ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އަމަލު ކުރީ ޖާހިލުކޮށް ކަމަށާއި ހިންގާފައި ވަނީ މާޝަލް ލޯ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ލީޑަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ޖާބިރު ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 އާ ގުޅިގެން އެޅި ފިޔަވަޅުތަކަކީ އަޅަން ޖެހޭ ފިޔަވަޅުތަކަށް ވުރެ ހަރުކަށި ފިޔަވަޅުތަކެއް ކަމަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު ވަނީ ގާނޫނުއައަސާސީ މުގުރާލާފައިވާ ކަމަށވެެ.

އެތައް ޒަމާނެއް ވަންދެން އާއްމުން ކުރި ވިޔަފާރިތައް ކޮވިޑް-19 އާ ގުޅިގެން އެޅި ފިޔަވަޅުތަކުގެ ސަބަބުން ފުނޑިފައިވާ ކަމަށާއި އެކަމާއި ޒިންމާ ވާނެ ފަރާތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" ގާނޫނުއަސާސީ މުގުރާލި މައްސަލަ އަޅުގަނޑަށް ބޮޑީ. ރާއްޖޭގައި ގާނޫނުއަސާސީން ބޭރުން އަމަލު ކުރާ މީހުންނަށް ގައްދާރުންގެ ގޮތުގައި އޮންނަނީ.. އަޅުގަނޑުމެން އެނގެން ވާނެ ގާނޫނުއަސާސީ ވަރަށް ރަނގަޅަށް. ކޮންމެ މީހަކު ކޮންމެ މަގާމެއްގައި ހުރެގެންވެސް ގާނޫނުއަސާސީ މުގުރާލާއިގެން ނުވާނެ. އެއީ ވަރަށް ބުރަ މަސައްކަތުން ހަދާފައިވާ، ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންނާއި ހަމައިންކަމަށް ބުނެފައި އެއޮތީ،" ޖާބިރު ވިދާޅުވިއެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި އިރު މަޖިލީހުގެ ރުހުން ނުހޯދާ އެކަން ކުރީ ގާނޫނުއަސާސީ މުގުރާލުމަށް ފަހުގައިކަމަށް ޖާބިރު ވިދާޅުވިއެވެ.

" މި މަޖިލީހާ ނުލައި މައިމޫނާ އެފަދަ ފިޔަވަޅެއް އެޅުއްވީމާ އޭނާ ގާނޫނުއަސާސީ އާއި ޚިލާފުވީ އޭނަ ކުރި ރަނގަޅުކަމެއް އެހިސާބަކުން ނޯންނާނެއޭ. މިރާއްޖޭގެ ރައްޔިތުންގެ މިނިވަންކަން ނަގާލި އިރުގާ އަޅާންޖެހޭ ވަރަށް ވުރެ ބާރުގަދަކޮށްނޭ ފިޔަވަޅު އަޅާފައި އޮތީ. ނިއުކްލިއަ އަޅަން ޖެހޭ ތަނަކަށް ނިއުކްލިއަ އަޅަން ޖެހޭނީ. ނިއުކްލިއާ އަޅަން ނާޅާ ކުރެވެންނާ އެގޮތަށް ކުރަންވާނީ،" ޖާބިރު ވިދާޅުވިއެވެ.

ބަހުސްގައި މައިމޫނާ ހައްޔަރު ކުރަން ޖާބިރު ވަނީ ތަކުރާރުކޮށް ގޮވާލައްވައިފައެވެ.

ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުމަށް ކުރިމަތިލުމަށް އާ އާންމު ހާލަތުގެ ތެރެއިން "ކޮވިޑް ފްރީޒޯނެއް" ކަނޑައަޅައި އިގްތިސާދީ ހަރަކާތްތައް ހިންގޭނެ ގޮތަކަށް ގައުމު ހުޅުވާލުމަށް ގޮވާލައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވެސް ޖާބިރު ވަނީ މައިމޫނާ އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދު ފުނޑިފައިވާ ކަމަށާއި އެކަމާ މެދު ފިޔަވަޅުއަޅަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. Anonymous

  އިބްރާހިމް މުހައްމަދު ޖާހިލު ވީމާ ސަރުކާރު ވެސް ޖާހިލުވާނެ

  8
  1
 2. މޭފެއަރ

  މިއީ ހާދަ މޮޅު އިލްމުވެރިޔެކޭ ދޯ.. ޕިއެޗްޑީ ހޯލްޑަރ އެއް ދޯ މީހުންނާދިމާލަށް ޖާހިލުކިޔަނީ..

  ގުދޯ ގުދޯ ނުކިޔާ މަޑުން ތިބެބަލަ ރައްޔަތުންނާއި އެމީހުންގެ ކަންކަން ބަލަހައްޓާ މުވައްޒަފުންނާޢި ނުބެހި..

  ތީ މިގައުމު ހަލާކުކުރާ މަޖިލީހެއް.. ބޮކްސިންތަޅާތަނެއް.. ބަތްކައްކާ ކުޅޭ ތަނެއް..

  10
  1
 3. ދަލޭކާތްދީ

  ޖާބިރު މީހުން ހައްޔަރުކޮށް އަރުވާލުމުގެ ބައި ދޫކޮށްލައްވާފަ ދާއިރާގެ މަޝްރޫޢުތައް ކުރިޔަށް ގެންދެވުން މާރަނގަޅު ނުވާނެތޯ !

 4. ހަޖާމީ

  ގުރުބާނު ކަންބަޅިޔެއް ހޯދަނީ ދޯ؟

 5. ނަސީރާ

  ކޮވިޑު 19 ގެ މުއްދަތު ގައި ހަމައެކަނި ބޭނުން ނުކުރަނީ ކޭބަލް ކާރު@ އެކަން ކުރަން އުޅޭ މީހާ އަށް އަދި ވެސް ނުފެށިގެން އުޅެނީ

 6. އަބްދޫ

  ތަންދޮރު ދަންނަމީހަކަށް ނޫނި މާސައްލޯ އެއީ ކޯންޗެއްކަމެއް ނޭގޭނެ . ހަމަ ބުއްދި ހުރެގެން ވިސްނި މީހަކަށް މެނުވީ ކޮވިޑް ގެ ސަބަބުން އެޅުނު ގާނޫނީ ފިޔަވަޅުތަކާ މާސައްލޯ ވަކިކުރާކަށެއްނޭގޭނެ.