖެހެން އެބަހީވޭ މިޤައުމު މިހާލަތައްވައްޓާލި މީހުންނަކީތީ ކަލޭމެންލަދުގަންނަންޖެހޭނެ މިއަދު އިންސާފޭކިޔަން އަމިއްލައެދުމުންފޯވެފަހުރިމީހެއްތީ މިހާރު ކޮންމެވެސް އެއްޗެކޭ ކިޔައިގެން ތިފެށީ ކަލޭގެމަސައް ކަތުގެ މަންފާއައްލިބިދާނެ ގެއްލުމަކައްޓަކާ އެހެންނޫންނަމަ ހުރީހީ ހައްޕުކިޔައިގެން

  5. ވިސްނާ

    ހަމަ އެކަނި ރޭޕް ގެ މައްސްލަ އެކަންޏެއްނޫން. މުއައްޒަފުންނަށް މުސާ ރަ ނުދޭ މީހުންނާއި ރޯދަމަހުގެ އެލަވަންސް ނުދޭ މީހުންގެ މައްސަލަ ވެސް ބަލަންވީ..

  6. ބޯޖަލީލު

    ގައުމު މިހާލަތަށް ދުއްވާލުމުގައި ގާސިމް ވެސް ބައިވެރިވޭ

    8
    1
  7. ނުވާނެ

    ޤސިމް ތިކަމެއް ނުވާނެ ކިތައްކަށިތޯ ޖހަންދެން ތިމަޑުކުރައްވަނީ އެގިލައްވާތޯ ހިފަހައްޓާމީހުން ނާއި ދޫކޮށްލާ މީހުން އަދި އަނިޔާލިބުނު (ރޭޕްކުރި) އަންހެން މީހާ ދެއްވިކަމަށް މީޑިޔާތަކުގަ ދައްކާފަވާވާހަކަ މިހާރު އެވާހަކަ ފޮރުވަން މަސައްކަތް ކުރިއަށް މިގެންދަވަނީ .މާތްﷲައަށް ހުރިހަކަމެއް ބައްލަވާ ވޮޑިގަންނަވާނެކަން މިމީހުންނަށް ނޭގެނީބާވޭ ހިތައް އަރާ