ޝަރުއީ ކޯޓުން ބޭރުގައި 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކު ކައިވެނި ކުރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލަ މިހާރު ވަނީ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށްވެސް ގެނެސްފައެެވެ.

"ވަގުތު"އަށް އެނިފައިވާގޮތުން، މިކަން ހިނގާފައި ވަނީ ރާއްޖޭގެ މެދުތެރޭގެ އަތޮޅުގެ ރަށެއްގައެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު "ވަގުތު"އަށް ވިދާޅުވީ، އެފަދަ މައްސަލައެއްގެ މައުލޫމާތު ލިބިގެން މިހާރު ޖެންޑާ މިނިސްޓްރީން އެކަން ބަލަމުން އަންނަ ކަމަށެވެ.

މިނިސްޓްރީން މިކަމާއި ގުޅޭގޮތުން އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ.

އެ އޮފިޝަލް ވިދާޅުވީ، އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން އެ ކުއްޖާގެ އާއިލާއަކީ ހަރުކަށި ފިކުރަށް ތަބާވާ އާއިލާ އެކެވެ.

އިއްޔެގެ ވަގުތެއްގައި މެދު ތެރޭގެ އަތޮޅުގެ ރަށެއްގައި 18 އަހަރު ނުފުރޭ ކުޑަ ދެ އަންހެން ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. މިކަންވެސް ޖެންޑާ މިނިސްޓްރީން ދަނީ ބަލަމުންނެވެ. އަދި އެ ސަރަހައްދު ރަށެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކުވެސް ބަނޑުބޮޑުވި މައްސަލައެއް ދަނީ ބަލަމުންނެވެ.

މި މައްސަލަތަކަކީ ދެ މައްސަލައެއް ކަމެއް ނުވަތަ މިއީ ވަކި ވަކި މައްސަލަތަކެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކައިވެނި

    ކޯޓް ތެރެއިން އިސްލާމްދީން ހުއްދަކުރައްވައިފައިވާ ކައިވެނި ނުކުރެވެންޏާ އަދި އިސްލާމްދީނުގައި ހަރާމް ކުރައްވައިފައިވާގޮތަށް (މިސާލަކަށް ކައިވެނީގެ ބޭރުން ގުޅުންހިންގައި ބަނޑުބޮޑުވުމުން ކުރާ ކައިވެނި) ކައިވެނި ކުރެވެންޏާ ތިކޯޓްތައް އެބަޖެހޭ ބަދަލުކުރަން. ކައިވެނި ކުރުން މަނާވެފައި ކައިވެނީގެ ބޭރުން ގުޅުންހިންގުންވެސް މަނާކުރަން އެބަޖެހޭ. އަދި "ކުޑަކުދިން" ދެޖިންސު މައްސުނިވެ ބަދުއަހްލާގީ އަމަލްތައް ހިންގާކަމުގައިވާނަމަ އެބަޖެހޭ އެކަންތައްވެސް މަނާކުރަން. ނޫނީ ކީއްކުރަން މަނާކުރާ ކައިވެންޏެއް؟ މިހާރު މާލޭގެ ގްރޭޑް 8ގެ ކުދިންވެސް ރިލޭޝަންޝިޕް ހަދައިގެން އެބަ ޒިނޭކުރޭ.

    19
    1
    • ނާރު

      16 އަހަރުނުވެ ރާއްޖެއިން ބޭރަށްގޮސް އެބަކުރޭ ކައިވެނި އެވިސް ހަރާންކަމެއްތަ ސްކޫލްއަށްނައީމަ ބަލާއިރު އޮންނަނީ ކައިވެނި ކޮއްފަ އެކަމަކު 18 އަހަރު ނުވާތީ ލީވިންގނުދޭ ހަރާމުން ހަރާމު

    • Queen

      8ކީކުރަން 4 އެހާ ހިސާބުން އުޅޭނީ ރައްޓެހިވެގެން ނުކުރާކަމެއް ނޯންނާނެ. # ގައުމުގެ ހާލަތު

  2. ނުލަފާ ކެރަފާ

    ކޮބާ ޝިދާތާ ބޭރު ކޮއްގެން ޒިންމާދާރު ވެއްޖެ؟؟
    ކަންކަން ވީ އިތުރައް ގޯސް.
    އީވާޔާ ޖީހާން އަވަހައް ކޮންމެސް އެއްޗެކޭ ކިޔާފަ ވީދިގަނޭ..ހަރުކަށި ފިކުރޭ، އެނމެއް ނާރައޭ، މަހެށް ނުބޭނުނޭ... ވާވަރު މީހުންނާ ވެރިކަން ހަވާލު ކޮއްލާފަ ގެއަށް ވަގައިގަންނަވާ..

    13
    1
  3. ހޭބަލި

    ބަލަ 16،17 އަހަރުގެ އަންހެން ކުދިން އެބަތިއްބޭ ކައިވެނި ނުކުރެވިގެން ޒިނޭކޮއްލަ ކޮއްލާ. މިރާއްޖޭގެ ގާނޫނު ކައިވެނި ކުރަން ހުރަސްއަޅާތީ.

    19
    1
  4. ރާއްޖެ މީހާ

    ދިވެހި ރާއްޖެ އަކީ ނަމުގަ އިސަލާމް ކަމުގަ ޔޫރަޕު . ކީއްކުރާނީ

    10
  5. އެމަންޖެ

    އަންނީ ބާލިޤު ވުމުން ކައިވެނި ކުރެވޭނެ ގޮތްހަދާ ، އަދި ނޭގެ މި އަންނިޔަކައް ބާލިޤު ވުމަކީ ކޮބައިކަމެއް އެންގޭ ކަމެއްވެސް.

  6. ނުރަނގަޅު

    ނަންވާނީ އެމެރިކާ! އެކަމަކު އެތާގެ 25 ސްޓޭޓެއްގަ ކޮންމެ ޢުމުރެއްގައިވެސް ކައިވެނި ކުރެވެޔޯ ޙާލަތާގުޅުވައިގެން! އެހެންވީމާ މިކޮޕީކުރަނީ ހުޅަނގުތޯ އިރުމަތިތޯ އަރިމަތިތޯ ؟؟ ގާނޫނު ހިނގަނީ ވަކިބަޔަކަށް. އަބަދުވެސް ވަކިބަޔަކު ތިބެނީ ރޯޔަލްކޮށް ، އެކަން ނުވެގެން ސިޔާސީ ވެރިން އަބަދުވެސް ތެޅިފޮޅެނީ! ކަލޭނޭ މިހާރު ދެން ޑިމޮކްރަސީ! ކުރިން ވެސް ވަކި ރަނގަޅީކީނޫން.