ރިޔާސ ކޮމިޝަންތަކުން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައުލޫމާތާއި ލިޔެކިޔުންތަކުގެ ސިއްރު ހިފެހެއްޓުމަށްޓަކައި އަމަލުކުރާނެ ހާއްސަ އިޖުރާއަތުތައް ބަޔާން ކުރާ އުސޫލެއް އާއްމުކޮށްފިއެވެ.

ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ ދަށުން އެކުލަވާލި އެ އުސޫލަކީ ރިޔާސީ ކޮމިޝަންތަކުން ތަހުގީގު ކުރާ މައްސަލަތަކުގައި ދައުވާ ކުރުމަށް ބަންޑާރަ ނާއިބުގެ އިފީހަށް ފޮނުވާ މައްސަލަތަކުގެ ލިޔެކިޔުންތައް ނުވަތަ މައުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުމަށް ހާއްސަ އިޖުރާއަތުތަކެއް އެކަށައެޅުމަށް އެލުލަވާލި އުސޫލެކެވެ.

ސިއްރު މައުލޫމާތުގެ ގޮތުގައި ބަލާ މައުލޫމާތަކީ ރިޔާސީ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަ އަކާއި ގުޅިގެން ގާނޫނީ ލަފާ ދިނުމަށް ރިޔާސީ ކޮމިޝަނުން އެދޭ ލިޔުންތަކާއި ދައުވާ ކުރުމަށް ފޮނުވާ ލިޔުންތަކާއި ކޯޓަށް ހުށަހަޅާ މައްސަލައިގެ ލިޔުންތަކާއި ރިޔާސީ ކޮމިޝަނާއި އޭޖީ އޮފީހާއި އެކުގައި ބާއްވާ ބައްދަލުވުންތަކުގެ ރެކޯޑިން އަދި ޔައުމިއްޔާ ފަދަ ތަކެތީގެ ކޮޕީއެވެ.

އެފަދަ މައުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކޮށް އެކަމަކާ ގުޅޭ ޑިވިޝަނަކަށް އެ ލިޔުމެއް ހަވާލު ކުރަންޖެހެއެވެ. އަދި އެ ޑިވިޝަނަލަށް އެ މައުލޫމާތު ލިބުމުން އޭޖީ ނުވަތަ ޑެޕިއުޓީ އޭޖީގެ މަޝްވަރާގެ އެ މައްސަލައަކަށް އެޓާނީން އައްންކޮށް އެ މައުލޫމާތެއް އެ އެޓާނީ އަކަށް އަރުވަން ޖެހެއެވެ.

އުސޫލުގައިވާ ގޮތުގައި އެފަދަ މައުލޫމާތެއް ލިބޭ ކޮންމެ މުވައްޒަފަކުވެސް ސިއްރު ހިފަހައްޓަން ޖެހެއެވެ. އެފަދަ މައުލޫމާތެއް އެހެން ފަރާތަކަށް ދެވޭނީ ލިޔުމުން ހުށަހެޅުމުން އޭޖީ ނުވަތަ ޑެޕިއުޓީ އޭޖީގެ ހުއްދަ ލިބިގެންނެވެ.

އުސޫލުގައިވާ ގޮތުން ސިއްރު މައުލޫމާތު ރައްކާތެރިކޮށްފައި ހުންނަ ޕެންޑްރައިވް ފަދަ ތަކެތި ބަހައްޓާނެ ތަޅުލެވޭ ގޮތަށް ހަދާފައިވާ ވަކި ތަނެއްގައެވެ. އެ ތަނުން ތަކެތި ނެގުމުގެ ރެކޯޑު އިދާރީ މުވައްޒަފަކު ބަލަހައްޓަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު