ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކުއްލި ދައުވާތަކެއް ކޮށްފައިވަނީ މިއަދު ރާއްޖޭގައި އޮތް ސަރުކާރުން ފެއިލްވެފައިވާ އޮތުން ފޮރުވުމަށް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، މިހާރު ފެންމަތިވެފައިވާ ރޭޕް މައްސަލާގައި މައުލޫމާތު ލިބޭ ގޮތުގައި ހިމެނެނީ މަޖިލީސް މެމްބަރެއްގެ ފިރިކަލުންނާއި ސަރުކާރުގެ އިސް ބޭފުޅުންގެ ގާތްތިމާގެ މީހުން ކަމަށެވެ. މީގެ އިތުރުން ކުޑަކުދިންނަށް ކުރާ އަނިޔާއާއި މެދު ރަނގަޅު ގޮތެއް ނުނިންމޭތީ ރައްޔިތުންގެ ކަންބޮޑުވުންތައް ބަންޑުން ޖައްސާލުމުން މިކަންކަން ފޮރުވުމަށް މިހާރު ރައީސް ޔާމީން ބޭނުން ކުރައްވަމުން ގެންދަވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"މިކަންކަން އޮތްބާލުމަށް ރައީސް ޔާމީން ބޭނުން މިކުރަނީ ސިޔާސީ ހަތިޔާރާކަށް. މި ސަރުކާރުގެ ކޮންމެ ވިޔާ ނުދާ ކަމެއް ފޮރުވަން ބޭނުން ކުރާ ހަތިޔާރަކަށް މިހަދަނީ ރައީސް ޔާމީން" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ، ރައްޔިތުންގެ ތެރެއަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ރައީސް ޔާމީން އަޅުއްވާފައިވާ ހިޔާ ފްލެޓްތަކުގެ މައްސަލަ ކަމަށާއި މިހާތަނަށް އެކަމުންވެސް މި ސަރުކާރަށް ކުރި ލިބިފައި ނުވާ ކަމަށެވެ.

"މިކަމާއި ދޭތެރޭ އެކި ނޫސްތަކުގައި އެކި ގޮތްގޮތަށް ރިޕޯޓްތައް ލިޔެ، ޕީއެސްއެމް މެދުވެރިކޮށްގެން ފާޑު ފާޑުގެ ރިޕޯޓްތައް ދައްކާ، އޯޑީއޯތައް ހަދައި، މިހުރިހާ ކަމެއް ކުރީމަވެސް ރައްޔިތުން ގަބޫލެއް ނުކުރި އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަތަކެއް. ހަމަ ވަރަށް ބޮޑަށް ފާޑު ކިޔުންތައް އަމާޒުވެގެން ދިޔައީ." އަދުރޭ ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ މައްސަލައިގައި 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމަށް އިއްވާފައިވަނިކޮށް، އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ދައުލަތަށް އެމަނިކުފާނާއި ގުޅޭ އިތުރު ދެ ދައުވާއެއް ހުށަހަޅާފައެވެ.

އެގޮތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ތެރޭގައި އިތުރު މަނީ ލޯންޑަރިންގެ މައްސަލައާކައި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރާކަނި

    ބޮޑަށް ބެލެވެނީ ރޭޕް ކޭސް ގެ އަޑު ކަނޑުވާލުން ކަމަށް. އެކަމަކު ޕީޕީއެމް މެމްބަރުން ޖަލްސާތަކަށް ނުގޮސް ކޮސްގޮވަން ތިބުން ރަގަޅުތޯ އަމިއްލައަށް ސުވާލުކުރާވަރު ނުވޭބާވައޭ ހިތަށް އަރާ. މިއަދަކީ އިދިކޮޅު އޮތްކަން ދައްކާލެވޭނެ ދުވަހެެއް. އެކަމަކު ތިތިބީ ނިދަން.

    5
    1
  2. ނަޖްވާ

    ބަލަގަ ރޭޕް ކޭސް އެއްގެ ވާހަކައިގެ އަޑު ކަނޑުވަން ކުއްލިއަކަށް މައްސަލައެއް ކޯޓަށް ވެއްދޭތަ؟ ދައްކާ ވާހަކަ؟ ތި މީހާކީ ބޮޑު ޚިޔާނާތްތެރިއެއް ކަމަށް ގިނަ މީހުން ކުރާ މީހެއް! އަސްލު އޭނަ އެކުރި މަނީ ލޯންޑަރިންގ ކުށަށް 10 އަހަރު ޖަލު ހުކުމެއް އަންނަން ޖެހޭނެ ކަމަށް ދެކެނީ! އެއީ ރައީސަކަށް ހުރެ އެ ވަރުގެ ކުށެއް ކުރީތީވެ!

  3. ވަގު ޔާނު

    މީ އަޅެ ބީތާއެއްތަ އޭނަ ފެށުމީއްސުރެ ވައްކަން ކުރުމުގަ އުޅުނުވާހަކަ އަދީބް ކިޔާ މީހަކުބުނަނީ އަނެއްކާ މިހާރުވިސް ވައްކަން ކޮއްގެން ޖަލުގަ ބަޔަކު އަޑެއްކަޑުވާނެ ތަނެއްނެތް

  4. ކެޔޮޅު

    ރައީސަކަށްހުރެ ވަށްކަންކޮށްފާވަނީ މިސަރުކާރުން 800 މިލިޔަން ޑޮލަރަށްވީނުވީއެއް ނޭނގިގެއްލިފައިވަނީ މިސަރުކާރުން މިޔަށްކިޔަނީ މުލިވަގު ކިނބޫ.

    3
    1