ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައިގައި، އެ ސީންއަށް ދިޔަ ފުލުހުންނާއި، ހުޅުމާލެ ސްޓޭޝަން އިންޗާޖާއި ބައްދަލުކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއިން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި އެ ކޮމިޓީއަށް އެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ މުގައްރިރް ޖީހާން މަހްމޫދްއެވެ. އެ ބައްދަލުވުމުގައި ޖީހާން ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ކޮމިޓީ ޗެއަރކުރެއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދެވެ.

މިއަދު ކޮމިޓީގައި މެމްބަރުން ވަނީ މި މައްސަލަ އަވަހަށް ބެލުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެ ކޭސްގައި ހިމެނޭ ފުލުހުން ހާޒިރުކުރަން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ހުށަހެޅުއްވި ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒްއެވެ.

އެ ހުށަހެޅުމަށް ކޮމިޓީއަށް ހާޒިރުވެވަޑައިގަތް ހުރިޙާ މެމްބަރުން ވަނީ ތާޢީދުކުރައްވާފައެވެ.

އެ ކޮމިޓީގައި ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން، ޖެންޑަރ މިނިސްޓްރީއެއް ސިޓީއެއް ހުށަހަޅަން ނިންމިއެވެ.

އަދި މި މައްސަލައިގައި ފުލުހުން އަމަލު ކުރާގޮތް ވަރަށް ގާތުން ބެއްލެވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަށް ސިޓީއަކުން ދެންނެވުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

އަދި ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާ އަށް ފަސޭހަ ގަޑިއަކު އޭނާ ބޭނުންވާ ނަމަ އޭނާ އަށް ދިމާވި ކަންކަން ހިއްސާކުރުމުގެ ފުރުސަތު ދޭން ވެސް ކޮމިޓީން ވަނީ ނިންމާފައެވެ.

" ދެން މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ސިޓީއެއް ފޮނުވާލަން ވިކްޓިމް އިތުރަށް ވިކްޓިމައިޒްވާގިތަށް ދޮގު ޚަބަރުތައް ނުފަތުރާކަން ވެސް ކަށަވަރުކޮށްދެއްވުން. ދެން މާދަމާ ސީންއަށް ދިޔަ ފުލުހާއިއެކު ބައްދަލުވުމެއް ބޭއްވުން. އެ ބައްދަލުވުމާއި ޖެހިގެން ސްޓޭޝަން އިންޗާޖަކަށް ހުންނެވި ބޭފުޅާ އާއި އެކީގައިވެސް ބައްދަލުވުމެއް ބޭއްވުން." އެ ހުށަހެޅުއްވުންތައް ހުށަހަޅުއްވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވިއެވެ.

ކޮމިޓީގެ ނައިބު މުގައްޒަރު ޒިޔާދު ވިދާޅުވީ މި މައްސަލަ މިނިވަންކަމާއި އިންސާފުވެރިކަމާއި އެކު ބަލާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ.

އެ މައްސަލަ ކޮމެޓީން ބަލަމުންދާއިރު، އެ މައްސަލައިގައި ހައްޔަރުކުރި މީހުން ދޫކޮށްލި މައްސަލައާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް ދަނީ ފުލުހުންނަށް އަމާޒުވަމުންނެވެ.

އެ މައްސަލާގައި ހިމެނޭ ދެ މީހުންނަކީ ސަރުކާރުގެ ނުފޫޒުގަދަ މީހަކާއި ގުޅުން އޮންނަ މީހުން ކަމަށް ބުނާ އަޑުތަކެއް ދަނީ ފެތުރެމުންނެވެ.

އެ މީހުން ދޫކޮށްލާފައި ވަނީ ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ވެސް ނުގެންގޮސް އެވެ. ފުލުހުން ވިދާޅުވީ، އެ މީހުން ދޫކޮށްލި ނަމަވެސް މައްސަލަ ބަލަމުންދާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއިރު، އެއީ ރޭޕްގެ މައްސަލައެއް ނޫން ކަމަށާއި، ޖިންސީ ގޯނާގެ މައްސަލައެއް ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. Anonymous

  ހުސް ޑްރާމާ. ވަޒީފާ ބޭނުމިއްޔާ ދޮގުހަދަންޖެހޭނީ. ލޮލަން ފެންނަ ހާލު ކަމުމީހަކަށްވެގެން ހުންނަންޖެހޭނީ. އަޑު އިވޭ ހާލު ބީރު މީހަކަށް ވެގެން ހުންނަންޖެހޭނީ. ނިކަން ﷲ ސުބުހާނަހޫ ވަތާއާލާގެ ހައްޤުގައި ތިޔަ ފުލުހުން ތެދުބަހުން ވާހަކަ ދައްކަބަލަ. އޭރަށް އެނގިގެންދާނެ ތިމަޖުލީހުގެ މީހުންނާއި، ފުލުހުންގެ ވެރިންގެ ހާލަތު. މުޅި ގައުމު ހަލާކުވެ މިދަނީ. މިކަމަކީ މިގައުމުގައި ރޭޕް ކުރުމަށް ހުޅުވާލާ ދޮރަކަށް ވެގެންދާނީ. ހަބޭސްކިޔާފަ ބާރުވެރިން އެމަސައްކަތް ފަށަން ދޭ ފެހި ސިގުނަލެއް.

  26
  1
 2. ގުނބޯ

  ރައްޔިތުން ގުނބޯ ހައްދަން ކޮން ޑްރާމާއެއް ކުޅޭކައްތަ!
  ތިޔަ މަޖިލީހުގެ ފެންވަރަކީ އަމިއްލަޔައް ގުއިރީފަ އަމިއްލަޔަށް ދަނޑިންތެޅުން، އަދި އަމިއްލަ ގަޔައް ތިކިބުރާނެކަންވެސް ތިޔަ އިއްޒަތްތެރި ގަމާރުންނަކަށް އިނގިވަޑައި ނުގަންނަވާނެ...

  21
  1
 3. Anonymous

  ކެންޔާ ސަރުކާރުން މިމައްސަލަ އައިސީޖޭއަށް ހުށަހަޅަން ތައްޔާރުވަމުންނުދޭބާއޭ ހިތަށްއަރާ. ދައުލަތެއްގެ ރެސްޕޮންސިބިލިޓީ އެގައުމެއްގައި ތިބޭ އެހެން ގައުމުތަކުގެ ރައްޔިތުންނަށް އަދުލުއިންސާފު ހޯދައިދިނުމަކީ. އެކަން ނުވާކަން ޘާބިތުވެއްޖެނަމަ އެދައުލަތަކާ ދެކޮޅަށް ފިޔަވަޅުއެޅޭނެ. ގެއްލުންލިބު މީހާއަށް ބޮޑު ބަދަލެއް ދޭންޖެހޭނެ.

  20
 4. Anonymous

  ޕޮލިޓިކަލީ މިމައްސަލަ ކުޅެން ބޭނުމިއްޔާ ކުރަންވީ ކަމަކީ، ރަޝިޔާ، ޗައިނާ ފަދަ ގައުމެއް ތްރޫކޮށް ކެންޏާ ސަރުކާރުން މިމައްސަލަ ޔޫއެންއަށް ހުށަހަޅަންވީ. އެތަނުގައި ވިކްޓިމް ހެކިބަސްދޭނެ. އެހިސާބުން އެނގިގެންދާނެ މިތަނގަ މިއޮތް ސަރުކާރުގެ މައްކާރުކަމާއި، އިންސާފުން ބޭރުވެފައިތިބި މިންވަރު. އިންސާފު ލިބޭނެ ހަމައެކަނި ގޮތަކީ މިއީ. އެހާ އުނދަގުލެއްވެސް ނުވާނެ. ޔޫއެންގައި ހުންނަ ރަޝިޔާ ނޫނީ ޗައިނާގެ ސަފީރާ ބައްދަލުކޮށްލާފަ މިގައުމުގެ ހާލަތު ބަޔާންކޮށްލާ. އެހިސާބުން ދެން ހިނގަން ފަށާނެ.

  21
 5. އިއްބެ

  ފުލުހުން ހިންގާ ޖިނާޢީ މައްސަލަތަކުގެ ތެރެއަށް މިހާ ކުއްލިގޮތަކަށް ރައްޔިތުންގެ މަޖިލީހުން ވަނުމަކީ ކޮށްގެންވާނެ ކަމެއް ނޫން. މަޖިލީހަކީ ސިޔާސީ ބޮޑީއެއް. ސިޔާސީ ނުފޫޒު ފޯރުވުން މިއަށް ކިޔަނީ. ފުލުހުން މައްސަލަ ބަލާތޯ ނުބަލާތޯ ޔަގީން ކުރަންޖެހޭނީ ޕްރޮސެކިއުޓަރ ޖެނެރަލް. ދުސްތޫރީ ނިޒާމް ހަލާކު ނުކޮށްލާ. ހެޔޮނުވާނެ

  21
 6. އެމަންޖެ

  މިހާރުދެން ނަސީދު ފާސްކޮއްގެންނޫނީ އެއްވެސް ކަމެއް މިގައުމުގަ ނުވާނެ.

  17
  • ނަފީސާ

   މިރޭ ނަޝީދު ނޫނީ ނުފޫޒުގަދަ ކޮންމެވެސް މީހަކު އެބުނާ ފުލުހުން އަދި ސްޓޭޝަން އިންޗާރޖާ ބައްދަލުކުރާނެކަން ޔަގީން.

 7. ޕޮޓް

  ސަރުކާރު މޫނުމަތި އޮފްކުރަން "މިހާރު ނޫސް" ވަރަށް މަސައްކަތް ކުރާކަމަށް ފާހަގައެބަވޭ! އެމަންޖެގެ އިންޓަވިއުއެއްނަގާ، މަންޒަރު ބަދަލުކުރަން ދެންކިތައްމެ ވާހަކައެއް އެނބުރިއެސް އެކަމެއް ނުވާނެ! މިހާރު ނޫހުގަ ހުރިވާހަކަތަކާ މެންދުރު އޮންލައިންގެ ހުރި ވާހަކަތަކާ އެބަ ދިމާވޭ! މަސައްކަތްކޮށްފައޮތީ ތުހުމަތު ކުރެވޭފަރާތްތަކަށް ލިބިދާނެ އަދަބަކަށް އެމީހުންގެ މައުސޫމުކަން ދެއްކުން! މިއީ މަގާމާއި ބާރު ބޭނުންކޮށްގެން ބިރުދައްކައިގެން ބޭރުގެ އަންހެންކުއްޖާ ލައްވައި ކުޅުވާ ޑުރާމާއެއް! އަންހެން ކުއްޖާއަށް ސަރުކާރުގެ އިސްފަރާތްތަކަށް ވަރަށްގިނަ ބޮޑެތި ބިރު ދެއްކެން ހުންނާނެ! މިސާލަކަށް އޭނާ ވަޒީފާ މިހާރު އަދާކުރަމުންދަނީ ވޯރކްޕާމިޓްއާއި ހިލާފަށްކަމަށްބުނެ ބިރުދެއްކިދާނެ، އެކުށުން އޭނާއަށް ޖަލުހުކުމެއް އަންނާނެކަމަށް އިންޒާރު ލިބިދާނެ! ތިކަން ދެން މިރާއްޖޭގައި އެ މަންޖެ ހުރެގެންނުވާނެ!

  17
 8. ސަމްވަން

  މިހާރު ކޯޓްތަކުގެ ބޭނުން ހަމަނެތީތޯ؟؟

  17
 9. ޙުސޭނު

  އޯކޭ. ރޭޕްނުކު ރެޔޯ. އެކަމަކު އަންހެންމީހާ އެބަބުނޭ ރާބުއި ވާހަކަ. އެކަން ތަހްޤީޤް ނުކު ރަނީތަ

  13
 10. Anonymous

  ފުލުހުންނަށް ކުރާ ފުރައްސާރައެއް.
  ސީނަށް ދިޔަ ފުލުހުން އެހެންތަނަކަށްބަދަލުކުރުން ނުވަތަ ދޮގު ހެކި ދޭނަމަ ޕްރޮމޯޝަން ލިބުން. ވަޒީފާ ދަށްކުރުން ސުލޫކީ މައްސަލައެއް ބޮލުގައި އަޅުވާ ވަޒީފާއިން ވަކިކުރުން

 11. އއއއއ

  އިންވެސްޓިގޭޓް ކުތރުމަކީ ސަރުކާރުގެ ޒިންމާ. މަޖްލީހަކީ އެކަން ކުރަންވީގޮތް ބުނެދޭ ގާނޫނު ހަދާތަން. މިގައުމުގައި މިފެންނަނީ މަޖްލިސްމެންބަރަކާ ގުޅުން ހުރި ކޮންމެ ކަމެއްގެ ތެރެއަށް މަޖްލިސް އެރިގަންނަތަން. މުޅި ނިޒާމު ފުނޑާލައިފި. ރައީސްއަކަށް ލާފަހުރީ މީދާކޭ އުނބެއް. ވާނުވާއެއް ނޭނގޭ ޒިންމާއެއް ވަކިނުވޭ. ސަރުކާރުގެ އިހްމާލު މަޖްލިހުން ބަލަމުންދާއިރުވެސް ކަހާތަން ހިރުވާނުލާ. ސަރުކާރު މިގައުމުގައި ނެތީތޯ ސުވާލުއުފެދޭ.

 12. މޮހޮނު

  ކޮބާ ކަލޭމެންނަށް ފެނިއްޖެ؟ ޢަދުލު އިންސާފޭ ކިޔާފައި ކުޅުނު ޑުރާމާ! އަޅެ ފަހެ ކަލޭމެން ﷲ އަށް ބިރުވެސް ނުގަންނަނީ ތަ؟ އިސްތިއުފާ ދިނިއްޔާ މާ ތާހިރު ވާނެ!

 13. ރޭޕް

  ސީޕީ ހަމީދު ހައްޔަރުކުރޭ