މާވެޔޮ މަގުގައި އިމާރާތްކޮށްފައިވާ މާވެޔޮ މިސްކިތް މާދަމާ ހުޅުވަން ނިންމާފައިވާ ކަަމަށް ދެކެވެމުންދާ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށާއި، އެ މިސްކިތް މާދަމާ ހުޅުވޭނެ ކަމަށް ބުނެވުނީ އޮޅިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިސްކިތް މާދަމާ ހުޅުވާނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

"ވަގުތު"އިން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކަށް ގުޅާލުމުން ވިދާޅުވީ، އެ މިސްކިތް މާދަމާ ހުޅުވާނެ ކަމަށް ދެކެވެމުން ދަނީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އަދި އެ މިސްކިތް ހުޅުވާނެ ތާރީހެއް އިސްލާމިކް މިނިސްޓްރީން ހާމަކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ މިނިސްޓްރީގެ އޮޮފިޝަލަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކުރިގޮތުގައި، އެ މިސްކިތް މާދަމާ ހުޅުވާނެ ކަމަށް ބުނެވުނީ އޮޅިގެންނެވެ.

އެ މިސްކިތުގެ ހުރިހާ މަސައްކަތެއް ކޮށްފައި ވަނީ ވިޔަފާރިވެރިޔާ އަދި އިމާރާތް ކުރުމުގެ ދާއިރާގެ މީހުންގެ ޖަމިއްޔާ، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ އެހީގައެވެ.

އެމިސްކިތް ނިންމައި އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފައި ވަނީ ޖޫން 20 ގައެވެ.

މާވެޔޮ މިސްކިތް ހުޅުވާނެ ތާރީހެއް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިނުވާއިރު، މާދަމާއިން ފެށިގެން މާލެ ސިޓީގައި އާއި ރިސޯޓްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަ ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ލޫޓުވާ

    މާދަމާ ހުޅުވާނެކަމަށް ބުނެވުނީ ހަމަ ހަޤީޤަތަށް އެއިރު ތާވަލްކޮށްފައި އޮތްގޮތަށް. އެކަމަކު ލާދީނީ ސަރުކާރުން ބޮޑުވަޒީރު ހިތްޕުޅާނުވެގެން ނުހުޅުވުނީ. ލާދީނީ މީހުން ސަރުކާރަށް ގަދަވެފައިވާކަމުގެ އަލިގަދަ ދަލީލެއް މިފެނިގެންދިޔައީ. ހުރިހާ މިނިސްޓްރީތައް މިތިބެނީ އޮޅުމެއްގެ ތެރޭގައި. މިނިސްޓްރީތައް ހިންގަނީ ބޮޑުވަޒީރުގެ މަޖްލިސް ގެއިންތަ.

    45
    2
    • Anonymous

      ދީނީ ކަމުން ޔާނު އަޅަން ބުނި ސަލްމާން ޔޫސުފް މިސްކިތް އަދިކިރިޔާ މިސަރުކާރުގަ ހަދާ ނިމުނީ. މާވެޔޮ މިސްކިތްވެސް އެއީ ޔާނު ސަރުކާރުގަ ތަޅާލިތަނެއް އަލުން އިމާރާތްކުރަން. ކޮމެންޓު ކުރުމުގެ ކުރިން ފެކްޓްސް ބަލާލައްޗޭ . އަނެންހެން ރަނގަޅު އެއްވެސް ސަރުކާރެއް ނެތް އެކަމަކު ރަނގަޅު ކަމެއް ކޮށްފިޔާ ޝުކުރުވެރިވާން ވާނެ 🙂

      1
      4
  2. ތެދު

    މި ދުވަސް ކޮޅު ސިވިލް މީހުންގެ މުސަާރަ ކުޑަކުރުމަށް ވުރެން ރަނގަޅު ތި ސިޔާސީ މަގާމު ތަކުގައި ތިބި މީހުންގެ މުސާރައިން ކެންޑުންވެސް.ހުރިާ މަސައްކަތެއް ވެސް މިކުރަނީ ފަނޑިޔާރުގެ (މަޖިލީހުން) ވިއްޔަ

    22
  3. ރަބަރޭ

    “ޢޮޅިގެން” ހީިހީ ހޭބަލިނުވީ ކިރިޔާ މިހެންމި ބުނެވުނީ އޮޅިގެން
    ބޮޑުވަރު

    39
  4. ނާފިޒާ

    އޮޅުނު ސަރުކާރު. މި ސަރުކާރު ގެންނަން ވޯޓު ލީ މީހުން ލަދު ނުގަނޭބާ؟ ހީވޭ މޮޔަ ފުޅު ހީވާނެހެން.

    34
  5. އޮޅުން

    އޮޅިގެންހުރިމަގާމުންއިސްތިއުފާދކިބަލަ

  6. ދަރަނި ދަންތުރަ

    އޮޅޭ އޮޅޭ އޮޅޭ އޮޅޭ އޮޅިފޮޅިއެއްތަ މިވެރިކަމަކީ ރައީސްވެސް ބުރާންތިވީދޯ

  7. ބޯޖަލީލު

    އިބޫ އަށް ވޯޓުދިން މީހުން ލަދުގަނޭބާ ބުރާންތިވިޔަސް މީ ބޮޑުވަރު ދައުލަތުގެ ހަޒާނާ ވެސް ދިރުވާލީ އޮޅިގެން...

  8. ސމީ

    އަނެއްކާވެސް އޮޅިގެން މުޅިންވެސް އޮޅުން ބޮޅުން ސަރުކާރެއް.

  9. ާަަަުުބިސް

    އޮޅިގެންގޮސް އަދި މާވެޔޮ މިސްކިތް ތަޅާލާނެ މިހިރަ ޖާހިލު ސަ