ރާއްޖެ އިން އިތުރު 13 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ފައްސިވީ ފަސް ދިވެހިންނާއި ބަންގްލަދޭޝްގެ ހަތް މީހަކާއި އިންޑިއާ މީހެކެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2337 އަށް އަރާފައެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެެރެއިން ދިވެހިންގެ އަދަދަކީ 820 އެވެ. ރާއްޖެ އިން ފައްސިވި ބިދޭސީންގެ ތެރޭގައި ގިނައީ ބަންގްލާދޭޝް މީހުންނެވެ. ބަންގްލަދޭޝްގެ 1،220 މީހަކު މިހާތަނަށް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތަފްސީލްތަކެއް އަދި އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ. އެހެންކަމުން ފައްސިވި މީހުންގެ ތެރެއިން ކުރީގެ ކްލަސްޓާތަކާއި ގުޅުން އޮތީ ކިތައް މީހުން ކަމެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ައަހުމަދު

    ނިއު ނޯމަލް އަށް ފެށުނީމަ އެނގިދާނެތާ ، ބިދޭސީންގެ އަމަލު ހުންނަ ގޮތުން މީގެ ނުރައްކާ ބޮޑީ.

    1
    2