ކޮވިޑް-19 ގެ ސަބަބުން ހުއްޓާލާފައިވާ އެތެރޭގެ އުދުހުންތައް މާދަމާއިން ފެށިގެން ފަށާނެ ކަމަށް ގައުމީ އެއާލައިން މޯލްޑިއިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަނުން ބުނީ، އެތެރޭގެ އުދުހުންތައް މާދަމާ ފަށާއިރު، ފަސިންޖަރުންގެ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ޗެކިން ކުރާ ވަގުތު އެޅުން މުހިންމު ކަމަށެވެ. އެގޮތަށް ފުރާ ބޭފުޅުން އެޗްޕީއޭގެ އިން ދޫކޮށްފައިވާ ދަތުރުގެ ހުއްދަ ޓިކެޓު ނެގުމުގެ ކުރިން އަދި ފަހުން ދައްކަން ޖެހޭނެއެވެ.

މޯލްޑިވިއަން އިން ވަނީ އެގޮތަށް މާލެއިން ރައްތަކަށް އަދި ރައްތަކުން މާލެއަށް ދަތުރު ކުރާ ދަތުރުވެރިން އަމަލު ކުރަން ޖެހޭ ގައިޑްލައިނެއް އާންމު ކޮށްފައިވާ ކަމަށެވެ. މާލެއިން އެހެން ރަށްތަކަށް ދަތުރު ކުރާ ދަތުރުވެރިން އެޗްޕީއޭގެ އުސޫލާއި އެއްގޮތަށް ގޭގައި ކަރަންޓީނުގައި ތިބެން ޖެހޭނެ ކަމަށެވެ. އެޗްޕީއޭގެ "ހާލުބެލުން" ޕޯޓަލްއަށް ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި ގޭގައި ކަރަންޓިނުވުމަށް އެދޭ ފަރާތްތަކަށް ހުއްދަ ލިބިއްޖެނަމަ އެސްއެމްއެސް މެދުވެރިކޮށް އެޗްޕީއޭއިން އެކަން އަންގާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިގޮތަށް ކަރަންޓީނުވާން ބޭނުންވާ ފަރާތްތަކުން ފުރުމުގެ ކުރިން ކަރަންޓިނު ވެވޭނެތޯ އެޗްޕީއޭއިން ހުއްދަ ދީފައިވާ ކަން 'ހާލުބެލުން" ޕޯޓަލް މެދުވެރިކޮށް ބަލަން ޖެހޭނެ ކަމަށާއި ފުރަން އޮތް ދުވަސް ބަދަލުވެއްޖެ ހާލަތެއްގައިވެސް އެދުވަސް ޕޯޓަލްގައި އާ ކުރަން ޖެހޭނެ ކަމަށް މޯލްޑިއަނުން ވަނީ ބުނެފައެވެ.

މީގެއިތުރުން މާލެއިން ފުރާ ބައެއް ނަމަ ގޭގައި ކަރަންޓީނަށް ފުރާ ބައެއްކަން އެނގޭ އިގުރާރެއްގައި ސޮއި ކުރަން ޖެހޭނެ ކަމަށް މޯލްޑިއަނުން ވަނީ ބުނެފައެވެ. ރަށްތަކުން މާލެ އަންނަ ބައެއް ނަމަ ނޭޝަނަލް އެމަޖެންސީ އޮޕަރަޝަން ސެންޓަރު (އެންއީއޯސީ) އަދި ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހޯދަން ޖެހޭ ހުއްދަ ހޯދަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނން

    އެހެނެއް ކަމަކު އިއްޔެ ފޮނުވި މުސާރަ ކުޑަކުރާނެ ކަމުގެ މެމޯ. ފިނޭންސް މިނިސްޓްރީން އަންގައިގެންނޯ. ފައިދާ ވިޔަސް ތި މިނިސްޓްރީން ނާންގާ ލާރިއެއް އިތުރަށް ދޭން. އަނެއްކާ މެމޯގަ އޮތީ އޮފު ދުވަހަށް ވެސް އެއްވެސް އެއްޗެއް ނުލިބޭ ގޮތަށް. ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

  2. ޔާޔާ އިޕިއިޕި

    ފުރަތަމަ މޯލްޑިވިއަންއިން އެޗްޕީއޭކައިރީގަ ބުނެބަލަ މާލެއިން ރަށަށް ކަރަންޓީންއަށްދާންވެސް ތަންކޮޅެއް ފަސޭހަކޮށް ހުއްދަދޭގޮތެއް ހަދާދީބަލާށޭ! އެއިރުންދޯ ދަތުރުކުރެވޭނީ!

  3. މޮހޮނު 123

    ގައުމީ އެއަރލައިނުން މިހާރު ކުރަންވީ ކަމަކީ، ރާއްޖެއްށް ޓުއަރިސްޓުން އެންމެގިނައިން އަންނަ ޤައުމުތަކަށް ސީދާފްލައިޓްތައް ފަށަންވީއެވެ. އެއީ ރައްކާތެރި ޓުއަރިޒަމް ކުރިއަށް ގެންދިއުމަށް މުހިންމުކަމެކެވެ. އަދި އެއަރލައިން ކުރިއަރުވަންވެސް ރަނގަޅުފުރުސަތެކެވެ. އެކަމުގެ ކެޕޭސިޓީ ހޯދޭނެގޮތްތައްވެސް ހުންނާނެއެވެ.