ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިން ނުވަތަ ފިރިންގެ މާލީ ބަޔާން އާންމު ނުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން މަޖިލީހުގެ އާންމު ކޮމެޓީން ފާސްކުރީ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދެއްވާފައިވާ ލަފައާއި ހިލާފަށް ކަން ހާމަވެއްޖެއެވެ.

މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން މެމްބަރުންނާއި މެމްބަރުންގެ އަނބިން ނުވަތަ ފިރިންނާއި 18 އަހަރު ނުފުރޭ ކުދިންގެ މާލީ ބަޔާން މަޖިލީހުގެ އަމީން އާންމަށް ހުށަހެޅުމުން މަޖިލީހުގެ ވެބްސައިޓްގައި އާންމު ކުރަން ޖެހޭނެ އެވެ.

ގަވާއިދުގެ އެ ބައި އިސްލާހުކޮށް، މެމްބަރުންގެ އަނބިން ނުވަތަ ފިރިންނާއި ދަރިންގެ މާލީ ބަޔާން އާންމު ކުރަން ނުޖެހޭ ގޮތަށް އިސްލާހު ގެންނަން އާންމު ކޮމެޓީ އަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ކޮމެޓީން ނިންމީ މެމްބަރުންގެ އަނބިންނާއި ދަރިން ނުހިމެނޭ ގޮތުން މެމްބަރުގެ މާލީ ބަޔާން އެކަނި އާންމު ކުރަން ޖެހޭ ގޮތަށް އިސްލާހު ގެނައުމަށެވެ.

ކޮމެޓީން އެގޮތަށް ނިންމުމުގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އިތުރުން އޮޑިޓާ ޖެނެރަލްގެ ލަފާ ހޯދާފައިވާ ކަމަށާއި އެފަރާތްތަކުން ވެސް ލަފާ ދިނީ އަނބިން ނުވަތަ ފިރިންނާއި ދަރިންގެ މާލީ ބަޔާން އާންމު ކުރުން ރަނގަޅު ނޫން ކަމަށް ކަމުގައި ކޮމެޓީން ވަނީ ބުނެފައެވެ.

ނަމަވެސް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މާލީ ބަޔާނުގެ މައްސަލައިގައި އޭސީސީން ދިން ލަފާ އާއްމު ކުރައްވާފައެވެ. (ޝިއުނާގެ ޓްވިޓާ އެކައުންޓުން ވަނީ "ވަގުތު" ބްލޮކް ކޮށްފައެވެ.)

އޭސީސީން ފާހަގަކުރައްވާ ގޮތުގައި މާލީ ބަޔާން ހުށަހަޅާ ފަރާތްތަކުގެ ޒާތީ އަދި ޝަޚްސީ މަޢުލޫމާތު ނުހިމަނައި، އެ ބަޔާންތައް ޢާންމުކުރުމަކީ، ހުށަހަޅާ ފަރާތުގެ ނަޒާހަތްތެރިކަން ރައްޔިތުންނަށް ޔަޤީންކޮށްދީ، އެ ފަރާތްތަކުގެ ނަޒާހަތްތެރިކަމާމެދު އުފައްދާ ސުވާލުތަކާމެދު ޖަވާބުދާރީވުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށާއި އަދި މާލީ ބަޔާން ހާމަކުރުމަކީ ރައްޔިތުންނަށާއި މަދަނީ މަދަނީ މުޖުތަމަޢުއަށް ފާރަވެރިވުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމެއްކަމަށެވެ.

ނަމަވެސް، 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް އޮތްނަމަވެސް އެ މަޢުލޫމާތުތައް ޢާންމުކުރުމަކީ އެކަމުގެ ސަބަބުން، ފައިދާއަށްވުރެ އޭގެ ގެއްލުން ބޮޑުވެދާނެ ކަންތައްތަކެއް ހިނގުމުގެ އިހުތިމާލު ބޮޑު ކަމެއްކަމަށް އޭސީސީން ފާހަގަ ކޮށްފައި ވެއެވެ.

މެންބަރުންގެ އަނބިން ނުވަތަ ފިރިންގެ މާލީ ބަޔާން ހާމަނުކުރަން އޭސީސީން ލަފާ ދެއްވާފައެއް ނުވެއެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކޮންމެ އަހަރެއްގެ އޮގަސްޓް މަސް ނިމުމުގެ ކުރިން ކޮންމެ މެމްބަރަކާއި އަނބިން ނުވަތަ ފިރިންނާއި 18 އަހަރު ނުފުރޭ ކުދިންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭނެ އެވެ. އެ ބަޔާން ހުށަނާޅައިފި ނަމަ، އޭނާގެ ނަން މަޖިލީހުގެ ތަޅުމުގައި އިއްވުމަށް ފަހު ޖަލްސާތަކަކާއި ކޮމެޓީތަކުގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކުރެވޭނެ އެވެ. ސަސްޕެންޑް ކޮށްފައި ހުންނަ މުއްދަތުގައި މުސާރަ ވެސް ކެނޑޭނެ ކަމަށް ގަވާއިދުގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ގލޅ

    ބޮޑެތި ޚިޔާތާއި ވައްކަން ތަކަށް ހު ރަސްއެޅޭކަމެއް އޭނާ
    ނުކު ރާނެއެވެ އެކި މީސްމީހުން އެކައުންޓްތައް ފުރރ ރިބާ ރު
    ވެފައިވާއި ރރ ރު އެއިނަކަމެއް ހާމަވުމަކީ ނާދި ރުކަމެކެވެ
    ބޮޑު މެންބަ ރ ރުގެ އެކައުންޓްގައި ފައިސާހު ރި އަދަދާއި
    އެކައުނޓް ތަކުގެ އަދަދު ޚޮދު އޭނާއަށްވެސް ނޭންގެއެވެ.

    19
  2. ޖާޒީރާ ބޯއީ

    މިހާރު މިރާއްޖޭގެ ހާލަތު ބަދަލްކުރެވޭނީ ރައްޔިތުން ނުކުމެގެން.

    24
  3. ބޯގޯސް

    ޢޭ ރައްތާ ދޯ ވަގައް ކައްވާލާ އެތިވަ ރު ބޮނޑި ެެެެެެެެެ އަނބިދަ ރިންގެ އެކައުންޓައް އަޅާލެވޭނީ ބު ރާންތިތައް ދުނިޔޭގެ މަސްހޫ ރު ބޮޑެތި ވަގުންވެސް މިމީހުން މި ވައްކަންކު ރާ ގޮތަކައް ވައްކަމެއްކު ރާ ކައްް ނޭންގޭނެ

    29
  4. ށުކުރު

    ރުއްގުނާ ގެން ލިބޭ ލާރި އާއި މަސްކައްކާ ގެން ލިބޭ ލާރި ކޮޅު ހާމަ ވެދާނެތީ..

    19
  5. އިންސާފް

    ޗިޗަންޑާ 19ގަ ލިޔަފަ އޮތް އެއްޗަކާވެސް ޚިލާފަށް! 4.3 ނަޒާހަތްތެރި މަޖްލީހެއް އުފެއްދުން، ސަފްހާ ނަންބަރު 2، މާއްދާ ނަންބަރު 4 އެމްޑީޕީ ކުދިން ކިޔާލާފަ ކޮނޑު ހުޅުންނެއްޓޭވަރަށް އަތްޖަހާ! ޑިމޮކްރަސީގެ އައްޕަ ރިޔާސަތުގަ އަދި އައްޕަގެ ތިމާގެ ކޮއްކޮ މަޖިލީހުގެ ނައިބުރައީސަކަށްލައިގެން ޑިމޮކްރަސީ މޮޑެގެން މަސްކައްކައިގެން ޤަޢުމުދަވާލެވޭނީ!

    21
  6. ހިޖާމާ

    ދެން އެހެންވެއްޖިއްޔާ މެންބަރުންގެ މާލީބަޔާން ވެސް ކޮންމެހެން ހުށައަޅާނެ ކަމެއްނެތް ނަމެއްގަ އެޅޭކަށް. އަހަރުމެން ބަލާނެ ބޭނުމެއް ނެތް. އެޔަށް "ހުދުފޮތި ބަޔާން" ކިޔާފަ ތިތާ ދިދަ ދަނޑިޔަށް ނަގާ!

    21
  7. ބުތު

    ބަލަ އެމީހުން ތިތަނަ ރައްޔަތުން ހޮވީތިކަނަތަ މިނިއުނޯމަލްއާ ގުޅޭގޮތަ ރަގަޅުކުރާށޭ މިހާރުއެކުރެވުނީ ނޫން ޒީރޯޓޮލެރެންސް...

  8. ނަންރީތި

    މިޢަމަލުންވެސް އެބައިނގޭ މެމްބަރުން ވައްކަން ކުރަން އަދި ވައްކަންކޮށްގެންލިބޭ ފައިސާ ފޮރުވުމަށް ބޭނުންވަމިންވަރު. ހިތާމަހުރިކަމެއް. ރައްޔިތުން މިތިބަހަނާވަނީ. އިތުރު ގަޑީގަ ފައިސާއެއް ނުލިބޭ ހައްޤުވެފައިވާ މުސާރައިގެ ކުރިއެރުމެއްނުލިބޭ، އެކަމަކުވެސް ރައްިޔތުންނގެ ޙައްޤުޤަ. މިސަރުކާރު ބަދަލުކުރަންފެނޭ.

    14
  9. އަޙްމަދު

    މީއި ވައްކަން އާއުސްމިންތަކަށް ގެންދިއުމުގެ މުރަތަމަ މަރުޙަލާ! ލާރިކޮޅު ރައްކާ ކުރާ ސޭފްތަކެއް ހަދާލަނީ!!!!!

    16
  10. ގަގަ

    މިއަށް ކިޔަނީ ކޮރަޕްޝަނަށް މަގުފަހި ކުރުން ނޫން ދެން ކޯއްޗެއް؟؟

  11. ޖުމަލީ

    ނޫނޭ ބަރާބަރު! ކައުންސިލް ތައްވެސް އެމީހުންނަށް ދީ!!!! އަމިއްލަޔަށް ބުއި ބޮނޑިޔެއްނު؟ އަހަރުމެންނު އެމީހުން ހޮވީ؟ މާ ރަނގަޅު ބަޔަކަށް ވެގެން.......

  12. ރަބަރޭ

    ވަގުން ވައްކަންކުރުމުގެ މަގު ފުޅާކުރާނެ
    “ވަގަކަށް ހާސްދުވަސް ވެރިޔަކަށް އެއްދުވަސް” މިހާރު މިކަންވެސް ބަދަލުވެއްޖެ ވަގަކަށްވެސް ހާސްދުވަސް ވެރިޔަކަށްވެސް ހާސްދުވަސް
    ބޮޑުވަރު

    10
  13. ސާބިތު

    އޭރުންތަ މި މީހުންގެ ރިސްވަތު ފައިސާ ފަހަންރައްކާކުރެވޭނީ ކެތްކުރޭ އދުލުވެރި ދުވަހެއް އެބައޮތް އެދުވަހުން އަބީންނާއި ފިރިންގެ އެކައުންޓް ތަން ވަރަން ސާފުކޮން އޮންނާނީ ފެންނަން

  14. ބާބޫ

    ކެރަފާ ބާޣީ އަކީ ހަމަ ފައްކާ ލާދީނީ ގޮލައެއް. އެ ނުބައި މީހާގެ ފަހަތުން ދާން ހެޔޮނުވާހުށި

  15. ްިއިންސާފު

    އަނބިދަރިންގެ އެކައުންޓު ތަފްސީލް މަޖިލިސް ވެބްސައިޓްގަ ހާމަކުރުމުގެ މަގުސަދަކީ އެ މެންބަރެއްގެ ނަޒާހަތްތެރިކަން ހާމަކުރުން ކަމުގަ ވަނީނަމަ އެއީ މިޒަމާނުގަ ކުރަން މާކަ އޮއްޓަރުހުރި ކަމެއްނޫން. ސަބަބަކީ ނުހައްގު ފައިސާ ހޯދާ މެންބަރަކު ހަމަގައިމުވެސް އަނބިދަރިންގެ އެކައުންޓަށް އެފައިސާއެއް ނުލާނެ. ވީއިރު އަނބިދަރިންގެ އެކައުންޓު ހާމަކުރުމަކުން އެކަމުން ހާސިލުވާނެ އެއްވެސް މަންފާއެއް ނުފެނޭ. ހަމަ އެބީދައިން މެންބަރެެއްގެ އަނބި/ފިރިމީހާ ވެދާނެ ހަލާލު ފައިސާއިން ސައްހަ ވިޔަފާރިކުރާ ފަރާތަކަށްވެސް. އެހެންކަމުގަ ވަނީނަމަ އޭނަގެ މާލީ މަންފާ އެނގެން ނުޖެހޭފަރާތަކަށް އަންގާގޮތަށް މަޖުބޫރުވެފަ އޮތުމަކީ ވެވޭ ވަރަށްބޮޑު ބޭއިންސާފެއް. މިނިވަންކަމާއެކު އާމްދަނީހޯދުމުގެ ހައްގުން މަހުރޫމްވުން.

  16. ނާއިން

    އޭރުންތާ އަނބިދަރީންގެ އެކައުންޓް ތަކަށް ޖަމާކޮށްފަ ހުންނަ ވަގުފައިސާ ގެ އަދަދު ނުފެންނާނީ އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ފައިސާ ކެވޭނެ ގޮތެއް ބަލާނެ

  17. މެންދަމު-1:30ރަނުންރަނަށް

    އޭނަ ކޮން މެކަ މެއްވެސް ކުރާނީ އެކަ މެއްކުރަންއޮނަގޮތާއި އިނދި ކޮޅަށް އޭނަޔަށް އެނގޭ ވިއްޔަ މުޅިރާއްޖެ މިހާރުއޮތީ އޭނަ އެޅިހާ ބަތަކަށް ރިހަވެފަކަން ދެންއެހެންވީ މަ އޭނަ ކަނަކަންތައް ކުރާނީ ދައްޖާލަ ކަންތައްކުރާގޮތަށް އެއީހަ މަ ދައްޖާލަ