ކޮވިޑް-19 ގެ ސަބަބުން ބަންދު ކޮށްފައިވާ ޔޫރަޕިއަން ޔޫނިއަންގެ ބޯޑަރުތައް ހުޅުވާލާއިރު، ރާއްޖެ ހިމެނޭހެން ބައެއް ގައުމުތަކަށް އެގައުމަށް އެތެރެ ނުވެވުމަކީ އެ ގައުމުތައް ބްލެކްލިސްޓް ކުރެވިފައިވުން ނޫން ކަމަށް އެ ޖަމްއިއްޔާއިން ބުނެފިއެވެ.

އީޔޫއިން މިއަދު ނެރެނު ބަޔާނެއްގައި ބުނީ، ޔޫރަޕްގެ އެތެރޭގެ ބޯޑަރުތައް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެހެން ގައުމުތަކަށް އެތެރެވުމުގެ ހުއްދަ ދޭން ތައްޔާރު ވަމުން އަންނަ ކަމަށެވެ.

އެގޮތުން 15 ގައުމެއް މިހާރު ލިސްޓް ކޮށްފައިވާ ކަމަށް އެ ޖަމްއިއްޔާއިން ވަނީ ބުނެފައެވެ. އީޔޫއިން ބުނީ، އެގައުމުތަކަކީ އެއީ ކޮވިޑް-19ގެ ބަލިމަޑުކަން އޮތް ހާލަތައް ބަލައި އާންމު ކޮށްފައިވާ ލިސްޓެއް ކަމަށެވެ.

އީޔޫގެ ބޯޑަރު ހުޅުވާލި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ އަލްޖީރިޔާ، އޮސްޓްރޭލިއާ، ކެނެޑާ، ޖޯޖިއާ، ޖަޕާން، މޮންޓެނެގްރޯ، މޮރޮކޯ، ނިއުޒިލޭންޑް، ރުވާންޑާ، ސާބިއާ، ދެކުނު ކޮރެއާ، ތައިލޭންޑް، ޓިއުނީޝިއާ އަދި އުރުގުއޭ އެވެ. މީގެ އިތުރުން ޗައިނާއަށްވެސް އީޔޫގެ ބޯޑަރުތައް، ކަނޑައެޅޭ ވަކި މިންގަނޑުތަކެއްގެ ދަށުން ހުޅުވާލެވޭނެ ކަމަށް އީޔޫ އިން ބުނެފައި ވެއެވެ.

އީޔޫއިން ބުނެފައިވަނީ ހާލަތައް ބަލާފައި ލިސްޓުގައި ނުހިމެނޭ ގައުމުތަކަށް ލިސްޓުގައި ހިމެނުމުގެ ފުރުސަތު އޮންނާނެ ކަމަށާއި މި ލިސްޓުގައި ރާއްޖެ ނެތް ކަމުގައި ވިއަސް އީޔޫގެ ވަކި ވަކި ގައުމުތަކުން އެގައުމަކުން ބޭނުންވާ ގޮތަކަށް މިކަން ހަމަޖެއްސުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މިގޮތަށް ލިސްޓުގައި ނަން ނެތުމަކީ އެއްވެސް ހާލެއްގައި ބްލެކްލިސްޓް ކުރުން ނޫން ކަމަށް އެ ޖަމްއިއްޔާއިން ވަނީ ބުނެފައެވެ.

އީޔޫގެ ބަޔާނުގައި ރާއްޖެއިން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކޮށްފައިވާ މަސައްކަތް ފުރިހަމަ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން ބަންދުކޮށްފައިވާ ބޯޑަރު އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވުމަށް މިހާރު ސަރުކާރުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޒާ

    ރޭޕިސްތާން ޓޫރިސްޓުން ނާންނާނެ

  2. ޑައެލޯގް

    ރާއްޖޭގައި ކޮވިޑް ޖެހޭމީހުން މަދީކީނޫން ޓެސްޓް އެވަރަށް ނުކުރަނީއެވެ. މަގޭ ބެލުމުގެ ދަށުގައިވާ ބޭރުމީހަކު ޕޮޒިޓިވްވުމުން އޭނާ ގެންދިޔައީ އޭނާޔާއެކު ނިދި އެކަކުވެސް ޓެސްޓްވެސްނުކުރޭ އެމީހުން ނިދާއުޅުނުގެ ކަރަންޓީނުކުރީ 1 ދުވަހަށް އަނެއްދުވަހު ޓެސްޓް ނުކޮށް ކަރަންޓީނު އުވާލީއެވެ. ދެން ވަރަށް ގިނައިންޓެސްޓް ކުރާބަޔެއްކަން ދައްކަން މަގުތަކުގައި މިތިބެނީ. އެކަމު މަގުތަކުން ޓެސްޓެއް ކުރަން އާއްމުން އެއްބަސްނުވާނެތާ މަގަށް އާއްމުން ނިކުންނަނީ ކޮންމެވެސް ބޭނުމަކު އަވަހަށް ތަނަކަށްދާށެވެ. އަނެއްކޮޅުން ﷲ ރަހުމަތުން ރާއްޖޭގައި މިބަލި އެހާވަރުގަދައެއްނޫނެވެ. ވެދާނެ ހޫނުގެ ސަބަބުންކަމަށްވެސް އަދި އެވާގޮތް ސައިންސްވެރިންނަށްވެސް ނުހޯދެނީކަމަށްވެސް

    11
  3. ލލ

    2008 ކުން ފެށިގެން ހުޅަގުން މިރާއްޖެ މިވަނީ އިހުތިލާލުކޮށް އިސްތިއުމާރު ކޮށްފައި ، ގައުމު މިނިވަން ކުރަން އުތީމް ބޮޑުތަކުރު ފާނަކަށް ބޭނުންވެފައި މިވަނީ !

    12
    • ބުއްޅަބޭ

      ބޮޑުތަކުރުފާނު އެއިންނެވީ އިންޑިޔާގެ ކޮތަޅުދަށުވެފަ މަޖިލީހުގަ!

  4. ނަޖީމ

    މިކަހަލަ ރޭޕު ގައުމަކައް ފުރުސަތުދިނުމަކީ އިންޑިއާޔައް ފުރުސަތުދިނުން ކަހަލަކަމެ

  5. ނަައީމް

    ރޭޕް ތުހުމަތުކުރެވޭ މީހުން ހިފާ ހައްޔަރުކޮށް އަދަބުނުދެނީސް ދެން ރާއްޖެ އަކަށް އީޔޫ އަކަށް އެތެރެނުވެވޭނެ ކަމަށް ކެންޔާގެ ނޫސްތަކުން މިފަހަރުވެސް ސަރުކާރު ފެއިން މިމީހުނަށްތާއީދުކުރަނީ އަޅެހަމަ މުސްލިމުންތަ ނަމުން މުސްލިމު ކަމުން ކާފަރު ....

  6. ކީއްކުރާނީ

    ނިމިދިޔަ ސަރުކާރުގެ މީހުންނަށް ޖެއްސުން ކުރަން މި ގައުމުގެ މަދު ބަޔަކު ދަތުރުކުރުން މަނާކޮށް އީޔޫއިން ލިސްޓެއް ހަދައިގެން އުޅުނީ. މިސަރުކާރުގައި މުޅި ގައުމުގެ ރައްޔިތުން އެދިމާލަށް ދަތުރުކުރުމުގެ ހުއްދަ ނުދީގެން އަދި އެއުޅެނީ.

  7. މަބޫ

    މިއުޅެނީ ޤައުމުގެ މައްސަލައެއް ނޫން. ދިވެހީންގެ ތެރެއިން ނުވިސްނޭ ނުވަތަ އަމިއްލަ އެދުމުން ފޯވެފައިތިބި ބަޔަކު ގެނައި ނޮހޮރޮއްޕާން ވެރިންތަކެއްގެ ނޮހޮރޮއްޕާން.