ގުޅީފަޅަށް ޕޯޓު ބަދަލު ކުރުމަށް މިހާރު ގުޅީފަޅު ހިއްކުމަށްފަހު އެ ސަރަހައްދުން 6،000 ފްލެޓު އެޅުމަށް ބޭނުންވާ ބިން ހާއްސަ ކުރަން ސަރުކާރަށް ހުށަހެޅުމަށް އެންވަޔަރަމަންޓު އެންޑް ކްލައިމެޓު ޗޭންޖު ކޮމެޓީން ނިންމި ރިޕޯޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ހެދުމަށް އެ ފަޅުން 192 ހެކްޓަރު އަންނަނީ ހިއްކަމުންނެވެ. އަދި އެ މަޝްރޫއު ކުރިޔަށްދާއިރު ވިލިމާލެ ފަރަށް ގެއްލުންވާ މައްސަލާގައި އެންވަޔަރަމަންޓު ކޮމެޓީން ވަނީ ކަމާ ގުޅުންހުރި އިދާރާތަކާއި ބައްދަލުކޮށްފައެވެ. އެ މައްސަލަ ބެލުމަށް ފަހު އެ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ އެ މަޝްރޫއަކީ ތިމާވެއްޓަށް އިޔާދަނުކުރެވޭ ފަދަ ބަދަލެއް އަންނާނެ މަޝްރޫއެއް ކަމަށެވެ.

މަޝްރޫއުގެ އެންވަޔަރަމެންޓަލް ކޮސްޓް އިތުރަށް ޖަސްޓިފައި ކުރުމުގައި މަޝްރޫއުގެ ސޯޝަލް އަދި އިކޮނޮމިކް ބެނިފިޓް އިތުރުވެގެން ދިއުމަކީ މުހިންމު ކަމެއް ކަމަށް އެންވަޔަރަމަންޓު ކޮމެޓީން ވަނީ ބުނެފައެވެ. އެހެންކަމުން ގުޅީފަޅުން ހިއްކާ ބިމުގެ 15 ޕަސެންޓަކީ ދިރިއުޅުމުގެ ބޭނުމަށް ބޭނުންކުރާ ބިމުގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ހުށަހަޅާފައެވެ. އަދި އެ ބިމުން 6،000 ފްލެޓު އެޅުމަށް ބިން ކަނޑައެޅުމަށް ވަނީ ހިމަނާފައެވެ.

އެންވަޔަރަމަންޓު ކޮމެޓީން ގުޅީފަޅު ހިއްކުމާއި ގުޅޭގޮތުން ދިރާސާ ކުރި މައްސަލަ ނިންމާ މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓު ފާސްކުރީ 65 މެންބަރުންގެ ވޯޓުންނެވެ.

ގުޅީފަޅަށް ޕޯޓު ބަދަލު ކުރުމަށް މިހާރު ގުޅީފަޅު ހިއްކުމަށްފަހު އެ ސަރަހައްދުން 6،000 ފްލެޓު އެޅުމަށް ބޭނުންވާ ބިން ހާއްސަ ކުރަން ސަރުކާރަށް ހުށަހެޅުމަށް މަޖިލީހުން ފާސްކުރިއިރު ގުޅީފަޅަށް ޕޯޓު ބަދަލު ކުރުމަށް މިހާރު ގުޅީފަޅު ހިއްކުމަށްފަހު އެތަނުން މާލޭގެ ރައްޔިތުންނަށް ބޯހިޔަވާހިކަން ދިނުމުގެ ގޮތުން އެރަށުން ގޯތި ދޫކުރުމާއި މެދު މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވަނީ ވިދާޅުވެފައެވެ.

އަސްލަމް ވިދާޅުވީ ދިރިއުޅުމަށް ކަނޑައެޅޭ ބިންތަކެއް ގުޅިފަޅު ޕްރޮޖެކްޓުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ހިމެނޭނެ ކަމަށެވެ.

ނަމަވެސް އެތަނަކީ ޕޯޓު ސިޓީއެއް ކަމަށާއި ގުޅީފަޅު ޕޯޓާއި އެކުގައި ނޯތު ހާބަރަށް ލުއިތަކެއް ލިބިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެތަން ތަފާތު ތަނަކަށް ވެގެން ދާނެ ކަމަށާއި ނަމަވެސް އެތަނުން އާއްމުންނަށް ކޮންމެވެސް ވަރަކަށް ބިންވެސް ކަނޑައެޅިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަސްލަމް ވަނީ މާލޭގައި 21،013 އާއިލާއަކަށް ބޯހިޔާވަހިކަން ބޭނުންވާ ކަމަށެވެ. ގުޅީފަޅުން ދިރިއުޅުމަށް 1200 ބިން ނެގޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމަންޖެ

    ތިޔަބިމުގަ ފަންޖިފުޓިގަނޑެއްވެސް މޑޕ އައް އެޅިއްޖާ ބުނާނަން ވަރައް ބޮޑު ކަމެކޭ ރައްޔިތުންނައް ތިޔަ ކޮއްދެވުނީ ، އަންނިޔައް އޮންނާނީ ބޮޑުވަޒީރަކައް ވެގެން ކަންކަން ފާސްކުރުން.

    10
  2. އައްޓަމަސް

    މަ ނިންމައިފިން ދިވެހިންނަށް 120000 ފުލެޓު އަޅައިދޭން ސަރުކާރަށް ގޮވާލަން ފުލެޓު އަޅާނެ ބިން ދިނުމަށް މަދިރި ދުނިޔެގައި 1000 އަހަހރު ހުރެޖެނަމަ ފުލެޓުގެ ކުރެހުން ރައްޔިތުންނަށް ދައްކާލާނަން

  3. ޢަމަދު

    ފުލެޓޭއްނުން ބިން ދޭންޖެހޭނީ މާލޭ ރަތްޔަތުންނައް، ކޮބާ އަންނި އަހަރުމެންގެ ގެއައް އައިސް ކުރި ވައުދު! ވޯޓު ލިބުނީމަ ހަދާންނެތުނީ!