ކޮލަމާފުށީގައި ފަށްކަނޑަށް އިން މީހަކު ވަރި ނުކުރިކަމަށް ޚަބަރުތައް އެބަލިބޭ ކަމަށާއި އެއީ ކޮންޓްރެކްޓާ ހިލާފުކަމެއް ކަމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމަކީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތާއި ހިލާފު ކަމަށް ނަޝީދު ދެއްވި ހިތްވަރެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔަމުން އެބަގެންދެއެވެ.

ނަޝީދުގެ ވާހަކަތަކާއި ގުޅިގެން އައްޝައިހް އާދަމް ނިޝާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަށްކެނޑުމުގެ ޤަޞްދުގައި ކުރާ ކައިވެނީގެ ކޮންޓްރެކްޓަކީ (ޢަޤުދަކީ) ކަނޑައެޅިގެން ބާޠިލު ޢަޤުދެއް ކަމަށެވެ. އެކައިވެނިވެސް ޞައްޙަ ނުވާނެ ކަމަށާއި އަދި އެގޮތަށް ފަށްކެނޑުމަށް އެއިން މީހާ ގާތުން ވަރިވެގެން ކުރީގެ ފިރިމީހާއާއި ކައިވެނި ކުރިނަމަވެސް، ކުރީގެ ފިރިމީހާއާއި އަލުން އެކުރާ ކައިވެނިވެސް ޞައްޙަ ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފަށްކެނޑުމަށް އިންނަ މީހާއާއި އެމީހަކަށްޓަކައި އެފަށްކަނޑައިދެވޭ މީހާއާއި ދެމީހުންނަށްވެސް ﷲ ތަޢާލާ ލަޢުނަތް ލައްވަވާނޭކަމަށް ކީރިތި ނަބިއްޔާ صلى الله عليه وسلم ވަނީ ބަޔާން ކޮށްދެއްވާފައެވެ. (އަބޫ ދާވޫދު:2076)" އާދަމް ނިޝާން ވިދާޅުވިއެވެ.

އަބްދުލް ރައްޒާޤްގެ ކިބައިން ރިވާވެގެންވެއެވެ. އުމަރު ބުން ޚައްޠާބު މީސްތަކުންނަށް ޚުތުބާ ދެއްވަމުން ވިދާޅުވިއެވެ. "ﷲ ގަންދީ ބުނަމެވެ. ފަށްކަނޑާ މީހެއް ނުވަތަ އެމީހަކަށްޓަކައި ފަށްކެނޑެވޭ މީހެއް ތިމަންނަގެ ކައިރިއަށް ގެނެސްފިނަމަ އެ މީހަކު ރަޖަމްކުރައްވާ ހުށީމެވެ."

ނަޝީދު މީގެ ކުރިން ދައްކަވާފައިވާ ވާހަކަތަކަށް ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވެއެވެ. މިދިޔަ އަހަރު އޮތް ކެމްޕޭން އެއްވުމެއްގައި ވާހަކަދައްކަވަމުން ކައިވެނީގެ ބޭރުން ގުޅުން ހިންގައިގެން ދަރިން ލިބުމުގެ މައްސަލައަށް އޮތް ހައްލަކީ، ކައިވެނި ނުކުރާ އަންހެނުންނަށް ނުވިހާ އޮޕަރޭޝަން ކުރުމުގެ ފުރުސަތު ދިނުން ކަމަށް ނަޝީދު ވިދާޅުވި މައްސަލަ ވެސް ވަރަށް ބޮޑަށް ހޫނު ވިއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ޢިޔާބު

    މިމީހާ ގައިގަ ހައްދު ޖަހާ

    73
    3
  2. ދދ

    އޭގެ އަނގައިން އެއްޗެކޭ ބުނަންޏާ ބުނެވޭނީ އެކަހަލަ އެއްޗެއް އެސޮރަކީ އެކަން ޕްރޮމޯޓް ނުކުރެވިގެން ބަނޑުރިއްސާފަ ހުންނަ ފަކީރެއްވިއްޔަ

    75
    2
  3. އެމަންޖެ

    ނަސީދު ފުރަތަމަ މުސްލިމަކައް ވާންވީ އޭގެ ފަހުގަ އަނގަ ހުޅުވައިގެން ވާހަކަ ދައްކާނީ ، މިހާރު ރަނގަޅުވާނީ އަނގަ މަޑުންލައިގެން ހުރިއްޔާ.

    63
    3
  4. އޮޅުވާލި ވޯޓު

    މުސްލިމުން އިސްލާންދީނުގެ ވާހަކަ ދައްކާނީ ތި ޔަކީ މުސްލިމެކޭނުބުނެވޭނެ އަހަރުމެން ގަބޫލެނުކުރަން ތި ކަލޭގެޔަކީމުސްލިމެކަމަކައް

    54
    5
  5. އާވިމް

    މީ ވަރަށް އަނގާ ވިހަ މީހެއް.

    52
    3
  6. ނަވާ

    ދުލަކީ ޖާހިލެއްކަން ނުވަތަ ހިކް މަތްތެރިއެއް ކަ މުގެ ޢަލާ މާތެވެ. ނަޝީދަކީ ތަންދޮރު ނުދަންނަ ތި މާގެ ހަވާ ނަފްސުގެ އެދުންތަކަށް ވާހަަކަ ދައްކާ ޖާހިލެއްކަ މަށް ރާއްޖޭގެ އަޢްލަބިއްޔަތު ހެކިވެއެވެ....

    55
    2
  7. އަބްދޫ

    ނަސީދު އަށް ފަށް ކަނޑައިގެން ިއިންނަންޖެހިފަި އޮތީމަބާ ފަށްކަނޑާ ވާހަކަ ބުނީ .އެކަން އެގޮތަށް ކުރެވިފައި އޮތީބާ

    53
    2
  8. ދުންތަރި

    ކެނެރީގޭ ލާދީނީ ނަޝީދު ފާޅުގަ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފަށް ވާހަކަދެއްކީމާ އޭނަގެ މައްޗަށް ދަޢުވާ ނުކުރެވެންވީ އެއްވެސް ސަބަބެއްނެތް ނަޝިދަކީ ޝަރީޢަތަށްވުރެ އަދި ޤާނޫނަށްވުރެ މަތީގަ އުޅެވޭނެ މީހެއްނޫން ފައްކަންޑަން މީހުންާ ކައިވެނި ކުރުމަކީ އިސްލާމްދީން ހުއްދަ ކުރާކަމެއްނޫންކަން އެނގޭ އިރު އެއީ ކޮްޓްރެކްޓެއްކަމަށްބުނެ ދިފާޢުގަ ވާހަކަ ދެއްކުމަކީ އިސްލާމްދީނުގެ އަސްލަކާ ޚިލާފު ވާހަކަ ދެއްކުން މި ނަޝީދުގެ މައްސަލަ ތަޙްޤީޤުކޮށް ޝަރީޢަތަށް ފޮނުވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން ނަޝީދު އެތައްފަހަރެއްގެމަތިން އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަދައްކަމުން އެދަނީ އެފުރުސަތު ނަޝީދަށް ދީގެން ނުޥާނެ މީ އިސްލާމް ދީނުގެ ޢަދުއްވެއްކަމަށް ބަލަން ޖެހެނީ

    52
    3
    • މަހާ ރާޖާ

      މީނައަށް ތާއީދު ކޮށް ބާރުވެރި ކުރުވި ބައަކަށް ވެސް ހަލާކު ހުރި.

      30
      2
    • ޝާޝާ

      ޢެކަން ބެލޭކަށް ނެތެއްނު އެކަލޭގެ ބޭނުންހާ ގޮތެޢް ހަދަން ގައު މު އޭނާގެއަތް މައް ޗަށް ދޫކޮށްލައިގެން އިބޫ އެހުރީ ދެނެހުރި ކަ މަށްވެސް ނުހަދާ އެހެންނާ ފަހެ ކޮން ފަދަ ނޮހޮރުއްޕާނެއްތަ މިއީ ރާއްޖޭގަހިނގާ ހުރިހާކަ މަކަށް އެބަ ބޭނިގަނޭ .

      26
  9. ދިވެހިސޮރު

    މިފެންވަރުގެ މީހަކު އިސްލާމީ ދައުލަތެއްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސަކަށް ބަހައްޓާތީ މިޤައުމުގެ ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް ލޯތްބާމެދު ސުވާލުއުފެދޭ! މިކަހަލަ ކިތައް ވާހަކަ ދެންބުނާނެ މާނަކުރާގޮތް ގޯހިއްޔޭ... މީވަރަށް ނުލަފާ މީހެއް..ޚުޠުބާ ތެރެއަށް ކަރުދާސް އެޅި މީހާއޭތީ...އެކަމު މީނައަށް ސަނާނުކިޔާ ފަރޖއ ނެތް މިޤައުމަކު...

    25
  10. ރައްޔިތުން

    ނަޝީދު އަކީ ދީނީ ވާހަކަ ދައްކަން ހެޔޮވަރު މީހެއްނޫން، ވީމާ ދީނީ ކަންކަމާއި ގުޅިފައިވާ ކަންކަމުގައި އިސްލާމްދީނުގައި އެކަން އޮންނަ ގޮތް ސާފުކޮށްގެން އެމަގުން މެނުވީ މިބާވަތުގެ ވާހަކަ ނުދެއްކުމަށް ނަޞީޙަތްތެރިވަން. އަދި އެބާވަތުގެ ވާހަކަ ތަކުގެ ސަބަބުން އެމް،ޑީ.ޕީ އަދި ސަރުކާރަށް ރައްޔިތުން އޮންނަ ތާއީދު ގެއްލެމުންދާ ކަމީ ހިތާމަ ހުރި ކަމެއް، ބޭނުންހާ ބެރެއްގައި އެރާގު ހަމަކޮށް ނަށާލަވަ ކިޔާނެ ރައްޔިތުންނެއް މިރާއްޖޭގައި ނެތް.

    19
    1
  11. ާަަަުުބިސްބުރު

    މިއީ ކޮންތާކުން ވަޑައިގެންހުންނެވި ޝައިހެއް މަށަށް ހީވަނީ މިލާދީނީ ޝައިހު ވަޑައިގަތީ ދެބަނޑޮސް ދޭތެރެއިންހެން.

    18
  12. ރަބަރޭ

    ކޮބާތޯ މަނިއްޕުޅުގެ ތަރުޖަމާނުންތައް މަނިއްޕުޅު ވިދާޅުއެއްޗެއް ވާނެނޫންތޯ ތަރުޖަމާކޮށްލަން

    18
  13. ޚިޔާލު 3

    ނުބެހޭކަންކަމާއި ބެހި އުޅެންޏާ އަނގަގަދަ މިތުރަށް ވިހެންވެދާނެ .ވިސްނަންވާނެ.

    19
  14. ސަވީދު

    ފައްކަނޑާ މައްސަލަ އަވަހައް ތަހުގީގު ކުރޭ މަޖިލީހުގެ ތަޅުމުގައި..

    16
  15. އަސލީޒާ

    އޭ.. ކަލޭ ގާންދީގެ މަގުބަރާގައި ދުއާ ކީ ބީދާއިންދޯ ތިޔަ ފަތުވާނެރެނީ ފައްކެޑުމާއި ގުޅޭގޮތުން..

    16
    1
  16. ތާކިހާ

    އެމް.ޑީޕީ ސަޕޯޓަރުން ބުނާނެ ކޮބާހޭ މައްސަލައަކީ. ވިދާޅުވީ ނަޝީދޭ . އުތަމަ ބުނާނެ ސާބަހޭ އަހަނ އުތައޭ. ދިވެހިރައްޔިތުން ވިސްނާސަމާލުވާންވެއްޖެ އިނގޭތޯ

    13
  17. ޢަންސާރު

    2012 ފެބްރުއަރީ 7 ގަ އަޅުގަނޑު ހެނދުނު ސްކޫލް ނިންމާފަ ގެއަށް އައި މަގު މަތީގައި ގެއެއްގެ ރޭޑިޔޯ އިން ނަޝީދު އިސްތިއުފާ ދިން ހަބަރު ކިޔަމުން ދިޔަ..ވަރަށް ދެރަވެގެން ގެއަށް ގޮސް ހުއްޓާ ފަހު ދުވަހު ތިމަންނަ ބޮލުގަ ބަޑި ޖެއްސިޔޭ ކިޔާ ދެއްކި ވާހަކަ ތަކުން އެރޭ ދައުލަތުގެ ހުރިހާ އިދާރާއެއްގަ އެއްވެސް ރަހްމެއްނެތި ހުޅުޖަހާ އަންދާލި..ﷲ ގެ ހެޔޮ ރަހްމަތުން އަހަންނަށް ވިސްނެން ފެށި ނަޝީދު އެއީ ގައުމަށް ހެޔޮ އެދޭ މީހެއް ނޫން ކަން..އަބްދުﷲ ޔާމީން ވަރުގެ ހެޔޮ ވެރިއެއް ރާއްޖެ ނުދެކޭ..ﷲ އެ މަނިކުފާނަށް ހެޔޮ ރަހްމަތް ލައްވާށި..އާމީން ..ފަހު ވިންދާ ޖެހެންދެން ލާދީނީ އަދުއްވުންގެ ވަކިތަކުން މިގައުމުގެ މުސްތަގްބަލް ސަލާމަތް ކުރައްވަން މަސައްކަތް ކުރައްވާނެ ހިތްވަރުގަދަ ބަތަލެއް..ހާލުގަ ތިބި އެތަށް ބަޔަކަށް އާމްދަނީ ލިބޭނެ ގޮތް ހައްދަވައިދެއްވި ވިސްނުންތެރިއެއް..

    9
    2
  18. މުހުންމާ

    އެމަނިކުފާނު އެވިދާޅުވަނީ އެޖެންޑާ 19 ގައި އެކަން އޮތްގޮތް. އެއީ ދިވެހި ރައްޔިތުން ގެ މެޖޯރިޓީ ބަލައިގެންފައިވާ އެޖެންޑާ. އެހެންވީމައި އެއެޖެންޑާގައިވާ ކަންކަން ތަންފީޒުވާނެ. ޑީމޮކްރަސީއަކީ މެޖޯރިޓީއެދޭގޮތަށް ކަންކަން ކުރުމަށް ބާރުއެޅުން. ދިވެހިރައްޔިތުން ނަށް މިކަންކަން އެނގެން އެބަޖެހޭ. އިންޑިޔާ ސަރުކާރުން ދިން އެއްޗަކަށް ކަލޭމެން ދިންވޯޓުން އަމިއްލަ އަތުން ފޭހުނު އިލޮށި ތިވަންނަނީ އަމިއްލަ ލޮލަށް. އަހަރުމެން މިތިބީ ތިތަންބަލައިގެން ހަމަ ބާރަށް އަތްޖަހަން.

  19. އަހްމަދު

    މީ ދިވެހި ރާއްޖޭގައި ހުރި އެންމެ ފުންނާބު އުސް ދީނީ ޢިލްމުވެރިޔާ!

    4
    1
  20. އަމީދު

    މީނާ ބުނެފާނެ އިސްލާމް ދީނުގަ 6 ރުކުން އޮވެޔޭވެސް.. ޒައްގޫމް ގަހުގެ މޭވާ ކާންދޭންވީ..

  21. އިޤާބުލް ޤައުމު

    ފަހުޒަމާނުގައި މިކަހަލަ ބަޔަކު އުފެދޭނޭކަމާއި އެ ބައިމީހުނަށް ޤައުމުގައި ބާރުވެރިކަން ލިބޭނޭކަމާއި އަދި ޤައުމުގެ ބަޔަކު މިފަދަ މީޙުނަށް އަޅުކަންކުރާ ދަރަޖައަށް ކިޔަމަންވާކަމާ ޤައުމު ލާދީނީ ކަންކަމަށް ހޭ ދެބައިވާނޭކަން އެގޭ. މި ޤައުމަށް ކުރިމަތިވި އެއް ނުފޮރުއްޕާންކަމުގައި މި ނަފުސުވޭ.

  22. ައަހުމަދު

    ބެންކޮކަށް ގޮސް ލާރި ދީފަ ހޯދާ އަންހެނުންނަކީ ހިލޭ އަންހެނުން ކަމުގައި ނުވަަނެ ކަމަށާ..ަ އަހަރެމެންނަކީ މާއި ރަސްކަލާންގެ ދެވަނަ ދަރިން ނުންކަމުގައާއި މިކަހަލަ މުރުތައްދު ކިތައްމެ ވާހަކަ ތަކެއް ދެއްކި ރައީސަކުވެސް މިގައުމުގަ ވެރިކަމުގަ ހުރި....އެކަލޭގެ ހުރީ ދީނުގަ އެތެރޭގަތޯ އެފަދަ ވާހަކަތަކެއް ދެއްކި އިރު...ރައީސް ނަޝީދު އެއްޗއް ބުނާއިރައް ތިހާ ބާރު ތަކެއް ތި އަރަނީ...

  23. ރާނީ

    އިސްލާމް ދީނާ ޚިލާފު ވާހަކަ ދައްކާމީހަކަށް ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ނީދެވޭން ސާލިހަަށް މިކަން އެގެން ޖެހޭނެ