ރައްޔިތުންގެ މަޖިލިހަކީ "މަސް ކައްކާ ތަނެއް" ނޫން ކަމަށާއި އެއީ ސަރުކާރު ޖަވާބުދާރީ ކުރާ ތަނެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރުތަކުގެ ބޭރުން އަމަލުކުރާ ކަމަށް ދައްކާ ވާހަކަތަކަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރައްދު ދެއްވައިފިއެވެ.

ރާއްޖޭގެ ކުޅިވަރު ގާނޫނާ އެއްގޮތަށް ޔޫތު މިނިސްޓްރީން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ދޭތެރޭ ފިޔަވަޅު އަޅާފައިނުވާތީވެ، އެ އެސޯސިއޭޝަނާ ދޭތެރޭ ގާނޫނުގައިވާ ގޮތުން ފިޔަވަޅު އަޅައިދިނުމަށް އެދި، މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅައި މެމްބަރުންގެ މެދުގައި ބަހުސް ފަށައިފައެވެ.

މި ގަރާރު ހުށަހެޅުއްވުމާ ގުޅިގެން މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ މަޖިލީހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ގަރާރު މަޖިލިހަށް ހުށަހަޅާފައި ވަނީ ގާނޫނާ ހިލާފަށެވެ. ރައްޔިތުންގެ މަޖިލީހަކީ ތަހުގީގުކުރާ އިދާރާއަކަށް މިއަދު ބަދަލު ވެފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

"މިތަން ވެއްޖެ މިހާރު ޝަރީއަތްކުރާ ތަނަކަށް. މިތަން ވެއްޖެ ހުކުމް ކުރާތަނަކަށް. އަދި މިތަން ވެއްޖެ އަޅުގަނޑުމެން ބަދަލު ހިފުމަށް ހުށަހަޅާ ތަނަކަށް،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އެގޮތަށް ވިދާޅުވުމާ ގުޅިގެން އޭނާގެ ވާހަކަތައް ހުއްޓުވައި ނަޝީދު ވިދާޅުވީ "މިއީ މަސް ކައްކާ ތަނެއް ވެސް ނޫން، މިއީ އެހެން އިތުރު ކަމެއް ކުރާ ތަނެއް ވެސް ނޫން" ކަމަށެވެ. އަދި މިއީ ރާއްޖޭގައި ގާނޫނު ހަދާ ތަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީ ސަރުކާރު ޖަވާބުދާރީ ކުރުވާ ތަން. އެހެން މުއައްސަސާތައް ވެސް ޖަވާބުދާރީ ކުރުވާ ތަން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައި މަޖިލިހުން ކުރަން ލާޒިމް ކަންކަން ފާހަގަކޮށްފައިވެއެވެ. މަޖިލިހަށް ހުށަހަޅާ މައްސަލަތަކާއި ގަރާރުތަކަކީ މިތަނުގެ ގަވައިދުތަކުގެ މަތިން ހުށަހެޅޭ ކަންކަން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހާ ގުޅުން ނެތް ކަންކަމުގެ ތެރެއަށް މަޖިލީހުން ވަންނަ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން އަބަދުވެސް މަޖިލިހަށް އަމާޒުވެއެވެ. ދާދި ފަހުން ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ބަލަން ހިއުމަން ރައިޓްސް ޖެންޑަ ކޮމިޓީން ނިންމި މައްސަލައިގައި އަނިޔާ ލިބުނު މީހާ ކޮމިޓީ އަށް ހާޒިރު ކުރަން ނިންމި މައްސަލައިގައި ވެސް ފާޑު ކިޔުން އަމާޒުވެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

51 ކޮމެންޓް

 1. މާމީ

  ބަލަ ނަޝީދު ދިވެހިރައްޔިތުންގެ ތެރެއިން ގިނަބަޔަކު ތިޔަ މަޖިލިސް ކުރާތަން ޓީވީތަކުން ބަލާހެދި އެކަ މަކު މިހާރު ރައްޔިތުން ތިއައްވުރެ ރުޅިއަންނަ ތަނެއް ނުހުންނާނެ ރައްޔިތުންގެ ޓެކުސްފައިސާ އިން ބޭނުން ވަރަކައް މުސާރަ ނަގާގެން ރައްޔިޔުންނައް ލާބަޔާ މަންފާ ހުރިއެއްވެސް ކަ މެއް ނުކުރާ ބަޔަކައްވާތީ ތިޔަ މަޖިލިސް މިހާރު ސިފަވަނީ މަސް މާރު ކޭޓާ.

  40
  • ފެކްޓް

   މަޖިލީހަކީ މަސްކައްކާ ތަނަކަށް ނުވިޔަސް ގައިމު ތިތަނުން ތި ގަށަނީ ރިހާކުރު

   11
 2. ރައްޔިތުމީހުން

  ތި ބުނެވުނީ ހަމަ ރަނގަޅަށް ތިއީ މަސް ކައްކާ ތަނެއް

  35
 3. ސސ

  ބަލަ މަސްބާނާ މަސްކެއްކުމަކީ ދިވެހިންގެ ލޭނާރުލ، ތިޔައީ ގުޅަ ބަޖިޔާ ހަދާތަނެއް މިހާރު !/0

  30
 4. މުފައްކިރު.

  މަރަދޫ ފޭދޫ ދާއިރާގެ މެމްބަރު ވިދާޅުވީވެސް ހަގީގަތް. މަޖިޅީހުގެ ދައުރު މިހާރުދާ ގޮތުން މަޖިލީހުގެ އިތުބާރު ކުޑަވެ މަޖިލީހުގެ ދައުރާ މެދު ސުވާލު އުފެދޭ. މަޖިލީހުގެ ރައީސް ގޮނޑިންފައިބާ ސިޔާސީ ޕޯޑިއަމަކަށް އަރަނިކޮށް ރާގު ބަދަލުވެ މަޖިލީހަށް ފާޑު ކިއުމަކީ ނުވާނެ ކަމެކޭ ނުދެންނެވޭނެ. އިދިކޮޅުގަ ތިބި މީހުންގެ ހެޔޮލަފާ ކަމުން ނޫންނަމަ މިޙަގީގަތް އެންމެނަށްމެ މިހާރު ގަބޫލް ކުރެވިދާނެ.

  31
  1
 5. ސސ

  ބަލަ މަސްބާނާ މަސްކެއްކުމަކީ ދިވެހިންގެ ލޭނާ ރު، ތިޔައީ ގުޅަ ބަޖިޔާ ހަދާތަނެއް މިހާރު !

  21
 6. އައްޑޫ މީހާ

  ހަހަ މަ ހަމަ ހިނި އަންނަނީ ބުނަން ތިޔައީ ކެނެރީގެ ބަދިގޭގެ ތަށިދޮންނަ މާލަމް މާމޮޅު ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް ތިޔަ މަޖިލީހަކީ ޒުލަކަަށްވުރެވެސް ދަށު ދަރަޖައިގެ ތަނެއްކަން ދިވެހިރާއްޖޭގެ ރައްޔިތުންނަަށް މިހާރު އިންގޭނެ ތިޔައީ ކޮރަޕްޝަން ރާއްޖެއަށް ފާޅުކަން ބޮޑު ގޮތެއްގައި ތައާރަފް ކުރިތަން އޑޕ އިން އެކަން ކުރަން ދަސްކޮށްދިނީ މަޖިލިހުގެ މެމްބަރުން ގަނެ ވިއްކުމުގެ ސަގާފަތް ތައާރަފްކުރި ތަޅާފޮޅުމާއި އަވަގުރާނަ ގޮވުމާއި ގާނޫނު އަސާސީއަށް ފައިން އެރުންފަދަ ކަންތައް ކޮށްފަ ދެން ތިހެން ބުނީމަ ކިހިނެތް ތިކަން ގަބޫލުކުރާނީ

  24
 7. Anonymous

  ގާނޫނުގައި ބަޔާންވެފައިވޭ ޖަވާބުބދާރީ ކުރާގޮތް. މަސްކައްކަން ބެނުމިއްޔާއެކަންވެސް ގާނޫނުގައި ބުނެބަލަ. ބޮލިހިލަން ބޭނުމިއްޔާ އެވާހަކަވެސް ގާނޫނެއްގައި ފުރަތަމަ ޖެހޭނީ ބުނަން. މަޖްލިހަށްވަނަކަސް ގާނޫނީ ފިލޯސަފީ ނުވަތަ ޖޫރިސްޕްރޫޑެންސްއެއް ނޭނގޭނެ. އިނގިރޭސި ފައްޅިތަކުން ބޮލިހިލަން ދަސްކޮށްގެންއައިސް މަޖިލިހަށް ވަނީމަ ވާނެ ހައެތި މިގައުމަށް ވަމުން މިދަނީ. އުނދުޅި ނުބާނާ ތަނެއްނެތް. ދެމަފިރިންގެ މަސްލަހަތުގެ ތެރެއަށްވެސް ބޭނެންވީ. މިހާރު ގާނޫނުތަށް ހުތިގޮތުން މަޖިލީހުގެ އިހްތިސާސް ނުހިނގާނެ ފުލުހުންގެ އެއްވެސް ކަމެއްގަ. ހޯމްމިނިސްޓަރު ޖަވަބުދޭންޖެހެނީ.

  18
 8. ރރ

  ހިތުން މިބޮޑުވަޒީރޯ މަހީހީހަލާކުވެދާނެ ފަކީރެއްދޯ

  25
 9. ވ

  ނޭގިނަމަވެސް ތިޔަ ބުނެވުނީ ހެޔޮ ކޮށް ހަގީގަތުގައި ތިޔަ ތަނެކޭ މާރުކޭޓް ގޮޅި އެކޭ އެއްގޮތް އެތަނުގައިމީޙުން ޒުވާބުކޮށް ގަޔަށްއަށްލާ ފޮށި ހަދާ ދުނިޔޭގެ ކޮން ގައުމެއްގައިތޯ ހެނދު ހޭލެވޭތަނުން ފާޑު ފާޑުގެ ގަރާރު ހުށަހަޅައިގެން ބަހުސް ކުރަނީ ތިޔައި ކުރީ ޒަމާނުގެ މަސްކައްކާ ބޮޑު ބަދިގެއެއް ދުމަށި މަތީގައި މަސް ޖަހަން ވީގޮތް ކިޔާދެއްވަން އިންނަވަނީ މަޖިލިހުގެ ރައީސް ހެހެ

  21
 10. ދުއްރަ

  ރޫލް އޮފް ލޯ ނޭނގެ ބުރާންޗަކު މަޖްލިހުގެ ރައީސް އަށްލައިގެން ދިވެހިންކީއްތަ މިކުރަނީ. ބަލަ ގަމާރާ ތިޔަމަޖްލިހަށް ޖަވާބުދާރީ ކުރުވޭނެ މީހުން ގާނޫނު ތަކުގައި ބުނެފައި އެއޮތީ. ރޭޕް ކޭސްގެ އިންވެސްޓިގޭޝަން ހިންގަންވީމަ މަޖިލިހަކީ ގާނޫނު ތަކުގެ މަތީގައިވާ ތަނެކޭ ތިކިޔަނީ. މިގައުމަކީ އިނޑިޔާއަށް ހަދަން ބޭނުންވެގެން އުޅޭ ބަޔަކު އިނޑިޔާގެ ވައިޑް ސްޕްރެޑް ރޭޕްވެސް އާއްމުކުރާނެ.

  24
 11. Anonymous

  ހާދަހިތްމަތި މީހެއް. ކަލޭހިތުން މަޖްލިހަކީ ގައުމުގެ ވެރިކަން ކުރާތަންތަ؟ ބަލަ ނަޝިދޫ، ޑިމޮކްރަސީ ކިޔާ އެއްޗެއް އެނގޭތަ؟ އެއީ ގާނޫނު ހަދާ ބާރާ ސަރުކާރު ހިންގާ ބާރާއި އަދުލު އިންސާފު ވަކިވެފައިވާ ނިޒާމަކަށް ކިޔާ އެއްޗެއް. ނޯތްކޮރެޔާގެ ކިމްޔޮންޖުން ހެދިގެން މީނަގެ އަނގައިން ނުކުންނަ ކޮންމެ އެއްޗަކީ ގާނޫނުނަށްވީމައެދެން ޕިޔޯއަނާކީއަކަށްވީ. ޖާހިލިއްޔަތު އެއީ. ނުލަފާމީހުންގެ ނުބައިކަންދައްކާލާ ސިސްޓަމް އެއީ. ދިވެހިން ހޭލާ މިހިރަ ފެންނަ ކަންކަންހުއްޓުވަން ނުކުންނަންވީ. މިޖާހިލުކަލޭގެ ފައްސާ ނަގާލަންވެއްޖެ.

  21
 12. Anonymous

  ކަލޭމެންގޭ މީހަކަށް މަސްނުލިބެން ފަށައިފިނަމަ ތިޔަ މަޖްލިސްވެގެންދާނެ މަސްކައްކާތަނަކަށްވެސް. ތިއީ މިގައުމުގައި ހުތި އެންމެ ބޮޑަށް އެބައޮޅޭ މިބައޮޅޭ ތަނަކީ. ބޭކާރު ތަނެއް. ކުއްވެރިން ސަލާމަތްކުރާ އިބިލީހުގެ ގެ ތިއީ.

  20
 13. ޙައުލާ

  ގާނޫނީ ފަންނުގެ މީހުން ބުނާނީ މަޖްލީހަކީ ގާނޫނު ހަދާ ތަނޭ. ޖަވާބުދާރީ ކުރުވަނީއޭ ބުނެފާނެ ބޮލިހިލާ މީހުން. އޮޅުވާލުމާ މަކަރާ ދޮގުހެދުންނޫން ކަމެއް މިގައުމުގެ ވެރިންގެ ފަރާތުން ނުފެނޭ.

  16
 14. އޮޅުވާލި ވޯޓު

  މަޖިލިހަކީ އެމްޑީޕީ ސިޔާސީހަރުގޭ މިހާރު ރައްޔަތުންގެ މަޖިލިހެކޭބުނުމުގެ އެއްވެސް ހައިސިއްޔަތެ އޮއްތަނެނޫން

  16
 15. ތިތަނުން ނުކުރާ ކަމެއް ނެތް

  "މިތަން ވެއްޖެ މިހާރު ޝަރީއަތްކުރާ ތަނަކަށް. މިތަން ވެއްޖެ ހުކުމް ކުރާތަނަކަށް. އަދި މިތަން ވެއްޖެ އަޅުގަނޑުމެން ބަދަލު ހިފުމަށް ހުށަހަޅާ ތަނަކަށް،". ޝަރީފް ވިދާޅުވިއެވެ. ހުރިހާކަމެއްގެ އެކްސްޕާރޓުން އުޅޭތަނެއް

  14
 16. ދދ

  ތިބުނީ ހަމަރަގަޅަށް މިހާރު ތިޔައީ މަސްކައްކާ ތަނެއް .

  14
 17. ފ

  މަސްކައްކާ ބަދިގެއަކަށް ވުރެ ތިޔަ ބޭފުޅުންގެ ހާލު މާބޮޑު ހަމަ މީހަކު އެއްޗެކޭ ބުނާއިރަށް މަޖިލީހުގެ ރައީސް ފުންމައިގެންގޮސް ޖަވާބު ތިޔަ ދެނީ
  މިހާރު ތީ ހަމަ ބަދިގެއެއް

  15
 18. ޢެކަމަކު ވާ

  ކަލޭ ބޮޑަށް ރަނގަޅީ މަސް ކައްކަން ..

  16
 19. ރަބަރޭ

  ތީހަމަ މަސްކަށްކާ ބަދިގެޔަކަށް ވަރަށް އެކަށީގެންވާތަނެއް

  15
 20. ކައްބެ

  މަޖިލީހަކީ އިދިކޮޅުމީހުންގެ މަސްކަށްކައިގެން ކައި އަދި އެވަރުނުވެގެން ކަށިކޮޅުވެސް ދޮރުންބޭރުކޮށް އުކާލާބައެއް ބުއްޅަތިއުޅެނީ ރެކެންވެގެން ދޮގުނުހަދާތި ރަށްޔަތުން މިތިބީ ރަތަށް އަރާފަ.

  15
 21. ޙުސެން

  ތީ ހަމަ ސީދާ ފިތުނަ ފަސާދަ އުފައްދާ ވަކަ ރުގެއެއް

  17
 22. ސޯޕް ލައިޓް ބްރަދަރ

  މަޖިލީހަކީ އެމް.ޑީ.ޕީ ގެމާރާމާރީ ހިންގާޖަގަހަ!

  16
 23. މޫސަ

  ކަލޭ ކަމުނުދާނެ މަސްކައްކަންވެސް.

  15
 24. ކަރު ކެހި

  އައްނީ! މަޖިލީހަކީ "މަސް ކައްކާ ތަނެއް ނޫން "! އަދި ޖަވާބުދާރ ރީ ކުކުރުވާ ތަނެއްވެސް ނޫން ! މަޖިލީހަކީ ފުލުހުންގެ خصاص. ތައް ނިގުޅައި އަންބޮނޑިއަށް ލާންޖެހޭ ތަނެއްވެސް ނޫން! އަދި جناعي عدل ގެ نظام ގެ ތެ ރެއަށް އަތް ބާނައި ހާވަންއޮތް ތަނެއްވެސް ނޫން! އެކަމަކު މިހާ ރު ކަން އޮތީ އެހެންތަ؟ ހު ރިހާކަމެއް ތި ބޭފުޅާގެ ގޮތްމުށުތެ ރެއަށް ލައި ކަސްތޮޅު އަޅާފައި!! މަޖިލީހަކީ قانون ހަދައި اصلاح ކު ރަން އޮންނަ مسوسة އެއް! މި ކޮއްކޮގެ މިހާ ރުގެ عمل ތަކުން ދައްކަނީ މީނަ ނޫން ފަ ރާތެއް - سياسي ދާއި ރާގައި - ނެތް ކަމަށް! سبحان الله! މާތް ﷲ ކޮއްމެ ކަމަކަށް ކުޅަދުން ވަންތަވެ ވޮޑިގެން ވާކަން ހަނދާން ކޮށްގެން ހުންނާތި! ސޮ ރީ! " އެހެން ގޮތެއް ހޯދަން " އުޅޭ މިފަދަ ސ ރކު އުޅޭނީ ﷲ ވޮޑިގެންވާކަމާއި ކުޅަދުން ވަންތަކަން ނުއެނގޭކަމަށް ހެދިގެން! މީނަހެން! ދެއްތޯ! އޭ! ހައްދަވައި ބޮޑުކު ރައްވާ ކަށަކުޅަދުންވަންތަ ﷲ! އަޅުގަނޑުމެންގެ މި ރާއްޖެ ،މިފަދަ ލާ ދީނީ ފަ ރާތް ތަކުގެ ވަކިތަކުން ސަލާމަތް ކު ރައްވައި، ރާއްޖެއަކީ ހަމަ އެކަނި مسلم ތަކުންގެ ތަނެއްކަމުގައި ލަހައްޓަވައި ދަމަހައްޓަވައިފާނޭވެ.!امين

  20
 25. ކަރުނަޔާނުލާ

  ތީ ޖަނަވާރު ކޮށްޓެއް..

  15
 26. ސުޢޫދު

  ޢާމްދަނީ ހޯދަން ދިވެހިރައްޔިތުން ކުރާކަމެއް މަސްވެރި ކަމަކީ އަދިމަހާ ގުޅުންހުރިހުރިހާކަމެއް އެއީދެރެނިކަމެތިހަޑިކަމެތް ކަމައްތިބޭފުޅާ ތިވިދާޅުވީ މިސާލުދެއްކީ ތިތަނައްވުރެ ލަދުކުޑަ ބަސްބުނާ ތަނެއްދިވެހިރާއްޖެއަކުނެއް ހިތަންއެރިއެއްޗެއް ތިތަނުގަގޮވަނީ މާރާމާރީހިންގަނީ ރީނދޫ ކުލަކައްކާތަނެއްތީ ދެންހޮވާނީ މަސްވެރިން ތިގޮނޑިތަކައް ޒުވާންތައުލީމީ މަސްވެރިން ތިބޭފުޅުންނައްވުރެ ފެންވަރު ރަނގަޅުވާނެ.

  16
  1
 27. ދިވެހިބިން

  އެއީ ކީއްވެ! ހުރިހާއެންމެންކުރާ ކަންކަމަށް އުނދުޅިބާނާ ބަޔަކަށް މަސްވެސްކެއްކެންވާނެ! އަދި ތިތަނުގަ ދުމަށްޓެއްހަދައި މަހުގަ ދިލަވެސް ޖެއްސެންވާނެ! ހަޤީޤަތުގަ ޤައުމަށް ފައިދާބޮޑުވާނީ ތަނެއްދޮރެއްނުދަންނަ ތިމީހުން ޤާނޫނު ހަދަންއުޅުމަށްވެރެ މަހައްގޮސް މަސްބާނައިގެން އައިސް އެމަސްތައްތިތާކައްކާ އެމަހުން ވިޔަފާރިކުރިއްޔާ! ކީއްކުރާނީދޯއެކަމް، މަސްވެރިކަމަކީވެސް ހުނަރެއް އަދި ޢިލްމެއް! ތިތާނގަ ނެތް އެކަން ރަނގަޅަށް ކޮށްލަން އެނގޭނެވަރުގެ ބުރާންޗެއްވެސް!

  12
 28. މުގުރާން

  މމމމަޖިލީހަށް މަސްގަންނަން ތައްޔާރުވަނީ ދެންއިވޭނީ މަޖިލިސް ފެކްޓަރީގެ ވާހަކަ؟؟" މެންބަރުންލައްވާ މަސްކެއްކުން " ތިޔަވެރިން ލައްވާ ކުރުވަން އެން މެ ރަނގަޅު އެއްކަންތައް ތިއީ އިގްތިސާދީ އެޖެންޑާ.

  12
 29. ކިއުން ތެރިއެއް

  ރަނގަޅު، މަސްކަަަައްކާ ތަނެއް ނޫން. މަސް ކާތަނެއް.

  14
 30. ޢެކަމަކު ވާ

  ބޮލި ގަރުދިޔަ ކައްކާ ރިހާކުރު ހަދާ ބަކަރި ކޮށްޓެއް ތީ.ކަލޭތީ ބޮޑު ކައްކާ

  15
 31. އެމަންޖެ

  ބޭފުޅާ މަޖިލީހަކީ ހުރިހާ ގަނޑެއްވެސް ގަންނަ ތަނެއް.

  9
  1
 32. އަބޫ

  މާރާމާރީ ހިންގާ ތަނެއް ދެއްތޯ؟؟

  11
 33. ހުސެން

  މަޖުލިހަކީ ކަރާޓީ ތަޅާ ތަނެއް

  13
 34. ާްަަްއާދަނު

  ތީމިހާރު ރަައްޔަތުން ބަލަައިގަންނަ ތަނެއްނޫން...އަގުވެއްޓިފަވާތަނެތް.

  15
 35. ސާހިދު

  ފުރަތަމަ އަހަރެމެއް މާލެ އައިއިރު މަންމަމެއް ބުނާނެ ދަރިފުޅާއޭ މާލޭގައި ތިބޭނެއޭ ވަކަރުގެ ކުދިން އެ ކުދިން އުޅޭގޭގެ ކާރިއަށް ނުދައްޗޭ އެކަމު އޭރަކު ވަކަރުގެއެއް އަދި ވަކަރުގެ ކުދިންވެސް ނުފެނޭ އޭގެ މާފަހުން މި ފެނުނީ ވަކަރުގެވެސް އަދި ވަކަރުގެ ކުދިންވެސް އެކުދިން ތިބެނީ މިހާރު މަޖްލިސްގަކަން އަދި ކިރިޔާ މި އެގުނީ

  18
 36. ރޯދަ މުބާރިކް

  މާ ދުރުނޫން ދުވަހަކު އަޑުއިވުނު ރިސޯޓުތަކުގެ ބަދިގެތަކުގައި މަސްކަށްކަން ޚިޔާލު ދެއްވި ޢަޑު! މި އަދު އެހެން ވާހަކައެއް! ކުރިއަށް އޮތީ ދަތި ދުވަސްވަރެއް! ވީމާ މަޖްލީހުގެ ބަދިގެ ބައިގައި މަސްކައްކާ، ބަނބު ކެޔޮ ތެލުލައި ހެދުމަކީ ބުހުތާނު ބުއްދިވެރިކަން! މަޖްލިސް ކުރިއަށް! ބާރަށް ކުރިޢަށް!

 37. ބައްޅަބޭ

  މަޖިލިހުގެ ރައީސް އެހުރީ ވެރިކަމާހެދި މޮޔަފުޅުވެފަ. ޙިތުން މިހާރު ެސް އެއީ ރައީސުލްޖުމްހޫރިއްޔާ. ބައްޅަބެ.

 38. ބައްޅަބޭ

  މަޖިލިހުގެ ރައީސް އެހުރީ ވެރިކަމާހެދި މޮޔަފުޅުވެފަ. ޙިތުން މިހާރު ެސް އެއީ ރައީސުލްޖުމްހޫރިއްޔާ.

  • ބަދިގެ

   މަސް ކަައްކަން ޖައްސަން ވީ ދޯ ؟މާ ރަނގަޅު ވާނެ!

 39. ނހރއޕނ

  މަސް މާރުކޭޓޭ މީ ވިދާޅުވާން އުޅެނިކޮށް އޮޅިގެން އެހެން އެ ވިދާޅު ވެވުނީ

 40. ދުމަށި

  ތިކިޔޭއެތި އެބައެނގޭތަ ރަނގަޅު މަސްކައްކާތަނެއްނޫން އެމަކު އެންމެގިނައިން މަސްކައްކާ ދިލަޖައްސަން މަސައްކަތްކުރާތަނަކީތީ އެކަމަކު ކައްކައްވެސްއުޅެނީ ކައްކަން ރަނގަޅައްނޭންގި

 41. ނަބީ

  އޭ ނަޝީދެވެ.
  ކަލޯ ކަލޯގެ ދޫ ރައްކާތެރި ކުރައްވާށެވެ. އަދި ދުލުން ބުނެވޭ ބަސްތަކުން ރައްކާތެރި ވެގަންނާށެވެ. އެހެނީ އިންސާނާ ސަލާމްވަނީ ދުލުގެ ސަބަބުންނެވެ. އަދި ބައެއް ފަހަރަށް އެ ދުލުގެ ސަބަބުން އޭނާ ހަލާކުވެސް ވެދެއެވެ.
  ކަލޯ ތީ ދުލުގެ ސަބަބުން ހަލާކުވެފައި ހުރި މީހެއްކަން ރާއްޖޭގެ އަޢްލަބިއްޔަތު ޓެސްޓިފައި ވާނެއެވެ......

 42. ޢިއްރަތްތެރި

  އަހަރުމެންނަށް ތިޔަކަން މާކުރިންވެސް އެނގޭ ކަލޭ ނުބުންޏަކަސް. ކަލެއަށް އެނގޭއިރުވެސް ތިޔައުޅެނީ ތިޔައީ ކޯޓް ކަމަށް ހަދައިގެނެއްނު.

 43. ފެކްޓް

  މަޖިލީހަކީ މަސްކައްކާ ތަނަކަށް ނުވިޔަސް ގައިމު ތިތަނުން ތި ގަށަނީ ރިހާކުރު

 44. ޕޭމް

  މާރުކޭޓުގަ ތިބި މުރާލި ބިދޭސީންނަށް މަލާމާތް ނުކުރޭ. އެމީހުންގެ ވެސް ތިައައްވުރެ ލަދުހަޔާތެއް ހުރޭ!

 45. އާދަމްބެ

  މަނިކުފާނު ވިދާޅު ނުވިޔަސް ރައްޔިތުންނަށް އެނގޭ ތީ ބަކަރި ކޮއްޓެއް ކަމާއި ތިތާގަ ކައްކަނީ ހުއިފިލަނޑާގެ ބާވަތްތައްކަން

 46. އަޙްމަދު

  މަސްކައްކާ ތަނަކަށް ވުރެ މުޑުދާރުތަނެއް! މަސްކައްކާތަނުން އުފައްދާމަހާއި ރިހާކުރި ކައިގެން ކާލެމެންވެސް އުޅެނީ އެކަމަކު ކަލޭމެން ހަދާ ޤާނޫނަކަށް ކަލޭމެން ވެސް ޢަމަލެއް ނުކުރޭ!

 47. ސަތަރިއޮޑި

  ތިއީހަމަގަމާރެއް

  • ބޮޑު މޮޔާ

   1 ދޮގު ހަދާތަން
   2 މާރާ މާރީ ހިންގާ ތަން
   3 ރޭޕް ކުރާ ތަން
   4 ރާބޯ ތަން
   5 ދެން ކޮން ކަމެއް ؟ނެތްތަ ހިންޓެއް؟
   ާާa މަސް ކައްކާ ތަން ދޯ؟

 48. ހިބަރު ގަރުދިޔަ

  މިހާރު ތިތަނަށް ކިޔަން އެންމެ ރަނގަޅީ ގަރުދިޔަ އުނދުޅި ބާނާ ފެ ކްޓރީ!