މީސް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ކުޑަ ދެެ ކުއްޖަކު ގައިގޯޅިވާ މަންޒަރު ފެންނަ ވީޑިއޯ އާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ މުހައްމަދު ޝަހީމް އަލީ ސައީދު ނުރުހުން ފާޅުކުރައްވައިފިއެވެ.

ޝަހީމް މިކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ކުޑަކުދިންގެ އަބުރު ގެއްލޭ ފަދަ ވީޑިއޯ އާއި ފޮޓޯތައް މީސް މީޑިއާގައި އާންމުކުރުމަކީ މުސްލިމް މުޖުތަމައަކުން ފެނިގެންވާނެ ކަމެެއް ނޫން ކަމަށެވެ. އަދި އެފަދަ ވީޑިއޯތައް އާންމުކޮށް އެކުދިންގެ އަގުވައްޓާލުމަށް ވުރެ އައުލާކަން ބޮޑީ ތަރުބަވީ ގޮތުން އެފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރުން ކަމުގައި ޝަހީމް ވިދަޅުވިއެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ކުޑަ ދެކުދިން ގައިގޯޅިވާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކުރަން ފަށައިފައެވެ. އަދި އެކަން މިހާރު ވަނީ ރާއްޖޭގެ މީޑިއާތަކާއި، ކަމާ ގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށްވެސް އައިސްފައެވެ.

ކުޑަކުދިންތަކެއް ގައިގޯޅިވާ މަންޒަރު ފެންނަ ވީޑިއޯ މައްސަލަ ފުލުހުން ބަލަނީ

ކުޑަ ދެ ކުއްޖަކު ގައިގޯޅިވާ މަންޒަރު ފެންނަ ވީޑިއޯ ދައުރުވަމުން އަންނާތީ ފުލުހުން ވަނީ މިފަދަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އެކަކު އަނެކަކު ޝެއާކުރުން ހުއްޓާލުމަށް އިލްތިމާސްކޮށްފައެވެ. މިފަދަ މައްސަލަތަކާ ގުޅުން ހުންނަ، ކުޑަކުދިންގެ އަބުރާއި ކަރާމާތަށް ގެއްލުން ލިބޭ ވީޑިއޯ އާއި ފޮޓޯ ފަދަ ތަކެތި މީސް މީޑިއާގައި ޝެއަ ކުރާ މީހުންނާއި މެދުވެސް ފިޔަވަޅު އެޅުމުގެ ހައްގު ގާނޫނުން ލިބިގެންވެއެވެ.

މި މައްސަލަ މިހާރު ފުލުހުންނާއި ކަމަގުޅުންހުރި އިދާރާތަކުން ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. Anonymous

  ޢަޅުގަނޑު ހުންނަ ގޭގައުޅުނު ދެކުއްޖަކު ދެ ކުދިންނަކީ ދެ ކަޒިންސް ވަރައްގިނައިން އެކަހަލަ ކަންތައްކުރޭ އެކުދިންގެ ބޮޑުދައިތަޔަށް ގޮވާފަ އެކުދިން ދުރައްގެންގޮސް ހުއްޓުވާށޭ ބުނީމަ ދުއްގެންދަނީ 3ވަނަކުއްޖާ ބޮޑުދައިތަގެ ދަރި އެކަނި އެކުއްޖާއަށް ނަސޭހަތްދޭ އަނެއްދެކުދިން އުޅޭގޮތް މަށަކަށް ބަލާލައްނުޖިހޭނޭ ބުނެފަ އަޅާވެސް ނުލާ މިއީ ގާތްތިމާގެ މީހުންގެ ހާލަތު ހުންނަގޮތް ފަހަރެއްގައި ވެދާނެ ތިވީޑިއޯ އަކީ އާއިލާގެ ތިމާގެ މީހަކު އެކުދިންނަށް ދިން ލަނޑަކަށްވެސް ނަސޭހަތްދީ އިސްލާހުކުރުމުގެ ބަދަލުގައި ތި ވީޑިއޯގެ ސަބަބުން އެކުދިންގެ ކިޔެވުމަށާ ނަފްސާނީ ދުޅަހެޔޮކަން ބަރުބާދު ކޮށް ލުމަށް ގަސްތުގައި ރޭވި ރޭވުމަކަށްވެސް އެކުދިނަށް މުޖްތައުގެ އެބާރުލުމާ މުދައްރިސުންގެ އޯގާތެރިކަން ބޭނުންވޭ

 2. އާރިފާ

  އަޅުގަނޑުގެ ދަރިއަށްވެސް ލަނޑެއްދެވޭތޯ ބޮޑު ބޭބެޔަކާ ބޮޑުދައިތައަކު ވަރައްމަސައްކަތްކުރި އެހެންނަމަވެސް އަޅުގަނޑު ފާރަވެރިވެ ދަރީގެ ފޫބުޑުގައި އަބަދުވެސް ހުންނާތީ ލަނޑު ނުދެވެނީ މިދެންނެވި ބޮޑުބޭބެއަކީ ކިޔަވައިގެންހުރި އެޑިއުކޭޝަން މިނިސްޓްރީގައި މަސައްކަތް ކުރާ ތަންދޮރު ދަންނަ މީހެއް މިފަދަ މީހުންނަށް ކުޑަކުދިންގެ ކުރިމަގު ބުލޮކް ކޮށްލެވޭނެ މޮޅެތި އުކުޅުތައް އެގޭނެ ދެންހަދަންފެށިގޮތަކީ ސްކޫލްގެ ބައެއްޓީޗަރުންނާ ވާހަކަދައްކައިގެން ޓީޗަރުން މަގުފުރެއްދުން ނަތީޖާ އަކީ އޭގެ ތެރެއިން ބައެއްޓީޗަރުން އެބަހަށް ހެއްލި ބަސްނާހާ ކުއްޖެއްގެ ގޮތުގައި ލޭބަލްކޮށް މުޅި ސްކޫލްގެ ތެރޭ ގައި ރެޕިއުޓޭޝަން ވައްޓާލީ ސައިކްލޮޖިކަލީ ހަލާކު ކޮށްލުމުގެ ނިޔަތުގައި އަޅުގަނޑު އެއްވެސް މީހަކާ ހަސަދަ ވެގެން ބުނާ ވާހަކަތަކެއްނޫން މީކީއެއް ހަގީގީ ހާދިސާއެއްވީމަ ބެލެނިވެރިންނާ އިޚްލާސްތެރި މަސައްކަތް ތަކެއް ކުރއްވާ ހެޔޮލަފާ ޓީޗަރުންގެ މައުލޫމާތައްޓަކައި ދަންނަވާލީ ވަރަށް އާދޭހާ އެކު ދަންނަވަން ޓީޗަރުން އަރިހުގައި ކުދިން ލޭބަލް ނުކުރަށްވާށޭ އަޅުގަނޑުގެ ދަރިފުޅުގެ އުމުރުން 4 އަހަރާ 10 އަހަރާ ދެމެދު އޭނަގެ ލޮލުން އައި އެންމެ ކަރުނަ ތިއްކަކަށްވެސް އެއާއިލާ އަށާ ޓީޗަރުންނަށް މާފެއް ނުކުރާނަން ނުކުރެވޭނެ ހަސްބިޔައްﷲ

 3. ސީނު

  ނުބައިކަމެއް ކުރުމަށް ވުރެ އެކަން އާންމު ކުރުމާ ފެތުރުން މާނުބައިކަމަށް ދީނުގައިވަނީ.،،

  2
  2