ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕްކުރި ކަމަށް ކުރާ ތުހުމަތުތަކާއި ގުޅޭގޮތުން މީޑިއާއިން ރިޕޯޓްކުރި ގޮތް ބަލާ ދެއްވުމަށް އެދި ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލަށް ސިޓީއެއް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން ނިންމަވައިފިއެވެ.

މިއަދުގެ ކޮމިޓީގައި އެ ކޮމިޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ރާއްޖޭގެ އޮންލައިން ދެ ނޫހެއް ކަމަށްވާ "މިހާރު" އޮންލައިން އަދި "މެންދުރު" އޮންލައިންގައި ސަފާރީގައި ރޭޕްގެ ޝިކާރައަކަށްވި މީހާގެ ބަސްތީގަތުމެއް ކަމަށް ބުނާ ބަސްތީގަތުމެއް ރިޕޯޓްކޮށްފައިވާއިރު، އެ ދެ ނޫހުގައި ހުރީ ތަފާތު މައުލޫމާތުތަކެއް ކަމަށެވެ.

އަދި އޭގެ ތެރެއިން މެންދުރު އޮންލައިން އަކީ ރެޖިސްޓްރީ ކޮށްގެން ހިންގާ ނޫހަކަށް ނުވާތީ، އެ ނޫހުން މައުލޫމާތު ހޯދި ގޮތް ބެލުމުގައި މީޑިއާ ކައުންސިލަށް ވެސް ދަތިތައް ހުންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ޗެނަލް 13އިން މެންދުރު އޮންލައިންގެ އެ ރިޕޯޓް އޮތް ގޮތަށް ތަކުރާރުކޮށް ބްރޯޑްކާސްކުރާ ކަމަށާއި، އެ ރިޕޯޓް ބްރޯޑްކާސްޓް ކުރަނީ އެ ރިޕޯޓްގެ ސައްހަކަން ކަށަވަރު ކުރުމަށްފަހުގައިތޯ ބްރޯޑްކާސްޓިން ކޮމިޝަނަށް ބެލޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކި އެކި މީޑިއާގައި އެކި ގޮތްގޮތަށް މި ރޭޕްކޭސް އާއި ގުޅިގެން ވާހަކަތައް ލިޔެވެމުންދާތީވެ، ބްރޯޑްކާސްޓިން ކޮމިޝަން އާއި މީޑިއާ ކައުންސިލް މެދުވެރިކޮށް މި ނޫސްތަކުންނާއި ޓީވީތަކުން މި ދައްކާ ވާހަކަ ކިހާވަރެއްގެ ހަގީގަތެއްތޯ. ކިހާވަރަކަށް ވެރިފައިކޮށްގެންތޯ އެ ވާހަކަ އެ ދައްކަނީ، އެ ބަލާލުމަށް. މިހެން މިދެންނެވި ސަބަބަކީ އެކި މީޑިއާގައި އެކި ގޮތަށް ހުރީމަ މީޑިއާއަކުން އެ ދައްކަނީ ތެދު ވާހަކަ އަކަށް ނުވާނެ." ރޮޒައިނާ ވިދާޅުވިއެވެ.

މި ވޭދަނަ އާއި ގުޅިގެން އެންމެ ފުރަތަމަ ކުރީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާ އަށް ނިސްބަތްވާ އަންހެނަކު ރޭޕް ކުރި ކަމުގެ ތުހުމަތެވެ. އެހެންނަމަވެސް ފަހުން އޭނާ "މިހާރު" ނޫހަށް ދިން އިންޓަވިއުގައިވާ ގޮތުން އޭނާ އަށް ޖިންސީ ގޯނާ ކުރި ނަމަވެސް ރޭޕް ކޮށްފައެއް ނުވެއެވެ. އަދި ތުހުމަތު ކުރާ މީހުންނަށް ދައުވާ ކުރަން ބޭނުން ނުވާކަން އޭނާ ވަނީ ހާމަކޮށްފައެވެ.

މި މައްސަލަ އަށް ސިޔާސީ ނުފޫޒު ފޯރުވާ ކަމަށާއި، ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރާ މީހުންގެ މައްސަލަ "އޮއްބަން" މަސައްކަތް ކުރާ ކަމަށް ބައެއް މަޖިލިސް މެމްބަރުން ވެސް ވަނީ ތުހުމަތުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ލުޓޭރުންގެ ސަރުކާރު

    މީޑިޔާތައް އުވާލާފަ މޑޕއަށް ސަނާކިޔާ ރޓީވީއާ ޕސމ ބާއްވާ...ޑިމޮ ކުރަސީ ދޮންވާނީ މިހާ ކަށްހާވަރަށް...ޗެނަލް13އުވާލިޔަސް ޗެނަލް 19ވެސް ހެދިދާނެ..އެހެންވީމަ މީގެފަހުން އެއްވެސް މީޑިޔާއެއް އަލުން ރަޖިސްޓްރީ ކޮއްދިނުންވެސް މަނާ ކޮއްފަ މަޖުލިހުން ރުހުންލިބިގެން ނޫނީ ނޫސްވެރިންނަ ބަހެއް ނުބުނެވޭގޮތަށް ހަދާލާ...

  2. އަހުމަދު

    ވަކި ކަހަލަ މީހެއްގެ ރޭޕްކޭސް އެއް ވީމާ ހާދަ ފޯރިއެއް އެބަހުއްޓޭ އެވާހަކަ ދައްކާ މީޑިއާތައް ހޭއަރުވާލަން! މީޑިއާތަކުން ދައްކާ އެހެން އާދައިގެ މީހުންގެ ވާހަކަ ތަކަށް ވެސް ތިވަރުއަރުވާލަންވާނެއްނު؟

  3. އަބްދޫ

    ދަ އެކްސްޕްރެސް ނިވްސް ރުވަންޑާ ގަ މި ރޭޕްގެ ހަބަރު ގެނެސް ދީފަ ހުރި އެމަންޖެ މައުމުމާތު ދީގެންނޫންބާ ؟ އެމައުލުމާތު ތަކާ މެންދުރު އޮންލައިނާ ދިމާވޭތަ ؟ އެހެންކަމަށްވާނަމަ މިހާރުގެ ލިއުމުގާ މައްސަލަ ހުރެދާނެ.

  4. ދިވެހި ފިލްމު " އެ ސަފާރީ "

    ހައްހައްހާ ހާ ހާ
    ސަފާރީ ރޭޕްކޭސް، މީޑިއާތަކުން ރިޕޯރޓްކުރީ ސަފާރީއެއް އަންހެނެއްގެ ގަޔަށް އަރައިފި، ސަފާރީ އަންހެނެއްގެ ގަޔަށްއަރާފާމިވަނީ ސަފާރީ ކޮންޓްރޯލް ނުކުރެވިގެން ކަމަށް އެ ސަފާރީގެ ކައްޕި ބުނެފައިވާކަމަށް..... މީ ނޫންތޯ މީޑިޔާތަކުން އެ ޚަބަރު ލިޔުންގޮތަކީ... ދެން ކޮން އިތުރުވާހަކައެއް ދައްކާކަށް. އެމައްސަލައިގަ ކުއްވެރި ވަނީ އެ ސަފާރީ.....

  5. ެއަލިފު

    އެންމެ ފަހުން ނޫސްތައް ކުއްވެރިވެގެން މިކަން ނިމޭނީ ހައްހާ
    މިއޮތީ ވާ ދުނިޔެއެއް
    ރޮޒައިނާ ރޮއި އާދޭސް ކޮށްގެން ބޮޑު ދައިތަ މަގާމުގައި ބެހެއްޓިދޯ
    އާމިރާގެ މައްސަލަ ބަލާބަލަ ކޮމިޝަން މީޓިން ތަކުގަިއ މޭޒުގައި އަތްޖަހާފައި ބުނެޔޯ
    ތިމަންނަ މީ މިސަރުކާރުން އައްޔަނު ކުރި މީހެކޯ ... ވައްކެއް ނުކުރެވޭނެޔޯ ރައީސް އަލީ ޝަމީމް ވެސް ބިރުން ވިރިވިރި ކޮބާ އަލީ ޝަމީމް ފަނޑިޔާރު އަބްދުﷲ ދީދީ ވަކި ކުރަން ތެޅިގެން ރީތި މޮޅެއް ވެއްޖެއެއްނު އަދި އަމިއްލަ އަށް އެދިގެން އެތަހުގިގުގަިއ ބައިވެރިވީ ހައްހާ

  6. އަލި

    ހަރުސީދީގެ ޖޫރިމަނާއަށް ވެގެން މިކަން ނިމޭނީ
    ނޫސްތައް ކުއްވަރިވާނީ

  7. ލޫޓުވާ

    ރައްޔިތުންގެ މަޖްލިިހުގައި އުޅޭ އަންހެނުންނާއި އެމީހުނެގ ފިރިންނަށް ރޭޕްކުރުމުގެ ހުއްދައެއް ދެވިފަ އޮންނަހެން ހީވޭ މެމްބަރުން ވާހަކަ ދައްކާގޮތުން. މެމްބަރުންގެ ޢާއިލާ މީހުންގެ މައްޗަށް ޤާނޫނު ނުހިނގާ.