މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށްބުނެ ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލާގައި އަންހެން މީހާ ޑޮކްޓަރަށް ދައްކަން ގެންދިއުމަށް އުޅުމުން އެކަމާއި އެ އަންހެން މީހާ ދެކޮޅު ހެދި ކަމަށް ފުލުހުން ބުނެފިއެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގައި ވާހަކަދައްކަވަމުން ހުޅުމާލެ ޕޮލިސް ސްޓޭޝަން އިންޗާޖު ޗީފް ސްޕްރިޑެންޓު އޮފް ޕޮލިސް މުހައްމަދު ރަޝީދު ވިދާޅުވީ އެ އަންހެން މީހާ އަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާއި އެކު އެ މައްސަލަ ވަގުތުން ތަހުގީގު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެންމެ ފުރަތަމަ ވެސް ޖިންސީ ގޯނާގެ މައްސަލައަކަށް ވާތީ އަންހެން މީހާ ޑޮކްޓަރަށް ދެއްކުމުގެ މަސައްކަތް ކުރި ކަމަށާއި ނަމަވެސް އެ އަންހެން މީހާ ރޭޕް ނުކުރާ ކަމަށް ބުނި ކަމަށެވެ. އެހެންކަމުން ޑޮކްޓަރަށް ދެއްކުމަށް ދެކޮޅު ހެދި ކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގައި މިއަދު ވާހަކަދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ އަންހެން މީހާ ޑޮކްޓަރަށް ދައްކާ މެޑިކަލް އެގްޒާމިނޭޝަން ހައްދާފައިވާ ކަމަށެވެ. އެގޮތުން މަންނާނު ވިދާޅުވީ އަންހެން މީހާ ޑޮކްޓަރަށް ދެއްކުމަށް ގެންދަން އުޅުމުން އެމީހާގެ ލިޔެކިއުންތައް އޮންނާނީ އޭނާ ދިރިއުޅޭ ތަނުގައި ކަމަށް ބުނި ކަމަށާއި އެހިސާބުން ފުލުހުން އެމީހާ ދިރިއުޅޭ ތަަނަށް އޭނާ ގޮވައިގެން ދިޔަ ކަމަށެވެ. އަދި ވިދާޅުވީ ތަކުރާރުކޮށް އަނިޔާ ލިބުނު މީހާ އޭނާ ޑޮކްޓަރަށް ދައްކަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނަމުން ދިޔަ ކަމަށް މަންނާނު ވިދާޅުވިއެވެ. ނަމަވެސް މައްސަލައިގެ ގޮތުން އެއީ މުހިއްމު ކަމެއްގެ ގޮތުގައި އަންހެން މީހާ އަށް ވިސްނައި ދިނުމުން ޑޮކްޓަރަށް ދެއްކުމަށް އެއްބަސްވި ކަމަށް މަންނާނު ވިދާޅުވިއެވެ.

މަންނާނު ވިދާޅުވީ އަންހެން މީހާ ދިރިއުޅޭ ތަނަށް ގޮސް އޭނާ ތެމިފައި ހުރުމުން ލައިގެން ހުރި ހެދުން ބަދަލު ކުރުމާއި ހޮސްޕިޓަލަށް ދިއުމާއި ދެމެދު ވަގުތު ކޮޅެއް ނެގި ނަމަވެސް އޭނާ ޑޮކްޓަރަށް ދެއްކުމަށް ނެގި ވަގުތަކީ މައްސަލައިގެ އެއްވެސް ހެއްކަކަށް އަސަރު ފޯރާނެ ވަގުތެއް ނޫން ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން މަންނާނު ވިދާޅުވީ އެ މައްސަލާގައި ފުލުހުންނަށް އެއްވެސް މީހެއްގެ ފަރާތުން ނުވަތަ ބައެއްގެ ފަރާތުން ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށެވެ. އަދި މީޑިއާތަކުގައި އަންހެން މީހާގެ ހެދުންވެސް އިރައިގެން ގޮސްފައިވާ ކަމަށް ރިޕޯޓު ކޮށްފައިވީ ނަމަވެސް އެފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށް މަންނާނު ވިދާޅުވިއެވެ.

މި މައްސަލަ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވެގެން ދިޔައީ މިފަދަ އެހެން މައްސަލަތަކުގައި ތަހުގީގަށް ހައްޔަރުކުރާ މީހުން ބަންދުކޮށް މުއްދަތު ޖެހި ނަމަވެސް މި މައްސަލާގައި ހައްޔަރުކުރި މީހުން ދޫކޮށްލުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރެއްކާ

    އަޅުގަނޑަށް ބޮޑަށް ބުރަވެެވެނީ އެމީހާ ބިރުން މޫދަށް ފުންމާލީކަމަށް. ފަހަރުގައިވެދާނެ ނޫންތޯ އެމީހާ އަށް ދައުވަތުދީގެން އެބުނާ ޔޮޓަކަށް ގެންގޮސްފައި އެމީހާ އަށް މެހުމާންދާރީ އަދާކޮށްދީފައި އެ ޔޮޓުގައި ތިބި ފިރިހެންވެރިން ދަމުނަމާދުކޮށް، އަނެއްބަޔަކު ގުރުއާންކިޔަވައި، އަނެއްބަޔަކު ދެރަވެ ބިރުން ދުއާކޮށް ރޮއިނަގާތީވެ އެއަންހެންމީހާ ބިރުން މޫދަށް ފުންމާލީކަމަށްވެސް. އެކަހަލަ މަންޒަރެއް ފެނުނީމައި އެމީހާއަށް ވެސް ހީވެދާނެ ހަރުކަށި ބަޔަކާއި ލައިގަތީކަމަށް، އެހެންވެ އެމީހާގެ ސަލާމަތަށް މޫދަށް ފުންމާލީކަމަށްވެސް ވެދާނެ ނޫންތޯ. ދެން އެމީހާ ފުންމާލީމައި އެމީހާ ސަލާމަތްކުރުމަށް ދެމީހަކު މޫދަށްފުންމައިލައި އެމީހާ ސަލާމަތްކޮށްގެން ޑީންގީއެއްގައި އެއްގަމަށް އެރުވީމައި މާކަންތަށް ބޮޑުކޮށްލައިގެން އުޅެނީކަމަށްވެސް. އަންހެނަކާއި ފިރިހެނަކު އެކަހެރި ތަނަކުން ފެނިލިޔަސް ދިވެހިންނަށް ހީވާނީ އެއައީ އެބުނާކަމެއްކޮށްނިމިގެން ކަމަށް. ތަންކޮޅެއް ތަހުޒީބުވާން އެބަޖެހޭދޯ.

    31
    3
  2. ޙހހހ

    ވަރަށް ސަޅި ސްޓަންޓް ، ބޮޑުންވާނީ ބޮޑުންނަށް ، އަދި އެކަމަކު ފުރިހަމަ ތަހްޤީޤް ހިންގާނެ ދުވަހެއް އެބައޮތް ، އެދުވަހުން އެއްވެސް ފައިސާއެއް ބިރުދެއްކުމެއް ނޯންނާނެ ، ﷲ އަކްބަރު

    59
  3. ނަައީމް

    ހާދަ ބުރަދަނެއްނެތް ވާހަކަތަކެކޭ ތިޔަދެއްކެވީ ބޮޑު އޮޅުވާލުމެއް މިދުވަސްވެސް މި ފެނުނީ ސަރުކާރު ނިމުމަކާހަމަވަނީ މިފަދަ އެތަށްކަމެއް މިހާރު ރައްޔިތުން ގޮވައިގެން ނިކުންނާނެ ޔާމީންފަދަ ގަޓުހުރި ވެރިޔަކު ހުރިނަމަ މިކަން ނިމެއްޖައީސް

    9
    1
  4. މިތުރު

    އެއަންހެންްމީހާ އެ ދެ ފިރިހެނުން ރޭޕްކުރަން އުޅެނުވީމަ އަވަހަށް މޫދަށް ފުއްމާލައިގެން ފިލަންއުޅުނީކަމަށްވާނީ.

    14
  5. ޝަފީޒު

    އެޗްޕީއޭއިން އެއްވެސް ސަފާރީއަކައް ނުވަތަ އުޅަނދަކައް ނޭރުމައް އަމުރު ނެރެފައިވަނިކޮއް ތިޔަ ބޯޓުގައި ޕާޓީއެއްބާއްްވައި އެޔައް ދެ ދިވެހި ފިރިހެނަކާއި އަދި އިތުރު ފަސް މީހަކާއި ރޭޕް ކުރެވުނު އަންހެންމީހާއާއި އަފި އޭނާގެ ދިވެހި ފުރެންޑައް އެބޯޓައް ފުރަބަންދުގެ އަމުރު މުގުރާލާފަ އެރިއެރުމައް އެމީހުން ހައްޔަރުކޮއް އަދަބު ނުދެވުނީ ކީއްވެ..؟ މީގައި ބައިވަރު ސުވާލު އުފެދޭ ކަންކަން އެބަހުރި..؟

    17
    1
  6. މިއަދު

    ދޮގާއި މަކަރާއި އޮޅުވާލުން ތިހިރީ އިންތިހާއަށް މިހާލަތުން މިގައުމު ސަލާމަތްުކުރަން ރަޢިއްޔަތުން ނުކުންނަމާހިނގާ

    12
  7. ޓަހުމީނާ

    ތި މީހުން ދަ އްކާ ވާހަކަ އެ އް ގަބޫލެ އް ނުކުރާނަން މުޅިން ތި މަ އްސަލާގަ އި ހަދަނީ ހުސްދޮގު

    11
  8. ދދދދދދ

    އަދިވެސް އިތުރު ދޮގުތައް ހަދަމުންދޭ. ތިދޮގުތައް ގަބޫލުކުރާ ބަޔަކު ނޫޅޭ. ދެދުނިޔޭންވެސް ހުރީ ގެއްލުން.

    10
  9. ޔޫތު

    Get lost

  10. ނަޖީބު އައްބާސް

    ކޮންމެ އެއްޗެއްކިޔަސް މިފަހަރު އެމްޑީފީޔައް ރައްޔިތުންގެ އިތުބާރު ގެއްލިއްޖެ! އަޅުގަނޑުވެސް މިކުރިން އެމްޑީޕީޔައް މަރުދިން މީހެއް ދެންވަކި އެމްޑީޕީޔައް ވޯޓެއްނުދޭނަން

    13
    1
  11. Anonymous

    ދޮގުހަދަމުންދަނީ. ﷲ އަށް ބިރުވެތިވުމުގެ ކަންފުޅެއްވެސް ނެތް.