ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ) އަކީ "ދެ އުޅިއެއް ނުވާ މޮޔައެއް" ކަމަށް ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ ވިދާޅުވުމާ ގުޅިގެން އޭނާ އާއި މޮސްޓާއާ ދެމެދު ހޫނު ޒުވާބެއް މިއަދު ހިނގައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މޮސްޓާ އާއި އީސަގެ ދެމެދުގައި ހޫނު ޒުވާބެއް ފެށުނީ ރާއްޖެ އިން ކޮސޯވޯގެ މިނިވަންކަން ބަލައިގަނެ، އެކަން ރަސްމީކޮށް އިއުލާންކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެކަން މަޖިލިހުން ބެލުމަށް ނަޝީދު ހުށަހެޅުއްވި ގަރާރަށް އެމްޑީޕީގެ މެމްބަރުން ބަހުސް ކުރައްވަން ބޭނުން ނުވި މައްސަލައިގައެވެ.

ނަޝީދު އެ މައްސަލަ މަޖިލިހަށް ހުށަހެޅުއްވި ނަމަވެސް އެއްވެސް މެމްބަރަކު ވާހަކަ ދައްކަވަން އެދިވަޑައިގެންފައެއް ނުވެއެވެ. އެހެންވެ، ނަޝީދު ވަނީ މެމްބަރުން ބަހުސް ކުރައްވަން ބޭނުން ނުވި މައްސަލައިގައި އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މޮސްޓާ ވިދާޅުވީ މަޖިލިހުގެ މެޖޯރިޓީ އޮތް އެމްޑީޕީން، މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަގު ވެއްޓޭ ގޮތަށް އެއްވެސް ކަމެއް ކުރަން ބޭނުން ނުވާނެ ކަމަށެވެ. އެހެންވެ، ނުފޫޒާއި ބާރުން ކަންކަން ކުރިއަށް ގެންދަން ފެނިވަޑައިގަންނަވާ ކަމަށް މޮސްޓާ ވިދާޅުވިއެވެ. މެމްބަރު ނަޝީދުގެ ވާހަކަތަކާ ގުޅިގެން ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ އެގޮތަށް ވިދާޅުވުން ރަނގަޅު ނޫން ކަމަށެވެ.

ނިޒާމީ މައްސަލައެއް ނަންގަވައި އީސަ ވިދާޅުވީ މެމްބަރުން ވަކި އެއްޗެއް ހުށަހެޅުއްވީމަ، އެކަމަށް ބަހުސް ކުރަން ޖެހޭ އުސޫލެއް އޮންނަ ކަން އޭނާ އަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ވަކި މެމްބަރަކު ހުށަހެޅުއްވީމަ، އެއަށް ބަހުސް ކުރައްވަން މަޖުބޫރުވާންވީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވިއެވެ.

އީސަ ވިދާޅުވީ މިދިޔަ ފަސް އަހަރު ދިޔަ އިރު ވެސް ކޮސޯވޯގެ މިނިވަންކަން ބަލައިގެން މައްސަލައެއް މަޖިލިހުން ބަލާފައެއް ނުވެއެވެ. އެހެންވެ، މިއަދު މަޖިލިހުގައި ވަގުތު ނަގާލައިގެން ބޭކާރު މަސައްކަތެއް ކުރައްވާނެ ކަމެއް ނެތް ކަމަށް ވެސް އީސަ ވިދާޅުވިއެވެ.

"ގަރާރު ހުށަހެޅުއްވި މެމްބަރަކީ ދެ އުޅިއެއް ނުވާ މޮޔައަކަށް ވިޔަސް، އަޅުގަނޑުމެން ސިކުނޑީގައި ކުޑަ ތެތްކަމެއް އެބަހުރި،" އީސަ ވިދާޅުވިއެވެ.

ނިޒާމީ މައްސަލަ ނަންގަވައި މޮސްޓާ ވިދާޅުވީ ރިޔާސަތުގައި އިންނެވި ނަޝީދާ އެކީގައި "ރާ ތަށި ހިއްޕަވައިގެން" އިންނަވާ ބޭފުޅުން އެކަހަލަ ބުއްދި ހަމަނުޖެހޭ ވާހަކަ ދައްކަވާނެ ކަމަށެވެ. އަދި ނަޝީދާ ދެކޮޅަށް ގަރާރު ހުށަހެޅުއްވުމަށް ތައްޔާރުކޮށްދެއްވީ އީސަ ކަމަށް މޮސްޓާ ވިދާޅުވިއެވެ.

މޮސްޓާގެ ވާހަކަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ މެމްބަރު ހެއްދެވީ "ކަނޑައެޅިގެން ދޮގެއް" ކަމަށެވެ. މި މަޖިލިހުގައި "ދޮގު ބަސް، ދޮގު ވާހަކަ" ދެއްކުމަކީ މަނާ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު މި ދަންނަވަނީ ކަނޑައެޅިގެން ދޮގު ވާހަކަ ނުހެދޭނެ. ގާނޫނުއަސާސީގައި މަނާ ކަމެއް އެއީ. އެކަން ސާބިތު ކުރުމަށް މި އޮންނަނީ މާތް ރަސްކަލާނގެ ގަންދީ ހުވާ ކުރުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނިޒާމީ މައްސަލައެއް ނަންގަވައި އީސަ ވިދާޅުވީ "ސިކުނޑީގައި ތެތްކަން ނެތް ބޭފުޅުން" ދައްކަވާ ވާހަކައަށް މާ ބޮޑަށް "ރިއެކްޓް" ނުކުރައްވާ ކަމަށެވެ.

"މި މަޖިލިހުގެ ކުޑަ ދޮށުގައި ޝަރީއަތަށް ސާބިތުވާ ވަރަށް، ބޮޑެތި ތަސައްރަފް ފުދިފައި ތިބި ފިރިހެނުން ތިއްބައި އެ ވިދާޅުވާ މެމްބަރު އަޅުގަނޑު ކައިރީގައި ވިދާޅުވީ 12 މިލިއަން ރުފިޔާގެ ހަކުރު ތިމަންނާ ވިއްކީމޭ،" އީސަ ވިދާޅުވިއެވެ.

އެހެންވެ، މެމްބަރު މޮސްޓާ ވިދާޅުވާ ފަދަ ކަންކަން އޭނާ ކުރައްވާ ކަމަށް ރައްޔިތުން ގަބޫލު ނުކުރައްވާނެ ކަމަށް އީސަ ވިދާޅުވިއެވެ. ނަމަވެސް މައިކް ކަނޑާލާފައި ހުރުމުން، މެމްބަރު އީސާ އަށް މޮސްޓާ ކުރެއްވީ ކޮން ތުހުމަތެއް ކަން އޭރު ސާފެއް ނުވެއެވެ.

އޭގެ ފަހުން، މެމްބަރު ނަޝީދު ވަނީ އީސައަކީ "ހަމަ ބުއްދި ފިލާފައި ހުރި" އަދި "ޖިންސީ ގޯނާ" ކުރަމުންދާ ބޭފުޅެއް ކަމަށް ތުހުމަތު ކުރައްވައިފައެވެ. ރާއްޖޭގެ ދެ ރިސޯޓެއްގައި އީސަ އަންހެން ދެ މީހަކަށް ޖިންސީ ގޯނާކޮށްގެން ފަޅާ އަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މޮސްޓާގެ ވާހަކަތަކާ ގުޅިގެން ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ އެ ވާހަކަތައް ހުއްޓުވައިފައެވެ.

ރައީސް ނަޝީދު ވިދާޅުވީ މެމްބަރުންނަށް ތަފާތު ތުހުމަތުތައް ކުރެއްވުމަށް މަޖިލިސް ބޭނުން ނުކުރެއްވުމަށް އެދިވަޑައިގެންފައެވެ. އޭގެ ފަހުން ވެސް މޮސްޓާ ވަނީ ރާއްޖެ އައި އެތައް ފަތުރުވެރިންނަށް އީސަ "ޖިންސީ ގޯނާ" ކުރައްވާފައިވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ހަސަންކޮއި

    ކެނެރީގޭ ނަޝީދުއަކީކޮންއަގެއްހުރިމީހެއް

    70
    3
  2. ފާތުން

    ?? އީސަ ބޭނިއްޖެ ރަނގަޅަށް ދޯ. ކިކިކިކީ

    69
    1
  3. ޝޮޓްގަން

    މޮސްޓާ ހޮޕް ހޮޕް!
    މޫދަށް އެރިގެން ރާބޯމީހުންނާ ސަފާރީތަކުގައި އަންހެނުން ރޭޕް ކުރާމީހުން މިރާއްޖެއަކަށް ބޭނުމެއްނުވޭ!
    ވަރަށް ސަލާން

    93
    4
  4. ބަނަސް

    ތިޔަ އީސައަކީ ވަރަށް އަނގަނުބައި އަދި ވަށްކަންކުރަން ދެވިހިފައިފަ ހުންނަމީހެއް މީނަ ރެސޯޓަކުންވެސް ކަނޑާލީ ވަށްކަންކޮށްގެން ކަމަށް ވޭ .

    65
    3
  5. އިބްރާހީމް

    ދައްކަވަން ހުރި ތަނެއް ދައްކަވާފައި، ނިމިގެންދާނީ. ވައްސަލާމް

    56
    1
  6. ބެއްޔާ

    ރާބޯވާހަކަ ދެއްކީމަ އައްނ ވަރަށް ކަޑަވާނެ. އެންމެ ފަހުން އާންމުވި ފޮޓޯއިންވެސް މޫދުަގަ ބޯން ތިބި ތަން އެތައްބަޔަކަށްވަނީ ފެނިފަ. މޫދުގަ ތައްޓައް ލޮނުފެން އަޅައިގެންބޯންތިބިވާހަކަ މިބުނީ.

    102
    3
  7. ނަރަކަ ފަރީދާ

    އީސަ މާބޮޑައް ސައިޒު އޮޅިފަހުރީ އީސަމެން ސައިޒު ކުރާނަން ދެންމާކަ ގިނަދުވަހެއްނެތް

    117
    4
  8. މަޒް

    ތި މަޖިލިހުގައި ގާނޫނު އަސާސީއަށް އަމަލު ކުރޭތޯ؟ ތިޔަ މަޖިލިހުގައި ކުރާ ކަންކަން ޝަރީއަތުގައި ސާބިތުކުރެވޭނެތޯ؟

    80
    1
  9. ވަލު އޫރު

    ބަކަރި ކޮށްޓައް ދަނޑި ލައިގެން ހަލުވައި ގަތީ ތަ މޮސްޓާ

    88
    3
  10. އާދަމުގެދަރި

    މަޖިލީހުގައި ދޮގު ވާހަކަ ދެއްކުމަކީ މަނާކަމެކޭ؟ އެހެންވިއްޔާ ފުރަތަމަ މަނިއްޕުޅު ތިޔަ ހައްދަވާހައި ދޮގުތައް ތިޔަ ހައްދަވަނީ ކޮންތާކު އިދެގެންތަ؟

    59
    2
  11. އަހްމަދު

    ތިމާ ކުރާވައްކަން ބަލަން ކާކުބާ އެދޭނީ! އީސާ ކަލޭދޭބަލަ ރަށަށް! ދެން އެންމެ އަވަހަށް ދެކެންބޭނުންވާ ދުވަހަކީ މީނާ މަޖްލީހުން ބޭރުވާދުވަހެވެ. އިރާދަ ކުރެއްވިއްޔާ އެކަން ދާދި އަވަހަށް ދައްކަވާށިއެވެ!

    53
    2
  12. ވިނާން

    ޖޫންމަސް ނިމުމުގެ ކުރިން ޖަމާކޮށްދެން ފިނޭންސުން ބުނި ފްރޮންޓްލައިން އެލަވަންސް ޖަމައެއް ނުވި. ޒުވާބު ނުކޮށް އެކަން ބަލައިދީ

    45
    1
  13. އިކޫސް

    ޖޫންމަސް ނިމުމުގެ ކުރިން ޖަމާކޮށްދެން ފިނޭންސުން ބުނި ފްރޮންޓްލައިން އެލަވަންސް ޖަމައެއް ނުވި. ޒުވާބު ނުކޮށް އެކަން ބަލައިދީ

    28
    1
  14. ޖަންނަތު ފަރީދާ

    ޢަޅެ ގެރި ކޮށި ދޯ

    42
    1
  15. ސަމީ

    ތިކަ މެއް ނޭންގޭތަ މީހަކު ބާރަށް ވަޔެއް ލިއަސް މިހާރު މިއޮތް ޖަންގަލީ މަޖިލުގަ ބަހުސް ކުރޭ ލަދު ކުޑަ ކެނެރީ ގޭ ޕާޓީ މެމ މްބަރުން

    47
    1
  16. ބާބޫ

    އީސަމެން ކެރަފާ އަންނި މެން ރަލޭ ބުނެފިއްޔާ މޮޔަވެސް ވެދާނެ.............

    45
    2
  17. ނަޖީ

    ތިޔައީ ކެނެރީގެ ބަކަރިކޮށި ރައްޔަތުންގެ މަޖިލިހެއްނޫން

    41
    3
  18. ހާލަތު

    ތައްޓަށް ރެޑުބުލް،ޒެޕަލް،ނުވަތަ އެޕަލް ޖޫސް އެޅިޔަސް ހީވާނެ ރާހެން. ތައްޓަށް ބަލާފަ ރާކަމަށް ސާބިތު ކުރެވޭނެތޯ. ރާބޯމީހުންނަށް އިސްލާމް ދީނުގައި އޮންނަ އަދަބު ދިނުމަށް ގޮވާލަން. ޒިނޭކުރުން،ރާބުއިން ހަރާމް

    30
    4
  19. ނަައީމް

    މިދުވަސްވެސް ފެނިއްޖެ ވިސްނާލަބަލަ ގައުމުގެ ފޭރާން ވީދިފައިވާވަރު މީ ރައްޔިރުން ނަށް މަކަރުހެދީމާ ވާގޮތް ސަނާކިޔާމީހުން ބަލާފަ އެއްޗެކޭ ކިޔާބަލަ

    10
    1
  20. ބަރަވެލި

    އަންނި އީސަ ހީކުރަނީ އެ މީހުން ރާބޯކަން އެއްވެސް މީހަކަށް ނޭނގޭނެކަ މަށް:

    16
    1
  21. ޢަންސާރުޕ

    ސާބަހޭ މޮސްޓާ ..ހިފަހައްޓާލާ ވެއްޓޭނެ ވަރަށް އަވަހަށް

    19
    1
  22. އަޙުމަދު ޢަލީ

    މަސައްކަތްތެރިންގެ ޙައްޤު ހޯދައިދޭން ވަޢުދު ވުމަށްފަހު ދެއުޅި ހުރެދެންތަ އީސަ ފަތުރުވެރިންނާބެހި، ރާބޮނީ

    16
    1
  23. ޡަމީ

    ތިއިން އެކަކުގެ ވާހަކަވެސް އަޑުއަހަން ބޭނުމެއް ނޫން..ތިމީހުންގެ ވާހަކަ ނޫސްތަކުގަ ލިޔެ ތި މީހުން ޕްރޮމޯރޓް ނުކޮށްބަލަ..ތީކޮންބައެއް.

    7
    1
  24. ޢައިޝަތު

    މިދެމީހުންނަކީ ވަރަށް ފެންވަރު އޮޅިގެން އުޅޭ ދެމީހުން.. ޚާއްސަކޮށް އީސަ .. މިދެންމާ މަތީ ދެމީހުން.