ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ މީހުންގެ ތެރެއިން އެކި ސަބަބު ތަކާއި ހުރެ އެނބުރި ގައުމަށް ފޮނުވާލާ މީހުންނާއި ގަވާއިދާއި ހިލާފަށް އުޅޭ މީހުންގެ ތެރެއިން މިއަދު އިތުރު 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.

މޯލްޑިވިއަނުން ބުނީ، މިއަދު 200 ބަންގްލަދޭޝް މީހުން ގޮވައިގެން އެ އެއާލައިންގެ ފްލައިޓެއް މިއަދު އެގައުމުގެ ވެރިރަށް ޑާކާއަށް ފުރާފައިވާ ކަމަށެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ބިދޭސީން ރާއްޖެ އިން ފޮނުވައިލުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ރާއްޖޭގައި ސައްހަ ލިޔުމެއް ނެތި އުޅެމުންދިޔަ ބިދޭސީންތަކެއް ވަނީ ފޮނުވާލާފައެވެ. އަދި އެނޫންވެސް ސަބަބުތަކާއި ހުރެ ގިނަ ބަޔަކު ވަނީ ފޮނުވާލާފައެވެ.

އަދި މީގެ އިތުރުން، ތޮއްޖެހިގެން ކުދިކުދި ތަންތަނުގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭތީ އެމީހުން އެހެން ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މިހާތަނަށް އައިއިރު، ރާއްޖެއިން ގިނަ އަދަދެއްގެ ބިދޭސީން ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނޭ ގިނަ ބިދޭސީންނަކީ ތޮއްޖެހިފައި ތަންތަނުގައި ދިރިއުޅެމުން އައި ބިދޭސީންނެވެ.

މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 3000 އަށް ވުރެ ގިނަ ބަންގްލަދޭޝް މީހުން އެނބުރި ގައުމަށް ފުރުވާލާފައިވެއެވެ. އޭގެ ތެރޭ ސައްހަ ލިޔެކިޔުން ނެތް 2500 އަށް ވުރެ ގިނަ މީހުން ހިމެނެއެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން ފައްސިވެފައިވާ މީހުންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމިގިލީ މީހާ

    ގަވައިދާ ހިލާފައް އުޅޭ، އެއްވެސް ލިޔެކިއުމެއް ނެތް ބަންގާޅީއަކު މާމިގިލީ ފިހާރައެއްގެ ސޭޓަކަށް މިހާރުވެސް އެބައުޅޭ.. ސަރުކާރުން ކޯޗެއްތަ ބަލަނީ.

  2. ފެކްޓް

    ތިކަން ތިގޮތަށް ނުވާނެ. ތިކަން ހަޤީްަތުގަވެސް ކުރަން ބޭނުންވަންޏާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ކޮންމެ ރަށެއްގެ ރަށު ކައުންސިލާއި އެރަށެއްގައި ނުޤަވާޢިދުން އުޅޭ ބިދޭސީން ހޯދާ ޤައުމަށް ފޮނުވާލަން ޖެހޭ މީހުންގެ ލިސްޓު އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވާ ގޮތަށް ހަމަޖައްސާބަލަ. އަދި އެއަތޮޅެއްގެ ސިނާއީ މަސައްކަތް ކުރާ ރަށްތަކުވެ ނުޤަވާޢިދުން އުޅެ މީހިން އަޓޮޅުކައުންސިލުން ހޯދާ އިކޮނޮމިކް މިނިސްޓްރީއަށް ރިޕޯޓްކުރާ ގޮތަށް ޖަމަ ޖައްސަންވީ. މިބިރުގަ މި ހޯދުނު މީހުން ފޮނުވާ ލުމަށްފަހު 2 ވަނަ ފިޔަވަޅަކަށް މިނިސްޓްރީން ޤައުމުގައި އަތްފުނާ އަޅަންވީ ކައުންސިލް ތަކުގެ ކޮރަޕްޝަނުގެ ތެރެއިންނަމަވެސް ދޫވެފަ ތިބޭމިހުން ހޯދަން. މިވެސް ވޯކް ކުރާނީ މިނިސްޓްރީން ކޮރަޕްޓް ނުވިއްޔާ.
    ކަމެއް ކުރަން އުޅެގެންތާ ވާނީ! މިހާރު ފެންނަ މަަންޒަރުތަކުން އެނގެނީ، ބައެއްގެ ލޮލުގަ އަދުން އަޅުވަން ފަރަށްދާ އުސޫލުން ކަމެއް ކުރާކަން. ނުވަތަ ވަކި ބަޔެއްގެ ނުފޫޒުން ކަމެއް ކުރިޔަށް ނޮގޮސްގެން އުޅޭހެން.