މާލެ ސަރަހައްދުގައި މާދަމާ އިން ފެށިގެން ޖަމާއަތުގައި ނަމާދުކުރަން ފަށާއިރު، އެއްވެސް ނަމާދެއް 7 މިނެޓަށް ވުރެ ދިގު ނުކުރުމަށާއި ކުރު ސޫރަތްތައް ނަމާދުގައި ކިޔެވުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

ގާތްގަނޑަކަށް ހަތަރު މަސް ދުވަހުގެ މެދުކެނޑުމަކަށް ފަހު މާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރަން ފަށާނީ މާދަމާ މަޣުރިބު ނަމާދުން ފެށިގެންނެވެ. އިސްލާމިކް މިނިސްޓްރީން ވަނީ ޖަމާޢަތުގައި އަލުން ނަމާދު ކުރަން ފަށާއިރު އިމާމުން ސަމާލުކަން ދޭން ޖެހޭ ކަންކަންކަމާއި މިސްކިތައްދާ މީހުން ސަމާލުކަން ދޭން ޖެހޭ ކަންކަން މިހާރު އާއްމު ކޮށްފައެވެ.

މާދަމާގެ މަޣްރިބު ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭއިރު، މިނިސްޓްރީން ވަނީ އިމާމުން ސަމާލުކަންދޭންވީ ބައެއް ކަންކަން ފާހަގަކޮށްފައެވެ.

އިމާމުން ސަމާލުކަން ދޭން ޖެހޭ ތިން ކަމެއް މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ. އެއީ ބަންގިއަށް ފަހު 5 މިނިޓް ތެރޭގައި ޤަމަތްދީ ނަމާދު ފެށުމަށާއި، އެއްވެސް ނަމާދެއް 7 މިނެޓަށް ވުރެ ދިގު ނުކުރުމާއި ހުރިހާ ނަމާދެއްގައި ސޫރަތުލް ފާތިޙާ ފިޔަވައި ޟުޙާ ސޫރަތުން ފެށިގެން ތިރީގެ ކުރު ސޫރަތްތައް ކިޔެވުމެވެ.

އާއްމުން ސަމާލުކަން ދޭން ޖެހޭނެ ކަންކަމުގެ ގޮތުގައި ގެއިން ވުޟޫކޮށްގެން އައުމާއި، އުމުރުން ދުވަސްވީ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުން މިސްކިތަށް ނުދިއުމަށާއި، ރޯގާގެ އަލާމާތްތައް ހުންނަ މީހުން މިސްކިތަށް ނުދިއުމަށާއި މިސްކިތަށް އަންނައިރު މުސައްލާ ހިފައިގެން ދިއުމަށާއި، މިސްކިތައް ވަނުމުގައި އަދި ނިކުތުމުގައި ވެސް ގައިދުރުކަން ބެހެއްޓުމަށާއި، ނަމާދު ނިމުމަށްފަހު މިސްކިތުގައި މަޑުނުކުރުމަށާއި، މިސްކިތުގައި އަދި މިސްކިތުން ބޭރުގައި ވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ނުކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ??‍♀️

    ~އިމާމް އާއި އަމީރު(ވެރިޔާ)ގެ ވާހަކަ~

    އެއްދުވަސްވަރެއްގައި އުޅުނު އަމީރެކެވެ. އަމީރު ޢާއްމު ގޮތެއްގައި ނަމާދު ކުރައްވާ، މިސްކިތުގެ އިމާމަކީ އޭނާގެ ނަމާދުގައި ދިގުކޮށް ކިޔަވާ އިމާމެކެވެ.

    އެހެންކަމުން އަމީރު މި އިމާމު މީސްތަކުންގެ ކުރިމައްޗަށް ޙާޟިރުކުރިއެވެ. އަދި އިމާމަށް ބުންޏެވެ:
    " ތިބާ އާޔަތަކަށްވުރެއް ދިގުކޮށް، އެއްވެސް ރަކުޢަތެއް ގައި ކިޔަވައިގެން ނުވާނެވެ."

    ދެން އިމާމް އެމީހުންނާވެގެން މަޣްރިބް ކުރިއެވެ. ފާތިޙާ ސޫރަތަށް ފަހުގައި އިމާމް ފުރަތަމަ ރަކުޢަތުގައި މި އާޔަތް ކިޔެވިއެވެ:

    "وَقالوا رَبَّنا إِنّا أَطَعنا سادَتَنا وَكُبَراءَنا فَأَضَلّونَا السَّبيلا"

    ("އަދި އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެންގެ ސާޙިބުންނަށާއި، އަޅަމެންގެ ބޮޑުންނަށް، އަޅަމެން ކިޔަމަންވީމުއެވެ. ފަހެ، އެއުރެން އަޅަމެން މަގުފުރެއްދީއެވެ.")

    އަދި އިމާމް، ދެވަނަ ރަކުޢަތުގައި ފާތިޙާ ސޫރަތަށް ފަހުގައި މި އާޔަތް ކިޔެވިއެވެ:

    "رَبَّنا ءاتِهِم ضِعفَينِ مِنَ العَذابِ وَالعَنهُم لَعنًا كَبيرًا"

    ("އަޅަމެންގެ ވެރި ރަސްކަލާކޮ! ޢަޛާބުގެ ތެރެއިން ދެގުނަ، އެއުރެންނަށް ދެއްވާނދޭވެ! އަދި ބޮޑުވެގެންވާ ލަޢުނަތް ލެއްވުމަކުން، އެއުރެންނަށް ލަޢުނަތް ލައްވާނދޭވެ!")

    ނަމާދަށް ފަހުގައި އަމީރު(ވެރިޔާ)، އިމާމް ކައިރިޔަށް އައިސް ބުންޏެވެ:

    "ނަމާދުގައި ކިޔެވުން ދިގުކުރަން ބޭނުންވަރަކަށް ދިގުކުރާށެވެ. އަދި ތިބާ ކިޔަވަން ބޭނުން އާޔަތެއް ކިޔަވާށެވެ. އެހެންނަމަވެސް ތިޔަ ކިޔެވި 2 އާޔަތް ފިޔަވައެވެ."

    ނެގިފައިވަނީ: (أجمل ما قرأت في اللغة والأدب)

    50
    2
  2. Anonymous

    ސުބުޙާނަﷲ. 7 މިނިޓް ތެރޭގަ ކޮވިޑް ގައިންގަޔަށް ނާރަނީތަ!

    46
    1
    • ނަކް

      އެއްގަނޑުން ދީނީވެ އެއްވެސް މަޢުލޫމާތެއް ނެތި ތިއުޅެނީ.. ކުޑަ ކުއްޖަކު ރޯއަޑު އިވުމުން ވެސް ނަމާދު ވަގުތުން ކުރުކޮށްލެއްވިކަމަށްވެސް ހަދީސްގަ އޮވޭ..

      3
      2
  3. ކާފަރު

    މަށެއް ނުދާނަން މިސްކިތަކަށް.. ވަގުތު މީހުން ކީއްވެތަ ފިޓް ފާޒިލް އާއި ބެހޭ ގޮތުން އަހަރެން 5 ކޮމެންޓް ކޮށްފިއްޔާ އެތަނުން 1 ކޮމެންޓް އަޕްލޯޑް ކުރަނީ.. މާ ބޮޑައް ޖޭ ވަނީތަ ފިޓް ފާޒިލް އާއި ދިމާލައް އެއްޗެހި ބުނާތީ.. އުޅެވޭ ގޮތް ނޭނގެޔޭ އެހެން ވީމަ މީސްތަކުންގެ ބަދުބަސް ލިބޭނެ އެންނު.. މާ ބޮޑައް ފިޓް ވެގެން އުޅެންޔާ ވެސް މިކަހަލަ ކަންތަކާ ކުރިމަތި ލާން ޖެހޭނެ..

    8
    31
  4. މޫސީ

    ހޮޓާ ރެސްޓޯރަން ގައި ކާން ތިބެވޭނެ މިނިޓެއް ބުނެނުދެވި ނަމާދުކުރަން ހޭދަވާ ވަގުތު ކަނޑައެޅީ ކޮން ހަމަޔަކުންތޯ ސުވާލުކުރަން..

    78
    1
  5. ފަހުގެ އިންޒާރު

    މި ވެރިކަން ﷲ ގެ ރަހްމަތުން ބަދަލު ކުރެވޭނެ..އިންޝާ ﷲ..ކެތްތެރިވެލައްވާ...

    66
    3
    • އުއްމީދު

      އިންޝާ ﷲ... ދާދި އަވަހަށް މިވެރިކަން ނިންމަވާންދޭވެ އާމީން...

      51
      1
    • އަޗަ

      އެއްވެސް ވެރިކަމެއް ތާއަބަދު ނޯންނާނެ އެވެ.

      14
  6. ޒޔދ

    8 ވަނަ މިނަޓުގަ ކޮވިޑް ފާޅުވަނީތަ؟

    59
    4
  7. ޖަބްހަރީ

    ނަމާދު 7 މިނިޓަށް ކުރުކުރުމުގެ ބާރު އިސްލާމިކު މިނިސްޓަރަށް ނޫނީ ސަރުކާރަށް ލިބިގެންނުވޭ އެއީ ނަމާދުކުރާމީހާގެ ހައްގެއް

    44
  8. ޚެފޭރެސްޓޯރެންޓް

    މިއަށްވުރެ އިތުރު ވަގުތުން އެއްޗެއް ނުކެވޭނެ.
    ކޮފީ ބޮވޭނެ ފިނިކޮށް އެއްފަހަރުން ތުންޖަހައިގެން 15 ސިކުންތުން.
    ރައިސް އެއް ކާން ވާނީ އަވަސް އަވަސް ކޮށް 5 މިނަޓުން.
    ނޫޑްލްސް ވެސް 5 މިނަޓު
    ސަބްމެރިން ޓޭކްއަވޭ.
    ބްރެކްފާސްޓް ޓޭކްއަވޭ
    ހެދިކާ އާއި ސައި 7 މިނަޓުން
    ނާސި ގޮރެން ކާށި ގޮރެ ބާމި ގޮރެ 7 މިނަޓުން.
    ދެން މި ކެޓަގަރީ އަށް ފެތޭ ކޮންމެ އެއްޗެއް މި ގޮތައް ކަމުން ގެންދާށެވެ.

    21
  9. ޝުކުރު

    ސުބުޙާނަށްﷲ ބައްޔެއްގެ ބިރަށްޓަކަައި ކާފަރުވިޔަސް ދެންމީ ބޮޑުވަރު.އިސްލާމްދީނުގައި އަންގަވާފައި އޮތްގޮތަށް ނުކޮށް ތިގޮތަށް ނަމާދުކުރުމަށްވުރެ މާ ރަނގަޅުވާނެ އިތުރު ފާފަތަކެއް ބޮލުގައި ނާޅުވައި ގޭގައި ނަމާދުކުރިޔަސް???

    28
  10. ޟަރީނ

    މިގޮތަކަށް ނެހެދޭނެ. ގޭގައި ތިބެގެން ކުރެވޭނެ އޮފީސް މަސައްކަތް ކުރުވަން ގަދަކަމުން އޮފީހަށް ނެރެން އުޅޭ ހާލަތުގައި އޮފީހުގައި 8 ގަޑިއިރު މަސައްކަތް ކުރާއިރާ އުސޫލުން މިސްކިތްތަކުގަ ނުތިބެވެންވީ ކީއްވެ؟. އޮފީހުގެ ގަޑިވެސް 7 މިނެޓަށް ބަދަލުކުރޭ. އަދި ބުނަން ވާހަކައެއް. ދެން ދުވަހަކުވެސް އޮފީހަށް ދާނީ ހިތްހަމަޖެހިގެނެއް ނޫން. މަޖުބޫރުވެގެން.

    24
  11. މާހި

    ދީނީ ކަމެއް ވިއްޔާ ހާދަ ފިއްތުން ތަކެކޭ.. މިޔޮތީ ވާ ސަރުކާރެއް

    30
    1
  12. މުޖައްރިބު

    މިނައްވުރެން ދީނާދުރުބަޔަކު ވެރިކަންކުރާތީވާގޮތް މަޖުބޫރުވެގެން މިސްކިތުގަނަމާދުކުރުމުގެ ހުއްދަތިދިނީވެސް މީއިސްލާމީގައުމަކައްވެފަ މިތާގައުޅެނީމުސްލިުްކަމައްވާތީ އެހެންނޫންނަމަތިހުއްދައެއްނުދިނީސް

    21
  13. މަސީހުއެންމެޑީ

    ލިބެން އޮންނަ ސަވާބުކޮޅުވެސް ލިމިޓްކޮށްލީ ދޯ؟

    22
  14. މާމީ

    ސީދާ ޖާހިލެއް މިގޮތައް ނަމާދުގެ ވަގުތު ކަނޑަ އެޅީ އޭނާއައް ލަޢުނައް ލައްވާށި

  15. މަލިންބެ

    7 މިނެޓުން ނަމާދު ކުރެވޭނީ ނަމާދުން ވައްކަން ކުރާ މީހުނަށް

  16. އެހެންވި

    ތިޔާ ޖާހިލު ލާދީނީ އިސްލާމިކު މިނިސްޓަރު އަންގަންވީނު ކޮންމެ އިމާމެއްގެ ސަޖިދަޖަހާ ތަނުގަ ގަޑިއެއްބާއްވަން އެއިރުން ނޫންތޯ 7 މިނިޓު ވީކަން އެނގޭނީ .

  17. ބެއްޔާ

    މިއަށްވުރެ އިތުރު ވަގުތުން އެއްޗެއް ނުކެވޭނެ.
    ކޮފީ ބޮވޭނެ ފިނިކޮށް އެއްފަހަރުން ތުންޖަހައިގެން 15 ސިކުންތުން.
    ރައިސް އެއް ކާން ވާނީ އަވަސް އަވަސް ކޮށް 5 މިނަޓުން.
    ނޫޑްލްސް ވެސް 5 މިނަޓު
    ސަބްމެރިން ޓޭކްއަވޭ.
    ބްރެކްފާސްޓް ޓޭކްއަވޭ
    ހެދިކާ އާއި ސައި 7 މިނަޓުން
    ނާސި ގޮރެން ކާށި ގޮރެ ބާމި ގޮރެ 7 މިނަޓުން.
    ދެން މި ކެޓަގަރީ އަށް ފެތޭ ކޮންމެ އެއްޗެއް މި ގޮތައް ކަމުން ގެންދާށެވެ.ހެހެހެހެހެހެހެހެހ