އިސްލާމްދީނުގައި ބަޔާން ކޮށްފައިވާ ބައެއް ކަންކަމާއި މެދު ސުވާލު އުފައްދައި، އަދި އިސްލާމްދީން ގަބޫލު ނުކުރާ ދިވެހިން ދިފާއުކޮށް ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "އުތެމާ" އިން ނެރެފައިވާ ރިޕޯޓަކީ އިސްލާމީ ޝަރީއަތުގެ ހުކުމްތަކަށް ފުރައްސާރަވާ ގޮތަށް އެކުލަވާލައިފައިވާ ރިޕޯޓެއް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ބުނެފިއެވެ.

މިރިޕޯޓަކީ 22 ޖޫން އިން 10 ޖުލައި 2020 އަށް ޖެނިވާގައި އޮންނަ ސީޑޯ ކޮމިޓީ ގެ 76 ވަނަ ބައްދަލުވުމަށް އުތެމަ އިން ހުށަހަޅާ ރިޕޯޓެކެވެ.

އަންހެނުންނާއި މެދު ކުރެވޭ އެންމެހާ ތަފާތު ކުރުންތައް ނައްތާލުމުގެ ނަމުގައި އުތެމާ ޖަމިއްޔާ އިން ނެރުނު ރިޕޯޓްގައި ވަނީ މައްސަލަ ހޫނުވި އެމްޑީއެންގެ ރިޕޯޓް ދިފާޢު ވެސް ކޮށްފައެވެ. އުތެމާ އިން ވަނީ އެމްޑީއެން ރިޕޯޓްގައި ހިމަނާފައި ހުރި ކަންކަން ތަންފީޒު ކުރުމަށް ގޮވާލާފައެވެ.

އުތެމާގެ ރިޕޯޓު ހަދަން ވެސް ފަންޑު ކޮށްފައިވަނީ، އެމްޑީއެން ރިޕޯޓު ހަދަން ފަންޑުކޮށްފައިވާ ކެނެޑާގެ "ކެނެޑާ ފަންޑް ފޯ ލޯކަލް އިނިޝިއޭޓިވްސް" އިންނެވެ. އެކަން ރިޕޯޓުގެ ފުރަތަމަ ގަނޑުގައި ބަޔާންކޮށްފައިވެއެވެ.

އުތެމާގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މުޅިދުނިޔެއަށް އޭގެ އަސަރުކޮށްފައިވާ ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރިއްޔާތާއި އޭގެތެރޭގައި އަންހެނުންނާއި މެދު ތަފާތުކުރުންތައް ކުރިއަރުވާ އަންހެނުންނަށް އަނިޔާކުރުންފަދަ އިޖްތިމާއީ ހަމަޖެހުން ގެއްލޭފަދަ ވާހަކަތައް ޝަރީއާގެ އެކި ތަރުޖަމާތަށް ބޭނުންކޮށްގެން ދެކެވޭ ވާހަކަތަކުގެ އަސަރު ރާއްޖެއަށްވެސް ވަނީ ކޮށްފައެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ދީނީތަޤުރީރު ކުރާ މީހުންނާއި އެމީހުންގެ އާއިލާއަށް ދައުލަތުގެ މުއައްސަސާތަކުން ދައުވަތުދީގެން ރާއްޖޭގައި ތަޤުރީރުކުރުމަށް ގެނެވި، ކުޑަކުދިންނާއި ކައިވެނިކުރުން ފަދަ ގެއްލުންދެނިވި ކަންކަމަށް ރާއްޖޭގައި ބާރުއަޅާފައިވާ ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

އެ ޖަމިއްޔާގެ ރިޕޯޓު ކުށްވެރިކޮށް އަދާލަތުން ނެރެފައިވާ ބަޔާނެއްގައި ބުނީ ރާއްޖޭގެ ދީނަކީ އިސްލާމްދީން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ހަދާފައިވާ ގިނަ ގާނޫނުތައް ހަދާފައި ވަނީ އިސްލާމްދީން އަސްލަކަށް ބަލައިގެން ކަމަށް އަދާލަތުން ބުންޏެވެ. އަދާލަތުން ބުނީ މިހާރަތަކަށް އައިސް ރާއްޖެއިން ފެންނަމުން އަންނަ ކަންކަމަކީ އިސްލާމްދީނުގެ ޝަރީއަތުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި މުޅިން ހިލާފު ކަންކަން ކަމަށެވެ.

އަދާލަތުން ވެސް ވަނީ އުތެމަ ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓަކީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ރިޕޯޓަށް ތާއީދުކޮށް ނެރެފައިވާ ރިޕޯޓެއް ކަމަށެވެ. އިސްލާމްދީނަށް ތައުހީނުކޮށް ޝަރީއަތުގެ ހުކުމްތަކަށް ފުރައްސާރަވާ ގޮތަށް އެކުލަވާލާފައި، އެކަންކަމަކީ ސައްތައިން ސައްތަ އިސްލާމީ ދިވެހި މުވާތިނެއްގެ ކިބައިން ފެނިގެންވާނޭ ކަންކަމެއް ނޫން ކަމަށް އަދާލަތުން ބުންޏެވެ. އުތެމަ ޖަމިއްޔާ އިން ނެރެފައިވާ ރިޕޯޓަކީ އިސްލާމީ ރިވެތި އުސޫލުތައް ދިވެހި ފަސްގަނޑުން ފޮހެލުމަށް ބަޔަކު މީހުން ކުރާ މަސައްކަތުގެ ތެރެއިންވާ ކަމެއް ކަމަށް އަދާލަތުން ބުންޏެވެ.

އުތެމާގެ ރިޕޯޓްގައި ބުނެފައި ވަނީ އެމްޑީއެން އިން ތައްޔާރުކޮށްފައިވާ ޕްރެލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް (ރާއްޖޭގައި ހައްދުފަހަނަ އަޅާފައިވާ މިންވަރު ދެނެގަތުމުގެ އިބްތިދާއީ ދިރާސާ) ގައި ސްކޫލްތަކުގެ މަންހަޖަށާއި މުއައްސަސާތަކަށާއި ރައްޔިތުންނަށް ދިމާވެފައިވާ އާޚިރު ނަތީޖާއާއި ބެހޭގޮތުން ސަރީހަ މައުލޫމާތު ތަކެއް އެކުލެވިފައިވެއެވެ.

"ދާދިފަހުން ހިނގާދިޔަ ކަންކަމުގެ ތެރޭގައި އެމް.ޑީ.އެން ގެ ރިޕޯޓު ކުށްވެރިކުރުމުގެ މަސައްކަތަކީ މި މައްސަލައިގެ ސީރިއަސްކަން ރަމްޒުކޮށްދޭ ކަމެކެވެ." އުތެމާގެ ރިޕޯޓްގައި ވެއެވެ.

އެ ރިޕޯޓާއި ގުޅިގެން އުތެމަ ޖަމިއްޔާ އުވާލުމަށް ގޮވާލާ ގިނަބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ. އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެ ޖަމިއްޔާއިން ނެރެފައިުވާ ބަޔާނެއްގައި ބުނީ އެ ކަމަކީ ސިޔާސީ މަންފާއެއް ހޯދުމަށް ބަޔަކު ކުރާ މަސައްކަތެއް ކަމަށެވެ. އަދި ސިޔާސީ ބޭނުމަށް އެއްބަޔަކު އަނެއްބަޔަކާއި ނުފޮށުމަށް ވެސްއެ ޖަމިއްޔާއިން ވަނީ ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ނަައީމް

    ތާހިރެއްނު އެމީހުންލައްވާ އެކަންކުރުވާފާ މާކަނާތަކެންހެން ތިތިބީ އަރާ މިކަމުގާ ފާފަވެރިވާނެ ހިއްވަރުދިންމީހުންވެސް ނޫންތާ ކަލޭމެނަށް އެގޭ މިސަރުކާރު ގެނައިއިރުވެސް މީލާދީނީ ސައިގަނޑެއްކަން ވަކިމީހަކަށް ހަސަދަފިލުވާލަން ގެނައި ސަރުކާރެއްކަން މިކަން ކޮށްފަ ކަލޭމެން ދެން ތިޔަހެން ކިޔުމަކުން ނުވާނެ ތިޔަ 3މީހުންވެސް މިސަރުކާރު ބަދަލްކުރަން މަގުމައްޗައްވެސް އެބަޖެހޭ ނިކުންނަން ރައްޔިތުންނަށް ވިސްނާދން ވިސްނުން ބަދަލްކުރަން މިގައުމު ހަލާކުގެތެރެއަށް އެއްލާލުމުގަ އަދާލަތުގެ ބައްއްގެ އެހީތެރިކަން ވަރަް ބޯޑު މި3މީހުން ހާއްސަކޯށް ފާހަގަކޯށްލަން

    20
  2. ބެއްޔާ

    އެކަން ނޭނގިގެން އުޅުނީ އަދާލަތުން. އެއީ ދުނިޔޭގެ ދަހިވެތިކަމުގަ ރައީސް އޮފީހުންނާއި މިނިސްޓްރީތަކުން ބޮޑެތި މަގާމްހޯދަން. މަގާމް ގެއްލުނީމަ ގޯސްވީ. މިއީ ލާދީނީ ސަރުކާރެއް.

    23
    1
  3. އިބްރާހީމު

    ނޫނޭ! އިބޫއަކީ ސުންނަތުން ވާރިދުވެފައިވާ ސިފަތައް ހުރި މީހެއް. ނަމާ އެއްވަރަށް ސޯލިހު މީހެއް. އިބޫގެ ވެރިކަން ރީތިވާނެ. ތަފާތު ފެންނާނެ. އެޔެއްނު ކަލޭމެން ކިއި އެއްޗެއްސަކީ. ވަޒީފާއާ ޖާހަށް ޓަކައި އަމިއްލަ ނަފުސު ވިއްކާ ބައެއް.

    11
  4. ޢިބޫ

    ޢަދާލަތު ޕާރޓީ އަކީ ފެއިލް ވެފައިވާ ޕާރތީ އެއް!! ވީނީޑް އަވަ ރައިޓސް ފޮ އިޓސް ފުލަސްޓް!

  5. ށިދާ

    ޓްރައިންގ ޓް ސްޓޭ ރިލެވެންޓް އެގެއިން؟ ނޯބޮޑީ ކެއާރސް.

  6. Anonymous

    ތިދެއް ބޭކާރު ވާހަކަ އެކަން އެކަޏެއްނޫން ރާއްޖޭގަ ފާޅުގަ ދީނާހިލާފުކަން ކުރަނީ! އިހައްދުވަހު ބަނގުރާބޮއިގެން ސަފާރީއެއްގަ މީހަކު ރޭޕުކޫރީ ބަލަ އެސަފާރީގަ ބަގުރާ ގެންގުޅެނީ ރަސްމީހުދަޔާއެކީ އެކަލާންގެ ކަމެއް މަނާކުރީމަ އެހުކުން ފާޅައްގޮންޖަހާ އެކަން ހުދަކުރާތައް ނުފެއްނަބަޔަކު ތިކަހަލަ ވާހަކަ ދެއްކިޔަސް ރައްތުން ބަލައެއް ނުގަންނާނެ

  7. ހާނި

    ވަޒީފާ ގެ ދަހިވެތި ކަމުގަ ގައުމަށް ގައްދާރުވުމުގަ ރަނގަޅު ބޭކާރު އަނގަ ތެޅުމުގަ ދިނާ ގައުމަށްޓަކާ ނިކުންނަންވީނު ކީވެ ތި ތިބެނީ ނަގޫފިތިފަ ނުކެރޭނެ މަނީ މަނީ

  8. ހަސަން

    ވާހަކަނުދައްކާ،މިއަދުގެސަރުކާރުގެނައީ
    ތިޔަޖާހިލުންގެބުރަމަސައްކަތުން

  9. ޝޮކްތެރަޕީ

    ކަލޭމެން އެމްޑީޕީޔައް ވެރިކަން ހޯދަދިނީމަ މިހެންމިވަނީ. މަގާމުގެ ދަހިވެތިކަން ބޮޑުވީ.

    10
  10. ރާޒީ

    ބަޔަކު ހޭލައިފި. ވިިކިފަތިބި ބަޔެއް

    • ދޮގެއް؟

      ލިބޭ އެތިވަރު މަދުވެ އަޑިއަޅަނީ ކަމަށްވާނީ.

  11. އަހަުމަދު

    އަދި ތަންކޮޅެއް އަވަސް މިހާރު ތިޔަ ޕާޓީގައި ތިބީ ކިތައް މެންބަރުންތަ އަޅެ އިސްކޫލެއްގައި ނަމަ ވެސް ޖަލްސާއެއް ބާއްވާލަ ބަލަ ހީނުވޭ 50 މީހުންވެސް ދާނެހެން ބަންގާޅީން ވައްދައިގެން ފުރަންޖެހޭނީ

    4
    1
  12. ކުދުވާނޑި މުހުންމާ

    އިހުޒަމާނުގެ ފޮތްތަކުގައި ބުނާގޮތުން ފަހުޒަމާނަށް އައިސްފައި ދީނީ އިލްމްވެރިންތަކެއް އުފެދޭނެ، އެމީހުންގެ ދީނީ އިލްމްވެރިކަން އޮންނާނީ ދައްކާލާ ވާހަކައެއްގެ ގޮތުގައި. އަމަލު ހުންނާނީ ދައްކާވާހަކަ އާއި ދިމާ އިދިކޮޅަށް. މިއީ އެކަހަލަ ބައެއް.
    މިހާރު މީހަކުގޮސް ޝޭހް އިމްރާނުކުރެން އަހާބަލަ ޔޮޓެއްގައި ބިދޭސީ އަންހެނަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މިއިވޭ އަޑުތަށް. ނޫނީ ރައީސް ނަޝީދު އެބުނާ ކޮންޓްރެކްޓް އުސޫލުން ފަށްކަނޑަން އިންނަވާހަކަ. ރީތީ ޖަވާބެއްދޭނެ.

  13. ެއަލިފު

    އަލީ ޒާހިރުގެ ދެފަރާތުގައި އެތިބީ ފެއިލް ވެފައި ތިބި ދެމީހުން
    އަދި ތަންކޮޅެއް އަވަސް ތިޔަ ވާހަކަ ބުނިލެއް
    ޕާޓިގައި ކިތައް މެންބަރުން އެބަތިބިތަ
    އޮޑިޓް ރިޕޯޓް ނެރެފައި ބުނާނެ މިތައް އާނމު ޖަލްސަާ ބޭއްވީމޭ
    އަޅި މީ ޕާޓީ އެއްތަ

  14. ކަމަނަ

    އަލީ ޒާހިރަށް ތިކަން ހާމަކުރެވުނީ އޮޅިގެން މިޤައުމުގެ އިންސާފުގެއްލި މުޅިޤައުމު ރައްޔިތުންގެ މަޖިލީހުން ދަމާލާއިރު . ދީންގެއްލިދާއިރު ވަޒީފާގެ ބިރަށް ހުންނަތަން ފެންނަނީ