އާއާއްމު ހާލަތުގެ އުސޫލުތަކާއި އެއްގޮތައް ސަރުކާރުގެ އޮފީސްތައް މާދަމާ ހުޅުވާގޮތަށް އޮތް އޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ބަދަލު ކުރައްވަައިފިއެެވެ.

މިއަދުގެ ވަގުތެއްގައި ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ، އާއާއްމު ހާލަތުގެ އުސޫލުތަކާއި އެއްގޮތައް މާދަމާ އިން ފެށިގެން ސަރުކާރު އޮފީސްތައް ހުޅުވާނެ ކަމަށެވެ. އަދި ފިހާރަތަކާއި ކެފޭތަކާއި ރެސްޓޯރެންޓްތަކުގެ މަސައްކަތް ވެސް މާދަމާ ފެށިގެން ދާނެ ކަމަށެވެ.

އެހެން ނަމަވެސް މި ނިންމެވުން މިހާރު ވަނީ ބަދަލު ކުރައްވާފައެވެ.

ފަހުން ރައީސް ނެރުއްވި ދެންނެވުމެއްގައި ވިދާޅުވީ، މާދަމާ އާއި އަނެއް ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވާނީ ސަރުކާރުން ކޮންމެހެން ދޭން ޖެހޭ ޚިދުމަތްތައް ދިނުމަށް ކަމަށެވެ.

ރައީސްގެ އެ ދެންނެވުމުގައި ވިދާޅުވެފައި ވަނީ މި މުއްދަތުގެ ތެރޭގައި އިދާރާތަކަށް ރައްޔިތުން ހާޒިރުވެގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު، އާންމުކޮށް ހުޅުވައި ނުލާނެ ކަމަށެވެ. އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެ އިދާރާއެއްގެ އެންމެ އިސްވެރިޔާ ކަނޑައަޅާ ގޮތެއްގެ މަތިން، ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެ އިދާރާއަކުން ދިނުމަށް އެ ދެންނެވުމުގައި ވެއެވެ.

އެ ދެންނެވުމުގައި އިތުރަށް ވަނީ، ސަރުކާރުގެ އޮފީސްތައް ހުޅުވަން ހަމަޖެއްސި ވަގުތުތަކުގެ އިތުރުން އެހެން ވަގުތެއްގައި ސަރުކާރުގެ އިދާރާއެއް ހުޅުވައިގެން ކޮންމެހެން ޚިދުމަތެއް ދިނުމަށް ޖެހިއްޖެ ހިނދެއްގައި، އެ އިދާރާއެއްގެ ވަޒީރު ނުވަތަ އެންމެ އިސްވެރިއަކު ކަނޑައަޅާ ގޮތެއްގެ މަތިން އެ އިދާރާއެއް ހުޅުވައިގެން ޚިދުމަތްތައް ދިނުމަށެވެ.

އަދި ސަރުކާރުގެ އޮފީހެއް ހުޅުވައިގެން ޚިދުމަތްތައް ދޭނީ އެ އޮފީހަކުން ދެއްވާ ޚިދުމަތްތަކުގެ ތަފްސީލު ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އެ އޮފީހަކުން ހުށަހެޅުމުން، އެ އެޖެންސީން ކަނޑައަޅާ ގޮތެއްގެ މަތިން އަދި އެ އެޖެންސީން ކަނޑައަޅާ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަމަށް އެ ދެންނެވުމުގައި ވެެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ގޭދޮށު ގަރުދިޔަ ފެކްޓަރީ

    މީ ދެން ކިހާބޮޑު ބަލާއެއް. ލައިސެންސް ދޫނުކޮށް ޖޫރިމަނާކުރަނީ

    30
    1
  2. ހިންނަވަރޭ

    ޢޮޅިގެން ދޯ؟

    31
  3. ރަބަރޭ

    “އޮޅިގެން”ސަރުކާރު އޮފީސްތައް ހުޅުވޭނެ ކަމަށް ވިދާޅުވެވުނީ ކަމަށްވާނީ
    ބޮޑުވަރު

    38
  4. ހުވަފެން

    ހުވަފެނެއް ފެނުނީތަ ފަހަރަކު ގޮތަކައް ތިކިޔަނީ

    37
    1
  5. ދުންތަރި

    ސާބަސް ވާ ނުވާ ނޭނގޭ އެހެންވާނީ ސަރުކާރު އޮތީ ކުޑަކަކޫމައްޗަށް ތިރިވެފަ ވެރިޔަކީ ކޮބައިކަމެއް ނޭނގޭ ހިންގަނީ ކޮން ދިމާއަކުންކަމެއް ނޭނގޭ އޮޅުން ބޮޅުންގަޑެއްގެ ތެރޭގަ މިވާ ސަރުކާރެއް މިކަހަލަ ރޯނު އެދުރުން ކަންކމަށް ލައިގެން ސަރުކާރު ހިންގާނެ ގޮތެއް ހަމަނޭނގޭ ލަދުން ބޯ ހަލާކުވާ ވަރުވޭ

    38
  6. އޮޅުމެއް

    މައާފު ކުރައްވާ އޮޅުނީ

    35
  7. ޥަނުވަަ

    ހިދުކޮޅުގަ ހުރިގަޑީގަ ބުނެވުނީ ސޮރީ 🤣🤣🤣🤣

    23
  8. ސަނީލިއޯން

    ލައިސެންސް ނުލިބޭތާ 3 މަަސްދުވަހަށްވުރެ ގިނަދުވަސް މިވަނީ އެންމެ ކުޑަމިނުން ޓެސްޓު ހަދަން ހުއްދަ ދޭންވީނުން މަ ހުރެދާނަން ނޭވާ ނުލާވެސް ޝީލްޑާ މާސްކާ ގޮގްލްސް އަޅައިގެން

  9. ނަހޫ

    އެއީ މާދަމާ އެތެރޭގެ އުދުހުންތައް ފަށާތީ މިނިސްޓަރުން ކުޑަ ވެކޭއެއް ހަދާލަންވެގެން

  10. އަހުމަދު

    ދުވަހު ސަރުކާރުގައި ނޫޅޭ މީހުން ނަށް މިހާބޮޑު މަގާމެއް ލިބުމުން ހެދޭ ނުހެދޭ ގިނަ ފަހަރަށް ނޭގޭނެ ހަގީގަތުގައި ސަރުކާރު ހުޅުން ބަންދު ކުރުން އެއީ އަންޒަމާނުން ސުރެ އެހުންނަވާ ރައިސް އެއްގެ އޮފީހުން ލިޔުމުން ފޮނުވާ ފޮނުވުމެއް މިއަދުވެސް ޓުއިޓެއް ކުރެއްވުމުން މުވައްޒަފުންނަށް ވެސް ހަދާނެ ނަހަދާނެއެއް ނޭގުނު ރައީސް އޮފީހަށް އެތަކެއް ފޯނު ކޯލް އައި ކަމަށް ވަނީ އެންމެ ފަހުން ހަދާނެ ގޮތް ހުސްވެ ގޮތެއްް ހަދާލީ މީ ބޮޑުވަރު ދެން ކޮބާ ގައުމުގެ ބޮޑެތި މައްސަަތައް ނިންމަވާއިރު ވާނީ ކިހިނެއް މިއޮތީ ވާ ދުނިޔެއެއް
    ޕައްލަންބެއަށް ރަސްކަން ލިބުނީމާ ވީ ކީއްތޯ ..... ހައް ހައް ތިމާ އަށް ނުއުފުލޭ ވަރުގެ ބުރައެއް އުފުލާކަށް ނުވާނެ... މީހާ ހަލާކު ވާނީ

  11. އަލި

    ކަރަންޓްފީ ސަރުކާރު
    ލުތުފީ ސަރުކާރު
    ބަނބުކެޔޮ ސަރުކާރު
    ރޭޕް ސަރުކާރު
    ކޮވިޑް 19 ސަރުކާރު
    މަބުރޫކު ސަރުކާރު
    އަންނި ސަރުކާރު
    އޮޅުނު ސަރުކާރު
    އޮޅޭ ސަރުކާރު
    ހަދާނެ ނަހަދާނެއެއް ނޭގޭ ސަރުކާރު
    ފްލެޓް ސަރުކާރު
    އިބޫ ސަރުކާރު
    ދުއާ ދެއްވި ސަރުކާރު
    ސެލްފީ ސަރުކާރު

    5
    1
    • އަނދިރި

      ވަގު ސަރުކާރު
      މެޑަމް ސަރުކާރު
      ފާތުން ސަރުކާރު
      ފަސްޓް ލޭޑީ ސަރުކާރު
      އެމްއެމްޕީއާރްސީ ސަރުކާރު
      ކޮތަރުކޮށި ސަރުކާރު
      ޕިސްތޯލު ސަރުކާރު
      ބޮން ސަރުކާރު
      އަދީބު ސަރުކާރު
      ޓިނު ސަރުކާރު
      ޕެޕާސްޕްރޭ ސަރުކާރު
      ނާޒިމު ސަރުކާރު
      އަދުރޭ ހިސާބު ސަރުކާރު
      ބިރުދައްކާ ސަރުކާރު
      ޝަހީމު ސަރުކާރު
      ބްރީފްކޭސް ސަރުކާރު
      ހިކިއަނަރޫފަ ސަރުކާރު

  12. އއ

    އޮޅޭ ސަރުުކާރު
    އޮޅޭ ސަރުކާރު
    އޮޅުނީ އޮޅިއްޖެ
    ދެން އޮޅިގެން އިސްތިއުފާ ވެސް ދީފާނެ ކުރިންވެސް ވީ އެހެން

  13. ތިކުރީތު 2

    އޮފީސްތައް ނުހުޅުވާ ސުކޫލްތައް ހުޅުވުން ރަނގަޅީދޯ

  14. ޙަސަނު

    ލާދީނީ ބައިގަނޑު ދެން އަތް ޖަހާ

    6
    1
  15. ހުސައިން

    މިދެން ހެއްވާ ކަމެއް! ސްކޫލުގެ އޮފީސް ބަންދު އެކަމަކު ކުލާސްރޫމް ބެންދެއްނޫން.

  16. ދަރަނި ދަންތުރަ

    ރައީސް ގެ ނަފުސާނީ މައްސަލައެއްހުރިތޯ ޗެކުކުރައްވާ ބޮޑުސޯބު ނުއަތަށްޖަހައިފިނަމަ އަހަރެމެން ދުވަސްދިޔައީ އަނެއްކާ ނަސީދު ބުނާ ހިނދުކޮޅުބާ ސާބަސް ހަމަ...