ރައްޔިތުންގެ މަޖިލިސް ނޫން ތަނެއްގައި ހަގީގީ ސިޔާސީ ހަރަކާތެއް ނުހިނގާނެ ކަމަށާއި އިދިކޮޅު މެމްބަރުން ވެސް މަޖިލިހުގައި ބައިވެރިވެވަޑައިގަތުމަށް މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް އެދިވަޑައިގެންފިއެވެ.

ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ބޭއްވި ޖަލްސާގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އިދިކޮޅު މެމްބަރުން ޖަލްސާތަކުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އޭގެ ފަހުން، މިހާތަނަށް އައިއިރު އެއްވެސް ޖަލްސާއެއްގައި އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އިދިކޮޅު މެމްބަރުން ބައިވެރިވެވަޑައިނުގަންނަވަނީ އެބޭފުޅުނަށް ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށް ވިދާޅުވެއެވެ.

މިއަދުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު ނަޝީދު ވިދާޅުވީ މެމްބަރުން ސުލްހަވެރި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމީ އެމަނިކުފާނުގެ ހިތްޕުޅުގައި ޝައްކު ހިނގާ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް ހިންގަމުން ދަނީ ސުލްހަވެރި ސިޔާސީ ހަރަކާތްތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަށް ޔަގީން ކަށަވަރު، މަޝްވަރާ އާއި ބަހުސާއި އަދި ބައެއް ފަހަރަށް ހޫނު ޒުވާބާ އެކުގައި ރާއްޖޭގެ ކަންކަން ރައްޔިތުންނަށް ހެވާއި ލާބަ އާއި މަންފާވާ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެ،" ރާއްޖޭގެ ވެރިކަން ތިން އަހަރެއްހާ ދުވަހު ކުރެއްވި ނަޝީދު ވިދާޅުވިއެވެ.

"ވާދަވެރިންގެ ކިބައިން އަނެއްކާ ވެސް އަޅުގަނޑު އެދެން ބޭނުން، މި މަޖިލީހަށް ވަޑައިގަންނަވާ، މި މަޖިލީހުގައި ނޫން ތަނެއްގައި ހަގީގީ ސިޔާސީ ހަރަކާތް ނުހިނގާނެ،"

މަޖިލިހުގެ ޖަލްސާގައި ބައިވެރިވެވަޑައިނުގަންނަވާ ސަބަބާ ގުޅޭ ގޮތުން އިދިކޮޅު މެމްބަރުން ވިދާޅުވީ އެންމެ ފަހުން މަޖިލިހުގައި ހަމަނުޖެހުން ހިނގައިދިޔައީ ސީދާ ނަޝީދުގެ އަމުރަށް ކަމަށާއި އެކަމުގައި ނަޝީދު މާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހުސެން

    އަހަރެމެން ތިމީހުން ހޮވީ ސިޔާސީ ހަރަކާތް ހިންގާކަށް ނޫން. ދިވެހި ރާއްޖެއަށް ބޭނުންވާ ގާނޫންތައް ހެދުމާއި ސަރުކާރާއި މިނިވަން މުއައްސަސާތަކާއި ކޯޓްތައް ޖަވާބުދާރީ ކުރުވަން. ވޯޓްދިން މަސައްކަތް ނުކޮށް އެހެންމަސައްކަތް ތިކުރަނީ. މުސާރަ ހަލާލެއް ނުވާނެ.

  2. އަލީ ނާޒިމް

    ތިޔަ މަޖުލީހަކީ މާރާމާރީ ހިނގާ، ރޭޕިސްޓުން ހިމާޔަތްކޮށް އެންމެފަހުން ދައުލަތުން ވަގައްނެގި ލާރިތަށް އަނބިދަރިންގެ އެކައުންޓަށް އަޅާފަ އެކަން ފޮރުވަން ފާސްކުރިތަން! މުޅި ދިވެހި ތާރީޚުގައި އެންމެ ހުތުރު އެންމެ އަގަލުކުޑަ ގޮތްކުޑަ މަޖުލީސްތީ !! ލަދުން ބޯފަޅައިގެން!

  3. ހަޖަމް

    ބީތާ......

  4. މާމީ

    ރާއްޖެ އައް ކޮރޯނާ ވައިރަހައް ވުރެ ނުރައްކާ ވަބާއެއް.

  5. ޝަފީގު

    މަޖިލޯހަކީ ސިޔާސީ ސަކަރާތް ޖަހަން ކަލޭމެން ވަދެގެން އުޅޭތަނެއް ދޯ.. ރައްޔިތުން ކާރީ ތިމަންނާމެންނަކީ ހަރުދަނާ ގާނޫނު ހަދާ ރައްޔިތުންގެ ފަރާތުން ވަކާލާތުކުރާނެ ބަަޔަކު ކަމައް ދަޅަދައްކައިގެން ވޯޓުހޯދައިގެން މިއޮއްގެން އަމިއްލަ އަށް ބޭޒާރުވަނީ.. ދެން ކީއްކުރަންތަ މިއިން މީހަކައް ރައްޔިތުންގެ ޓެކުސްފައިސާއިން ބޮޑު މުސާރަދީފަ ދެ ދަޅައަށް ކުކުޅު ކާނދީފަ އޭސީ ކުރި މަޖިލީހާއި ތަންތަން ދޭންވީ.

  6. ޣގގގގހ

    ކަލޯވައްކަންކުރަނީ

  7. މަދިރި ބިން މޮސްކިޓޯ

    ޑރ އަފްޒަލްވެސް ބުންޏޯ ބޮޑު ބޭބެ ވެރިކަން ކަޑަޔޯ

  8. ސާހިދު

    މި ނަޝީދު މީ ގޮތެއް ފޮތެއްނެތް މީހެއް މީނަގެ ނުބާ ނުލަފާކަމީ މުޅި މި ޤައުމަށް ޖެހިފައިވާ ބޮޑުވެގެންވާ މުސީބާތެއް މި ވަބާއިން މި ގައުމު ސަލާމަތްކޮންދެއްވާފާންވދޭއް

  9. ސާބިތު

    ތި ބުނާ މަޖްލީހަކީ ދުނިޔެ ލެއްވި ހުރިހާ ނުބާކަމެއް ކުރުމަށް މަގުފަހިކުރުވާ ޖާހިލުންގެ ޖަގަހައެއް

  10. ބެއްޔާ

    ތީ ބޮޑުވަޒީރުގެ ގެކޮޅު. ތިތަނުން ހުރިހާ ކަމެއްވެސްކުރަންވާނެ. ޝަރުއީކޯޓަށް ހުށަހެޅޭ މައްސަލަތައްވެސް މަޖްލިހުގެ ކޮމިޓީއަކުން އެޖެންޑާ1919ކޮމިޓީން ބަލަން ފައްޓަންވީ. 241ކޮމިޓީން މިހާތު ތަހުޤީގު ހިންގަނީ.

  11. އިބުރާހީމް

    އެހެއްވެތާ މެންބަރުން ގެ ފޯނުކޯލްތަކުން މުޖުރިމުން ދޫކުރަން އެގޮވަނީ

  12. Anonymous

    ސިއްކަ އުފެއްދި ފުށެތި ކާލުންގެރިޕަބްލިކްފޯސް

  13. އެމަންޖެ

    އަންނީ ކަލޭނިދާ ކޮޓަރި ތެރޭގަ އެއްނުންތަ ހުރިހާ ގަނޑެއް ގަނެވޭނީ.

  14. ދުންތަރި

    މަޖިލީހުގަ މާރާ މާރީ ހިންގިޔަސް ގުޅަމަތިހިފިޔަސް ދުލަށް އައިހާ އެއްޗެއް ގޮވިއަސް އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަދެއްކިޔސަް އެއްޖިންސުން ގުޅުން ހިންގިޔަސް އެވާނީ ސިޔާސީ ހަރަކާތައްތަ؟