އައްޑޫ ސިޓީއަށް ގދ.ތިނަދޫން ގެންދިޔަ 5.5 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޮޕަރޭޝަން ފުލުހުންނާއި އައްޑޫ ސިޓީގެ އިންޓެލް ފުލުހުން އަދި ސިފައިން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި 5.5 ކިލޯގެ ހެރޮއިން އަތުލައިގަނެ، ހަ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިއޮޕަރޭޝަނާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން މަސްތުވާތަކެއްޗާއި އެކު ހައްޔަރު ކުރި މީހުންގެ މައުލޫމާތެއް އަދި ނޭނގެއެވެ. އަދި އެމީހުން ހައްޔަރު ކުރީ ކޮންތަނަކުން ކަމެއް ވެސް މިހާތަނަށް ފުލުހުން ސާފުކޮށް ދީފައެއް ނުވެއެވެ.

ފަހަކަށް އައިސް ބޮޑެތި އަދަދުތަކުގެ މަސްތުވާތަކެތި ފުލުހުން ގެންދަނީ ތަފާތު އޮޕަރޭޝަންތަކުގައި އަތުލައިގަންނަމުންނެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ފުލުހުން އަމަލު ކޮށްފައި އޮންނަ ގޮތުން ގިނަ ބަޔަކު ދަނީ ޝަރީޢަތުގެ މަރުހަލާގައި މިނިވަން ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބުރާހީމް

    އަނެއްކާ ރޯޔަލް ފެމެލީގެ ބައެއްބާ އެހެއްވީރު މިހާރު ތި މީހުން ތިބޭނީ ދޫކޮންލާފަ އަދި ތި ވާހަކަ ދެއްކި ބަޔަކު މިހާރު ތިބޭނީ ހައްޔަރުކޮންފަ މީ މި ޤައުމުގެ ހާލަތު

  2. އައްޑޫ ލެއި

    ލަސްނުކޮށް އަވަހައް ދޫކޮށްލާ ކިހާބޮޑު ނުހޮރޮއްޕާނެއް މީދެން ނުކުޅެދޭ ސަރުކާރު