ޖިންސީ ގޯނާ ލިބޭ ކުދިން ޑޮކްޓަރަށް ގެންދިއުމުގެ ކުރިން ނުވަތަ ކަމާއި ބެހޭ ފަރާތްތައް ކައިރިއަށް ގެންދިއުމުގެ ކުރިން ފެންވަރުވާ ރީތި ކުރުމުން ހެކި ނުލިބޭނެ ކަމަށާއި ހެކި ގެއްލިގެން ދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، ކުއްޖާ ތަނަކަށް ގެންދާއިރު ފެންވަރުވައި ރީތި ކުރުމަކީ ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ޖިންސީ ގޯނާ ލިބޭ ކުދިންގެ ހެކި ލިބޭނީ އެ ކުއްޖަކަށް އެ އަނިޔާއެއް ލިބިފައިވާ މައުލޫމާތު ލިބުނުހާ އަވަހަށް އެ ހުރިގޮތަކަށް ކުއްޖާ ކަމާއި ބެހޭ އިދާރާތަކަށް ގެންދިއުމުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

"ވަރަށް މުހިންމު ކަމެއް ވީހާވެސް އަވަހަކަށް އެކަމާއި ބެހޭ ފަރާތްތަކަށް، ކަމާއި ބެހޭ އިދާރާއަކަށް ހުށަހެއްޅުއްވުން. އެއީ މޯލްޑިވްސް ޕޮލިސް ސާވިސް ވިއަސް ޑޮކްޓަރަކަށް ދެއްކުން ކަމަށް ވިއަސް. އެ ހުރި ގޮތަކަށް ވީހާވެސް އަވަހަކަށް ގެންދިޔާއިމަ ހެކި ހޯދަން މި ލިބެނީ" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، މިފަދަ މައްސަލަތަކުގައި ހެކި ހޯދުމަށް އެންމެ މުހިންމު ރޯލެއް އަދާ ކުރަނީ އާއިލާތަކުންނާއި، އަނިޔާ ލިބޭ ކުއްޖާގެ ރަހުމަތްތެރިން ކަމަށެވެ. އެހެން ކަމުން އެފަރާތްތަކުން ހެކި ރައްކާތެރި ކުރުމަށް ވަކިން ހާއްސަ ސަމާލު ކަމެއް ދިނުމަށް ޝަމީމް ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ކަލޭމޮޔަތަ ފިޒިކަލް ނުތަތަބައިލޮޖިކަލް ގެއްލުމެއް ނުވަތައަސަރެއްހުރިނަ ޑޮކްޓަރުންނަށް އެގޭނެ ޔޫޓްރަސް އަށް އެޅިފަހުންނަ އެއްޗެހި ޓެސްޓުން އެގޭނެ