ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި އެކަން ކަނޑައަޅަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅި އެ އިސްލާހު ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި 58 މެންބަރުންގެ ވޯޓުންނެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ބޭނުމަށްޓަކައި ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި 11 ކުށެއް އެ ގާނޫނުުގައި މިހާރު ހިމަނާފައިވެއެވެ. ނަމަވެސް އެ ކުށްތަކުގެ ތެރޭގައި ޖިންސީ ގޯނާ ކުރުން ނުވަތަ ރޭޕް ކުރުން ހިމެނިފައެއް ނުވެއެވެ.

މި މައްސަލަ ދިރާސާ ކުރިއިރު ކޮމެޓީން ވަނީ ބައެއް ބަދަލުތައް ބިލަށް ގެނެސްފައެވެ. ގާނޫނު ތަންފީޒުކުރަމުންދާ އިދާރާއަކުން ތަހުގީގުކުރަމުންދާ ޖިނާއީ ކުށަކާއި ގުޅިގެން އާންމު ތަނަކަށް ވަންނަންޖެހިއްޖެނަމަ، ކޯޓު އަމުރަކާއި ނުލާއި ވެސް އެތަނަކަށް ވަނުމުގެ ބާރު ދީފައިވާއިރު ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ އެ ނިންމުން ކޮންމެ 30 ދުވަހަކު މުރާޖާކުރަން ޖެހެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުން ޖިނާއީ ބޮޑު ކުށަކަށް ހެދުމަށް ފާސްކުރިއިރު ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައެއްގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލި މައްސަލަ ވަނީ ފެންމަތިވެފައެވެ. އެކަމުގައި އާއްމު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްއިރު އެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން އަންނަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބޯގޯސް

  ކިތަމެ ވަ ރުގަދަ ކުށަކައް ހެދިޔަސް ވެ ރިންނާ ވެ ރިންގެ ރަހުމަތްތެ ރިން އަދި ޕާ ރޓީ ކުދިން ކިތަމެ ބޮޑުކުށެއްކު ރިޔަސް ތިބޭނީ ހަމަ ގޭގަ ނިކަމެތި މީހާ ެެެެެެެެެެެެެެެެެެެެެެެެެެެެެެ އޮންނާނީ ޖަލުގަ ރޭޕްގެ ކޭސްވެސް ތިޔައުޅެނީ ނުކުޅޭ ކުޅިއަކައް ހަދާފަ ެެެެެެެެެެެެެ އޮއްބާލަން ނުފޫޒުގަދަ މީހުންގެ ސަބަބުން ދެން ކީއްކުރަންތޯ ތިޔަހާ ވަ ރުގަދަ ކުށަކައް ހަދަންތިޔައުޅެނީ ނިކަމެތި މީހާ ޖަލުގަ ގަނަތަޅުވަންތޯ

  24
 2. ހޯނު

  އިސްލާމީ ޝަރީއާ ތަންފީޒުކޮށްލާ އިރަށް ދެނެއް އެކަހަލަ ކަމެއް މީހަކު ނުކުރާނެ ބޮޑު ކުށަކަށް ނުހެދިޔަސް. ދޯ . މީދޮގެއްތަ؟

  21
  2
 3. މަކަލާކޯ

  މިހަމަ ފިލްމެއް ނިންމަވާނީ އެހންގޮތަކަށް ކުރީދުވަހުގެ ކޮމެޓީއިންވެސް ބޮޑަށް ރޭޕްކުރިމީހާ އަށްވުރެ ވާހަކަ ހުރީ ކިހިނެއްތޯ.

 4. އެމަންޖެ

  ބަލަގަ ތިޔަ މަޖިލީހަކާ އަންނިޔަކާ ހަދައިގެން ތިކަމެއް ތަންފީޖެއް ނުކުރެވޭނޭ. ކޮއްމެސް އެހެންގަޑެއް ގަނެބަލަ މަޖިލިސްތެރޭ.

 5. ޢަފްލާ

  ފުރަތަމަ އަދަބު ލިބެންޖެހެނީވެސް ތި ޗީހާން ފިރިމީހާއައް ދެން އެހެން އަތަކައް ދާންޖެހެނީ