އިންޑިއާގެ ސަރުކާރުން ދިން ހާއްސަ ހުއްދައެއްގެ ދަށުން އާސަންދައިގެ ހަރަދުގައި އިންޑިއާ އަށް 28 ބަލި މީހަކު އިއްޔެ ވަނީ ގެންގޮސްފައެވެ. ބަލި މީހުންގެ ސިއްހީ ކަންކަން ދަތުރުމަތީގައި ބެލެހެއްޓުމަށް ދެ ޑޮކްޓަރުންނާއި ފަސް ނަރުހުން ވެސް ދިޔައެވެ. އެމީހުން އިންޑިއާ އަށް ފުރާފައި ވަނީ ކޮވިޑް-19 އަށް ޓެސްޓްކޮށް، ނަތީޖާ ނައްސިވުމުންނެވެ. އެކަމަކު، އެމީހުން އިންޑިއާގައި ތަހަންމަލް ކުރަން ޖެހެނީ މާ ހިތްދަތި ގޮތެއް ކަމަށް އޭގެ ތެރެއިން ބައެއް ބައެއް މީހުން ވަނީ "ވަގުތަށް" ކިޔައި ދީފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެދިވަޑައިގަތުމަކަށް އިންޑިއާ ސަރުކާރުން ދިން ހުއްދައާ އެކު، އެ ގައުމަށް ފުރި 28 ބަލި މީހުންގެ ތެރެއިން ދެ މީހުންނަކީ ސްޓްރެކްޗަގައި ގެންދިޔަ ދެ މީހުންނެވެ. އެ ހުރިހާ އެންމެން ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަން ނުޖެހޭނެ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

އެކަމަކު، ކަން ހިނގައި ދިޔައީ ދިމާ އިދިކޮޅަށެވެ؛

"ވަގުތު" އާ ވާހަކަ ދެއްކި ބަލި މީހުންގެ އާއިލާތަކުން ބުނީ ކަރަންޓީންގައި 14 ދުވަސް ފުރިހަމަ ކުރަން ޖެހިފައިވާ ކަމަށެވެ. އަދި އާސަންދަ އިން މީޑިއާތަކަށް ފޮނުވި ބަޔާނުގައި ވެސް ފުރި މީހުން ދެ ހަފްތާގެ މުއްދަތަށް ކަރަންޓީން ކުރަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ. އަދި 14 ދުވަސް ފަހުން، ކޮވިޑް-19 ހުރިތޯ ބަލަން ޓެސްޓް ކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ. އެމީހުން އިންޑިއާ އަށް ދިއުމުން ވެސް ބައްޔަށް ޓެސްޓް ކުރިއެވެ.

މި ހުރިހާ އެންމެންނަށް ވެސް ފަރުވާ ދިނުމަށް ހަމަޖެހިފައި ވަނީ އަމްރީތާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް އެންޑް ރީސާޗް ސެންޓަރު (އެއިމްސް) ގައެވެ. ކަރަންޓީންގައި ތިބެން ޖެހޭނީ އެތަނުގެ އެކޮމޮޑޭޝަން ބްލޮކެއްގައެވެ.

އާސަންދައިގެ ބަޔާނުގައިވާ ގޮތުން ކަރަންޓީންގެ މުއްދަތުގައި ވެސް އެމީހުންގެ ފަރުވާ ކުރިއަށް ގެންދެވޭނެއެވެ.

"ވަގުތަށް" މައުލޫމާތު ދިން މީހުން ބުނީ ކަރަންޓީންގެ މުއްދަތުގައި ހުރިހާ ހަރަދެއް ކުރަން ޖެހޭނީ އަމިއްލައަށް ކަމަށެވެ. އަދި ކަރަންޓީންގައި ހުންނަ އިރު، ކޮންމެ މީހަކަށް ދުވާލެއްގެ މައްޗަށް 1،000 ރުޕީސް ނަގާ ކަމަށް ވެސް އެމީހުން ބުންޏެވެ.

"އެހެންވެ 14 ދުވަހަށް، 14،000 ރުޕީސް ނަގާނެ. އެއީ ހަމައެކަނި ހުރުމަށް. އެހެންވީމަ އެއީ ދުވާލަކަށް މީހަކަށް 185 ޑޮލަރު. އެންމެ މަދުވެގެން ކޮންމެ އާއިލާއެއްގައި ދެ މީހުން އެބަތިބި،" އިންޑިއާގައި މިވަގުތު ހުރި މީހަކު ކިޔައި ދިނެވެ.

އޭނާ ބުނި ގޮތުގައި ކޮންމެ ކޮޓަރިއެއްގައި 4-6 މީހުން ތިބޭ އިރު، އެނދުތައް ވަކިކޮށްފައި ހުންނަނީ ފޮތިގަނޑެއް ދަމާފައެވެ. ކެއުމަށް ވަކިން ފައިސާ ދައްކަން ޖެހޭ އިރު، ނަގާ ވަރު ވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

"އޯޑަރު ނަގައިގެން ދަނީ. ހީވަނީ 14 ދުވަސް ފަހުން ހެން ބިލް ލިބޭނީ،" އެމީހާ ބުންޏެވެ.

އެމީހާ ބުނީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބޭސްފަރުވާގެ އިތުރުން ކުރަން ޖެހޭ ހަރަދުތަކަށް ދިނީ 2،313ރ. ކަމަށެވެ. އަދި ކަރަންޓީން ކުރަން ޖެހޭ ވާހަކަ އާއި އަމިއްލަ އަށް ފައިސާ ދައްކަން ޖެހޭ ވާހަކަ ބުނުމުން، އިތުރަށް ފައިސާ ހޯދަން ވަގުތު ނުލިބޭ ކަމަށް އޭނާ ބުންޏެވެ. އެހެންވެ، ބޭސްފަރުވާ އަށް ހަރަދު ނުކުރެވިދާނެ ކަމުގެ ބިރު ހީވެފައި އޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން އެއާޕޯޓު ބޭރުގައި ބަހުގައި ވަރަށް ގިނަ އިރު ބޭތިއްބި. ހެނދުނު ކަރަންޓީން ކުރާ ތަނަށް ދެވުނީ. ސްޓޭންޑްބައިގައި ޑޮކްޓަރުން ތިބޭނެ ކަމަށް ބުންޔަސް، ޑޮކްޓަރުންނެއް ނެތް،" އެމީހާ ކިޔައި ދިނެވެ.

އެމީހާ ބުނީ އާންމު ބަލިތަކުގެ ޑޮކްޓަރު އައިސް ބަލާފައި ވަނީ މިއަދުގެ ވަރަށް ފަހުގެ ވަގުތެއްގައި ކަމަށެވެ.

އާސަންދަ އިން ކުރިން ވިދާޅުވީ އިންޑިއާ އަށް މަތިންދާ ބޯޓު ލޭންޑް ކުރާ ގަޑީގައި ހަތަރު ކާރާއި ފަސް އެމްބިއުލާންސާއި ހަތަރު ޓްރެވަލް ބަސް އަދި 21 ޕެރަމެޑިކުންނާއި ހޮސްޕިޓަލްގެ ތިން މެޑިކަލް ކޯޑިނޭޓަރުން ދާނެ ކަމަށެވެ.

ނަމަވެސް ސަރުކާރުގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވި ގޮތުގައި، އިންޑިއާގައި ބޭސް ކުރަން ޖެހޭ މުއްދަތުގައި ދާނެ ހަރަދުތައް ބަލި މީހުންނާއި އެހީތެރިންނަށް ވަރަށް ތަފްސީލްކޮށް ވާނީ ކިޔައިދީފައެވެ. އަދި ހުރިހާ ހަރަދެއް ބަލަހައްޓާނީ އާސަންދަ އިން ކަމަށް އޭނާ ވިދާޅުވިއެވެ.

"ގަބޫލު ކުރަން ޖެހޭ ކަމަކީ، އިންޑިއާ އަދިވެސް އޮތީ ފުރަބަންދެއްގައި ކަން. އެހެންވީމަ އެންމެ އެދެެވޭ ގޮތަކަށް ކަންކަން ނުގޮސްދާނެ. އެކަމަކު، އެންސްޕާގެ ތެރެއިން ހުރިހާ ކަމެއް ކަވަރު ކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން ދެން،" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ބޮޑެތި ބަލިތައް ހުރި މީހުންނަށް އިންޑިއާ އަށް ފަރުވާ ހޯދަން ދެވުނީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

އާސަންދައިގެ ދަށުން އިންޑިއާ އަށް ދެވަނަ ފްލައިޓެއްގައި ދާން 50 އަށް ވުރެ ގިނަ ބަލި މީހުން ލިސްޓްކޮށްފައިވެއެވެ. މީގެތެރެއިން ވެސް އެންމެ ކްރިޓިކަލް ބަލި މީހުން ފަރުވާ އަށް ފޮނުވަން ކުރަން ޖެހޭ މަސައްކަތް އާސަންދަ އިން ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ސަފްނާ

  މީހަކަށް ދުވާލަކަށް 185ޑޮލަރ ތީ ހިސާބު ދިމާނުވޭ..14ދުވަހަށް ވާވަރު ކަމަށް ވެދާނެ.

  55
  7
 2. އެހީތެރިޔާ

  ޢާން މު ދިވެހިންގެ ވިސްނު މާއި އިންޑިޔާ މީހުންގެ ވިސްނުން މިމިހުންނަނީ ކޮން ފަދަ އަކުން ބާއޭ ހިތަށް އަރާ! 🙁

  މީޑިޔާ ގައި އަބަދު ޝަކުވާ އާއި ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ހުންނަ ތަން ފެންނަނީ.

  5 ސްޓާރ ދިރިއުޅުން ނޫން ވިސްނު މ މެއް ނުހުރޭ.

  48
  18
  • ވގ ޔނ

   އިންޑިޔާއައް މިދަނޑިވަޅު ނުދެވިދެން ހީވީ ދުނިޔެ ބޮލައް ވެއްޓިގެން އުޅުނުހެން ގަބޫލްކުރަން ރާއްޖޭން ލިބެން ނެތްފަރުވާކުރަން ބޭރައްދާންޖެހެނީ. މިވަގުތު އިންޑިޔާއައް ފަރުވާކުރަން ދެވުނުކަމައް ސުކުރުކޮއްބަލަ ދެން ސަރުކާރުންތަ ތިހުރިހާހަރަދެއްކުރަންޖެހޭނި ބޭރައް ނުދެވުނީމަވެސްގޯސް ދެވުނީމަވެސް ގޯސް މިނޯންނާނެ ރަގަޅު އެއްގޮތްވިސް

   31
   7
 3. Anonymous

  1000 ރުޕީސް.18.5 ޑޮލަރު

  30
 4. ޢައިޝާ

  ދުވާލެއްގެ މައްޗަށް 1،000 ރުޕީސް، 14 ދުވަހަށް
  14،000
  14000 ރުޕީސް އަކީ 185 ޑޮލަރު. ޢެހެންވީމާ 185 ޑޮލަރަކީ 14 ދުވަހުގެ ކަރަންޓީނު ފީ. ޢެއީ އެއްދުވަހުގެ ފީއެއް ނޫން.
  ފުރުމުގެ ކުރިންވެސް ކަރަންޓީނު ކުރާނެ ކަން އޮތީ އަންގާފަ.
  ޢެއްވެސް އާއިލާއަކަށް 2 މީހުން ގެން ދިއުމަށް ހުއްދައެއް ލިބިފައި ނުވާތީ ކޮންމެ ބަލިމީހެއްގެ ފަރާތުން ދެވުނީ އެންމެ މީހަކަށް...

  43
 5. ޣއގ

  1000 ރުޕީސް އަކީ 10ވަރަކަށް ޑޮލަރު

  11
  2
 6. ގެރިސަންދަ

  1000*65=15.38*14ދުވަސް 215 ޑޮލަރު މީހަކަށް!

  4
  6
 7. ޢަންގްރޭޓްފުލް

  މިކަހަލަ ދަތި ދަޑިވަޅެއްގަ ފަރުވާ ހޯދަން ނުދެވި އެތައް ސަތޭކަ ބަޔަކު ތިއްބާ ދެވުނީތީ ޝުކުރު ކޮށްބަލަ.

  25
  6
 8. ރައްޔިތުން ހޭއަރާކަށް ނުވޭތޯ؟

  ރައްޔިތުންނޭ ކަލޭމެން ތިތިބީ ބީތާވެފަތޯ ޖާހިލުގެ ވަގުސަރުކާރުގެ ރައީސް ކިނބޫ އަތުން ލާތިޔެއް މަދުވެދާނެތީ ބޮލުން ނަށްޓާލުމަށް ކުރިކަ ކަމެެއް ބަލިމީހުންތަ ކަށް އޮޅުވާލައި ގެން އިންޑިޔާއަށް ފޮނުވާލީ އަދިވެސް އެމްޑީޕީ މީހުންގެ މަ ކަރުވެރި ކަން ދަސްނުވަނީތޯ؟

  12
  12
 9. ދޯދި

  ލިޔުންތެރިޔާ ބޭނުންވަނީ ކިޔާއެއްޗެއް ދިމާނުވިއަސް ސަރުކާރުގެ ގޯސްކަން ދައްކަން ލިޔާނެ. ހައްޖަށް ދިޔަޔަސް މައްސަލަ ދިމާވާނެ.

  25
  6
 10. ހެޔޮނުވާނެ މިސަރުކާރު އިސްލާހުކުރަން ރައްޔިތުން ތެދުވާކަށްނުވޭތޯ

  ރައްޔިތުންނޭ ހޭއަރާބަލަ މިސަރު ކާރުން ދަ ކާވާހަ ކަ ގަބޫލުކުރާނީ ބީތާވެފަ ތިބިބައެއް ކޮންއާސަންދައެއް އެއްވެސް އެހީއެއް ނުލިބޭނެ މުޅިންވެސް އޮޅުވާލުން މަ ކަރު ހެޔުވާނެ މިސަތު ކާރު ބަދަލު ކުރަން ޔައްޔިތުން ނި ކުމެބަލަ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއިންޑިޔާ ގައި ކޮވިޑުގެ ނުރަށް ކާ އެހާބޮޑުވެފަ އޮށްވައި ރާ އްޖޭގައި ތިބި ނި ކަމެތިހާލުދެރަ ބަލިމީހުން ގެންގޮސް އަޅާލީމަ ވާނެގޮތާމެދު ތިރައްޔިތުން ވިސްނާލަބަ މިސަރު ކާރު އައިފަހުން ކުރިމަތިވަމުން ދާ ކަންތައްތައް ހަމަނޭގެނީބާ!

  8
  11
 11. ސޭކްސްތާން

  ބަލި މީހުން ފޮނުވާލައިފިއެއްނު. އެވާހަކަ ހުރިހާ ނޫސްތަކެއްގެ ފަލަ ސުރުޚީއަށް އަރައިފިއެއްނު. ރައްޔިތު ދެރަ ނިކަމެތި މީހުން ވީހާަލެއްގައިވޭ. އަތަށް ގޮއްވާނުލާ ހަމައެއްކަމެއްވެސް މި ލާދީނީ ސަރުކާރުން ނުކުރާނެ.

  15
  6
 12. ވގ ޔނ

  އިންޑިޔާއައް މިދަނޑިވަޅު ނުދެވިދެން ހީވީ ދުނިޔެ ބޮލައް ވެއްޓިގެން އުޅުނުހެން ގަބޫލްކުރަން ރާއްޖޭން ލިބެން ނެތްފަރުވާކުރަން ބޭރައްދާންޖެހެނީ. މިވަގުތު އިންޑިޔާއައް ފަރުވާކުރަން ދެވުނުކަމައް ސުކުރުކޮއްބަލަ ދެން ސަރުކާރުންތަ ތިހުރިހާހަރަދެއްކުރަންޖެހޭނި ބޭރައް ނުދެވުނީމަވެސްގޯސް ދެވުނީމަވެސް ގޯސް މިނޯންނާނެ ރަގަޅު އެއްގޮތްވިސް

  17
  7
 13. އެމަންޖެ

  ދެވިގެން ފަރުވާއެއްދެވިއްޖާތަ ކަމެއްވީކަމައް ވާނީ.

  8
  1