މާޗް މަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ޖުލައި މަހުގެ 14 ވަނަ ދުވަހަށް އިތުރު ކޮށްފައި ވީނަމަވެސް، ކުރިން ވެސް ނިންމާފައިވާ ގޮތައް ސްކޫލްތައް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރު ވަމުން އެބަދެއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ނަމަވެސް ސްކޫލްތައް ހުޅުވުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ދެއްވާފައެވެ. މާދަމާ މާލެ ފިޔަވައި އެހެން ހުރިހާ ރަށެއްގެ ގްރޭޑް 01 އިން ފެށިގެން މަތީގެ ހުރިހާ ގްރޭޑެއްގެ ކިޔެވުން ފަށާނެއެވެ. ނަމަވެސް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭ ސްކޫލްތަކުގައި ކިޔެވުން ފަށާނީ ގްރޭޑް 09 އިން ފެށިގެން މަތީ ގްރޭޑްތަކަށެވެ.
މާދަމާ ސްކޫލްތައް އަލުން ހުޅުވާއިރު، ސްކޫލްތަކުން ވެފައިވާ ތައްޔާރީތަކާބެހޭ ގޮތުން އޮޅުން ފިލުއްވުމަށާއި، ޕްރިންސިޕަލުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާ މިނިސްޓަރ އައިޝަތު އަލީ ވަނީ މިއަދު ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުން ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ވިދާޅުވީ މާދަމާ ސްކޫލްތައް ހުޅުވިގެންދާ ދިއުމަކީ ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ލިބިގެންދާނެ އިތުރު ކުރިއެރުމަކަށް ވާނެ ކަމަށެވެ. އެތައް ދުވަހަކަށްފަހު ރަހުމަތްތެރިންނާއި، މުދައްރިސުންނާ ކުލާހުން ބައްދަލުވުމަކީ ހުރިހާ ދަރިވަރުންނަށްވެސް ލިބޭނޭ ނުހަނު ބޮޑު އުފަލެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.
ސްކޫލްތައް މާދަމާ ހުޅުވަނީ ހާއްސަ ފިޔަވަޅުތަކަކާއި އެކުގައެވެ. މާދަމާ ސްކޫލްތައް ހުޅުވާއިރު ގައިދުރުކަން ބެހެއްޓުމަށްޓަކައި މީގެ ކުރިން 30-32 ދަރިވަރުން ތިބި ކްލާސް ރޫމުތައް، 16 ދަރިވަރުންނަށް މަދުކޮށްފައިވާ ކަމަށާއި ގައިދުރުކަން ބެހެއްޓުމަށް ސްކޫލުގެ އެކި ހިސާބުތަކުގައި ހަނދާންކޮށްދީފައިވާނެ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވިއެވެ.
ކޮވިޑް-19 ގެ އަސަރު ރާއްޖޭގެ 91،000 ދަރިވަރުންނަށް ކޮށްފައިވާ ކަމަށް، އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުކުރި ރިޕޯޓެއްގައި ވަނީ ބުނެފައެވެ. ޔުނިސެފާ ގުޅިގެން ތައްޔާރުކުރި އެޑިއުކޭޝަން ރެސްޕޮންސް ޕްލޭން (އީއާރުޕީ)އާ ގުޅޭ ރިޕޯޓުގައިވާ ގޮތުން ބޭބީ ނާސަރީން ފެށިގެން މަތީ ސާނަވީއާ ހަމައަށް ކިޔަވަމުން އަންނަ ހުރިހާ ދަރިވަރުންނަށް ވަނީ ކޮވިޑް-19 ގެ ސަބަބުން އަސަރުކޮށްފަ އެވެ.
ޢެންމެ ދަރިވަރަކު ޕޮސިޓިވް ވާނީ ކަމަނާ ޖެހޭނީ ރީތި ގޮތުގަ ފެއަށް ޖެހެން..ބުރުގާ ގަނޑެއް އަޅައިގެން ތިޔަ ތަނަށް އަރާ އިނދެބަލަ ،ބަލާ ބަޔަކަށްވެސް ތާހިރު...
ސުކޫލުތައްހުޅުވާއިރު " މިސްކިތްތައް" ހުޅުވަން ނުކެރިގެން އުޅެނީ ކީއްވެބާ؟ އެހެންގައު މުތަކުގަ ދުރުގަތިބެގެންސަފުހަދާ ނަ މާދުކުރެވޭ ރާއްޖޭގަކިހިނެއްވެގެންބާ މިސްކިތްތައްނުހުޅުވެނީ! މިހާލަތުގަވެސް ދުރުގަތިބެންސަފުހެދީމަ ސައްހަނުވަނީތޯ؟
މިސްކިތްތައް ހުޅުވާފަ ހުންނައިރު ކޮފީމޭޒުތައް ކައިރީތިބޭ ފިރިހެނުންތައް ކައިރީ އަހާބަލަ ކީއްވެހޭ މިސްކިތައް ނުގޮސްތިބެނީ
ތިޔަހާވަނީ ހަޑި ކުދިން ތިބީ ތިޔަޖަހާސަކަރާތް ބަލަން އެޑިޔުކޭސަނުން ތިފަދަ މަދަނީ ބަސްނޭހުމަކަށް ދާތީވެސް ކުދިން ތިބެގެން ހަމަހެނީ ލަދެއްނުގަނޭތަ ތިތާއަރާހުރެ މޮޔަގޮވާކަން ނޭގެނީ ދޯ ހަހަހަހަހަަހ ދެން ވާގޮތް ބަލަންތިބެމާ ....
އޮރިޔާން ހާލުގަ އިދެތެން ތިޔަކަހަލަ ގަދަބަސް ބުނަމުން ދާއިރު އެމްމެ ފަހަރަކުވެސް ﷲ ގެވަހީބަސްފުޅު އަޑުއެހިންތޯ އެކްމް ތިމަންނަަޔަކީ މުސްލިމެކޯ މީހުންގެ ދަރިން ހަލާކުގެ ތެރެއައް ނުފޮނުވާ ފުރަތަމަ އައުރަނިވާކުރުމައް ތިއަންހެނާޔައް ދަންނަވަން
މިމުސްލިމު ގައުމު ކޮންކަމެ ކޮއްގެންތޯ މިގަުމުނަޖިސް ކުރަމުން ތިޔަދަނީ މި މުސްލިމްގައުމުގާ އެޑިއުކޭށަން މިނިސްޓަރަކައް ހުނނަންޖެހޭނީ މުސްލިމެކަމުގާދެކެން މި ހާރުހުރިމީހާޔަކީ އައުރަ ނިވާނުކުރާ މީހެ ޔަހޫދީން އެގޮތަތިބެނީ
ގޯހެއްނޫން ، ތިގޮތްވެސް ރަގަޅު
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މީ ކީއްކުރަން އިއުލާނު ކުރާ އެއްޗެއް؟ އެމީހަކު ބޭނުން އެއް ހަދަން؟
ސުކޫލް ތައް ހުޅުވުން އެއީ ވަރަށް ރަނގަޅު ކަމެއް. ބައްޔަށް ބަލައިގެން ތިބެވޭކަށް ނެތް. މިސްކިއްތައްވެސް އެބަ ޖެހޭ ހުޅުވަން.
އަދި ހުޅުވާވަރެއް ނުވޭ . .
އިސްކަންދަ ރު ސުކޫލުން ދަނީ އެޗްޕީއޭ ގެ އެންގުމާ ހިލާފަށް ހައި ރިސްކު ޓީޗަ ރުންވެސް، އޮންލައިންކޮށް ކިޔަވައި ދެމުންވެސް، މަޖުބޫ ރުން ސުކޫލަށް ނެ ރެމުން. އެހެން ގިނަ ސުކޫލުތަކުގައި ހައި ރިސްކު ޓީޗަ ރުންނަށްވަނީ އޮންލައިންކޮށް މަސައްކަތް ކު ރަން ފު ރުސަތު ދީފައި. ފު ރާނަޔަށް ނު ރައްކާވެއްޖެ ނަމަ ޒިންމާ ނަގަނީ ޕް ރިންސިޕަލް ބާ؟