މާލޭގައި ރޭޕްއާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާގައި ބަޔަކު ހައްޔަރުކޮށްފި އެވެ

ރޭޕްއާ ދެކޮޅަށް މާލޭގައި މުޒާހަރާ ފަށާފައި ވަނީ، މިދިޔަ މަހެއްހާ ދުވަސް ތެރޭގައި ކުޑަ ދެ ކުރިން ރޭޕް ކުރި މައްސަލައަކާއި، މިިދިޔަ ހުކުރު ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

މަޖީދީ މަގުގައި ހުންނަ ޖެންޑާ މިނިސްޓްރީ ކުރިމަތީގައި ފެށި މި މުޒާހަރާގައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ. ޒުވާނުން އަޑު އުފުލަމުން ދަނީ ރޭޕް ކުރުން ހުއްޓުވުމަށާއި، ޖިންސީ ގޯނާ ކުރުން ހުއްޓުވުމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ހިމެނޭ މީހުން ހައްޔަރު ކުރުމަށްވެސް މުޒާހަރާގެ ބައިވެރިން ދަނީ ގޮވަމުންނެވެ. އަދި މިފަދަ މައްސަލަތަކުގައި ހިމެނޭ ނުފޫޒުވެރިންގެ ނަންތައް ހާމަ ކުރުމަށް ދަނީ ގޮވަމުންނެވެ.

މި މުޒާހަރާގެ ބައިވެރިން މިހާރު ތިބީ ބޮޑުތަކުރު ފާނު މަގުގައި ހުންނަ ބޭންކް އޮފް ސިލޯން ކުރިމަތީގައެެވެ. އަދި މުޒާހަރާގައި ބައިވެރިވި ބައެއް މީހުންގެ ގަޔަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭވެސް ޖަހަފާއެވެ.

މި މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރެއިން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިކަމާއި ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.

ކޮވިޑް-19 އާ ހެދި މި މުޒާހަރާ ކުރިއަށްގެންގޮސްފައި ވަނީ މާސްކްވެސް އަޅައިގެންނެވެ.

މި މުޒާހަރާއަކީ ވޮއިސް އޮފް ޗިލްޑްރެން އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މުޒާހަރާ އެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބޯގޯސް

  ސާބަހޭ ސަދޫމުގެ ވެ ރިންނައް ރޭޕްކު ރި މީހުން މިނިވަންކަމާއެކު ގޭގަ އަޑުއުފުލިމީހުން ޖަލައް ލޮލް މިއޮތީ އެމްޑީޕީގެ އިންސާފް އޮލަވެގެން ދިޔަފައިބަނީ

  80
 2. ބީރުބޯ

  ޢަވަހައްދޭ ގެއަށް . ބީރުބޯ ވަޒީރު ބުނެފި އެމީހުން އެކަންކުރިއަސް އެގޮތައް ނުދެކޭޝޯ .އެކުރިކަމެއްކުރީ ހެޔޮނިޔަތުގައޭ .

  50
 3. ކައި

  މި ސަރުކާރުގަ ވެސް ފުލުހުން ލައްވާ ރައްޔިތުންނަށް އަނިޔާ ދެނީ... ސީޕީ އިސްތިއުފާ

  33
 4. ކި

  ތިޔަމީހުން އިދިކޮޅުގަ އުޅުނު. އިރު ކަންތައް ކުރި ގޮތް ހަނދާން ނެތޭހާ ދުވަސް ނުވެ

  11