ރައްޔިތުން މަޖިލީހުގެ ވަކިވަކި މެންބަރުންނަށް އަމާޒުކޮށްގެން ފުލުހުން އެ މެންބަރުން ދިރިއުޅުއްވާ ގެކޮޅުތައް ރެއިޑް ކުރަން އުޅޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އެފަދަ މައުލޫމާތެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. އެކަން ކުރުމަށް ވިސްނާފައި ވަނީ ފުލުހުންގެ ތެރެއިން މަދު ކުދިން ކޮޅެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބިވަޑައިގެންފައި މިވަނީ ރައްޔިތުންގެ މަޖިލީހުން ފުލުހުންގެ ހިދުމަތުގެ މުޅިން އާ ބިލެއްގެ މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައި ކަމަށެވެ. އަދި އެ ބިލު ފާސްވުމުން ފުލުހުންގެ މުއައްސަސާ އަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މެންބަރުންނަށް އަމާޒުކޮށްގެން ރެއިޑް ކުރުމަށް ފުލުހުން އުޅެނީ ފުލުހުންގެ ބިލު ފާސްކޮށް ފުލުހުންގެ މުއައްސަސާ އަށް ގިނަ ރަނގަޅު އިސްލާހުތަކެއް އަންނާނެތީ އެކަމާއި މެދު ހިތްހަމަ ނުޖެހިގެން ކަމަށްވާ ނަމަ އެކަން އެގޮތަށް ނުކުރުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

"ވަކިން ހާއްސަކޮށް ގޮސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ޗެކްކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގެ ބަލާފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އެވެނިކަމެއް މިވެނިކަމެއް ކުރަން އެ ވިސްނުމުގަ އެއްވެސް ފުލުހެއް ނުހުރުމަށް އަޅުގަނޑު ވަރަށް ބޮޑަށް ދަންނަވަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ޒިންމާ އޮތީ އެމްއެންޑީއެފްގެ އަތުގައި ކަމަށާއި އެބޭފުޅުންގެ ޒިންމާ އަދާ ކުރާނެ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުންތަކަކަށް އަމާޒުކޮށް ފުލުހުން ރެއިޑް ކުރަން އުޅޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު ފުލުހުންގެ ބިލަށް ބަހުސް ކުރައްވަމުން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ފުލުހުންގެ މުއައްސަސާ އަކީ ވަރަށް ދެރަވަރުގެ ތަނެއްގެ ގޮތުގައިވެސް ބައެއް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ރަބަރޭ

    ތަޅާނެކުދިން ކޮޅެއް ހޯއްދަވާއިގެން ނުކުންނަވަން ވީނޫންތޯ

    35
    1
  2. ހުދު ފޮށާ

    މެމްބަރުން ވިޔަސް ކަލޭވިޔަސް އަހަރެންވިޔަސް ގާނޫނާއި ޚިލާފުކަންކުރާނަމަ، ފުލުހުން ފާރަވެރިވާނެ ދޯ؟

    އެއީ އެމީހުންގެ ވާޖިބަކީ.. އެކަމަށް ބައިތިއްބާފަ ތިބި ބަޔެއް.. އޮޅުނީތޯ؟

    ވަގުންނަށް އަބަދުވެސް ހީވާނީ ފަޅާ އަރާފާނެ ހެން އުޅޭނީ އަބަދު އެކަމުގެ ބިރުން..

    އަނެއްކާ ގޯސްކަން ތައް ކުރާ މަޖިލީހު މެމްބަރުން ތިބިކަން އެގެނީތޯ.. ؟

    އެހެންވިއްޔާ އަވަރަށް ރިޕޯޓުކުރޭ.. ފުލުހުން ނުދާނެ އޭރުން ފަހަތުން..

    31
  3. ޝަމީލް

    ކީއްވެތޯ ނުކުރަންވީ.. ކާށިދޫ އެމްޕީ ކައިރީގަ ހުންނައިރު ޝަރުބަތުގެ ވަސްވެސް ދުވާ..

    28
  4. ރައްޔިތުމީހުން

    ގާނޫނާ ހިލާފް ކަންތައް ކުރަން ޔާ ރެއިޑް ޖަހަންވީ.. މަޖްލިސް މެންބަރަކަސް، ނަޝީދަކަސް ގާނޫނާ ށް ވުރެން ބޮޑު ނުވާނެ..

    31
  5. Anonymous

    ކިޔާލައިފިހެ

    12
  6. ޚިޔާލާއިފިކުުރު

    މުޅި އޮޑީގަ ހަސަނު. ބޮޑު މުސީބާތެއްނުމީ އަދިވެސް ދިވެހި ރައްޔިތުން ހެވިފަ ތިބެނީތަ،، މި ސަރުކާރު އިނދަޖައްސާ ކުޑަކަކުލަށް ތިރިކުރަން ނިކުތުމަށް ގޮވާލަން..

    35
    1
  7. ސަގަރުނާލު

    ވެރިކަންވެއްޓުނު ދުވަހު މިކަލޭގެ ފުލުހުންނާ ދިމާލަށް ރުޅިއައިސް އަތްއުކާ މަންޒަރު ފެންނަ ވީޑިއޯ ބަލާފަ އަނެއްކާވެސް އަނެއް ބަގާވަތް ހިންގަން އުޅޭ ވައްތަރު އެބަ ޖަހައެވެ.

    27
  8. އަލީ ނާޒިމް

    ޤާނޫނަށްވުރެ މަތީގަ ހަމަ އެކަކަށްވެސް ނުހުރެވޭނެ! މެމްބަރެއްވިޔަސް އަދި އެހެން މީހެއްވިޔަސް! އެޔައް މިކިޔަނީ ޤާނޫނުގެ ވެރިކަން ނުވަތަ ރޯލް އޮފް ލޯ! މެމްބަރުން ނުވަތަ ރޯޔަލް ވެގެން ހައްޔަރުނުކުރެވޭ ހިސާބައްދަންޔާ ދެން މިރާއްޖޭގައި ޤާނޫނު ތަންފީޒުކުރެވޭނެ ރައްޔިތެއް ނުހުންނާނެ!

    20
    1
  9. އަޙްމަދު

    ނުބައިމަގުން އުޅޭމީހުން ހަމަމަގަށް އެލެންޖެހޭ ނުނީ ހިފާހައްޔަރުކޮށް އޮބިއަޅައިގެންވެސް ރަނގަޅު ކުރަންޛެހޭ! މަޖްލީހުގެ މެންބަރުން ނާމޫނާއަކަށް ވާންޖެހޭއިރު އެކަން ޢަމަލުން ނުދައްކާމީހުން ހިފާ ހައްޔަރުކޮށްގެން ނަމަވެސް އެކަން ރަނގަޅު ކުރަންޖެހޭ!

    20
  10. ޙުކުމް

    ކަލޭ އަބަދު ފުލުހުންނާއި އަޅައިގަނެގެން އުޅެނީ ކީއްވެތަ

    26
  11. ސިދާތާގެ ބެޑްސީޓް

    ހަސަނަން ހީވާނެ ފުޅަށް ބުޑުންދަންޏާ ކެޔޮގަނޑު ކަޑާފާނެހެން ، އަބަދުވެސް ދޮގު ހަދައިން ވާހަކަ ދައްކާނީ

    26
  12. ރައްޔިތުން

    މުޅި ނިޒާމު ބަދަލުކޮށް ގައުމުގެ އިސްތިގުލާލް ދަމަހައްޓަން ސަލާމަތީ ބް ރު ތަކުން ނުކުންނަން ވެއްޖެ ނޫނީ މި ގައުމު ގރެއްލި ހިގައިދާނެ

    26
  13. ތާކިހާ

    ބަރުލަމާނީ ބިރުގެ އިންޒާރެއް، މީ ވަރަށްވާހަކަ

    20
  14. ހުދު ފޮށާ

    މަޖިލީހުގެ ރައީސް ޕޮލިހުންގެ މަސަތްކަތަށް ހުރަސް އަޅައިފި.. ދެން އައްސަވާ, މިނާ ޕޮލިހުންގެ މަސަތްކަތައް ހުރަސް އަޅަނީ ދޯ..
    އެޚަބަރު ފެތުރީމަ, ސަސްޕެކްޓެޑް މީހުން ހެކިފޮރުވާނެ.. އެހެންވީމާ, ގާނޫނު ހަދާ މަޖިލީހުގެ ގޮނޑީގައި އިނދެ ގާނޫނަށް ގޮންޖަހަނީ..!

    މީނާގެ މައްސަލަ ބަލަން ވެއްޖެ ދޯ ޕޮލިސް, ޕީޖީ.. ގާނޫނު ކޮބާތޯ ކީއްވެ ގާނޫނު މުގުރާއިރުވެސް ހިމޭނުން ތިބެނީ?

    10
    • ރަނާ

      ޙައްޔަރެއް ނުކުރެވޭ ނެ އެކަލޭގެ ހު ން ނާ ނީވެސް ގާ ނޫ ނަށްވުރެ މަތީގަ ޕޮލިހުގަޔާ ދިފާއީބާރު ގަވެސް އޭ ނަގެ މީހު ން ކޯޓު ތަކުގަވެސް ޕާޓީ ކުދި ން ހިތަށް އެރި އެއްޗެއް ކިޔާ ހިތަށްއެރި ގޮތަކަށް ކުރާ ނެ މަޖްލިސް އިދާރާގަ މަސާޖް ޕާލާއަކާ ބާރ އެއް ހުޅުވާ ތަ ންވެސް ފެ ން ނާ ނެ ތޯއްޗެ މަމެ ން ހަމަކޮމެ ންޓް ކޮށްކޮށް ތިބޭ ނީ ތޯއްޗެ

  15. ސޯޕް ލައިޓް ބްރަދަރ

    މިކަލޭގެ ހިފަހައްޓަ ބަހައްޓާފައި އަނގަހައްދެއް ޖަހަންފެނޭ!!!!

    12
  16. ރައްޔިތުން

    ބާ ރު ތައް ދާން ކައި ރި ވަނީ ތި

  17. ބިސް

    ފުލުހުން ސާބަހޭ...ފުލުހުން ތެރޭގަ އެބަ ތިބި ގައުމުދެކެ ލޯބިވާ ދަރިން.

    10
  18. އާރު

    މީ ދެން ވަރަށް ތާކުން ތާކު ނުޖެހޭ ވާހަކަތަކެއް! މަޖިލިސް މެންބަރުންގެ ފަރާތުން މިހާތަނަށް ފެނިފައިވަނީ ވަރަށް ގިނަ ކަންތައްތަކެއް. ލޯމަރާލައިގެން ތިބެވޭކަށް ނޯންނާނެ! ޤާނޫނީ އިމުގެތެރޭ އެންނެން ވެސް ތިބެންޖެހޭނީ! މަޖިލިސް މެންބަރުން ވިސްނަވާ! ތިބޭފުޅުންގެ ޒިންމާ ތިބޭފުޅުން ނަންގަވާ ތިބޭފުޅުންގެ ތެރޭގައި ކުށުގެ ވެށީގައި ތާއަބަދަށް ދެމި ތިއްބަވާ މެންބަރުން އެބަ ތިއްބެވި! ހަނޑޫ ބަސްތާއެއްގައި އެންމެ މީދާ ގުޔެއް އޮތަސް މުޅިބަސްތާގައި މީދާ ގުއި އޮތްކަމަށް ބުނާނީ! ކުއްކުރާމީހުންނަށް ފުރުޞަތު ނުދެއްވާ! ތިބޭފުޅުންގެ ޕާޓީއަށް ނިސްބަތް ވިޔަސް އެފުރުސަތު ނުދެއްވާ! ތިބޭފުޅުންގެ ޒިންމާ ތިބޭފުޅުން ނަންގަވާ! ހުވައި ކަށަވަރު ކުރައްވާ! ސުވާލަށް ޖަވާބުދާރީ ވާންޖެހޭ ވަގުތަށް ތައްޔާރުވެލައްވާ!

    10
  19. ރިސޯޓްބޯއި

    ދިވެހިންނަށް ލައިގަނެފައި އޮތް ބޮޑު ނުހޮރުއްޕާނެއްމީ.

    12
  20. ފުލުސް

    ފުލުހުންނެއްވެސް ނޫން ދާންވީ ސިފައިން ދާންވީ ހަތިޔާރާއެކު ގޮސް ކޫތާފަ ގޮސް މާފުށީ ޖަލަށް ލާންވީ .ހުކުމުގެ ބާކީ ބައި ހުރި ކަން ހަނދާން އެބަހުރިތަ ބޮޑު ތެލުލި ބިޑި....