ކޯޓުތަކުން ހެކިބަސް ނެގުމުގައި އަމަލުކުރާ ގޮތުން ޝަރީއަތް ލަސްވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވެއްޖެެއެވެ.

ޖޭއެސްސީިން މިފަދައިން ވިދާޅުވެފައި ވަނީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގައި ފަނޑިޔާރުންގެ ސުލޫކަށް އަސަރުކުރާ ކަމެއް އޮތްތޯ ބެއްލެވުމަށް ފަހު ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައެވެ.

އެ ސިޓީގައި އެއް ބާވަތެއްގެ މައްސަލަތަކުގައި އެކި ފަނޑިޔާރުން އަމަލު ކުރާ ގޮތް ތަފާތު ކަމަށާއި، އެކި ކޯޓުތަކުން އަމަލު ކުރާ ގޮތް ތަފާތު ކަމަށް ފާހަގަކުރައްވާފައިވެއެވެ. އަދި އެއް މައްސަލައެއްގައި ދައުލަތުން ހުށަހަޅާ ހެއްކަށް ހެކި ބަސް ދޭން ދިއުމުގެ އަމުރު ނެރެދޭ އިރު ދިފާއުގައި ހުށަހަޅާ ހެކި ކޯޓަށް ހާޒިރުވާން އެންގުމުގެ އަމުރު ނެރެ ނުދިން ފަދަ ކަންކަން ދިމާވާ ކަމަށް އެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ.

"ކޯޓުތަކަށް ހުށަހެޅޭ މައްސަލައެއްގައި އިންސާފު ޤާއިމްކޮށް، ނިޔާ ކަނޑައެޅެނީ އެ ކޯޓުތަކަށް ހުށަހެޅޭ މައްސަލައަކާއި ގުޅިގެން، ހުށަހަޅާ ހެކިންދޭ ހެކިބަހުގެ މައްޗަށް ކަމަށްވީ ހިނދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިންގާ ގިނަ މައްސަލަތަކަކީ ހެކިން ހާޒިރުކޮށް ހެކިންގެ ހެކިބަސް ނަގާ ނިންމާ މައްސަލަތަކެއް ކަމަށް ވާތީ އިންސާފު ޤާއިމް ކުރުމަށާއި، އިންސާފު ޤާއިމްވާތަން ފެނުމަށް ހެކިންގެ ހެކިބަސް ނެގުމުގެ ކުރިއަށްވާ އިޖުރާއަތުތައް އެންމެންގެ މެދުގައި ހަމަހަމަކަމާއި އެކު އަމަލުކުރެވިގެންކަމަށް މި ކޮމިޝަނުން ދެކެމެވެ." ޖޭއެސްސީގެ ސިޓިގައިވެއެވެ.

އެ ސިޓީގައި އިތުރަށް ޖޭއެސްސީއިން ވިދާޅުވީ މައްސަލަތައް ދިގުލައިގެން ދަނީ ހެކިބަސް ނެގުމުގައި ކޯޓުތަކުން އަމަލުކުރާ ގޮތުގެ ސަބަބުންކަން ކޮމިޝަނަަށް އެނގިފައިވަނީ މައްސަލަތައް ލަސްވަނީ ކީއްވެތޯ ބަލަން ކުރި މަސައްކަތުން ކަމަށެވެ.

އަދި ހެކިބަސް ދޭން މީހުން ކޯޓަށް ހާޒިރު ނުވާ ހާލަތްތަކުގައި ކޯޓު އަމުރެއްގެ ދަށުން މީހުން ހާޒިރު ކުރެވެން އޮތް ނަމަވެސް ހެކިބަސް ދޭން އުޒުރުވެރިވާ ކަމަށް ބުނުމުން ކޯޓުން އެކަން ބަލައިގަންނަ ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަލާވެރިކަން

    ކަލޯ ކީކުރަން ނަގާ ހެކިބަހެއްތަ އަސްލުއިބޫ އަންނި ރުހޭގޮތަށް ނިއް މީ މަ އޯކޭވާނެ އެޖެންޑާ-19 ރައިގެ ތަފާތަކީ ބަލާ ކޮން މެ މައްސަލެެ އެއް ޤާނޫނާއި ޚިލާފުވުން އެހެންވީ މައޭ އަސްލުއިބޫއަންނި އޯކޭވީ ދެންވެސް ވޯޓު ލާދުވަސް ކައިރިވިވަރަކަށް ބާރަށްވާނެެ އަތްޖަހަން!