ސެލޫންތަކާއި ބޯކޮށާ ތަންތަން އަލުން ހުޅުވާއިރު އަމަލު ކުރަންޖެހޭ އުސޫލު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފި އެވެ.

މިއުސޫލު ބުނާ ގޮތުން މޭކަޕް ކުރުމުގައި އެކަކަށް ބޭނުންކުރާ ފުއްމާގަނޑު، ސްޕޮންޖް ފަދަ ތަކެއްޗަކީ ޑިސްޕޯޒަބަލް ތަކެތި ކަމުގައިވާން ޖެހޭނެއެވެ. މުވައްޒަފުންނާއި ކަސްޓަމަރުންނަށް މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބަހައްޓައިގެން ޚިދުމަތްދެވޭނެ ވަރަށް މީހުންގެ ޢަދަދު ކަނޑައަޅާ ތަނަށް ވަންނަ މީހުނަށް ފެންނަ ގޮތަށް ބަހައްޓަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

އަދި ކޮވިޑް-19 ގެ ޢަލާމާތްތަކާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ މަޢުލޫމާތު ފެންނަގޮތަށް ތަނުގައި ބަހައްޓައި ވެއިޓިން އޭރިއާ ހުރިނަމަ މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓޭ ގޮތަށް ގޮނޑިތައް ބަހައްޓަން ވެސް އުސޫލުގައި ވަނީ އަންގާފައެވެ.

މީގެ އިތުރުން ކޮވިޑް-19 ޢަލާމާތްތައް ހުންނަ ފަރާތްތަކަށް ޚިދުމަތް ދީގެން ނުވާނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

ޑިސްޕޯސްޓަލް ނޫން ތަކެތި ބޭނުންކުރާނަމަ ކޮންމެ ކަސްޓަމަރަކަށް ބޭނުން ކުރުމަށްފަހު އެތަކެތި ސައިބޯނި/ޑިޓާޖަންޓް އިން ރަނގަޅަށް ދޮވެ ސާފުކުރުމަށް ފަހު ޑިސްއިންފެކްޓް ކުރުމަށާއި ކޮންމެ ކަސްޓަމަރަކަށް ބޭނުންކުރާ އޭޕްރަނެއް ފޮތިގަނޑު އަދި ބޯކޮށާއިރު ކަރުވަށައިގެން އަޅާ ތުވާލިކޮޅު ދޮވެ ސާފުކުރުމަށްފަހު އަނެއް ކަސްޓަމަރަކަށް ބޭނުންކުރުމަށް ވެސް އުސޫލުގައި ކަނޑައަޅާފައި ވެއެވެ.

ކަސްޓަމަރުންނާ ގާތުން ޚިދުމަތް ދިނުމުގައި ފޭސް ޝީލްޑް ނުވަތަ ގޮގްލްސް އަޅާ އަންގި ލައްވަން ޖެހޭނެއެވެ. އަދި ކޮންމެ ކަސްޓަމަރަކަށް ޚިދުމަތްދިނުމުގެ ކުރިން އަންގި ބޭލުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވެ ގްލަވްސް ބަދަލު ކުރަން ޖެހޭނެއެވެ. ކޮންމެ ކަސްޓަމަރަކަށް ޚިދުމަތް ދިނުމުގެ ކުރިންނާއި ފަހުން މަދުވެގެން 20 ސިކުންތު ވަންދެން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވެ ހިއްކުމަށާއި ފައިސާ ބަލައި ގަތުމުގައި ވީވަރަކުން ކޭޝްލަސް ޕޭމަންޓް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް އުސޫލުގައި އެދިފައި ވެއެވެ. ސެލޫންގެ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ސައިބޯނި ލައިގެން އަތްދޮވެވޭނެ ނުވަތަ ހޭންޑް ސެނިޓައިޒަރއިން އަތް ސާފުކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައި ބަހައްޓަން ޖެހޭނެއެވެ.

ކޮންމެ ކަސްޓަމަރަކަށް ޚިދުމަތްދީ ނިމުމަށްފަހު ބޭނުންކުރި ތަކެއްޗާއި ގޮނޑި އާއި ސަރަޙައްދު ރަނގަޅަށް ސާފުކޮށް، އަދި އެޕޮއިންޓްމަންޓް ދިނުމުގައި ސާފުކުރުމަށް ވަގުތު ލާފައި އެޕޮއިންޓްމަންޓް ދިނުމަށް ވެސް އުސޫލުގައި ވަނީ ބުނެފައެވެ.

ޑިސްއިންފެކްޓް ކުރުމަށް އެކަމަށް ޚާއްޞަކޮށްފައި ހުންނަ ކެމިކަލްސް ނުވަތަ ބްލީޗް ސޮލިއުޝަން ބޭނުންކުރުމަށާއި އާންމުކޮށް އަތްލާ ތަންތަން (ދޮރުގެ ތަޅު، ކައުންޓަރ، ގޮނޑި، މޫނު ދޮންނަ ތަށި، އިސްކުރު، ސިޑީގެ ރެއިލިންގ، ލިފްޓްގެ ބަޓަންތައް ފަދަ ތަންތަން) ގިނަގިނައިން ސާފުކުރުމަށް ވެސް އުސޫލުގައި ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ނަސީރު

    މިއުސޫލުގައި އެއްމެ މުހިންމު އެއްކަންތައް މަދު. ކޮބައިތޯ ކަސްޓަމަރުންނައް ހިދުމަތްދޭ ފަރާތަކީ ކޮވިޑް ގެ އަލާމާތް ނެތް މީހެއްކަން ކަސްޓަމަރުންނައް އެނގޭނެ ގޮތެއް ، ނޫނީ އެޗް،ޕީ،އޭ އިން އެމީހުން ކޮވިޑައް ޓެސްޓް ކޮއްފަތޯ އެބަޔަކައް ހުއްދަދެނީ.

    17
    1
    • Anonymous

      ކަސްޓަމަރު މާސްކު އަޅަންޖެހޭބާ . މާސްކުއަޅައިގެން ބޮލެއް ނުކޮށޭނެ. ހިޔެއް ނުވޭ ބޯކޮށާ ބަންގާޅި ތަންތަނުގެ މީހިން ތިއިން އެއްވެސް ކަމެއް ފޮލޯކުރާނެ ހެނެްް

    • ސަމްސުއްނިސާ

      ކަސްޓަމަރު މާސްކު އަޅަންޖެހޭބާ . މާސްކުއަޅައިގެން ބޮލެއް ނުކޮށޭނެ. ހިޔެއް ނުވޭ ބޯކޮށާ ބަންގާޅި ތަންތަނުގެ މީހިން ތިއިން އެއްވެސް ކަމެއް ފޮލޯކުރާނެ ހެން

  2. އޮޅުވާލި ވޯޓު

    މައިމޫނާ ކަލެޔައް ފެންނަނީ ވަކިބަޔަކުތޯ ކޮބާކަލޭމެންގެ ސިޔާސީމަޖިލިސްހަރުގެ އެމީވަރިހަމަދޯ ކޮމްމެގޮތަކައް އުޅުނަސް ކަލެޔައް އޯކޭ ދޯ

    18
    2
  3. ނަސީރު

    މިއުސޫލުގައި އެއްމެ މުހިންމު އެއްކަންތައް މަދު. ކޮބައިތޯ ކަސްޓަމަރުންނައް ހިދުމަތްދޭ ފަރާތަކީ ކޮވިޑް ގެ އަލާމާތް ނެތް މީހެއްކަން ކަސްޓަމަރުންނައް އެނގޭނެ ގޮތެއް ، ނޫނީ އެޗް،ޕީ،އޭ އިން އެމީހުން ކޮވިޑައް ޓެސްޓް ކޮއްފަތޯ އެބަޔަކައް ހުއްދަދެނީ.
    މިލިޔުންކޮޅު އަޕްޑޭޓް ކޮއްލަ ދިނުން ވ އެދެން. ( ބޯނުކޮށިފައި ހުރި މީހެއް )

    9
    1
  4. އަލިބެއްޔާ

    ތި ތަންތާގައި އުޅެނީ ހުސް ބޮންދުން.. ތީގެ ރައްކާތެރި ކަމެއް އެމީހުން ނުކުރާނެ.. ހަދާނެ އެއްޗެއް ހަދާ.. ކުރާނެ ކަމެއް ކުރޭ..

    17
  5. އަލީީ

    މީގެ ގިނަ ތަންތަނަކީ ބަންދު ކުރި ތަންތަނެއްނޫން. ބަންދު ބޯޑުއަޅުވައިގެން ފޮތިގަނޑު ދަމައިގެން ބަރާބަރަށް އޮޕަރޭޓްކުރަމުންދިޔައީ ހަމަ ފާޅުގައި. އަތްފުހެން ގެންގުޅޭ ފޮތިގަނޑުވެސް އަދި އެނޫން އެއްވެސް އެއްޗެއް ދުވަހަކު ބަދަލެއް ނުކުރާނެ، އޮންނާނީ ކަޅުވެފަ. ހުއްދަ އޮނަނަ މީހަކު ބޯކޮށަން ހުރުމަކީ ސަރުކާރުން މަނާކަމެއް. އެއްވެސް މީހެއްގެ ހުއަދައެއްނޯނަނާނެ. ކޯބޮށާ ހުރިހާ ސެލޫނެއް ހިންގާނީ ބަނގުލަދޭސްގެ ހުއަދަނެއް މީހުން . ބޭރު މީހުން ވިޔަފާރިކުރުން ވަނާވާނެ.

    8
    1
  6. ތާކިހާ

    ޑިސްޕޯސްޓަލް ނޫން ތަކެތި ބޭނުން ކުރުމާއި ނުކުރުމާބެހޭ ކޮމެޓީއެއް ނުވަތަ ޤާނޫނެއް ހެދުމަށް ގޮވާލަންފެނޭ# ކޮމެޓީސަރުކާރު

  7. ކެނެރީ

    މިހާރު ގޭގަ އަމިއްލަ ބޯކޮށަން ދަސްކޮށްފިން ޓްރިމަރެއް ގަނެގެން. ބޭނުމެއްނޫން ބޮންދުންނާ އުނގުޅެން ދާކަށް.

  8. އަލިފުތު

    ތިޔަކީ މައިމޫނާއަށް ކުރެވޭނެ ކަމެއް ނޫން . އަނެއްކޮޅުން ތިޔަ ރިޕޯޓް ނެރުނީ ގާނުއަސާސީ އާއި އޭގެ ހުރިހާ ފިލިކޯޅިއަކާއި ބަނޑުވަށް އަކުރުތަކާއި ކާފިޔާއި ކުންނުތްކާއި މުޅީން ހިލާފަށް ކަމަށް މަޖިލީހުގެ ރައީސް މާދަމާ ވިދާޅުވެ ތިކުރި ކަން އައިރުގާނޫނީވެ ކުށްވެރިވާނެ. އެއީ މިހާރުތަނަކީ..