ކޮވިޑް-19 ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް މައިމުނާ އަބޫބަކުރު އަޅުއްވާފައި ހުރި ފިޔަވަޅުތައް ރަނގަޅު ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އޭނާ އަށް ތައުރީފް ކުރައްވައިފިއެވެ.

ނަޝީދު، މައިމޫނާ ދިފާއު ކުރެއްވީ، މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، މައިމޫނާ އަށް ފާޑު ވިދާޅުވުމުންނެވެ.

ރައީސް ނަޝީދު ވަނީ މައިމޫނާ އަކީ ސާބިތު، ހަމަޖެހޭ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ.

" ޕަބްލިކް ހެލްތް އޮތޯރިޓީގެ ޑައިރެކްޓަރ ޖެނެރަލް މައިމޫނާގެ ޚިދުމަތްތަކާއި އެ ބޭފުޅާ ކޮށްދެއްވާފައިވާ މަސައްކަތްތަކާ، އަދި ޚާއްސަކޮށް މި ރޯގާގެ ތެރޭގައި އެ ބޭފުޅާގެ ސާބިތުކަމާއި ހަރުދަނާކަމާއި، އަޅުގަނޑުމެން ރައްޔިތުންނަށް ހަމަޖެހުމާ އެކީގައި އިރުޝާދުތައް ދެއްވަމުން ގެންދެވި ގޮތް އެއީ އަޅުގަނޑު ދެކޭގޮތުންމެމްބަރުވެސް އަދި އަޅުގަނޑުމެން ހުރިހާ އެންމެންވެސް އެ ބޭފުޅާއަށް ޝުކުރުވެރިވާނެ ކަމެއް. " ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހާރު މިހެން ވިދާޅުވި ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތައް މާ ހަރުކަށިކަމަށް ރައީސް ނަޝީދު ކުރިން ވިދާޅުވެފައިވެއެވެ.

އަދި މާލޭގައި ދިރިއުޅޭ އަތޮޅު ތެރޭގެ މީހުން އަނބުރާ ދިއުމުގެ އިންތިޒާމްތައް ލަސްވެގެން ރައީސް ނަޝީދު ވަނީ ތަކުރާރުކޮށް އެކަން މަޖިލީހުގައި ފާހަގަކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އޮން

  ކެނެރީގޭ ހިޔަޅު

  28
  1
 2. ސާބިތު

  އެހެއްނުވާނީ ނަޝީދު ހެދި ކޮންމެ ގޮތެއް ވަރިހަމަވީމަ އަދި އެއީ އާއިލީ ގޮތުން ގާތްބައެއް

  21
  1
  • ޑ.ރ ރިޔާޒް ޙަސަން

   މައިމޫނާ އެޅި ދުރުވިސްނުމުގެ ފިޔަވަޅުތަކުގެ ސަބަބުން އަހަރުމެން ސަލާމަތުންމިތިބީ..މައިމޫނާ ލިބިފައިވާ ބާރުވެސް އެކަމަނާ ހިފި..ސީދާ އެމްޑީޕީ އާއި ދެކޮޅަށް...އެމްޑީޕީ ކިޔާއެއްޗަކަށް އަޑުނާހާ..އަހަރުމެންގެ ސަލާމަތައް އެކަމަނާބެލީ

 3. ބެއްޔާ

  ނަޝީދު ހިތްހަމަނުޖެހިގެން ކުއްލިހާލަތު އިއުލަނުކުރާއިރު މަޖިލީހުގެ ރުހުންހޯދަން ވަނެކަމަށް ބިލެއްހުށަހެޅީވެސް.

  7
  1
 4. މޭފެއަރ ކުޑޭ

  މިނާޔަށް މިހާރު ހަމަ އެކައްޗެއް ވެސް ތެދު ނުބުނެވޭ ދޯ..

  ކޮންމެ ވާހަކަ އެއްދެއްކިޔަސް ދޮގުނޫން އެއްޗެއް މިކަލޭގެ އަނގައިން ބޭރެއްނުވޭ މިހާރު..

  ކީއްބާ މިވީ..؟

  ރަސޫލާއަށް ހަޖޫޖަހައި ދޮގު ހެދީމަ، މިކަލޭގެ އަބަދު ދޮގުނޫން އެއްޗެއް މިހާރު ނުނިޔެނީ ބާ؟

 5. އަރީ

  މައިމޫނާގެ މޮޅުކަމެއް ނެތް.. މައިމޫނާ އެޅި ފިޔަވަޅުގެ ސަބަބުން މާބަނޑުމީހުނަށް ދަތުރު ނުކުރެވުމުގެ ސަބަބުން ބަނޑަށް ދަރި ނިޔާވި މައްސަލައިގަ ޒިންމާނަގަންޖެހޭނެ.. ﷲ ފެ ރަހުމަތުން އަހަރުމެން ސަލާމަތްވީ.. މައިމޫނާ އަދި އެހެން މީހެއްގެ މޮޅުކަމަކުނެއްނޫން..

  2
  1
  • ނޫން

   މައިމޫނާ އަކީ ރަގަނޅު ބޭފުޅެއް..ތިހެންނުބުނޭ ބަނޑަށް ދަރިފުޅު މަރުވުމުގެ ޒިންމާ ނަގަންޖެހޭނީ ފަރުވާކުޑަ ނަރުހުންނާއި ޑޮކްޓަރުން...އަހަރުމެންގެ ސަލާމަތައް އެޗްޕީއޭ ތިފިޔަވަޅުއެޅީ..ހަގީގަތް ވާނީ ހަގީގަތައް

 6. ހެއްރަބޭ

  ގައުމުގަ ފައްކަނޑަންވެފަ ތިބި އަންހެނުންނާ ، އެހެނިހެން ނިކަމެތީންގެ ދިފާއުގަ ނުކުންނަންވީނު .