ރާއްޖެ އިން މިއަދު އިތުރު 24 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މިއަދު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 11 ދިވެހިންނާއި، ބަންގްލަދޭޝްގެ ހަތް މީހުންނާއި އިންޑިއާގެ ހަމީހުން ކަމަށެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 2361 އަށް އަރާފައެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.އިބްރާހިމް އަފްޒަލް ވިދާޅުވީ މިއަދު ފައްސިވި މީހުންގެ ތެރެއިން ހަތް ދިވެހިންނަކީ ކްލަސްޓާތަކަށް ނިސްބަތްވާ މީހުން ކަމަށެވެ. އަދި ދިހަ ބިދޭސީންނަކީ ވެސް ކްލަސްޓާތަކަށް ނިސްބަތްވާ މީހުން ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

ޑރ.އަފްޒަލް ވިދާޅުވީ ފަހަކަށް އައިސް އެއްވެސް ކްލަސްޓާއަކަށް ނިސްބަތްނުވާ މީހުން ފެންނަ އަދަދު ނިސްބަތުން އިތުރު ވަމުން އަންނަ ކަމަށެވެ. ނަމަވެސް އަދި ފެންނަ މަންޒަރަށް ބަލާއިރު އެއީ ކަންބޮޑުވާން ޖެހޭ މިންވަރެއް ނޫން ކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

މާލެ އިން އޭޕްރީލް 15 ވަނަ ދުވަހު ކޮވިޑް-19 ފެނުމާއި ގުޅިގެން ފުރަބަންދުކޮށް އެޅި ހަރުކަށި ފިޔަވަޅުތަކަށް މާދަމާ އިން ފެށިގެން އަނެއްކާވެސް އިތުރު ލުއިތައް ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ކެފޭތަކާއި ރެސްޓޯރެންޓްތައް ހުޅުވާލުމުގެ ހުއްދަ ދިނުމާއި މާލޭ ސަރަހައްދުގައި ޖަމާޢާތުގައި ނަމާދު ކުރުމުގެ ހުއްދަ ދިނުން ހިމެނެއެވެ. އަދި މާލޭ ސަރަހައްދުގައި ގްރޭޑް 09 އިން ފެށިގެން މަތީ ގްރޭޑްތަކުގެ ކިޔެވުން ވެސް މާދަމާ ފަށާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޖުހާ

  ކޮބާ އަދިވެސް ސުކޫލު ހުޅުވައި ހުރިހައި އިދާރާތައްވެސް ހުޅުވަންވީ އެއިރުން ހުރިހާކަމެއް ސޭފް

  31
  3
  • ޢަލަނާސި

   ހުޅުވާ ހުޅުވާ... މާލެ ސޭފް... މީހުންގެ ދަރިން ސްކޫލުތަކަށް ގެންގޮސްގެން ކޮވިޑުޖައްސައިގެން ދޔނިޔެގަި ސަލާން ޖަހާ...ސަރުކާރު.....

   2
   8
  • Anonymous

   ނެތެއްނު ސަލާމަތެއް. ސަރުކާރު ނުހުޅުވައިގެން އެއްޗެހި ގޮވާނީ ވެސް ހަމަ ރައްޔިތުން. މިސްކިތްތަކުންވެސް ބަލި ފެތުރުމުގެ ޗާންސް އޮވޭ ދެމެދުގަ ހުސްޖާގަ ނުބާއްވާ ޖަމާއަތުގަ ނަމާދު ކުރާއިރު އަދި މިސްކިތްތަކަށްވެސް ދާނެ ހުރިހާ ޤައުމެއްގެ މުސްލިމުން. ލޮކްޑައުން ލުއި ނުދިނަސް ފައްސިވާ ރޭޓު ކޮންޓްރޯލެއް ނުވާނެ ރައްޔިތުން މައިތިރިނުވެގެން ބުރުޖަހަން ދާނަމަ. ސްކޫލް ނުހުޅުވިޔަސް ހުރިހާ ގަޑިތަކެއްގަ ފެނޭ ބެލެނިވެރިން ދަރިން ގޮވައިގެން ހިނގާ މަންޒަރު މާސްކެއްވެސް ނާޅުވާ . ދެން ދަރިން ފެއިލް ވީމަ ކުށްވެރި ކުރާނީ އެޑިއުކޭޝަން މިނިސްޓްރީ. އޯލެވެލް ކުދިންނަކަށް އެނޫން ގޮތެއް ނޯންނާނެ. ދެންވެސް އެންމެން އެއްގަލަކަށް އަރައިގެން މިބަލާ އިން މިންޖުވޭތޯ ހިނގާ ބަލަ

   2
   4
 2. އާވިމް

  އަދި ރާއްޖެ ނިއު ނޯމަލް އަށްވެސް ދާވަރެއް ނުވޭ. ލޮކްޑައުންގަ ބާއްވަންފެނޭ. މީހުން އުޅެނީ ވަރަށް ފަރުވާ ކުޑަކޮށް. މީހުން ނުނިކުމެ ކުރިއެކޭ އެއްގޮތަށް ދެލިވަރީ ކުރަންވީ ތަންކޮޅެއް ފަސޭހަކޮށް އަދި އޯގަނައިޒްކޮށް. ކުޑަކޮށް އާމާންވީވެސް ލޮކްޑައުންގަ އޮތީމަ.

  8
  1
 3. ވިސްނޭ

  ހުޅުވާލާ ހުރިހާތަނެއް.. މަޖްލިސްގެ ބޮސް އަންގާގޮތަކަށް ކަންތައްތައް ކުރީމާ ހުންނާނީ ރަނގަޅަށް..ބުއްޅަހޮއްކޮ.

  7
  4
 4. އަހްލ

  30 މައްޗަކަށް ނުދޭ ދުވަހަކުވެސް. މިދެން އަޖައިބެއް. ބުއްދި ޤަބޫލު ނުކުރާ ގޮތަށް މިކަންތައްތައްވެސް މިކުރަނީ. ބަޔަކު ލޮލުގައި އަދުން އަޅުވައިގެން ރައްޔިތުން ނުރައްކަލަކަށް ވައްޓާލައިގެން ބަޔަކު ބޭނުންވާ ކަންތައްތައް ކުރަން އުޅެނީ. މިހާރު ކޭސް ރިޕޯޓުކުރާ ވަރު މަދުވަނީ ލުއިތައް ދިނުމުން މި ނުފެތުރޭކަން ދައްކަންތަ؟ ތިހެން ހަދައިގެން ޤައުމު ހިންގާކަށް ބަޔަކު ނުތިބޭނެ.