ކުޅިވަރުގެ ޤާނޫނާއި އެއްގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފިޔަވަޅު އެޅުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މަޖިލީހަށް މި ގަރާރު ހުށަހަޅާފައި ވަނީ، އެފްއޭއެމްގެ ރައީސްކަން މީގެ ކުރިން ކުރައްވާފައިވާ، އެމްޑީޕީގެ ޕާލެމެންޓްރީ ގްރްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ. މި ގަރާރު މަޖިލީހަށް ހުށަހަޅައި މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

މެމްބަރު އާޒިމް މަޖިލީހަށް ހުށަހެޅި ގަރާރުގައި، ފާއިތުވެދިޔަ ދުވަސްތަކުގައި އެމްއޭއެމްއިން އެ އިދާރާގެ ޤަވާއިދާއި ކުޅިވަރާއި ބެހޭ ޤާނޫނާއި ޚިލާފަށް ހިންގާފައިވާ ބައެއް ކަންކަން ފާހަގަކޮށްފައި ވެއެވެ. އަދި މި ގަރާރު ހުށަހަޅާފައި ވަނީ ޤާނޫނާއި އެއްގޮތަށް އެމްއޭއެމް އާއި މެދު ފިޔަވަޅު އަޅާފައި ނުވާތީ ކަމަށް ގަރާރުގައި ބުނެފައި ވެއެވެ.

ހަމަ އެހެންމެ އެފްއޭއެމްގެ ހިންގާ ކޮމިޓީގެ މެމްބަރުން އިސްތިއުފާދިނުމުން، އެ މެމްބަރުންގެ ބަދަލުގައި ކޮމިޓީއަށް އައްޔަން ކުރެވުނު ފަރާތްތައް އެފްއޭއެމް ކޮންގްރެސްގައި އިންތިޚާބު ކޮށްފައި ނުވާކަމާއި، ޤަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތީން އެފްއޭއެމްއިން އެކްސްކޯ ބައްދަލުވުންތައް ކުރިޔަށްނުގެންދާކަން މައްސަލަވެސް ގަރާރުގައި ފާހަގަކޮށްފައި ވެއެވެ.

ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުން ކުޅިވަރު ގާނޫނުގެ 8 ވަނަ މާއްދާގެ "ށ" ގައި ރާއްޖޭގައި ވާދަވެރި ގޮތުގައި ކުޅެވޭ އެންމެހާ ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާ އަދި އެސޯސިއޭޝަންތައް ރަޖިސްޓްރީކުރުމާއި އެ ފަރާތްތަކުގެ އަސާސީ އަދި ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ފަރާތްތައް އަމަލުކުރޭތޯ ފާރަވެރިވެ، ކަނޑައެޅިފައިވާ އުސޫލުން އަމަލު ނުކުރާ ފަރާތްތަކާ މެދު މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަން ޖެހޭނެ އެވެ.

"ކްލަބް ޖަމިއްޔާ ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދު" 39 ވަނަ މާއްދާގެ (ހ) ގައި ޖަމިއްޔާއެއް ރަޖިސްޓްރީ ކުރާތާރީހުން ފެށިގެން 2 (ދޭއް) އަހަރުވާރިއު އެ ޖަމްއިއްޔާއަކުން ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން އެއްވެސްކަމެއް ނުކުރާނަމަ، ނުވަތަ އެއިން އެއްވެސް ކަމެއްނުކޮށް ވިދިވިދިގެން 2 (ދޭއް) އަހަރު ވެފައިވާނަމަ އެ އެސޯސިއޭޝަނެއްގެ ރަޖިސްޓްރޭޝަން ބާތިލްކުރުމުގެ ބާރު ކޮމިޝަނާ އޮފް ސްޕޯޓްސް އަށް ލިބިގެންވެއެވެ." ގަރާރުގައި ވެއެވެ.

މެމްބަރު އާޒިމް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ، އެފްއޭއެމް ހިންގާ ޤަވާއިދާއި ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ޤަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އަށް އެންގުމަށާއި، އެ ކަންކަމަށް އަމަލުކުރުމަށްފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށާއި، ވަގުތުން ވަގުތަށް މިކަން ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ތާކިހާ

  ގޮތް ހުސްވެގެން ބަޔަކުތެޅި ފޮޅެނީ، ދެން މަޖިލީހުން މިރާއްޖެ ހިންގަން ވެއްޖެއެއްނު-

  29
 2. ޙުސޭނު

  ތީ ސު މެއް ގެ ގަރާރެއް. ތީ މަހާނަ މައްޗަށް މަޑިޔަށް ޖެހުން. ކުރީގެ ރައީސޯ. ތީ ފިތުނަޔާއި ހަސަދަ.

  26
 3. ޙަަރުން

  ޢަނގަ މޮހޮނު ދިވެހި ކެއުން ކައިގެން ގައުމު ފަސާދަ ކުރުމުގަ.ދެން އަތްޖަހާ ކަނޑުކޮސް ރީނދޫ ހަރުފަތަށް...

  20
 4. ސަފަރުކައްދަ

  މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށާއި، ވަގުތުން ވަގުތަށް މިކަން ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

  ޤާރާރުގެ ބޭނުން އެގިއްޖެ މިހާރު.

  15
 5. މުހައްމަދު

  ތިމާ މީހާ ބޭނުންވާ، ހިތްނޭދޭ ގޮތަކަށް ކަމެއްދާނަމަ މަޖިލީހުގެ މެޖޯރިޓީ އޮތިތީވެ އެކަމަށް ފާރަލުމަށް ވުރެއްނުވުން ރަނގަލީ. ސިޔާސީ ނުފޫޒު ފުޓްބޯލައަށް ނުފޯރުވޭނެކަން (ފީފާ) އިން ވަނީ މީގެ ކުރިންވެސް އިންޒާރުދީފައި. އަދި ބައެއް ގައުމުތައް ސަސްޕެންޑް ކޮއްފަ. ކުރިން ހުރި ރައީސް ޔާމީން ގޯސްވެގެން، ކަމުނުދާތީ ބަދަލުކޮއް އައުވެރިކަމެއް ކުރަން އައި މީހުން ނަޒާހަތްތެރިކަން ބޮއްސުން ލައިގެންދާތީވެ ލަދުވެތި. މަޖިލީހަކީ ކޯޓެއްނޫން. މަޖިލީހަކީ ތަހްގީގް މަރުހަލާއެއްވެސްނޫން. ރައްޔިތުންތިބީ ހޭލާ. ފާރަޔަށް. ރައްޔިތުންގެ ބާރު މާ ގަދަވާނެ

  18
 6. މަބޭ

  ފީފާއިން ރާއްޖެސަސްޕެންޑު ކުރާކައްދެން މާކަގިންދުވަހެއް ނުނަގާނެ

 7. ސަޅި

  ތިހެންއުޅެންހަދައިގެން އެންމެފަހުން ފީފާއިން އެފްއޭއެމަށް ފިޔަވަޅުއަޅައި ސަސްޕެންޑް ކުރާނީ މިހިރަ މޮޔަޔާ. ސިޔާސީ މީހުން އެކަންތައްތަކާ ނުބެހޭށޭ އެމީހުން ގޮވައިނަގާއިރު ތިއުޅެނީ މިހާރު އޮތް ހާލުގައިވެސް ނުބާއްވަންތަ؟ ކަލޭ ބޭނުމިއްޔާ ރައީސްކަމަށް ކުރިމަތިލާންވީއެއްނު. ޕާޓީގަ ފައިސާ ހުންނާނެ، ކެރޭނެތަ ޚަރަދުކުރަން. ތަސްމީނުގެ ދުވަސް ދުއްވާލައިފަހުރި މަކަރުވެރިއެއްތީ

 8. އައްމި

  ދުނިޔޭގެ އެއްވެސް ގައުމަކުން ކުރާކަންކަން ނޫން