ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 16 މީހަކު މިއަދު ބަލިން ރަނގަޅު ވެއްޖެއެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި 2337 މީހުންގެ ތެރެއިން މިހާތަނަށް 1928 މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައި ތިބީ 397 މީހެކެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އަށް މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން %82 އަށްވުރެ ގިނަ މީހުން މިހާރުވަނީ ބަލިން ރަނގަޅުވެފައިކަމަށެވެ. ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 114 ދުވަސް ވަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު