މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ޕާޓީ ކުރަމުން ދިޔަ ބަޔަކު ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުނު މައްސަލާގައި ހައްޔަރުކުރެވި ދޫކޮށްލި މީހުން މަސްތުވި ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.
ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގައި ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ވަނީ ސަފާރީގައި ތިބި މީހުންގެ ތެރެއިން ފުލުހުން މައުލޫމާތު ސާފު ކުރުމުގެ ގޮތުން ނަމަވެސް އަދި ހައްޔަރުކޮށްގެން ނަމަވެސް ޕޮލިސް ސްޓޭޝަން އަށް ގެންދިޔަ މީހުންގެ ހާލަތު ހުރީ ކިހިނެއްތޯ ސުުވާލު ކުރައްވާފައެވެ. ތަކުރާރުކޮށް ނާޒިމް ސުވާލު ކުރެއްވުމުން އެ ސުވާލަކަށް ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވަނީ އެ ސުވާލަށް ޖަވާބު ދެއްވާފައެވެ.
މަންނާނު ވިދާޅުވީ އެ މައްސަލާގައި ޕޮލިސް ސްޓޭޝަން ގެންދިޔައީ ދެ މީހުން ކަމަށެވެ. އަދި އެ ދެ މީހުންވެސް މަސްތުގެ ހާލަތުގައި ތިބި ކަމަށް ނުބެލެވޭތީ އެކަން ރެކޯޑު ކުރެވިފައި ނުވާ ކަމަށެވެ. ދެވަނަ ފަހަރަށް އެ ސުވާލު ކޮމެޓީގައި ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ.
"އެވަގުތު ތިބި ފުލުހުންނަށް ހައްޔަރުކުރި މީހުންގެ ކުޑަކަމުދާ ތަކެތި ނަގައިގެން ޓެސްޓު ކުރަންޖެހޭ ވަރުގެ ކަމެއް ނުފެންނާތީ އެކަން ރެކޯޑު ކުރެވިފައި ނުވަނީ،" އިމްތިޔާޒުގެ ސުވާލަށް މަންނާނު ވިދާޅުވިއެވެ.
ފުލުހުން މިފަދައިން ބުނި ނަމަވެސް "ވަގުތު" އަށް އެނގިފައިވާ ގޮތުގައި އެމީހުން ތިބީ މަސްތުގެ ހާލަތުގައެވެ. އަދި އެއީ ފުލުހުންނަށް ހުށަހެޅު މައްސަލައެއް ނޫނެވެ. އެނގިފައިވާ ގޮތުގައި އެއީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓު ޑިޕާޓުމަންޓު (ޑީއީޑީ) އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެކެވެ.
މި މައްސަލާގައި އަނިޔާ ލިބުނު ކަމަށްބުނާ އަންހެން މީހާ ރާއްޖޭގެ ބައެއް މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ވެސް ވަނީ އޭނާ އެ ސަފާރީއަށް ދިޔައީ ރައްޓެއްސަކު ދިން ދައުވަތަކަށް ކަމަށެވެ. އަދި އެ ތަނުގައި ބަނގުރާ ބޭނުން ކުރި ކަމަށްވެސް އޭނާ ބައެއް މީޑިއާތަކުގައި ބުނެފައި އެބަހުއްޓެވެ.
ލޮލް. އެއްވެސް ކަމެއް ވެގެން އެބަ އުޅޭތަ
ސާބަހޭ ޕޮލިސްކޮމިޝަނަ އަށް
ކިޔޭ ނުކިޔޭ ނޭގޭ ކޮމިޝަނަރ މިއޮތީވާ ކަމެއްދޯ ؟
ﷲއަކުބަރު ހައްޤު ހަމަކުރެއްވިޔަސް ގެންދަވާނީ ދައްކަވަން ހުރި ތަނެއް ދައްކަވާ އިވެންހުރި އަޑެއް އިވިފަ
ތިގޮތައް ބުނެގެން ނޫނީ ވަޒީފާގަ ނުހުރެވޭނެތީވެ އަވަހައް ބަދަލު ކޮއްލީ ރައްޔިތުން މިތިބީ ކަލޭމެން ތިކުޅޭ ކުޅިވަރު ނިކަން ރަގަޅައް ބަލަަން.
ޕުލީޒް.... ޕޮލިސް ދެން ތިރޭޕް މައްސަލައިގަަ ވާހަކަަ ނުދައްކާ ތިބޭ. މިހާރު ފުދިއްޖެ.
އަސްތަޣުފިރުއްﷲ.
ޢަދުލު އިންސާފް މިއޮއް އޮލަވެގެން ފައިބަނީ ރައްޔިތުން އަތްދިއްކުރޭ އަވަހައް ގިނާންލިބެނީ ކާކައްތޯބަލަން ބޯހަލާކު މިވަރުން ދަންޏާ ޕާރޓީ ކުރިކަ މައްވެސް ތިޔަ އަންހެން މީހާ ތިޔައް އެރިކަ މައްވެސް ނުވާނެ މިވީގޮތުން ރައްޔިތުން ކުއްވެރިވެފަ އޮންނާނީ މީ އެ މްޑީޕީ އަދުލު އިންސާފުގެ ތަޅުދަނޑި ތަޅައްލައްވާފަ އަނބުރާގޮތް
އަނެއްކާ ތިޔަ ސަފާރީއެއްގައި އެމީހުން ތިބިކަމަށް ވާނެބާ؟!
ޗެކް ކޮށްފަ ތަ ތިހެން ބުނީ. ތުހުމަތެއްވެސް ނުކުރެވޭ ދެއްތޯ
ޓެސްޓް ކުރިތަ؟؟؟
ޓެސްޓް ކުރާނީ ޝަ އްކެ އްވެސް ވެގެންނު އެއ އްވެސް ކަމެ އްނުވެ އޭ
މަސްތުވި ކަމަށް ބެލެވެނީ ދިވެހި ރައްޔިތުން... އޯކޭ އެއްނު....?
ދައްކާހުރިހާ ވާހަކައަކުން ހައްތާވެސް ޕޮލިހުގެ އަގުވެއްޓޭނީ. މިސްކިތްހުޅުޖެހި މީހާގެ ވާހަކަޔާ އެއްގޮތަށް ކުރިކަމެއް ފޮރުވަން ދެއްކޭވާހަކަ ހައްތާވެސްތީ. މިނޫން ދުވަހެއް އަދި އަންނާނެ. އެދުވަހުން ތިމާހެދިދޮގު ހެއްކާއެކު ދައްކަވާނެ.
ތިހާބޮޑުޖޯކެއް ދެން ނުވެސް ކިޔޭނެ މީހާކަށް... ރައްޔިތުން ތިބީ ކަނުވެފަ ހޭބުއްދި ފިލާފަ ކަ މަށްތަ ކަލޭ މެން ހީކުރަނީ.. އިސްތިއުފާ.... ސަރުކާރު ބޮޑުތަނުން ފޭލިވެއްޖެ..
ވަރަށް ތަފާތު ކޭސް އެއް ދޯ.. މީގަ ފުލުހުންނަށް ތަހުގީގު ނުކުރިއަސް އެބަ އިނގެ ހުރިހާ ކަމެއް.. ކުރަން ޖެހޭ ސަބަބެއް ނެތްކަންވެސް..
ތިޔަށްވުރެ މާ އާދައިގެ ކަންކަމުގަ ޒުވާނުން ހައްޔަރުކޮށްގެން ގެންގޮސް އެވަގުތަކު ބްލެޑާގަ ހުރިއްޔާ ހުރި ގޮރެއް ނަގައިގެން ޓެސްޓްކުރޭ. މިފަހަރު ކިހިނެއްބާ މިވީ ޔޫރިން ޓެސްޓް؟
ސަފާރީގަ އޮތް ޕާޓީއަކަށް އެ ދިޔައީ ގުރުއާން މުބާރާތެއްގަ ބައިވެރިވާން.
މިއޮތީވާ ސަރުކާރެއް . ޕޮލިސްކޮމިޝަންގެ ޙާލަތު. މަޖިލީސް ވެސް ވަނީ ރައްޔިތުންގެ ކިބައިން ފޭރިގަނެ ކެނެރީގެ ނަޝީދު މުނިފޫހި ފިލުވާ މާލަމަކަށްވެފަ. ސަރުކާރު ހިންގަނީ ލިޔެކިޔަންވެސް ނުދަންނަ ޖާހިލެއްގެ ބެލުމުގެ ދަށުގަ މުޅިގައުމު ދޮވެނިމިއްޖެ ސަހަރޯ.
އެހެންވީމާ ޕޮލިހައް ގެންދަންޖެހޭވަރު ކަމެއްވެސް ހިނގާފަކާއެއްނެތްތާ..
އެމީހުން ޕާރޓީއެއްވެސް ނުކުރޭ.. ރޭޕްކުރިކަށް ބުނާމީހާ ސަފާރީއަށް ނުވެސްދޭ
ތީގަ ވާނެގޮތް މިއީ: އާން މު ސިފައެއްގަ ފުލުހުންގެ އިހު މާލުވާކަ މަށް މޑޕ އިން ކިޔަންފައްޓާ ފުލުހުން ބަދުނާ މުކުރާނެ. މި އިހު މާލުގައި އަޖައިބެއްހެން ކޮ މިޝަނާރ އޮފް ޕޮލިސް އެ މްސީ ހަ މީދު އިސްތިސްނާވާނެ. ކުއްވެރިވާނީ އި މުރާނު. މަޖްލިސް ވޯޓުން އެސޮރު ބޭރުކޮށްލާނީ.
ޝާހީ ރޭޕިސްޓު މިނިވަން. ޢަންހެނުންގެ ހައްގެ ، ނަސްލީ ހަ މަހަ މަކަ މުގެ ހައްގެ، ޖިންސީ ގޯނާގެ ޝިކާރައަށްވީ މީހާގެ އަނގަ ބަންދުވާނެ.
މަކަރުހެދު މުގައި ޖީހާނެކޭ ފިޓް ފަޒީލެކޭ ތަފާތެއްނެތް. މޑޕ އެކޭ ކުރިން އައި އެހެން ވެރިކަންތަކެކޭ ތަފާތެއް ނެތް. ޢެން މެންވެސް އަ މިއްލަ މަސްލަހަތަށް އުޅެނީ. ގޯސްވަނީ ހަ މައެކަނި މަސްލަހަތު ފުށުއެރީ މަ.
ގެންދިޔަ 2 މީހުންގެ ޔޫރިން ޓެސްޓް ކުރާކަށް ނުޖެހޭ. ސަބަބަކީ އެއީ ރޯޔަލް ފެމިލީގެ ބާފުޅުންނަށްވުން. އާދައިގެ ރައްޔިތަކުނަަމަ ޓެސްޓް ކުރީސް. އެއީ ދިވެހި ގާނޫނަކީ ނުފޫޒެއްނެތް، އާދައިގެ ރައްޔިތުންނަށް ހަމައެކަނި ހަދާފައިވާ އެއްޗެއް.
ނުފޫޒުވެރިން އުޅުއްވާނީ ގާނޫނުން މަތީގަ.
ސާބަހޭ ގުނބޯ ނާލީސް ތަކެއް
100%
ރޯޔަލް ފެމިލީވީމަ ޓެސްޓް ނުކުރާނެ ދައްކާވާހަކަ މިޙާރުމިވެރިކަން ގެނައިބަެިގަޑުއަގައިން ނުބުނެ ތިބޭނެ ބޮޑުބަލާވެރިކަމެއް މިގައުަމައް ޖެހިފައޮތް
މަތް ﷲ ގަންދީ ހުވާކޮށްގެން ތިބޭމީހުން ހަދާތެދުމީ! ދެން ކިހިނެތް މިމީހުން ކުރާ ތަޙްޤީޤް ތަކުގައި މިމީހުން ކަންތައް ކުރާނީ!
އެއީ ސަފާރީ އެއް ކަމަށް ބެލެވޭބާ .އަނެއްކާ ހީވާ ގޮތުން ސަފާރީ ކިޔާ އެއްޗެއް ނުވެސް އޮވޭ ވީމާ ދަޢުވާ ބާޠިލް އެހެން ނޫން ތޯ
ސުބުހާނަށްﷲ. މަހުޝަރަށް ޙާޒިރުކުރެވޭނެ ކަންވެސް ނޭނގެނީތަ؟ ޙަސްބިﷲ ވަނިޢުމަލްވަކީލް ޒައްރެއްގެ މިންވަރު ކުށެއް ކުރިމީހާވެސް އެކަން ދެކޭނެ ދުވަހެެއް އަންނާނެކަން ކަށަވަރު.
ފުލުހުންނާއި ދިމާވި 2 މީހުންނަކީ، ޖިންނީން ކަމަށް ދެންބުނޭ!
ޕާޓީ މީހުނަށްވީމަ މިދުނިޔެމަތީގަ އޮޅުވާލަން މަސައްކަތް ކުތެވިދާނެ. އަދި މިދުނިޔެ މަތީގަ ކުށްވެރިންނަށް އަދަބުވެސް ނުލިބިދާނެ. އެކަމަކު ތިހުރިހާ ކަމެއް ބޭޒާރުވެ ވޭންދެނިވި ބޮޑު އަޒާބެއް ލިބޭނެ ދުވަހެއް އޮތްކަން ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު މިދުނިޔެ މަތީގަ ހިތުހުރިހާ ގޮތަކަށް އުޅޭ މީހުނަށް ނޭންގެނީބާ. އެދުވަހަކުން ތިޔަ ރީނދޫ ޕާޓީއެއްވެސް ސިޔާސީ މީހުނެއްވެސް ނުތިބޭނެ. އެދުވަހުން ﷲގެ ކުޅަދުންވަންތަ ކަމުން ކުށްވެރިން ބޭޒާރު ވެގެން ދާނީ ހުރިހާ މީސްތަކުންގެ ކުރިމަތީގަ. ފުލުހުންނާ ސިފައިންނަށް އެދުވަހަކުން މަތި އޮއްބާކަށް ހެދޭނެ ދޮގެއް ނޯންނާނެ.
ތިޔަބުނާ ބަޔަކު އެބުނާ ސަފާރީއަކަށް ދިޔަކަމަށް ބެލެވޭތަ އަނެއްކާ؟؟؟؟
ޢެތަނުގަެި ބަޔަކު ތިބިކަށް ނުބެލެވޭ. ޢަންހެންކަމަށް ނުބެލެވޭ. ސަފާރީއެއްކަމަށް ނުބެލެވޭ. ޕޮލިހުންކަ މަށް ނުބެލެވޭ.
ކޮންސަފާރީއެއް؟..ކޮން ރޭޕެއް؟.ކޮން މަސްތުގެ ހާލަތެއް؟..ކަ މެއް ވެއްޖެތަ؟...ހައްހައްހައް...
މިވަރުން ދަންޔާ ރައީސުލްޖުމްހޫރިއްޔާއަށް ރައީސް އޮފީހަށް ދާން ނުކުމެފައި ރައްޔިތުންގެ މަޖުލީހަށް ވެސް ވަޑައިގެންފާނެ އެއީ 25 އަހަރު މެންބަރުކަން ކުރައްވާފައިވާތީ
މަޖިލީހުން އަނެއްދުވަހު ބަޔާނެއް ނެރުއްވާނެ ރައީސް މަޖިލިހަށް ވަޑައިގަތީ އޮޅިގެންނޭ.....
އެކަން އެހެން ދިމާވީ ސެކިއުރިޓީ މީހުންނަށް އެރި އޮޅުމަކުންނޭ
އޮޅިގެން ވީ ކަމެއް'''' މަސްތުވިކަން މިހާރު ބަލަނީ ވަހުން ކުއްތާ ނެތުމުން އެކަން ނުވީ
އޮޅޭ ވަރުން ހާދަ ކަމެކޭ މާދަމާ ރައީސުލްޖުމްހޫރިއްޔާ އޮޅިގެން އިސްތިއުފާ ވެސް ދެއްވަވާފާނެ އެނެއްދުވަހު ރައީސް އޮފީހުން ހޫދު ބުނާނެ އެއީ އިދާރީ އޮޅުމެކޭ ......
ވީހާލެއްގައިވާން ގެނައި އެޖެންޑާ 19 ތަފާތުވާނެ.
އަނެއްކާ ޕޮލިހުން އެމީހުންގެންދިޔައީ ޔޮޓުގައި ދަމުނަމާދުގެ ގިޔާމުގައި ތިއްބައިތޯ؟
މަންނާނަށް އޮޅިދާނެ...... ފުލުސް ކުދިން ނަށް މިވަރުން އިނގޭނެ
މުޅި ފުލުހުންގެ މުއައްސަސާގެ ތާރީޚްގައި ވެސް މިއަދަކީ ލަދުވެތި ދުވަހެއް
މިއޮތް ވާ ސަރުކާރެއް އޮޅިގެން އެނެއްމީހާ އިސްތިއުފާ ވެސް ދީފާނެ
ވިކިލީކްސް އިން ލީކް ކޮށްލި ރިޕޯޓް މިހާރު ތިދުކަން އިނގިއްޖި އެމެރިކާ މީހުން ތައްޔާރު ކުރި ރިޕޯޓް ގައި އޮތް 18 މަސް ދުވަސް ތެރޭ ރައީސް ސޯލިހު ބޭސް ކުރަމުންދާ ބަލީގެ އަލާތްމާތް ފެންނާނެއޭ އިއްޔެ އެފެނުނީ ބޮޑު އަލާމާތް ސަރުކާރު ހުޅުވޭނެކަމަށް ބުނެވުނީވެސް އޮޅިގެން ..... ވަޒީރުންގެ ހާލުވެސް މިވަރު... މިސްކިތް ހުޅުވާނެކަމަށް ބުނެވުނީ އޮޅިގެން ... ފްލެޓް ދޭނެ ކަމަށް ބުނެވުނީ އޮޅިގެން
އޮޅިގެން ބުނެވުން އެއްޗެއް ކަމަށް ވާނީ
ސަދޫމް ގެ މައްޗައް ދިވެހިން ކުރިހޯދައިފި ....
އެމީހުން ސަފާރީއަށް ދިޔަތަ... ޕާޓީކުރިތަ؟. މަންނާނު....
ކަލޭވެސް މަރުވާނޭޭ...... އެހެން ދުވަހެއް އޮތްކަ މެއް ހިތަށް އަރާތަ؟........
ދެންވަރަ އިތުބާރު ކުރާނެ ތިދެން ކުޑަކުއްޖަކަވެސް އެގޭކަމެއް..
ސަދޫ މްއަށް ބަދަލުވަނީތޯ..!؟ ބަކަށިގަނޑަށް ހުކުންކުރިގޮތައް..!؟ ދެންކުއްވެރިވާނީ މަންޖެބާ...
މަންޖެ ކުއްވެރިވެ ނިމިއްޖެ މާދަމާ ޑީޕޯޓް ކޮއްލާނެ.
ޕޮލިހައް ގެންދިޔަމީހުންނަކީ ދިވެހިރައްޔިތުންނަށް ނުވާތީ ޓެސްޓްކުރުން އެހާމުހިއްމެއްނޫން. ކިާސަޅި.
އޮޅިގެންނަމަވެސް މިގޮތައް މައްސަލަ ތަހުގީގު ކުރެވޭތީ ދަންޖެހިގެން މަރުވާންޖެހެނީ.
މިއީ ސަރުކާރެއްގެ ސިފާގައި އައި މުސީބާތެއް.
ބަލަ ތިޔަމައްސަލަ ކީއްކުރަންތޯ ފުލުހުން ބަލަނީ ، ތިޔައީ ބާތްޑޭޕާޓީއެކޭ ފުލުހުން ތިކަހަލަ ކަންކަން ބަލާ ނޫޅެމޭ ބުނެލިނަމަ ސަޅިވީސް ،
ތިޔަބުނާ ސަފާރީ އަކީ ބޯޓެއްތަ؟
މި ފެންނަނީ ރާއްޖޭގައި ސަރުކާރާއި ގުޅިފަ ހުންނަ މާފިޔާގެ ނުފޫޒު އޮތް މިންވަރު.. ބިރު ދައްކާލީމަ އެ ފަކީރު ދެން ވާހަކަވެސް ބަދަލު ކުރަންތާ ޖެހޭނީ.. އޭނާ އޭނާގެ އަމިއްލަ ވަޒަނުގައި މިނިވަންކަމާއި އެކު އުޅެމުން ތިޔަކަންތައް އަސްލު ހިނގާދިޔަގޮތް ކިޔައިދެވޭނީ.. އަދި އޭނާގެ އާއިލާ އަކީ ބާރާއި ނުފޫޒު އޮތް ބަޔެއްނަމަ މިތަނައް އެތަނުގެ މާފިޔާފޮނުވައި އޭނާގެ އަނިޔާވެރިންނައް ގޮތްގޮތް ހެދުންވެސް އެކަށީގެންވޭ. ކޮންމެއަކަސް މިއޮތީ ވަރައް ނުބައި ކަމެއް ހިނގާފަ. އެހެން ނޫންނަމަ ރައްޔިތުން މިކަމާއި މިހާވަރައް ބަސް ބުނެ ނޫޅޭނެކަންނޭނގެ. އަނެއްކާވެސް ބަދުނާމު މިވަނީ ފުލުހުންގެ މުއައްސަސާ..
ދީސް ރޯޔަލްސް. ކޭން ގެޓްއަވޭ ވިތް އެނީތިންގ. މިކަން އޮއްބާލަން ހިފާފަތިބި މީހުނަށް ސާބަސް. މިފަދަ ކަމެއް ދިމާވެދާނެ މާދަން ތިޔާގެ އާއިލާ މީހަކަށްވެސް. ދޫކޮށްލައިފިއްޔާ ދެން ކުރާނީ ހަމަ މިވަރުގެ ބޮޑެތި އެހެން ކަންތައްތައް.
ކޯޓުގަވެސް ވިމާ ފިސާރި ތެދުހެކި މިމީހުން ހުންނާނީ ދީފާ..އަދި ބޭއިންސާފުން އެތަކެއް ބަޔަކައް ހުކުމް ތަންފީޒު ކުރެވިފާ..
މިދައްކަނީ ދޮގުވާހަކައެއް ކަމުގައި ވަންޏާ މިކަލޭގެ ދުލުގައި ގޮށެއްޖައްސަވާ ފާނދޭއެވެ! އާމީން!
ބާތަކަށް އަދި ވަނަސް ރަލެއް ނުބޯނެ..ރަގަޅަށް ފެންވަރާގެން ނިކުމެދާނެ
އެ 3 މީހުން ނުވެސް ހައްދަވާ. އެއްވެސް ސަފާރީއަކު އެއްވެސް ކަމެއް ނުހިނގާ، ދެން ކުރިން ފުލުހުންގެ ނަމުގައި ތަފާތު ގޮތަކަށް ބަޔާން ނެރުނީ ކާކުތަ؟
ބޮއެގެން ބިއްޖެހިފަ ތިބޭއިރުވެސް ބުއިކަމަށް ނުބެލެވެންޏާ ދޯ؟
ޕޮލިހުން ހަދާނެތަ ދޮގެއް.
ޑިންގީ އަނބުރާ އަންނަންދެން މަޑުކޮށްގެން ހުއްޓައި، ދެ ފިރިހެނަކު ވަރަށް ބޮޑަށް މަސްތުވެގެން އައިސް ގައިގައި އަތްލައި ވިކްޓިމްއާއެކު ގަދަކަމުން ނެށުމުގެ މަސައްކަތް ކުރިއެވެ. އެމީހުންނާއެކު ނެށުމަށް ދެކޮޅު ހެދުމުން ”ވީ އަރ ދަ އޯރނާރސް އޮފް ދަ ބޯޓް، އެންޑް ވީއަރ ވެރީ ޕޮލިޓިކަލީ ޕަވަރފުލް ޕީޕަލް“ ކަމަށް ބުނެ އަނެއްކާވެސް ގައިގެ އެތަން މިތަނުގައި އަތްލައި ގައިގޯޅިވާން ފެށިއެވެ. އެހިސާބުން ވިކްޓިމް އެމީހުންނާ ދުރަށްގޮސް ސަފާރީގެ ޑެކް މައްޗަށް އަރައި ސަންބެޑް މަތީގައި އިށީންދެގެން އިންދައި އަނެއްކާވެސް އެދެމީހުން ވިކްޓިމް ކައިރިއަށް އައެވެ
ދިވެހި ސިފައިންނަކީ ވެރިން ކުޅެންގެންގުޅޭ ރޮބަޓް ތަކެށް.
މިދުވަސްވެސް ފެނިއްޖެ މިފެންނަނީ ސަރުކާރު ވެއްޓުމުގެ އަލާމާތް މާލަސްވެސްވެއްޖެ މުޅިގައުމު ހަރާބް ހަލާކް އޮޅުންބޮޅުން މިހާ ބޮޅުގިނަސަރުކާރެއވެސް ޔަގީސް ނޯންނާނެކަން
ތިބީދައިން ފުލުހުން ކަންކުރަންޏާ މާލޭމުނިސިޕަލްޓީ ވޮޗަރުންނާ ތިޔަ ސީން ހޭންޑްލް ކުރި ފުލުހުންނާ ކޮބާ ތަފާތެއް. ދައުލަތުން ބޮޑު ހޭދައެއްކޮށްގެން ފުލުހުން ތަމްރީންކުރުމުގެ އެއްވެސް ބޭނުމެއް އެބައޮތްބާ. މަންނާނުމެން ތަންތަނަށް އަރާ ދެެއުޅިއެއްނުވާ ވާހަކަ ނުދައްކާ. އަދި ފުލުހުން ވަކިކަމެއް ސާބިތުކުރަން އުޅުމަކީވެސް ކޮށްގެންވާނެ ކަމެއްނޫން. ތަހުގީގުކުރުމުގެ މާނަޔަކީ ކަމުގެ ހަގީގަތް ހޯދުން. ވަރަށް ދޯހަޅި ވާހަކަތަކެއް އިންޗާޖޭ އެބުނާމީހަކު އެދެއްކީ
އެ ކުއްޖާ ޑިންގީއަށް އަރަނިކޮށް ވެއްޓުނީ. އެ ދެެމީހުން އެ ކުއްޖާ ސަލާމަތް ކުރީ. ފާލަމަށް އަރުވާފަ ފަސްޓް އެއިޑް ދިނީ. ޖޫނިއަރ ޕޮލިހަށް ނުބައެއް ކަމަށް ހީވީ. އެ ދެބޭފުޅުން ބަދުނާމުވީ. ޙަގީގީ ވިކްޓިމުންނަކީ ނިކަމެތި އެ ދެ ފިރިހެން ބޭފުޅުން. ސިމްޕަތީ ސިމްޕަތީ ސިމްޕަތީ
ތިބީދައިން ފުލުހުން ކަންކުރަންޏާ މާލޭމުނިސިޕަލްޓީ ވޮޗަރުންނާ ތިޔަ ސީން ހޭންޑްލް ކުރި ފުލުހުންނާ ކޮބާ ތަފާތެއް. އެފަދަ ހާދިސާއެއް އެފަދަ ދަންވަގުތެއްގަ ސަފާރީއެއްގަ ހިގިކަމަށް ބުނާކަމުގަ ވަނީނަމަ ތުހުމަތު ކުރެވުނު މީހުންނާއި އަދި ވިކްޓިމްވެސް އެވަގުތު ތިބި ހާލަތް ކަށަވަރުކުރުން އެއީ ފުލުހުންގެ މައްޗަށް ކުރުން ލާޒިމުކަމެއް. ވަސީލަތް ހުންނާނެ ސްޓޭޝަނުގަ. ދައުލަތުން ބޮޑު ހޭދައެއްކޮށްގެން ފުލުހުން ތަމްރީންކުރުމުގެ އެއްވެސް ބޭނުމެއް އެބައޮތްބާ. މަންނާނުމެން ތަންތަނަށް އަރާ ދެެއުޅިއެއްނުވާ ވާހަކަދެއްކުމުން އެގިހާމަވަނީ ތިޔަފދަ ޒިންމާދާރު މަގާމެއް އަދާކުރުމުގެ ގާބިލުކަމެއް ނެތްކަން. އަދި ފުލުހުން ވަކިކަމެއް ސާބިތުކުރަން އުޅުމަކީވެސް ކޮށްގެންވާނެ ކަމެއްނޫން. ތަހުގީގުކުރުމުގެ މާނަޔަކީ ވަކިފަރާތަކަށް ބުރަނުވެ ކަމުގެ ހަގީގަތް ހޯދުން. ތަހުގީގުގެ ހޯދުންތަކުން ސާބިތުވާކަމެއް ސާބިތުވާން ޖެހޭނީ. ކުރީބައިގަ ވަކިކަމެއް ވަކިގޮތަކަށް ނިންމައިގެން އެކަމެއް ސާބިތުކުރުން އެއީ އޮންނަގޮތެއް ނޫން. ވަރަށް ދޯހަޅި ވާހަކަތަކެއް އިންޗާޖޭ އެބުނާމީހަކު އެދެއްކީވެސް.
އެކުއްޖާ ސަންޑެކުމަތީން ފުންމާލީ މަޖާކޮއްލަން.. ދެން އެކަމަކު ފުރަބަންދުކޮއްފަ އޮއްވާ އެބޯޓައް އެ ދިވެހީންތަކާއި އެކުއްޖާއަށް އެރުނީމަ އެކަން ކުއްވެރިނުވީ ކީއްވެ..؟އެޗްޕީއޭ އަކުން ނުވަތަ ފުލުހަކުން ޕާޓީ ކުރަން ވަކި ފާހެއް ދޫކުރިކަމަކައް އަޑެއްނާހަން..
ބަލަ މީގެކުރީގަ އެފަދަ ކޭހެެއް ފެނިޖެެއްޔާ ވަގުތުން ސާންޕަލުނަގާ ޓެސްޓް ހަދާ މިފަހަރުމިމައްސަލާގައި ޕޮލިހުން މިތިބީއަދިރިވެފާތަ ނުވަތަ ރިސްވަތަށްހެެއްލުނީދޯޯ ؟ކުބައިތަކަލޭމެންކުރިހުވާ މިއޮތީވާސަތުކާރެއް ވައުދުނުފުއްދޭސަރުކާރު ، ކުބައިތަ ވިހާކޮންމެކުއްޖަކަށް ދޭންބުނި ހަދިޔާފޮށީގެވައުދު
މޫދަށް ފުންމާލީ ރޭޕްން ހިނާގަތުމަށް. ޢެއަށްފަހު ވާނީ ރޭޕް ނުވާކަމަށް. ޕޮލިހަށް ގެންދިއުމުގެ ކުރިން އޭނާވަނީ ހިނަގެންފައި. ޢެހެންވީމަ ރޭޕް ނުވާކަމަށް ނިމުނީ.
ނާޒިމް ގެ ތިކަހަލަކިތަންމެ މައްސަލައެއް ފެނިފައިވޭ
އަޅެ މި މީހުން ﷲ އަށް ނިރެއް ނުގަނޭބާ މިފަދަ ބޮޑެތި ދޮގުތަކެ އް ހަދާކަން މީ ﷲ ގަންދީ ހުވާކޮންގެން ތިބިބަ އެ އްތަ މަރުމަތީން ހަދާންވޭބާ
ކޮމިޝަނަރުގެ މައްސަލައެއް ނޫން. އަޅައިގެން ހުރި މާސްކު ގޯހީ. ދޮގުހަދަނީ އެ މާސްކު. މަސްތުވެފާ އޮތީ ސަފާރީ.
ވަޒީފާގެ ބިރު އިންތިހާޔަށް ކުރިމަތިވީމަ ވާނީ ތިހެން، އެހެން ނޫނީ މި ރިފޯމް އެޖެންޑާގަ ނަގާ ހޫރާލާނެ،، ތި ބައްޓޭ ތީ ވައިޖެހޭ އަތަކަށް އެންބުރޭ ސޮރެއް އެއްވެސް އެއްޗެއް އެނގިގެން އުޅޭ ސޮރެއްނޫން،،