މި އަހަރުގެ ބައިނަލްއަޤްވާމީ ތެލަސީމިއާ ދުވަސް ފާހަގަކުރުމުގެ ގޮތުން އާރޯގެ މުއައްސަސާ ތަކާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް މިއަދު ހިންގައިފިއެވެ.

އާރޯއަކީ، މިނިވަން މުއައްސަސާތައް ގުޅިގެން، އިޖްތިމާޢީ އެކިއެކި ކަންކަން ރާވައި ހިންގުމަށް މަސައްކަތް ކުރާ ޙަރަކާތެކެވެ.

މިއަދު ހެނދުނު 9:00 އިން ހަވީރު 5:00 އަށް މީރާގައި މި ކަމަށް ހާއްސަކުރެވިގެން ބޭއްވުނު ކޭމްޕްގައި މީރާއާއި އެހެނިހެން މިނިވަން މުއައްސަސާތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފައިވެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވި އާރޯގެ މިނިވަން މުއައްސަސާތަކުގަ ތެރޭގައި ހިމެނެނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އިންފޮމޭޝަން ކޮމިޝަނަރސް އޮފީސް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، ސިވިލް ސަރވިސް ކޮމިޝަން، އިލެކްޝަން ކޮމިޝަން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެންޓި-ކޮރަޕްޝަން ކޮމިޝަން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް އަދި ޕަބްލިކް ސަރވިސް މީޑިއާ އެވެ.

ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް، އާރޯގެ ހުރިހާ މުއައްސަސާތަކުން އެ ފަރާތްތަކަށް ޝުކުރު އަދާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު