ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމަކީ ޖިނާއީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅި އެ އިސްލާހު ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި 59 މެންބަރުންގެ އިއްތިފާގުންނެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ބޭނުމަށްޓަކައި ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި 11 ކުށެއް އެ ގާނޫނުުގައި މިހާރު ހިމަނާފައިވެއެވެ. ނަމަވެސް އެ ކުށްތަކުގެ ތެރޭގައި ޖިންސީ ގޯނާ ކުރުން ނުވަތަ ރޭޕް ކުރުން ހިމެނިފައެއް ނުވެއެވެ.

މި މައްސަލަ ދިރާސާ ކުރިއިރު ކޮމެޓީން ވަނީ ބައެއް ބަދަލުތައް ބިލަށް ގެނެސްފައެވެ. ގާނޫނު ތަންފީޒުކުރަމުންދާ އިދާރާއަކުން ތަހުގީގުކުރަމުންދާ ޖިނާއީ ކުށަކާއި ގުޅިގެން އާންމު ތަނަކަށް ވަންނަން ޖެހިއްޖެނަމަ، ކޯޓު އަމުރަކާއި ނުލާއި ވެސް އެތަނަކަށް ވަނުމުގެ ބާރު ދީފައިވާއިރު ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ އެ ނިންމުން ކޮންމެ 30 ދުވަހަކު މުރާޖާކުރަން ޖެހެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުން ޖިނާއީ ބޮޑު ކުށަކަށް ހެދުމަށް ފާސްކުރިއިރު ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައެއްގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލި މައްސަލަ ވަނީ ފެންމަތިވެފައެވެ. އެކަމުގައި އާއްމު ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްއިރު އެ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން އަންނަނީ ބަލަމުންނެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ބޮޑެތި ކުށްތަކަކީ:

  • މީހުން މެރުމުގެ ކުށް؛
  • އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށް؛
  • ޓެރަރިޒަމްގެ ކުށް؛
  • މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް؛
  • މީހުން ޓްރެފިކްކުރުމުގެ ކުށް؛
  • މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް؛
  • ވައްކަން، ޓެކުން، ހިޔާނަތްތެރިވުމާއި، މަކަރާއި ޙީލަތް އަދި ފޭރުމުގެ ކުށްކުށުގެ ތެރެއިން 100,000 (އެއްލައްކަ) ރުފިޔާއިން ފެށިގެން މަތީގެ މައްސަލަތައް؛
  • ކޮރަޕްޝަންގެ ކުށް؛
  • ގޭންގު ކުށް؛
  • މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނެއްގެ ބައެއް ނުވަތަ ހިއްސެއް ނެތިދާފަދަ ގޮތަކަށް މާރާމާރީ ހިންގުން؛
  • ދައުލަތުގެ އިސްތިގުލާލާއި މިނިވަންކަމަށް ގެއްލުންވާ އަމަލު ހިންގުން.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބޯގޯސް

    ކިތަމެ ވަ ރުގަދަ ކުށަކައް ހެދިޔަސް ވެ ރިންނާ ވެ ރިންގެ ރަހުމަތްތެ ރިން އަދި ޕާ ރޓީ ކުދިން ކިތަމެ ބޮޑުކުށެއްކު ރިޔަސް ތިބޭނީ ހަމަ ގޭގަ ނިކަމެތި މީހާ ެެެެެެެެެެެެެެެެެެެެެެެެެެެެެެ އޮންނާނީ ޖަލުގަ ރޭޕްގެ ކޭސްވެސް ތިޔައުޅެނީ ނުކުޅޭ ކުޅިއަކައް ހަދާފަ ެެެެެެެެެެެެެ އޮއްބާލަން ނުފޫޒުގަދަ މީހުންގެ ސަބަބުން ދެން ކީއްކުރަންތޯ ތިޔަހާ ވަ ރުގަދަ ކުށަކައް ހަދަންތިޔައުޅެނީ ނިކަމެތި މީހާ ޖަލުގަ ގަނަތަޅުވަންތޯ

    34
  2. ހޯނު

    އިސްލާމީ ޝަރީއާ ތަންފީޒުކޮށްލާ އިރަށް ދެނެއް އެކަހަލަ ކަމެއް މީހަކު ނުކުރާނެ ބޮޑު ކުށަކަށް ނުހެދިޔަސް. ދޯ . މީދޮގެއްތަ؟

    37
    2
  3. މަކަލާކޯ

    މިހަމަ ފިލްމެއް ނިންމަވާނީ އެހންގޮތަކަށް ކުރީދުވަހުގެ ކޮމެޓީއިންވެސް ބޮޑަށް ރޭޕްކުރިމީހާ އަށްވުރެ ވާހަކަ ހުރީ ކިހިނެއްތޯ.

  4. އެމަންޖެ

    ބަލަގަ ތިޔަ މަޖިލީހަކާ އަންނިޔަކާ ހަދައިގެން ތިކަމެއް ތަންފީޖެއް ނުކުރެވޭނޭ. ކޮއްމެސް އެހެންގަޑެއް ގަނެބަލަ މަޖިލިސްތެރޭ.

  5. ޢަފްލާ

    ފުރަތަމަ އަދަބު ލިބެންޖެހެނީވެސް ތި ޗީހާން ފިރިމީހާއައް ދެން އެހެން އަތަކައް ދާންޖެހެނީ

  6. ނަމަ

    ރޭޕް ކުރުމާއި ޖިންސީ ގޯނާކުރުން ސާބިތުވީމަތާ

  7. އިސްލާމީ ޝަރިއްޔަތް

    ކަލޭމެން ހީކުރަނީ އަހަރުމެން ހެއްދެވިފަރާތުން އަހަރުމެން ކުރާކުއްތަކަށް އަދަބު ކަނޑައަޅުއްވާފައި ނުވާކަމަށްތަ؟ ނޫން. މިތިބަ އަންމޮޅޯއިންނޭ! އަހަރުމެންހެއްދެވި ފަތާތުން ބާވައިލައްވާފައިވާ ޤާނޫނު މާފުރިހަމަވާނެ. މިހާރުވެސް އެއަށް ޢަމަލުކުރަން ފަށާބަލަ އެއްފަހަރުން މިޤައުމުގައި ހިންގާ ޖަރީމާތައް ހުއްްޓުނީ.

  8. ސާބިތު

    ކޮބާ ރޯޔަލް ރޭޕްކޭސް މިހާރު ޕޮލިހުން މި މައްސަލަ އެބަހިންގަމުން ދޭބާ

  9. އަބްސީ

    ތިބުނާ އެއްވެސް ކުށެއްކުރި މީހަކު ނެތް މިރާއްޖެއަކު، ސާބިތު ވުމުގެ ކުރިން ދޫކޮށްލާ، ދެން ކާކަށް ތިޤާނޫނު ހިންގާނީ؟

  10. އެމަންޖެ

    އަންނީ ކަލޭ ކަލޭގެ އައުވާނުން ގޮވައިގެން ކޮއްމެސް ލަދީނީ ގަނޑެއް ގަނެބަލަ.