ރާއްޖޭގައި ކުޅިވަރުގެ ނިޒާމަށް ވަނީ ސިޔާސީ ކުލަ ވަދެފައި ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ދެކޮޅަށް ފިޔަވަޅު އަޅައި ދިނުމަށް ގޮވާލައި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ އެފްއޭއެމް ހަރުދަނާވެ، ފުޓްބޯޅަ އާއި ކުޅިވަރަށް އަހަންމިއްޔަތުކަން ދޭ މަންޒަރު ނުފެންނަ ކަމަށެވެ. އޭގެ ބަދަލުގައި ފެންނަނީ އެފްއޭއެމްގެ އެކި ފަރާތްތަކަށް މަންފާ ލިބޭ ކަންކަން ކުރާ މަންޒަރު ކަމަށެވެ.

ކުޅިވަރު ކުރިއަރުވަން ރަނގަޅު މަސައްކަތްތަކެއް ނުކޮށްފި ނަމަ، ރާއްޖޭގެ ކުޅިވަރު މަރުވެދާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އީޔޫގެ ބޯޑަރުތައް ހުޅުވާލި އިރު ރާއްޖެ އޭގެ ތެރޭގައި ނުހިމެނޭ ގޮތަށް އެހެންވީމަ. ބަލިންގައި ހުންނަ އެމްބެސެޑަރު މިހިނދުން މިހިނދަށް އިސްތިއުފާ ދެއްވަން ޖެހޭ. ރާއްޖޭގެ ކަންތައް ފުޓްބޯޅަ އާއި، ކްލަބްތަކާއި، ޖަމިއްޔާތަކާއި، އެމްބަސީތަކާއި ރައީސް މި ހަމަ އެކައްޗެއް އިނގޭތޯ. ކޮންމެތަނެއްގައި ވެސް މަސައްކަތް ކުރަން ޖެހޭނީ އެފްއޭމްގެ ދައުރު މުހިންމުވާން އެބަޖެހޭ، އެފްއޭމްގެ ދައުރު ބޮޑުވާން ޖެހޭ." އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އޭނާއަކީ ވެލެންސިއާގެ ޗެއާމަންކަން ކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ އެ މަސައްކަތް ކުރަނީ މުނިފޫހިފުލުވުމުގެ އިތުރުން ރާއްޖޭގެ ހުނަރު ގާއިމްކުރުމަށް އިންވެސްޓްކުރުމަށް ކަމަށާއި އެކަމުން އާމްދަނީ އެއް ނުލިބޭކަމަށެވެ.

" އާދެ އޭރުގައި އަޅުގަނޑު އިންނަވަނިކޮށް ކެޕްޓަނާއި ތަށި ހަވާލުކުރެއްވީ ޗެއަމަން އިންނަވަނިކޮށް. ޗެއާމަން އެބަ އިންނެވި ކްލަބުގެ. ވިދާޅުވި ސިޔާސީ މައިދާން ވަރަށް ހަލަބޮލިއޭ. އެހެންވީމަ މިއަދު ނިއުރޭޑިއެންޓްގެ ސަޕޯޓަރުން ހިތާމަ ކުރާހެން ވެލެންސިއާގެ ސަޕޯޓަރުންވެސް ހިތާމަކުރާނެ." އޭނާ ވިދާޅުވިއެވެ.

ކްލަބް ޖަމިއްޔާތަކަކީ ލިބޭ އާމްދަނީއިން ހިންގާ ތަންތަނަށް ނުވާއިރު، އެ ތަންތަނުގެ ހައްގު ގެއްލޭ ގޮތަށް ކަންކަން ކޮށްގެން ނުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ކުލަބުތަކާއި މެދު އިހުސާންތެރިކޮށް ކަންތައް ކުރަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ. އެފްއޭމްއަށް ފިޔަވަޅު އަޅާއިރު އަކުރުންއަކުރަށް ފިޔަވަޅު އަޅާނަމަ މަޖިލީހުންވެސް އެފްއޭމް އާއި މެދު ފިޔަވަޅު އަޅާނެ ކަމަށާއި މަޖިލީހަކީ ޝަރީއަތްކުރާ ތަނެއް ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގަބޭ

    ޖާބިރު ވިދާޅުދެއްވަ ބައްލަވާ މަޖުލިހުގެ މެންބަރުންގެ އަމިއްލަޖީބު ފުރުންފިޔަވާ އިތުރުކަމެއް އެބަކުރޭތޯ

  2. ޅަބޭ

    ޖާބިރު، ކަލޭތިހިރީ ވެލެންސިއާ ބަނގުރޫޓުކޮއްލާފަ.

  3. ޥެލެންސިއާ ސަޕޯރޓަރެއް

    އަލުން ވެލެންސިއާ އާއި ޙަވާލުވާން ވަރަށް އަދަބުވެރި ކަމާއި އެކު ދަންނަވަން ޖާބިރު ބަރާބަރު އޭގަ ގޯސް ހަދާފަ އޮތް މީހުން މާ ރަނގަޅަށް ވެސް އެނގޭ ވެ ދިޔަތަން ވެ ދިޔައީ ވެލެންސިއާ ނަގާ ކޮޅަށް ޖަހަން ޖާބިރު ވަރުގެ އެހެން މީހެއް ނުހުންނާނެ

  4. ޖައުފަރު

    އާޒިމޫ ކަލޭ ކުޅިވަރި ހަލާކު ކޮށްފަ ލާދީނީ ބައިގަނޑާއި އެއްކޮށް އުޅެވޭތޯ ބަލާ