ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުގެ މަގާމުގައި ހުންނެވި ފާތިމަތު އާމިރާ ނޫން އެހެން ހުރިހާ މެންބަރުން ވަކި ކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ މަޖިލީހުގެ ކޮމެޓީން ނިންމައިފިއެވެ.
އާމިރާ ވަކި ނުކުރަން ނިންމި ނަމަވެސް އާމިރާ ވަކިކުރަން ޖެހޭ ކަމަށް ގިނަ މެންބަރުން ދިޔައީ މީގެކުރިން ވިދާޅުވަމުންނެވެ. އާމިރާ ވަކިކުރަން ހުށަހެޅީ ވެލިދީ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ޝަފީގެވެ.
މިއަދުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގައި ކޮމެޓީގެ މުގައްރިރު ކަމުގައި އިންނެވި މީކާއިލް ނަސީމް ވަނީ އާމިރާ އާއި ގުޅިގެން ހުށަހެޅިފައިވާ މައްސަލަ އަށް އާމިރާ ޖަވާބުދާރީ ވެފައިވާ ކަމަށެވެ. އެގޮތުން އޭނާ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ސިޓީ ކޮމެޓީ އަށް އިއްވާފައެއް ނުވެއެވެ.
އެހެންކަމުން ކޮމެޓީން ވަނީ އާމިރާ ވަކިކުރަން ނުފެންނަ ކަމަށް ނިންމާފައެވެ. އެގޮތަށް ހުށަހެޅީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމްއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމްއެވެ. އެ ހުށަހެޅަށް ތާއީދު ކުރައްވާ ނެގި ވޯޓުގައި ހަތް މެންބަރަކު ވޯޓު ދެއްވާފައިވެއެވެ.
އާމިރާ މަގާމުން ވަކިކުރަން ނުފެންނަ ކަމަށް ކޮމެޓީން ނިންމިއިރު ސީއެސްސީގެ މެންބަރު ކަމުން އެ ކޮމިޝަނުގައި ދެން ތިއްބެވި ހަތަރު މެންބަރުން ވަނީ ވަކި ކުރަން ނިންމާފައެވެ. މަގާމުން ވަކިކުރަން ކޮމެޓީން ފާސްކުރި ނަންތަކަކީ އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ކޮމިޝަންގެ ނައިބު ރައީސް ޝާހިދު މުހައްމަދާއި ކޮމިޝަންގެ ދެ މެމްބަރުން ކަމަށްވާ ޒަކަރިއްޔާ ހުސައިނާއި އިބްރާހިން ޝަހީގެވެ.
މިނިވަން މުއައްސަސާތަކުން އެއްބާރުލުން ނުދޭ މައްސަލާގައި މީގެކުރިންވެސް މިނިވަން މުއައްސަސާތަކުން ވަނީ ގިނަ މައްސަލަތަކެއް ބަލާފައެވެ.
ކޮމިޝަނަކީ 5 މެމްބަރުން. އެހެންވެ ކަމެއް ގޯސްވެއްޖެނަމަ އެ 5 މެމްބަރުން އެކުގައި ވަކި ކުރަންޖެހޭނީ. ކޮމިޝަނަކީ އޭގެ ޒާތުގައި ވަކި ވަކި މެމްބަރުން ކަމެއްގައި ޒިންމާވާންޖެހޭނެ ތަނެއް ނޫން. އެހެންވެ 4 މެމްބަރުން ވަކިކޮށް 5 ވަނަ މެމްބަރު ސަލާމަތްވާނެ ގޮތެއް ހަމަ ނުވިސްނޭ
ތީ ބޭނުން ބައެއްނޫން ...ޕަބްލިކްސަރވިސްޑިވިޜަން މާރަނގަޅު
ރޮޒެއިނާގެ ދައްތައެއްތޯތީ...
ޢާމިރާ ވަތްކެއް ނުކުރެވޭނެ. ޢެއީ މެމްބަރު ރޮޒައިނާގެ ބޮޑުދައިތަ.
ސީ.އެސް.ސީ ގެ ރައީސް އަވަހަށް ބޭ ރުކުރަންވީ. ހިންގުމުގެ އެއްވެސް އޮއްޓަ ރެއް ނެއް
ޢާމިރާ ވަކިނުކުރެވޭނެކަން އެނގޭ. ޢެ އަންހެނާއަކީ އެޑީޕީ އަށް މަރުދޭ ފިސާރި އަންހެނެއް. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރު އަޑުގަދަ ރޮޒައިނާ އާދަމްގެ ބޮޑުދައިތަ. އާމިރާއަކީ ހަމަ ހައްޕުނޑު. ހައްޕުނޑު. ހައްޕުނޑު. އެކަމަކުވެސް ހެޔޮތާ ޕާޓީ ވެރިކަމުގަ އޮތީމާ ހައްޕުޑަކަސް މަގާމުގަ ހުރެވޭނެ.
މާ ލަސް ވެސް ވެެއްޖެ.
މިއޮތީ ސަރުކާރެއްދޯ؟