ކޮވިޑް-19 މާލެ އިން ފެނުމުން މާލެ ފުރަބަންދު ކޮށްފައި އޮތް އޮތުމަށް އިތުރު ލުއިތަކެއް ދިނުމަށްފަހު އަނެއްކާވެސް 15 ދުވަހަށް ފުރަބަންދު އިތުރު ކޮށްފިއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިހާރު އިތުރަށް ދޭން ނިންމި ލުއިތަކުގެ ތެރޭގައި ރޭގަނޑު 23:00 އާއި ހަމައަށް އިތުރު ހުއްދައެއް ނެތި މަގުމައްޗަށް ނިކުތުން ފުރުސަތު ދިނުން ހިމެނޭ ކަމަށެވެ. ނަމަވެސް އަދިވެސް 23:00 އާއި ފަތިހު 05:30 އާއި ދެމެދު މަގުމައްޗަށް ނިކުތުމަކީ މަނާ ކަމެކެވެ.

ކުޅިވަރު ކުޅުމުގެ ހުއްދަ ދޭން ވެސް މިހާރު ވަނީ ނިންމާފައެވެ. ނަމަވެސް ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދެވޭނީ ޔޫތު މިނިސްޓްރީން އާއްމު ކުރާ ގައިޑްލައިނާ އެއްގޮތަށެވެ.

ޢާންމު ތަންތާގައި އެއްވެ އުޅުމުގެ ހުއްދަ ވެސް މާދަމާ އިން ފެށިގެން ލިބޭނެއެވެ. ނަމަވެސް އެއްވެވޭނީ އެއްފަހަރާ 30 މީހުންނަށްވުރެ ގިނަ ނުވާ ގޮތަށެވެ.

މީގެ އިތުރުން އެއްވެސް ހުއްދައެއް ނެގުމެއް ނެތި ރަށްރަށުން މާލެ ދަތުރު ކުރުމުގެ ހުއްދަ ދޭން ވަނީ ނިންމާފައެވެ. ނަމަވެސް މާލެ އިން ރަށްރަށަށް ދަތުރު ކުރަން ޖެހޭނީ އަދިވެސް ހުއްދަ ނަގައިގެންނެވެ. ރަށްރަށަށް ދަތުރު ކުރާ މީހުން 14 ދުވަސް ވަންދެން ރަށުގައި ކަރަންޓީން ވާން ވެސް ޖެހޭނެއެވެ.

މާދަމާ އިން ފެށިގެން ލިބޭނެ އިތުރު ލުއިތަކުގެ ތެރޭގައި މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ފުރުސަތު ލިބުން ހިމެނެއެވެ. މާދަމާގެ މަޣުރިބު ނަމާދުން ފެށިގެން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރަން ފަށާނެއެވެ.

އަދި އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ސަރުކާރުގެ އޮފީސްތައް ވެސް އާއާއްމު ހާލަތުގެ ފިޔަވަޅުތަކާއި އެކު ހުޅުވަން ފަށާނެއެވެ. ނަމަވެސް ހުރިހާ މުވައްޒަފުން ވަޒީފާ އަށް ނިކުތުމުގެ ބަދަލުގައި ހާއްސަ އިންތިޒާމެއްގެ ދަށުން މުވައްޒަފުން ވަޒީފާ އަށް ނިކުންނަ ގޮތައް ކަންކަން ހަމަޖައްސަން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އޮން

    އޮފީހުން ޗުއްޓި ނަގައިގެން ރަށަށް ގޮސް 14 ދުވަސް ކަރަންޓީނުގައި ފަޅުގެއެއްގައި އެކަނިމާ އެކަނި ، މީހުން އުޅޭ ގެއެއްގައި މުޅިން ވަކިން ކޮޓަރިއެއްގައި ހުރި ނަމަވެސް އެގޭ އެއްމެން ގޭ ބަންދު މިނޫންގޮތެއް ހަމަ ނެއްބާ ހިތުގެ ބަލި މީހެއް އެކަނި ފަޅުގެއެއްގައި އުޅެން ބިރުގަނޭ ކަމެއްދިމާވާނީ ކޮންއިރަކު ކަމެއް ނޭންގޭ

    8
    1
  2. Anonymous

    ޓްރާންސްޕޯޓް މިނިސްޓްރީ ހުޅުވަނީ ކޮންއިރަކުތަ ލައިސެންސް ދޫކުރަންވެއްޖެއެއްނުން ?

    7
    1
  3. ޢަޙްމަދުހ

    ކޮން ފުރަބަންދެކޭ މިކިޔަނީ، މިއީ ފުރަބަންދެއް ނޫން. ހާދަ ރުޅިއެއް އާދެޔޭ މިމީހުން ވާހަކަދައްކާ ގޮތުންވެސް. މިކަމުގެ ހިތި ފެންނާނެ. ކަންކަން ކުރެވޭނީ ޤާބިލު މީހުނަށްކަން މިއަދު ވަރަށް ރަނގަޅަށްވެސް ސާބިތުވެއްޖެ. ސަޗް އަ ޑިސަޕޮއިންޓްމަންޓްސް. ދެން ގަދަކަމުން ކުރުވާނީ ކޮންކަމެއްކަން ނޭނގޭ. ބިރުވެރި. ޓޮލަރޭޓްކުރެވޭނީވެސް ވަކި ވަރަކަށް.

    4
    1
  4. ޙހހހ

    މިހާ ރު އެނގިގެން މިދަނީ ބައެއް އޮފީސްތައް ހުޅުވުމަކީ ބޭކާ ރު ކަމެއްކަން ، އޮންލައިންކޮށް ކިތަންމެ ކަމެއް އެބަހަޖެހޭކަން ، އެހެންވީމަ ބޭކާ ރު ތަންތަން އުވާލަންވީ ، ޚަ ރަދުވެސް ކުޑަވާނެ ، މުވައްޒަފުންވެސް މަދުކު ރަންވީ

    5
    3
  5. ސަންތިމަރިޔަބު

    ދެއުޅި އެއްނުވާ އުސޫލުތައް ހެދުން މިސަރުކާރުގެ މަސައްކަތަކަށް ވެފާވަނީ
    ޖަމާއަތުގާ ނަމާދުކުރުން ހުއްދަކޮށްފާއި ފަތިސްނަމާދުގެ ޖަމާއަތަށް ދިއުން މަނާކުރުމަކީ ކޮންކަހަލަކަމެއްބާ؟ އޮޅުނީކަމަށް ވާނީ
    ހަމަހިނިއަންނަނީ